ސްޓާ މެޑިކަލްގެ މިފަހަރުގެ ސެޝަން ބައްޕައިންނަށް

Oct 1, 2026, 1:34 PM
ސްޓާ މެޑިކަލް

ސްޓާ މެޑިކަލް

ސިއްހީ އަދި އިޖުތިމާއީ ދުޅަހެޔޮކަމަށް ހޭލުންތެރި ކުރުވުމަށް ސްޓާ މެޑިކަލްއިން ކުރިޔަށްގެންދާ ސެޝަން ތަކުގެ ތެރެއިން އޮކްޓޯބަރު 3 ވަނަ ދުވަހު ބާއްވާ ސެޝަން ބައްޕައިންނަށް ހާއްސަކޮށްފި އެވެ.

މި ސެޝަން ބާއްވަނީ އަންނަ ހޮނިހިރު ދުވަހު ހަވީރެވެ.

" ދުޅަހެޔޮ މުޖުތަމައު އެއް މި ބިނާ ކުރެވެނީ ސިއްހީ ގޮތުން އަދި އިޖުތިމާއީ ގޮތުން ދުޅަހެޔޮކަން ގާއިމް ކުރެވުނީމަ. އެެހެންވީމަ އަޅުގަނޑުމެން މިކަން ކުރާ ސަބަބަކީ ކްލިނަކަކީ ހަމައެކަނި ބަލިވީމަ އަންނަ ތަނަކަށް ހެދުމުގެ ބަދަލުގައި ބަލިތަކުން ރައްކާތެރިވުމަށް އެހީވެދޭ ތަނަކަށްވެސް ހެދުމުގެ މަގުސަދުގައި"ސްޓަރ މެޑިކަލްގެ ސްޓާފް ނަރސް ފާތިމަތު ފަރީމާ ވިދާޅުވި އެވެ.

މި ސެޝަންގައި ބަލާލެވޭނެ މުހިންމު ކަންތައްތައް:

ބައްޕައެއްގެ ހަގީގީ މާނައަކީ ކޮބައި ހެއްޔެވެ؟

ބައްޕައެއްގެ މައްޗަށް އޮތް ހައްގުތަކާއި ޒިންމާތަކަކީ ކޮބައި ހެއްޔެވެ؟ 

ދަރިންނާއެކު ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވަގުތު ހޭދަކުރުމުގެ މުހިންމުކަން. 

ދަރިންނާއެކު އޮންނަ ގުޅުން ލޯތްބާއެކު ވަރުގަދަކޮށް، ރައްކާތެރިކަން އިހުސާސްކޮށްދޭނެ ގޮތްތައް. 

މުއާމަލާތް ކުރުމާއި، އަޑުއެހުމާއި އަދި ދަރިން ދެނެގަތުން.

ބިރުވެރިކަމެއް ނެތި ދަރިން އަދަބުވެރިކުރުވުން.

މާލީ ގޮތުން ކަންކަން ފުރިހަމަކޮށްދިނުމުގެ އިތުރުން، ދަރިންގެ ދިރިއުޅުމުގައި އަމަލީ ގޮތުން ބައިވެރިވުން.

ދަރިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި ނަފްސާނީ ދުޅަހެޔޮކަމަށް ބަފައެއްގެ ނުފޫޒު ފޯރާ މިންވަރު.

ވަޒީފާއާއި، އާއިލާއާއި އަދި އަމިއްލަ ޒިންމާތައް ހަމަހަމަކުރުން.

ދަރިންގެ ހިތުގައި ދާއިމަށް ހަރުލާނެ ފަދަ ހަނދާންތައް އުފެއްދުމަށް ކޮންމެ ދުވަހަކު ކުރެވިދާނެ ކުދިކުދި ކަންތައްތައް.

ދަރިފުޅުގެ އުމުރުގެ ތަފާތު މަރުހަލާތަކުގައި ބަފައެއްގެ ދައުރު އަދާކުރާނެ ގޮތް.

މި ސެޝަންތަކާބެހޭ އިތުރު މައުލޫމާތު އަދި ބައިވެރިވުމަށް އަދި ނަންނޯޓުކުރުމަށް ކްލިނިކްގެ 9287755، 3333074، 3333075، 3333076 އާ ގުޅޭނެ އެވެ.

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސްގައި 5،500 އަށްވުރެ ގިނަ ދުވުންތެރިން

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގައި 5،500 އަށް ވުރެ ގިނަ ދުވުންތެރިން ރަޖިސްޓަރީވެފައިވާއިރު، މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ދުވުމެވެ. 'ވޯލްޑް އެތުލެޓިކްސް ރޭންކިންގް ކޮމްޕެޓިޝަން' އެއްގެ ގޮތުގައި ބަލައިގެންފައިވާ މި ދުވުން އޮންނާނީ 20 ނޮވެމްބަރު 2026 ގައި ހުޅުމާލޭގައެވެ. ކުޑަކުދިންގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ބާއްވާ މި ހަރަކާތުގައި ހާފް މެރަތަން އާއި އެކި ކިލޯމީޓަރުތަކުގެ ދުވުންތައް ހިމެނެއެވެ.

އެސްޖޭ ދިހެރެޔާ ރެސިޑެންސްގެ އެޕާޓްމަންޓް ބުކިންއަށް ހުޅުވާލައިފި

އެސްޖޭ ގްރޫޕުން ހުޅުމާލޭ ފޭސް 1 ގައި ތަރައްގީކުރާ 'އެސްޖޭ ދިހެރެޔާ ރެސިޑެންސް' ގެ އެޕާޓްމަންޓްތައް 3.6 މިލިއަން ރުފިޔާއިން ފެށޭ އަގުތަކެއްގައި ވިއްކަން ފަށައިފިއެވެ. ކުރިއަށް އޮތް ދެ އަހަރު ތެރޭ ނިންމުމަށް އަމާޒުކޮށްފައިވާ މި ކޮންޑޮމީނިއަމްގައި އިންފިނިޓީ ޕޫލާއި، ޖިމް އަދި ޕާކިން ފަދަ ޒަމާނީ ވަސީލަތްތައް ހިމެނޭއިރު، މިއީ ހުރިހާ ޚިދުމަތްތަކެއް ކައިރިން ލިބޭނެ ހިތްގައިމު ސަރަހައްދެއްގައި ބިނާކުރާ އިމާރާތެކެވެ.

މިފްކޯއަށް ގިނައިން މަސް ކިރުވާ ނަމަ ބޮޑު އަގެއް ދެނީ

މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަދަލު ގެނެސް، ގިނައިން މަސް ކިރުވާ އުޅަނދުފަހަރަށް ބޮޑު އަގު ދޭން ނިންމައިފި. މި ބަދަލުގެ ދަށުން އަށް ޓަނަށް ވުރެ ގިނައިން މަސް ކިރުވާނަމަ ކިލޯއަކަށް 22.75ރ. ލިބޭނެ. މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، ގެނައި ބަދަލެއް ކަމަށް މިފްކޯއިން ބުނޭ.

އެމްއައިބީ ގެސްޓްހައުސް އެވޯޑްސްއަށް ބާކީ ދެ ދުވަސް

އެމްއައިބީން އިންތިޒާމުކުރާ "ގެސްޓްހައުސް ސިމްޕޯސިއަމް" އާއި އަލަށް ތައާރަފްކުރާ "ގެސްޓްހައުސް އެވޯޑްސް" އޮންނާނީ ބުރާސްފަތި ދުވަހު. މި ސިމްޕޯސިއަމްގައި ގެސްޓްހައުސް ދާއިރާގެ މުސްތަގުބަލާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ. އަދި، ގެސްޓްހައުސް އެވޯޑްސްގައި ގެސްޓްހައުސްތަކަށާއި ވަކިވަކި ފަރުދުންނަށާއި ރަށްރަށަށް އެވޯޑު އެރުވޭނެ.

ދުނިޔޭގެ އެންމެ ވަރުގަދަ ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް

ފޯބްސް މެގަޒިންއިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅަށް މަސައްކަތްކުރާ ބޭންކުތަކުގެ ލިސްޓުގައި، ބީއެމްއެލް ހިމެނުނީ 3 ބިލިއަނާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އެސެޓް ހުރި ބޭންކުތަކުގެ ކެޓަގަރީގެ 39 ވަނައިގައި. އެ ބޭންކުން މިދިޔަ އަހަރު ރެކޯޑު ފައިދާއެއް ނެރުނު. މި އަހަރު އެ ބޭންކުން މިސްރާބު ޖަހާފައި ހުރީ މިދިޔަ އަހަރުގެ ރެކޯޑު މުގުރާލަން.

ބީއެޗްއެމްއިން އޭބްލް ފާމް ކިރު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި

ބީއެޗްއެމް ޓްރޭޑާސްއިން ސިއްހީ ގޮތުން ފައިދާހުރި، މަތީ ފަންތީގެ "އޭބްލް ފާމް" ބްރޭންޑުގެ ކިރު ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފްކޮށްފިއެވެ. މި ބްރޭންޑުގެ ފުލް ކްރީމް އަދި ލޯ ފެޓް ކިރުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ބާވަތްތައް މިހާރު ރާއްޖޭގެ ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ.

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

Newsletter

Get the latest news delivered straight to your inbox