މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

މުޙައްމަދު އަލައްބާރަކީ ޔަހޫދީންނަށް ލޯބިކުރާ މީހެއްގެ ގޮތުގައި ބަޔާންކޮށް ޔަހޫދީންނަށް އޭނާ ކޮށްދީފައިވާ ޚިދުމަތްތަކަށް ޖެރަޑް ކުޝްނަރ އަލިއަޅުއަޅުވާލާ ވާހަކަދެއްކި ޕީސް ޓު ޕްރޮސްޕެރިޓީ ފޯރަމްގެ ތެރެއިން.

މުޙައްމަދު އަލައްބާރަކީ ޔަހޫދީންނަށް ލޯބިކުރާ މީހެއްގެ ގޮތުގައި ބަޔާންކޮށް ޔަހޫދީންނަށް އޭނާ ކޮށްދީފައިވާ ޚިދުމަތްތަކަށް ޖެރަޑް ކުޝްނަރ އަލިއަޅުއަޅުވާލާ ވާހަކަދެއްކި ޕީސް ޓު ޕްރޮސްޕެރިޓީ ފޯރަމްގެ ތެރެއިން.

އިސްލާމީ ގައުމެއްކަމަށްވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް އުފެދުނީ މީލާދީން 1971 ވަނަ އަހަރުގަ އެވެ. އެމީހުންގެ ގާނޫނުއަސާސީގައި ދައުލަތުގެ ދީނާބެހޭގޮތުން ލިޔެފައި އޮންނަނީ ދައުލަތުގެ ރަސްމީ ދީނަކީ އިސްލާމްދީންކަމަށެވެ. ނަމަވެސް އޭރުވެސް އެގައުމުގައި އެހެން ދީންތަކުގެ މީހުން ދިރިއުޅެމުންދާތީ، އެ ދީންތަކުގެ އަހުލުވެރިންނަށް ދީނީ މިނިވަންކަން ގާނޫނުއަސާސީން ދިނެވެ. އަދި އެގައުމުގައި ކްރިޝްޓިއަނުންނާއި ހިންދޫއިން އޭރުވެސް ދިރިއުޅެމުންދެ އެވެ.

ކްރިޝްޓިއަނުންނަކީ އެ ގައުމު އުފެދުނު އިރުވެސް ދިރިއުޅެމުންދިޔަ ބަޔަކަށްވާތީ، އެމީހުން އަޅުކަންކުރުމަށް ހާއްސަ ތަންތަނާއި ރަސްމީ ފައްޅިތައް ޒަމާނުއްސުރެ އެގައުމުގައި ހުރެ އެވެ. ނަމަވެސް އެގައުމާއި ޔަހޫދީންނާ މާބޮޑު ގުޅުމެއް ކުރިޔަކު ނެތެވެ. އަދި ޔަހޫދީންގެ ރަސްމީ ފައްޅިއެއް އެގައުމުގައި ނެތުމުގެ އިތުރަށް ޔަހޫދީންގެ އަޅުކަމަށް ހާއްސަކުރެވިފައިވާ އެހެންވެސް ތަނެއް އެގައުމަކު ކުރިޔަކު ނެތެވެ.

މުޙައްމަދު ޢަލީ އަލްޢައްބާރު (އިނގިރޭސިން ކިޔާ ގޮތުންނަމަ، މުޙައްމަދު އަލައްބާރު) އަކީ އެމިރޭޓްސްގެ ނަން މަޝްހޫރު މަހުޖަނެކެވެ. އެކަންވީގޮތަކީ، މި އަލައްބާރު ފައިނޭންސް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ކިޔަވައިގެން ނުކުމެ ވަޒީފާއަދާކުރަން ފެށިތާ މާގިނަ ދުވަސްތަކެއް ނުވެ، އަލައްބާރަކީ، އެމިރޭޓްސްގެ ނާއިބުރައީސް އަދި ދުބާއީގެ ވެރިޔާ މުޙައްމަދު ބިން ރާޝިދު އާލްމަކްތޫމްގެ މާއަރިސް މީހަކަށް ވެއްޖެ އެވެ. މިކަމާއެކު ރިއެލް އެސްޓޭޓް ވިޔަފާރީގައި ފުންނާބު އުސްވުމުގެ އިތުރަށް އަލައްބާރު ވެގެންދިޔައީ އެމިރޭޓްސް އަދި ދުބާއީގައި ނުފޫޒުހުރި ސިޔާސީ މީހަކަށެވެ. އެމިރޭޓްސްގައި ބަސްވިކޭ ލީޑަރެކަށެވެ.

ކަންބޮޑުވާންޖެހެނީ އެހެންކަމަކާ އެވެ! ޔަހޫދީންގެ އިބްރީ ނޫސް އެޖެންސީތަކާ ހަވާލާދީ އަލްޖަޒީރާއިން 2021 ވަނަ އަހަރު ހާމަކުރި މައުލޫމާތުތަކުގައި، އިޒްރޭލުގެ ޓެލްއަވީވްގެ ނޭޝަނަލް ފުޑް ސެކިއުރިޓީ އިނީޝިއޭޓިވްއަށް އެންމެ ބޮޑު ފަންޑެއްކުރާ ފަސް މަހުޖަނުންގެ ތެރޭގައި، މި އަލައްބާރު ހިމެނޭކަމުގައި ބަޔާންކޮށްފައިވެ އެވެ. އެ ފަންޑަކީ އެއީ ޔަހޫދީންގެ ފަގީރުންނަށް އަސާސީ ކާބޯތަކެތި ފޯރުކޮށްދިނުމަށް ހިންގޭ ހަރަކާތެކެވެ. އަރަބި ނޫސް އެޖެންސީ ނޫންޕޯސްޓްއިން 2025 ވަނަ އަހަރު ހާމަކުރި ލިޔެކިޔުންތައް ބުނާގޮތުގައި، މި އަލައްބާރަކީ އިޒްރޭލުގެ އެންމެ ބޮޑެތި ސިޔާސީ ލީޑަރުންނާ ގާތްގުޅުމެއް ބާއްވަމުންދާތާ، ވިހި އަހަރުގެ މާޒީއެއް ފާއިތުވެފައިވާ ޔަހޫދީންގެ ގާތް މިތުރެކެވެ.

ދެހާހުގެ ވިހިވަނަ އަހަރުތަކަށް އެޅުމާ ހަމައަށް އަލައްބާރާއި ޔަހޫދީންނާ އޮތް ގުޅުމަކީ އަރަބި އާންމު ރައްޔިތުންގެ ތެރޭގައި މާބޮޑު ސަމާލުކަމެއް ލިބިފައި ނެތް ސިއްރު ގުޅުމެކެވެ. އެހެންކަމާއެކު މީނާގެ ނުފޫޒުގައި ޑުބާއީގެ މެދުގައި އޮތް މަގަކުން އިމާރާތެއްގެ މާސިންގާ އެޕާޓްމަންޓެއްގައި، ސިއްރިއްޔާތުގައި ޔަހޫދީން އަޅުކަންކުރުމަށް ހާއްސަ ތަނެއް ޔަހޫދީންނަށް ގާއިމުކޮށްދިނީ 2015 ވަނަ އަހަރު ވަރަށް ވެސް ފަސޭހަކޮށެވެ. އެތަނުގައި ޔަހޫދީ ދީނާ އެއްގޮތަށް ކާތަކެތި ތައްޔާރުކުރާނޭ ބަދިގެއެއްވެސް ހިމެނިފައިވެ އެވެ.

ޓައިމްސް އޮފް އިޒްރޭލް ނޫހަށް ޔަހޫދީ ވިޔަފާރިވެރިޔާ އެލީ އެޕްސްޓެއިން ދިން ބަސްދީގަތުމެއްގައި ބުނެފައިވެ އެވެ. "މުހައްމަދު އަލައްބާރުއާ ޔަހޫދީންނާ ސިއްރު ފައްޅީގައި ހުކުރު ދުވަހެއްގެ ރޭގަނޑު ބައްދަލުކޮށް ވާހަކަދެއްކުނެވެ. އަދި ހުކުރުދުވަހުގެ ރެއިން ފެށިގެން ހޮނިހިރުގައި ބޭއްވޭ ޔަހޫދީ ކެއުންތަކުގައި އަހަރެމެންނާއެކު ބައިވެރިވި އެވެ. އެ އިގުތިސާދީ ޖަޔަންޓުގެ ރިއާޔަތްތެރިކަމުގެ ސަބަބުން ޔަހޫދީ ކޮމިއުނިޓީއަށް ވަރަށް ބޮޑު އަމާންކަމަކާއި ހަމަޖެހުމެއް ލިބިގެންދިޔަ އެވެ."

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަޕްގެ ދަނބިދަރި ޖެރިޑް ކުޝްނަރގެ އިސްނެގުމަށް، 2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި "ޕީސް ޓު ޕޮރޮސްޕެރިޓީ" މި ތީމުގައި ބަޙުރައިންގައި މަނާމާ އިކޮނޮމިކް ފޯރަމް ބޭއްވުނެވެ. ޑީލް އޮފް ދަ ސެންޗްރީގެ ނަމުން މަޝްހޫރުވި އެމެރިކާގެ ސުލްހައިގެ ޕްލޭންގެ ގޮތުގައި "އަބްރަހަމް އެއްބަސްވުންތައް" އެކުލަވާމަށް މަގުކޮށިގެންދިޔައީ މި ފޯރަމްގެ ތެރެއިންނެވެ.

މިފޯރަމްގައި ޖެރާޑް ކުޝްނަރ ދެއްކި ވާހަކައިގައި އަލައްބާރާއި ޔަހުދީންނާ އޮންނަ ގުޅުމަށް އަލިއަޅުވާ ތާރީފުގެ ބަސްތައް ރައްދުކޮށްފައިވެ އެވެ. "ހަމަޔަގީނުން އަލައްބާރަކީ ޔަހޫދީ ރައްޔިތުންނަށް ލޯބިކުރާ މީހެއް" މިގޮތަށް ބުނެ ކުރަމުން ދިޔަ ތާރީފުގައި، ދުބާއީގެ މެދުގައި ޔަހޫދީންގެ ސިއްރު ފައްޅިއެއް ބިނާކުރުމުގައި އޭނާ ދިން އެއްބާރުލުމާއި ވާގިވެރިކަމަށް ވެސް އިޝާރާތްކޮށް ވާހަކަދައްކާފައިވެ އެވެ.

ފެބްރުއަރީ 16, 2023 ވަނަ ދުވަހަކީ ޔަހޫދީންނަށް ވަރަށްވެސް އުފާވެރި ދުވަހަކަށް ވެގެންދިޔަ އެވެ. އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގައި ޔަހޫދީންގެ ރަސްމީ ފައްޅިއެއް އެމިރޭޓްސްގައި ފުރަތަމަ ފަހަރަށް ރަސްމީކޮށް ހުޅުވި އެކަން ފާހަގަކުރެވިގެންދިޔަ އެވެ. 2015 ވަނަ އަހަރު އަލައްބާރުގެ އެހީތެރިކަމާއި ވާގިވެރިކަމުގައި ސިއްރިއްޔާތުގައި ޑުބާއީގައި ހުޅުވުނު ޔަހޫދީ ފައްޅީގެ އަޅުކަމާއި ދީން ފެތުރުމުގެ މަސައްކަތްތައް ފާޅުގައި އެމިރޭޓްސްގެ ދައުލަތުގެ ތެރޭގައި ރަސްމީ މަރުކަޒެއްގެ ތެރެއިން ކުރެވޭގޮތްވުމަކީ ކުޑަ ކާމިޔާބެއް ނޫނެވެ. ބޮޑު އާދަޔާ ހިލާފު ޔަހޫދީވަންތަ ޔަހޫދީންނަށް އިންތިހާ ދަރަޖައިގެ އުފާވެރިކަން ލިބިގެންދިޔަ ކަމެކެވެ.

ފަލަސްތީނުގެ ގައްޒާ ބިނާކުރުމާއި ގައްޒާއަށް ނަސްރުދިނުމުގެ ހަރަކާތްތައް އެއީ ހަމަނުޖެހުމާއި ހަޅުތާލުގެ ގޮތުގައި އިންޓަވިއުތަކުގައި ސިފަކޮށް ވާހަކަދައްކާފައިވާ، އަލައްބާރަކީ އިޒްރޭލާއި އެމިރޭޓްސްގެ އިގުތިސާދީ ގުޅުމުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އިޖުތިމާއީ އަދި އާއިލީގުޅުންވެސް ބަދަހިކުރުމަށް ފާޅުގައި ތަރުހީބުދީ ދައުވަތުދެމުންދާ މީހެކެވެ. އިސްވެ އެދިޔައީ ޔަހޫދީ ދީނަށް އޭނާ ކޮށްދިން ޚިދުމަތުގެ ކުޑަ ތަފުސީލެއް ވެސްމެ އެވެ. އަލައްބާރުއާއި އިޒްރޭލާއެކު ނެތީ ވާރުތަވެފައިވާ ލޭގެ ގުޅުމެއް އެކަންޏޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

ސީދާ ޔަހޫދީންނާއި އެމީހުންނާ ގުޅުންހުރި ބޮޑުންގެ ތައުރީފާއި ސަނާގެ ބަސްތައް އެތައް މަހައްލެއްގައި އެތައް ފަހަރެއްގެ މަތީން އަލައްބާރަށް ރައްދުވެފައިވަނީ ކަމެއް ނެތިއެއް ނޫނެވެ. ހަމަ އަލައްބާރަށް އެބައިމީހުންގެ ތާރީފާއި ސަނާ ހައްގުވާތީ އެވެ. އިޒްރޭލުގެ ލީޑަރު ޝެމޯން ޕެރޭޒްވެސް ފާޅުގައި އޭނާއަށް ތައުރީފުކޮށްފައިވަނީ އެތައް ފަހަރަކު އެތައް ތަނެއްގަ އެވެ.

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރު ބަޔަކަށް 99 އަހަރަށް ކުއްޔަށް ދިނުން ނުވަތަ ނިމުމެއް ނެތް ގޮތަށް މިލްކުކޮށްދިނުމުގައި، ގައުމުގެ ސިޔާދަތާއި ގައުމިއްޔަތާ ގުޅޭ ކަންބޮޑުވުންތައް ހުއްޓަސް އެޔަކީ އޭގެ ޒާތުން ދީނާ ހިލާފުކަމެއް ނޫނެވެ. އެކަމަކު އިޒްރޭލުގެ ބަޔަކަށް ނުވަތަ އިޒްރޭލާ އިންތިހާއަށް ގުޅުންހުރި ބަޔަކަށް ނުވަތަ މާޒީގައި ޔަހޫދީންގެ ފައްޅިއާއި ގުޅުންތައް ނެތް ގައުމެއްގައި އިޒްރޭލުގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކޮށް ޔަހޫދީންގެ ދީނާއި ވިޔަފާރި ދިރުވައިދިން މީހަކަށް ރަސްމާލެއިން އެންމެ ވެލިފުކެއް އެންމެ ސިކުންތަކަށް ދިނުންވެސް އެއީ ދީނީގޮތުން ހުއްދަވާނެ ކަމެއް ނޫނެވެ. އީގަލް ހިލްސްގެ ފައުންޑާ އަދި ޗެއާމަންއަކީ މުޙައްމަދު ޢަލީ އަލްޢައްބާރު (މުހައްމަދު އަލައްބާރު) އެވެ.

އިޒްރޭލުގައި އެއުޅޭ ޔަހޫދީންނަކީ މުސްލިމުންނާ އަދާވާތްތެރި ބަޔެކެވެ. މުޅި އިންސާނިއްޔަތާ އަދާވާތްތެރި އަނިޔާވެރި ބަޔެކެވެ. އައްޝުޢަރާ ސޫރަތުގެ 227 ވަނަ އާޔަތުގައިވެ އެވެ. "...ނިކަންހުރެ އަނިޔާވެރިންނަށް އެމީހުން އެނބުރިދާނީ ކޮން ތަނަކަށްކަން އެނގޭނެ އެވެ." ހޫދު ސޫރަތުގެ 18 ވަނަ އާޔަތުގައިވެ އެވެ. "...އަނިޔާވެރިންގެ މައްޗަށް ﷲ ގެ ލަޢުނަތް ހުއްޓެވެ." ސޫރަތުލްމާއިދާގެ 51 ވަނަ އާޔަތުގައިވެ އެވެ. "...ހަމަކަށަވަރުން އަނިޔާވެރިވި ބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވާނެ އެވެ." އިބްރާހީމް ސޫރަތުގެ 42 ވަނަ އާޔަތުގައިވެ އެވެ. "އަނިޔާވެރިން ކުރާ ކަންތަކުން، ﷲ ޣާފިލުވެވޮޑިގެންވާ ކަމަށް ކަލޭގެފާނު ހީނުކުރައްވާށެވެ! އެކަލާނގެ އެމީހުން (ޢަޒާބު ނުދެއްވައި) ލަސްކުރައްވަނީ ހަމަކަށަވަރުން، އެދުވަހެއްގައި ލޯތައް (ބިރުންގޮސް) ހުއްޓިފައި ހުންނާނެ ދުވަހަކަށެވެ."

ކޮމެންޓް

ފަހުގެ ޚަބަރު

ބޭރު މީހުނާއި އެކުވުން، ދިވެހީންގެ ދިވެހިކަން ތަނަވަސްކުރުން

ދިވެހި ބިމުގެ ނަފާ ލިބެންޖެހޭނީ ހަމައެކަނި ދިވެހި މުސްލިމުންނަށް ކަމަށް ބައެއް މީހުން ދެކުނު ނަމަވެސް، އެހެން ދީންތަކުގެ މީހުންނާ އެކަހެރިވެގެން އުޅުމަކީ ދީނީ އަގީދާ ވަރުގަދަވާނެ ކަމެއް ނޫނެވެ. އިސްލާމްދީނަކީ ތަރައްޤީއަށް ބާރުއަޅާ، އެހެން މީހުން އެކަހެރިކުރުމަށް ވަކާލާތުކުރާ ދީނެއް ނޫންކަން ފާހަގަކޮށް، ދިވެހި ތާރީޚުގައިވެސް ބޭރުގެ އެކި ނަސްލުތަކުގެ މީހުން ދިވެހިންގެ ތެރޭގައި އުޅެފައިވާކަން މި ލިޔުމުގައި ބަޔާންކޮށްފައިވެއެވެ.

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox