އެމެރިކަން އައިޑޮލްގެ ކުރީގެ ބައިވެރިއަކު އަންހެނުން މަރާލިކަން ސާބިތުވެއްޖެ

Sep 30, 2026, 5:51 PM
ފޮޓޯ: ފޭސްބުކް

ފޮޓޯ: ފޭސްބުކް

ޓީވީގެ މަޝްހޫރު ހުނަރު ދައްކާލާ މުބާރާތެއް ކަމަށްވާ "އެމެރިކަން އައިޑޮލް" އިން ފެނިގެންދިޔަ، އެމެރިކާގެ އޮހައިއޯގެ ކްރިސްޓިއަން ފައްޅިއެއްގެ ކުރީގެ މެމްބަރަކު އޭނާގެ އަންހެނުން މަރާލިކަން ސާބިތުވެއްޖެ އެވެ.

އުމުރުން 40 އަހަރުގެ ކޭލެބް ފްލިން، އޭނާގެ އަންހެނުން އޭޝްލީ ފްލިންގެ ބޮލަށް ފަހަތުން ދެ ފަހަރަށް ބަޑިޖަހައި މަރާލާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު، އޮހައިއޯގައި ހުންނަ އެމީހުންގެ ގޭގައި އޭޝްލީ ނިދާފައި އޮއްވަ އެވެ. އޭގެ ފަހުން ކޭލެބް ވަނީ އެއީ ބަޔަކު ގެއަށް ވަދެ ދިން ހަމަލާއެއް ކަމަށް ދައްކަން މަސައްކަތް ކޮށްފަ އެވެ.

މި މައްސަލައިގައި ޖޫރީން ތިން ގަޑިއިރު މަޝްވަރާ ކުރުމަށް ފަހު، ކޭލެބް ކުށްވެރިވާ ކަމަށް ނިންމި ވަގުތު އޭނާ ވަނީ ކޯޓުގައި ރޮއެފަ އެވެ.

Advertisement

އަންހެނުން މަރާލުމުގެ އިތުރުން، ކޭލެބްގެ މައްޗަށް އުފުލާފައިވާ އިތުރު އަށް ދައުވާއެއް ވެސް ވަނީ ސާބިތުވެފަ އެވެ. އޭގެ ތެރޭގައި ގަސްދުގައި މީހަކު މަރާލުމާއި ހެކި ނައްތާލަން މަސައްކަތް ކުރުން ހިމެނެ އެވެ. މި ކުށްތަކާ ގުޅިގެން އޭނާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.

އަށް ދުވަހުގެ ހެކިބަސް ނެގުމަށް ފަހު، މިދިޔަ އަންގާރަ ދުވަހު މި މައްސަލައިގެ ފަހު ބަސް އިއްވާފައިވާއިރު، ޕްރޮސެކިއުޓަރުން ވަނީ ކޭލެބް ލިޔެފައިވާ ލަވައެއް ކޯޓުގައި އިއްވާފަ އެވެ. ދައުލަތުން ބުނާ ގޮތުގައި އެއީ އޭނާ ސިއްރު ގުޅުމެއް ބޭއްވި އަންހެން މީހާއަށް ހާއްސަކޮށްގެން ލިޔެފައިވާ ލަވައެކެވެ.

ޑޭޓަންގެ ރަށެއް ކަމަށްވާ ޓިޕް ސިޓީގައި ހިނގި މި މަރުގެ ހާދިސާގެ ޝަރީއަތުގައި، ފުލުހުންގެ ބޮޑީ ކެމެރާ ފުޓޭޖާއި، މަރުގެ ހާދިސާ ހިނގި ވަގުތު ކޭލެބްގެ އައިފޯނާއި އެޕަލް ވޮޗުން ފެންނަން ހުރި މައުލޫމާތުތައް ހެކީގެ ގޮތުގައި ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން ދައުލަތުން ވަނީ ގިނަ އަދަދެއްގެ ހެކިން ހާޒިރުކޮށްފަ އެވެ. އޭގެ ތެރޭގައި ކޭލެބް މަސައްކަތްކުރި ފައްޅީގައި އިންޓާާންއެއްގެ ގޮތުގައި އުޅުނު އަދި އޭނާއާ ސިއްރު ގުޅުމެއް ބޭއްވި އެލީގާ ބޮޓްނާ ހިމެނެ އެވެ.

ޝަރީއަތުގެ ކުރީކޮޅު ބޮޓްނާ ވަނީ ދެ ދުވަސް މަތިން ހެކިބަސް ދީފަ އެވެ. އޭނާ ވަނީ ކޭލެބްއާ އެކު 18 މަސް ދުވަހު ބޭއްވި ގުޅުމުގެ ތަފްސީލު ކޯޓަށް ކިޔައިދީފަ އެވެ.

ކޭލެބް ފްލިން އަކީ 2013 ވަނަ އަހަރު "އެމެރިކަން އައިޑޮލް" ގެ 12 ވަނަ ސީޒަނުން ފެނިގެންދިޔަ މީހެކެވެ. އޭނާ ވަނީ އެ މުބާރާތުގެ ފަނޑިޔާރުން ކަމަށްވާ މަރާޔާ ކެރީ، ނިކީ މިނާޖް އަދި ރޭންޑީ ޖެކްސަންގެ ކުރިމަތީގައި ލަވަ ކިޔާފަ އެވެ.

ޓީވީން ދެއްކި އޮޑިޝަންތަކުގައި އޭނާ ފެނިގެންދިޔައިރު، ހޮލީވުޑަށް ދިއުމަށް "ގޯލްޑަން ޓިކެޓް" ވެސް ލިބުނެވެ. ނަމަވެސް އޭނާއަށް މުބާރާތުގެ މައިގަނޑު ބަޔާ ހަމައަށް ދެވޭ ގޮތެއް ނުވި އެވެ.

މި މައްސަލައިގައި ކޭލެބްގެ މައްޗަށް ހުކުމް ކުރުން އޮންނާނީ އަންނަ އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހު އެވެ.

ފަހުގެ ޚަބަރު

ބިރުގަތީމަ ހިތުގެ ތެޅުން އަވަސްވަނީ ކީއްވެ؟

ބިރުގަންނަ ވަގުތު ހިތުގެ ތެޅުން އަވަސްވަނީ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި މަސްތަކަށާއި ސިކުނޑިއަށް ބޭނުންވާ އޮކްސިޖަން އަވަހަށް ފޯރުކޮށްދީ، ހަށިގަނޑު ތައްޔާރުކުރުމަށެވެ. މި ބަދަލު އަންނަނީ ސިކުނޑީގެ އަމިގްޑަލާ އިން ފޮނުވާ އިންޒާރަކާ ގުޅިގެން ލޭގެ ތެރެއަށް އެޑްރީނަލިން ހޯމޯން ދޫކޮށްލުމުންނެވެ. މިއީ ޖިސްމާނީ އަދި ނަފުސާނީ ބިރުވެރިކަމެއް ކުރިމަތިވިޔަސް، އިންސާނާގެ ރައްކާތެރިކަމަށްޓަކައި ހަށިގަނޑުގައި ހިނގާ ގުދުރަތީ ނިޒާމެކެވެ.

ފަސް އަހަރު ފަހުން އެއީ ނުބައި ޑައިގްނޯސިސްއެއް ކަން އެނގިއްޖެ

މަޝްހޫރު ބަތަލާ ކްރިސްޓީނާ އެޕަލްގޭޓަށް އެމްއެސް ބަލި ޖެހިފައިވާ ކަމަށް ބަލައި ފަރުވާ ކުރާތާ ފަސް އަހަރު ފަހުން، އެއީ ނުބައި ޑައިގްނޯސިސްއެއްކަން އެނގި އޭނާގެ ސިއްހީ ހާލަތު އިތުރަށް ގޯސްވަމުންދާކަން ވަނީ ހާމަކޮށްފައެވެ. މިކަމާ ގުޅިގެން އޭނާ ނުހަނު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ބަލީގެ އަސްލު ސަބަބު ދެނެގަތުމަށްޓަކައި އާ ތަހުލީލުތަކެއް ފެށުމަށް މިހާރު ވަނީ ނިންމާފައެވެ.

އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް ވިދާޅުވެއްޖެ

އަމީރު ހެރީގެ ބައްޕާފުޅާއި ބޭބޭފުޅާ އޮތް ނުތަނަވަސް ގުޅުން ރަނގަޅުކޮށް، އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. މާޒީގެ ހިތާމަވެރި ހާދިސާތައް ހަނދާން ނައްތާލުމަށް ބާރުއަޅުއްވަމުން ހެރީ ވިދާޅުވީ، ބައެއް މީހުން ބޭނުން ނުވި ނަމަވެސް އެ ގުޅުން އިއާދަކުރުމަކީ މިވަގުތަށް އެންމެ މުހިންމު ކަންތައް ކަމަށެވެ.

ކްރިސްޓިއާން އަމަންޕޫރު 43 އަހަރަށް ފަހު ސީއެންއެންއާ ވަކިވަނީ

ސީއެންއެންގައި 43 އަހަރު މަސައްކަތް ކުރުމަށްފަހު، އެ ނެޓްވޯކްގެ މަޝްހޫރު ނޫސްވެރިޔާ ކްރިސްޓިއާން އަމަންޕޫރު އަންނަ އަހަރު ވަކިވާނެކަން އިއުލާންކޮށްފި. އޭނާ ވަކިވަނީ އާ މަޝްރޫއުތަކެއް ފެށުމުގެ އުންމީދުގައި ކަމަށް ބުނެފައިވާއިރު، ސީއެންއެންގެ މެނޭޖްމަންޓުން ވަނީ އޭނާގެ ދިގު ޚިދުމަތުގެ އަގުވަޒަންކޮށްފަ.

ވޭޕް ކުރުމުގެ ސަބަބުން ސެލީނާގެ އަޑު ބަދަލުވެއްޖެ

ނިކޮޓިން އެކުލެވޭ ވޭޕް ބޭނުންކުރުމުގެ ސަބަބުން އަޑަށް ދާއިމީ ބަދަލުތަކެއް އައިސްފައިވާ ކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް އިއުތިރާފުވެއްޖެއެވެ. ލޫޕަސް ބަލީގެ ސަބަބުންވެސް އަޑަށް އަސަރުކުރަމުންދާ ސެލީނާ ވަނީ، ވޭޕްކުރުމަކީ އެއްވެސް ފައިދާއެއް ހުރި ކަމެއް ނޫންކަން ފާހަގަކޮށް އެކަން ހުއްޓާލުމަށް މަސައްކަތް ފަށާފައެވެ.

އޮލިމްޕަހުން "ދެވި" ނެރެނީ

މަރްޔަމް އައްޒަގެ ފުރަތަމަ ޕްރޮޑަކްޝަން ކަމަށްވާ ބިރުވެރި ފިލްމު "ދެވި" އޮލިމްޕަހުގައި ދައްކާ ނިންމާލުމަށް ތައްޔާރުވެ، ވަދާއީ ޝޯތަކުގެ ޓިކެޓް ވިއްކަން ފަށައިފިއެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާ މި ފިލްމުގެ އެންމެ ފަހު ޝޯ އޮކްޓޯބަރު 25 ގައި ދެއްކުމަށް ހަމަޖެހިފައިވާއިރު، މިއީ ފަންނީ ގޮތުން ގިނަ ކުރިއެރުންތަކެއް ދައްކުވައިދީފައިވާ ކާމިޔާބު އުފެއްދުމެކެވެ.

އިންޑިއާގެ ގޭންގަކުން ޓައިގާ ޝްރޮފަށް އަމާޒުކޮށް ބަޑި ޖަހައިފި

މުމްބާއީގެ ޖޫހޫ ސަރަހައްދުގައި ފިލްމީ ތަރި ޓައިގާ ޝްރޮފްގެ ކާރަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދީފައިވާއިރު، މި ހަމަލާއިން އޭނާ ސަލާމަތްވި ނަމަވެސް ޑްރައިވަރަށް ވަނީ އަނިޔާވެފައެވެ. ލޯރެންސް ބިޝްނޯއީގެ ގޭންގުން މި ހަމަލާގެ ޒިންމާ އުފުލާފައިވާއިރު، މިއީ ސަލްމާން ޚާނާއެކު މަސައްކަތް ނުކުރުމަށް ދިން އިންޒާރުތަކަށް އޭނާ ބޯނުލެނބުމުން ދިން ހަމަލާއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Newsletter

Get the latest news delivered straight to your inbox