މޮޑްރިޗަށް 42 އަހަރު ފުރުނަސް ގައުމީ ޓީމަށް ކުޅެވޭނެ ކަމަށް ބުނެފި

Sep 29, 2026, 9:26 AM
ކްރޮއޭޝިއާ އިން ނޭޝަންސް ލީގުގައި ކުޅުނު މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު މޮޑްރިޗް އުފާފާޅުކުރަނީ.

ކްރޮއޭޝިއާ އިން ނޭޝަންސް ލީގުގައި ކުޅުނު މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު މޮޑްރިޗް އުފާފާޅުކުރަނީ.

ޒަގްރެބް، ކްރޮއޭޝިއާ (ސެޕްޓެމްބަރު 29) -  ކްރޮއޭޝިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން، ލޫކަ މޮޑްރިޗަށް 42 އަހަރު ފުރުނު ކަމުގައި ވިޔަސް ގަައުމީ ޓީމަށް ކުޅެވޭނެ ކަމަށް ކްރޮއޭޝިއާގެ ލެޖެންޑް، ޑާވޯ ސުކާ ބުނެފި އެވެ. 

މި މަހުގެ ކުރީކޮޅުގައި މޮޑްރިޗަށް ވަނީ 41 އަހަރު ފުރިފަ އެވެ. އޭގެ ފަހުން، މި ފަހަރުގެ ނޭޝަންސް ލީގުގައި ކްރޮއޭޝިއާ އިން ކުޅުނު ފުރަތަމަ މެޗުގައި، ސާބިއާ ކޮޅަށް މޮޑްރިޗް ވަނީ ލަނޑު ޖަހައިފަ އެވެ. އެ މެޗަކީ، މޮޑްރިޗް، ކްރޮއޭޝިއާ ގައުމީ ޓީމަށް ކުޅެދިން 203 ވަނަ މެޗެވެ. 

ޕްރޮފެޝަނަލް ކެރިއަރު ކުރިއަށްގެންދިއުމުގައި، ގައުމީ ޓީމާއި ކްލަބް ލެވަލްގައި މޮޑްރިޗްގެ ޕްލޭން ކުރިއަށްގެންދަނީ އަހަރުން އަހަރަށެވެ. އެ ގޮތުން، އިޓަލީގެ ގަދަބާރު، އޭސީ މިލާނާ އެކު ހަދާ ކޮންޓްރެކްޓް ވެސް މޮޑްރިޗް ކުރިއަށްގެންދަނީ ސީޒަނަކަށް ފަހު ސީޒަނެއްގެ ވިސްނުމުގަ އެވެ. 

"އަހަރެން ދެކޭ ގޮތުގަައި އަދިވެސް މޮޑްރިޗަށް އަހަރެއް ނޫނީ ދެ އަހަރު ވަރު ގައުމީ ޓީމަށް ކުޅެވިދާނެ. ކިހިނެއް އެނގެނީ، 2028 ގެ ޔޫރޯއާ ހަަމައަށް ވެސް އޭނާ އަށް ކުރިއަށް ދެވިދާނެ،" 1998 ވަނަ އަހަރު ފީފާ ވޯލްޑް ކަޕްގައި ތަފާތު ދެއްކި ކްރޮއޭޝިއާ ޓީމުގެ އެޓޭކް ލީޑުކުރި، ސުކާ ބުންޏެވެ. 

ކެރިއަރު ކުރިއަށް ގެންދިއުމާ މެދު މޮޑްރިޗް ގެންގުޅޭ ވިސްނުމަށް ވެސް ސުކާ ވަނީ ތައުރީފުކޮށްފަ އެވެ. އަދި، މޮޑްރިޗަކީ ދުނިޔޭގެ ފުޓްބޯޅައިގެ މިސާލެއްގެ ގޮތުގައި، ސުކާ ވަނީ ސިފަކޮށްފަ އެވެ. 

ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ފައިނަލަށް ކްރޮއޭޝިއާ ގެންގޮސްދިން މޮޑްރިޗަކީ ކްރޮއޭޝިއާގެ ފުޓްބޯޅަ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ކްރޮއޭޝިއާ ގައުމީ ޓީމަށް 2006 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ކުޅެމުން އަންނަ މޮޑްރިޗް ވަނީ ތަފާތު ހަ ވޯލްޑް ކަޕެއްގައި ކްރޮއޭޝިއާ އަށް ކުޅެފަ އެވެ.

ނޭޝަންސް ލީގުގައި ކްރޮއޭޝިއާ އިން ކުޅޭ ދެ ވަނަ މެޗުގައި މިރޭ ބައްދަލުކުރާނީ ދުނިޔޭގެ ޗެމްޕިއަން، ސްޕެއިންއާ އެވެ. ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އެންމެ ފަހުން ކުޅުނު 39 މެޗުން ވެސް ބަލިނުވެ، ރެކޯޑެއް ހަދާފައިވާ ސްޕެއިނަކީ، ކްރޮއޭޝިއާ ރަނގަޅު ޗެލެންޖެއް ކަމަށް ސުކާ ވަނީ ބުނެފަ އެވެ. 

"ސްޕެއިނަކީ ފޭވަރިޓުން، ކްރޮއޭޝިއާ އިން ދުލެއް ނުދޭނެ. ވަރަށް ގިނަ ގޯލު ފެންނާނެ މެޗެއް ކަމަށް ބެލެވެނީ. 0-0 ކަމަކުނުދޭ،" މިރޭ ސްޕެއިންގެ ސެވިލްގައި ކުޅޭ މެޗާ ބެހޭގޮތުން ސުކާ ބުންޏެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox