ޖާވާ ކަނޑަށް ފެރީ ބަންޑުންޖަހާލުމުން ކެޕްޓަން ހައްޔަރުކޮށްފި

Oct 2, 2026, 9:00 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ސެޕްޓެމްބަރު މަހު ޖާވާ ކަނޑަށް ބަންޑުން ޖަހާލި އުޅަނދުގެ ކެޕްޓަން ހައްޔަރުކޮށްފައިވާ ކަމަށާއި، މަދުވެގެން 78 މީހުން މަރުވި އެ ހާދިސާގައި އޭނާގެ މައްޗަށް ޖިނާއީ ދައުވާ އުފުލާނެ ކަމަށް އިންޑޮނީޝިއާ ފުލުހުން ބުނެފި އެވެ.

އިރުމަތީ ޖާވާގެ ސުރަބާޔާ އިން ދެކުނު ކަލިމަންޓަންގެ ބަންޖަރުމާސިން އަށް 243 މީހުންނާއެކު ދަތުރުކުރި "ވާގޯ ޓްރާންސްޕޯޓް 8" ފެރީ ބަންޑުން ޖަހާލާފައިވަނީ ސެޕްޓެމްބަރު 13 ވަނަ ދުވަހު ޖާވާ ކަނޑުގެ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

މި ހާދިސާގައި 108 މީހުން ސަލާމަތްވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވެ އެވެ.

އިންޑޮނީޝިއާގެ ނޭޝަނަލް ޕޮލިސް ތަރުޖަމާނު ޓްރުނޮޔޫޑޯ ވިސްނޫ އަންޑީކޯ ވިދާޅުވީ، އެ އުޅަނދުގެ ކެޕްޓަން މިހާރު ހައްޔަރުކޮށް، އޭނާއަކީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ މީހެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

އިންޑޮނީޝިއާގެ ދައުލަތުގެ މީޑިއާ "އަންތާރާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފުލުހުންގެ އިސް އޮފިޝަލެއް ކަމަށްވާ ކުކޫ ޕްރަބޯވޯ ސެޕްޓެމްބަރު 30 ވަނަ ދުވަހު ވިދާޅުވީ، ކެޕްޓަންގެ މައްޗަށް ކުރެވެނީ ކަނޑުދަތުރުފަތުރުގެ ގާނޫނާ ޚިލާފުވުމުގެ ތުހުމަތެވެ. އެއީ ދަތުރުކުރުމަށް އެކަށީގެންނުވާ އުޅަނދެއްކަން އެނގިހުރެ ދަތުރުކުރުމުގެ ތުހުމަތެވެ. މިފަދަ އިހުމާލެއްގެ ސަބަބުން މީހަކު މަރުވެ ނުވަތަ މުދަލަށް ގެއްލުން ލިބިއްޖެ ނަމަ 10 އަހަރާ ހަމައަށް ޖަލު ހުކުމެއް އަތުވެދާނެ އެވެ.

އިންޑޮނީޝިއާގެ ސާޗް އެންޑް ރެސްކިއު އެޖެންސީން ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ރޭ ހާމަކުރި ގޮތުގައި، މި ހާދިސާގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 78 އަށް އަރާފަ އެވެ. އަދިވެސް 57 މީހަކު ނުފެނި ގެއްލިފައިވާއިރު، އެ މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެކުނު ކޮރެއާގެ ސެލެބްރިޓީ މިޔަރު އަނެއްކާވެސް ބަނދަރު ތެރޭގައި

ދެކުނު ކޮރެއާގެ ބޫސާން ބަނދަރުގައި ތާށިވެފައި އޮތް "ބުކަންގީ" ނަމަކަށް ކިޔާ މިޔަރު، ކަނޑަށް ނެރުނުތާ އެއްދުވަސް ތެރޭގައި އަނބުރާ ބަނދަރަށް ވަދެފި. ފެން ހޫނުވުމާއި ކާނާ ގިނަވުމުގެ ސަބަބުން އެ ސަރަހައްދަށް ވަން މި މިޔަރު ބަލަން ގިނަ ބަޔަކު ޒިޔާރަތްކޮށްފައިވާއިރު، މިޔަރު އެހެން ތަނަކަށް ބަދަލުކުރުމުގެ އޮޕަރޭޝަނެއް މިހާރު ވަނީ ތާވަލުކޮށްފަ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ހަފުތާއެއް ފަހުން ކުރަފި ޕާޓީގެ ދެ ލީޑަރުން ޖަލުން މިނިވަންކޮށްފި

އިންޑިއާގެ ދިއްލީގައި މުޒާހިރާކުރުން މަނާ ސަރަހައްދަކަށް ވަދެގަތް މައްސަލައިގައި ހައްޔަރުކުރި "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ ދެ ލީޑަރުން ހައްޔަރުކުރީ އިންޑިއާގެ އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި މުޒާހިރާ ކުރަނިކޮށް ކަމަށްވާއިރު، ސީޖޭޕީއަކީ ޒުވާނުންގެ ހައްގުތަކަށް ވަކާލާތުކުރާ ނުރަސްމީ ސިޔާސީ ހަރަކާތެއް.

އެމެރިކާ-އިންޑިއާ ވިޔަފާރި އެއްބަސްވުން ފައިނަލްކުރަން ގާތްވެއްޖެ

އެމެރިކާ އާއި އިންޑިއާއާ ދެމެދު އޮތް ވިޔަފާރީގެ ހިޔާލުތަފާތުވުންތައް ނައްތާލައި، އާ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ފައިނަލް މަރުހަލާއަށް ދިޔުމާ ގުޅޭގޮތުން ދެ ގައުމުގެ އިސްވެރިން މަޝްވަރާކުރައްވައިފިއެވެ. މީގެ އިތުރުން ހަކަތަ އާއި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ޔޫއޭއީއާ އެކު ސަރަހައްދީ އިގްތިސާދީ މަސްލަހަތުތައް ކުރިއެރުވުމަށް ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

ހަމަނުޖެހުން ހިންގަނީ މުސްލިމުން ކަމަށް ވިދާޅުވުމުން ރައްދުދީފި

ފްރާންސްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ޒިންމާ މުސްލިމް ހިޖުރަވެރިންގެ ބޮލުގައި އަޅުވައި ޓްރަމްޕް ދެއްކެވި ވާހަކަތަކަށް ރައީސް މެކްރޮން ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ. މެކްރޮން ވިދާޅުވީ ބޭރުގެ ލީޑަރުން ފްރާންސްގެ ދާޚިލީ ކަންކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ރަޝިއާގެ ޖަލެއްގައި ހުރި އެމެރިކާގެ މީހަކު މިނިވަންކޮށްފި

ޔޫކްރެއިން ހަނގުރާމައިގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ރަޝިއާގެ ޖަލެއްގައި ހަތަރު އަހަރު ހުރި އެމެރިކާގެ ރައްޔިތެއް ކަމަށްވާ ސްޓީވަން ހަބާޑް މިނިވަންކޮށްފިއެވެ. އޭނާ މިނިވަންވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަންދޫބަކު ރަޝިއާއަށް ކުރެއްވި ޒިޔާރަތެއްގައި ޕޫޓިންއާ މަޝްވަރާކޮށް، އެއްވެސް އަސީރަކު ބަދަލުކުރުމަކާ ނުލައި އެއްބަސްވުމަކަށް އާދެވުމުންނެވެ.

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox