މަރުގެ ހުކުމް ތަންފީޒުކުރަން ދެފަހަރު އިންޖެކްޝަން ޖެހުމުން ވެސް މަރުނުވުމުން ހޮސްޕިޓަލުގައި ފަރުވާ ދެނީ

ޓެނެސީ ޑިޕާޓްމަންޓް އޮފް ކަރެކްޝަންސް އިން އާންމުކޮށްފައިވާ ކްރިސްޓާ ޕައިކްގެ ފޮޓޯއެއް. އޭނާއަކީ އެ ސްޓޭޓްގެ ޖަލެއްގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީއެކެވެ.

ޓެނެސީ ޑިޕާޓްމަންޓް އޮފް ކަރެކްޝަންސް އިން އާންމުކޮށްފައިވާ ކްރިސްޓާ ޕައިކްގެ ފޮޓޯއެއް. އޭނާއަކީ އެ ސްޓޭޓްގެ ޖަލެއްގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީއެކެވެ.

ޓެނެސީގެ ޖަލެއްގައި މަރުގެ އަދަބު ތަންފީޒުކުރުމަށް ހުކުމްކޮށްފައިވާ ކްރިސްޓާ ޕައިކްގެ ގަޔަށް ވިހަ އިންޖެކްޝަން ޖަހައިގެން މަރާލުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެން، އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައިވާ ކަމަށް އޭނާގެ ވަކީލު ވިދާޅުވެއްޖެ އެވެ.

މަރުގެ ހުކުމް ތަންފީޒުކުރަމުން ދިޔަ ވަގުތު، އެކަން ހުއްޓުވުމަށް އެދި ޕައިކްގެ ގާނޫނީ ޓީމުން ކޯޓަށް ކުއްލި މައްސަލައެއް ހުށަހެޅި އެވެ. އެ ހުށަހެޅުމުގައި ބުނެފައިވަނީ ޕައިކްގެ ހޭނެތިފައިވީ ނަމަވެސް، އޭނާގެ ހިތް އަދިވެސް ހިނގަމުންދާ ކަމަށާއި އޭނާ ނިދީގައި ގުގުރިދަމާ އަޑު އިވޭ ކަމަށެވެ.

ބީބީސީއަށް މައުލޫމާތު ދެމުން ޕައިކްގެ ވަކީލަކު ވިދާޅުވީ، އުމުރުން 50 އަހަރުގެ ޕައިކްގެ ގަޔަށް "ޕެންޓޯބާބިޓަލް" ގެ ދެ އިންޖެކްޝަން ޖެހުމަށްފަހު، މިހާރު އޭނާއަށް ހޮސްޕިޓަލުގައި ފުރާނަ ސަލާމަތްކުރުމުގެ ފަރުވާ ދެމުންދާ ކަމަށެވެ.

Advertisement

އުމުރުން 19 އަހަރުގެ ކޮލީން ސްލެމާ މަރާލި މައްސަލާގައި ޕައިކްގެ މައްޗަށް މަރުގެ ހުކުމް އިއްވީ 1996 ވަނަ އަހަރު އެވެ.

ޕައިކް އާއި އޭނާގެ އޭރުގެ ލޯބިވެރިޔާ ޓަޑަރީލް ޝިޕް، ސްލެމާ އަށް އަނިޔާކޮށް، ރަހުމުކުޑަ ގޮތަކަށް މަރާލިއިރު ޕައިކްގެ އުމުރަކީ 18 އަހަރެވެ. އެމީހުންނަށް ސްލެމާ ފުރަތަމަ ބައްދަލުވީ މައްސަލަޖެހޭ ކުދިންނަށް ހާއްސަކޮށްގެން ހިންގި ތަމްރީނު ކޭމްޕަކުންނެވެ.

ސްލެމާގެ މަންމަ މޭ މާޓިނޭޒް، އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް ހޮނިހިރު ދުވަހު ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ބޭނުންވަނީ ޕައިކްގެ މަރުގެ ހުކުމް ތަންފީޒުކުރަން ކަމަށެވެ. "އެކަމާ މެދު ވިސްނާ ކޮންމެ ފަހަރަކު، ކޮލީންއަށް ލިބޭނެ ތަދާއި، ތެދުވެގެން ދުވަން އޭނާ ކުރާނެ މަސައްކަތް އަހަރެންގެ ހިތަށް އަރާ،" އޭނާ ބުންޏެވެ.

ނޭޝްވިލްގެ ރިވަބެންޑް މެކްސިމަމް ސެކިއުރިޓީ އިންސްޓިޓިއުޝަންގައި ޕައިކްގެ މަރުގެ ހުކުމް ތަންފީޒުކުރަން މަސައްކަތްކުރީ ބުދަ ދުވަހުގެ ރޭ އެ ގައުމުގެ ގަޑިން 20:00 ހާއިރު އެވެ.

އޭޕީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕައިކްގެ ގަޔަށް ޕެންޓޯބާބިޓަލްގެ ދެ ޑޯޒް ޖެހިއިރު، އެ މަންޒަރު ބަލަން ތިބި މީހުން ތިބި ކޮޓަރީގެ ފަރުދާ ދެ ފަހަރެއްގެ މަތިން ދަމައި ބަންދުކުރި އެވެ.

އަދި ވަކި ހިސާބަކުން މީޑިއާތަކަށް އެ ސަރަހައްދު ދޫކޮށް ދިއުމަށް އެންގި ކަމަށްވެސް އެ ނިއުސް އެޖެންސީން ބުނެފައިވެއެވެ.

ޕައިކްގެ ގާނޫނީ ޓީމުން "ދަ ޓެނެސީއަން" ނޫހަށް ދިން ބަޔާނެއްގައި ބުނީ، މިރޭ ޓެނެސީ ދައުލަތަށް ގާނޫނީ ހަމަތަކުގެ މަތިން މަރުގެ ހުކުމް ތަންފީޒުކުރުމުގައި އަނެއްކާވެސް ނާކާމިޔާބުވެފައިވާ ކަމަށެވެ.

"އަހަރެމެން ދެއްކި ވާހަކަ ތެދުވުމަކީ އަހަރެމެން އުފާކުރާ ކަމެއް ނޫން. ނަމަވެސް ޕައިކްގެ ފަރާތުން ފާހަގަކުރި ކަންބޮޑުވުންތައް މިވަނީ ތެދުވެފައި. އެއީ ނާރު ހޯދަން އުނދަގޫވުމާއި، ނާރު ފަޅައިގެން ދިއުމާއި، ބޭނުންކުރި ބޭހުގެ ފެންވަރު ދަށްވުމާއި، ކަމެއް ގޯސްވުމުން ދޭނެ ކުއްލި ސިއްހީ ފަރުވާ ނެތުން ފަދަ ކަންކަން. މި ހުރިހާ ކަމެއްވެސް ހިނގާފައި މިވަނީ ސިއްރުވެރިކަމުން ފުރިގެންވާ އުސޫލެއްގެ ދަށުން،" އެ ބަޔާނުގައި ވެ އެވެ.

ވިހަ އިންޖެކްޝަން ޖެހުމުގައި މައްސަލަތަކެއް ކުރިމަތިވުމާ ގުޅިގެން، ޕައިކްގެ ވަކީލުން ވަނީ ހުކުމް ތަންފީޒުކުރުން މަޑުޖައްސާލައި އޭނާއަށް ސިއްހީ ފަރުވާ ދިނުމަށް އެދި ކުއްލި މައްސަލައެއް ހުށަހަޅާފަ އެވެ.

ޑިސްޓްރިކްޓް ޖަޖް ކްލިފްޓަން އެލް ކޯކާ ނެރުއްވި އަމުރެއްގައި ފާހަގަކުރައްވާފައިވަނީ، މައްސަލައިގައި އެދިފައިވާ ފަދައިން ސިއްހީ މާހިރުން މިހާރު ޕައިކަށް ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ.

ނަމަވެސް، ޓެނެސީ ޑިޕާޓްމަންޓް އޮފް ކަރެކްޝަނުން ބުނީ ހުކުމް ތަންފީޒުކުރުމުގެ ތެރޭގައި އެޅި ހުރިހާ ފިޔަވަޅުތަކަކީވެސް ރަނގަޅު ފިޔަވަޅުތަކެއް ކަމަށެވެ.

"ޓެނެސީ ޑިޕާޓްމަންޓް އޮފް ކަރެކްޝަނުން އަމަލުކުރީ އެޓާނީ ޖެނެރަލްގެ އޮފީހުން ފާސްކޮށްފައިވާ، ދައުލަތުގެ ގާނޫނީ އުސޫލުތަކާ އެއްގޮތަށް. ބޭނުންކުރި ކެމިކަލަކީ އަބަދުވެސް ނަތީޖާ ފެންނަ އެއްޗެއް. އަދި މިރޭ ކުރިއަށް ގެންދިޔަ ކަންކަމުގެ އިތުރުން އެހެން ކަމެއް ކުރުމަކަށް އުސޫލު ތަނެއް ނުދޭ. ކްރިސްޓާ ޕައިކް މިހާރު ވަނީ ޖަލުން ބޭރުގެ ސިއްހީ މަރުކަޒަކަށް ބަދަލުކުރެވިފައި،" އެ ޑިޕާޓްމަންޓްގެ ތަރުޖަމާނު ޑޮރިންޑާ ކާޓާ "ދަ ޓެނެސީއަން" ނޫހަށް ވިދާޅުވި އެވެ.

ޕައިކްގެ ގާނޫނީ ޓީމުގެ ސިއްހީ މާހިރެއްގެ ގޮތުގައި މަސައްކަތްކުރައްވާ އެމޮރީ ޔުނިވާސިޓީގެ ޕްރޮފެސަރު ޑރ. ޖޮއެލް ޒިވޮޓް ބީބީސީއަށް ވިދާޅުވީ، ޕައިކްގެ ހަށިގަނޑަށް ޖެހި ބޭހުގެ މިންވަރު، އޭނާގެ ނޭވާ ހުއްޓި ހިތް ހުއްޓޭ ވަރަށް ލޭގެ ތެރެއަށް ފޯރާފައި ނުވާ ކަމަށް ބެލެވޭ ކަމަށެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުން 1976 ވަނަ އަހަރު މަރުގެ އަދަބު އަލުން ދޭން ފެށި ފަހުން، މިހާތަނަށް އެ ގައުމުގައި މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ އެންމެ 18 އަންހެނުންގެ މައްޗަށެވެ. އެއާ ޚިލާފަށް 1,663 ފިރިހެނުންގެ މައްޗަށް ވަނީ މަރުގެ ހުކުމް ތަންފީޒުކޮށްފައެވެ. މިއީ އެމެރިކާގައި ތަންފީޒުކުރާ މަރުގެ ހުކުމްތަކުގެ ގާތްގަނޑަކަށް އެއް އިންސައްތައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެކުނު ކޮރެއާގެ ސެލެބްރިޓީ މިޔަރު އަނެއްކާވެސް ބަނދަރު ތެރޭގައި

ދެކުނު ކޮރެއާގެ ބޫސާން ބަނދަރުގައި ތާށިވެފައި އޮތް "ބުކަންގީ" ނަމަކަށް ކިޔާ މިޔަރު، ކަނޑަށް ނެރުނުތާ އެއްދުވަސް ތެރޭގައި އަނބުރާ ބަނދަރަށް ވަދެފި. ފެން ހޫނުވުމާއި ކާނާ ގިނަވުމުގެ ސަބަބުން އެ ސަރަހައްދަށް ވަން މި މިޔަރު ބަލަން ގިނަ ބަޔަކު ޒިޔާރަތްކޮށްފައިވާއިރު، މިޔަރު އެހެން ތަނަކަށް ބަދަލުކުރުމުގެ އޮޕަރޭޝަނެއް މިހާރު ވަނީ ތާވަލުކޮށްފަ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ހަފުތާއެއް ފަހުން ކުރަފި ޕާޓީގެ ދެ ލީޑަރުން ޖަލުން މިނިވަންކޮށްފި

އިންޑިއާގެ ދިއްލީގައި މުޒާހިރާކުރުން މަނާ ސަރަހައްދަކަށް ވަދެގަތް މައްސަލައިގައި ހައްޔަރުކުރި "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ ދެ ލީޑަރުން ހައްޔަރުކުރީ އިންޑިއާގެ އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި މުޒާހިރާ ކުރަނިކޮށް ކަމަށްވާއިރު، ސީޖޭޕީއަކީ ޒުވާނުންގެ ހައްގުތަކަށް ވަކާލާތުކުރާ ނުރަސްމީ ސިޔާސީ ހަރަކާތެއް.

އެމެރިކާ-އިންޑިއާ ވިޔަފާރި އެއްބަސްވުން ފައިނަލްކުރަން ގާތްވެއްޖެ

އެމެރިކާ އާއި އިންޑިއާއާ ދެމެދު އޮތް ވިޔަފާރީގެ ހިޔާލުތަފާތުވުންތައް ނައްތާލައި، އާ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ފައިނަލް މަރުހަލާއަށް ދިޔުމާ ގުޅޭގޮތުން ދެ ގައުމުގެ އިސްވެރިން މަޝްވަރާކުރައްވައިފިއެވެ. މީގެ އިތުރުން ހަކަތަ އާއި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ޔޫއޭއީއާ އެކު ސަރަހައްދީ އިގްތިސާދީ މަސްލަހަތުތައް ކުރިއެރުވުމަށް ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

ހަމަނުޖެހުން ހިންގަނީ މުސްލިމުން ކަމަށް ވިދާޅުވުމުން ރައްދުދީފި

ފްރާންސްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ޒިންމާ މުސްލިމް ހިޖުރަވެރިންގެ ބޮލުގައި އަޅުވައި ޓްރަމްޕް ދެއްކެވި ވާހަކަތަކަށް ރައީސް މެކްރޮން ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ. މެކްރޮން ވިދާޅުވީ ބޭރުގެ ލީޑަރުން ފްރާންސްގެ ދާޚިލީ ކަންކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ރަޝިއާގެ ޖަލެއްގައި ހުރި އެމެރިކާގެ މީހަކު މިނިވަންކޮށްފި

ޔޫކްރެއިން ހަނގުރާމައިގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ރަޝިއާގެ ޖަލެއްގައި ހަތަރު އަހަރު ހުރި އެމެރިކާގެ ރައްޔިތެއް ކަމަށްވާ ސްޓީވަން ހަބާޑް މިނިވަންކޮށްފިއެވެ. އޭނާ މިނިވަންވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަންދޫބަކު ރަޝިއާއަށް ކުރެއްވި ޒިޔާރަތެއްގައި ޕޫޓިންއާ މަޝްވަރާކޮށް، އެއްވެސް އަސީރަކު ބަދަލުކުރުމަކާ ނުލައި އެއްބަސްވުމަކަށް އާދެވުމުންނެވެ.

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox