މެދުނުކެނޑި ނެށުމުގެ ރެކޯޑު މުގުރާލުމުގެ ހަރަކާތެއް ނައިޖީރިއާގައި

Sep 29, 2026, 1:41 PM
ފޮޓޯ: ބީބީސީ

ފޮޓޯ: ބީބީސީ

ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކުރުމަށްޓަކައި، ހަތް ދުވަސް ވަންދެން މެދުނުކެނޑި ނެށުމުގެ ހަރަކާތެއް ނައިޖީރިއާގެ މީހަކު ފަށައިފި އެވެ.

"ބެން ޑާންސާ" ގެ ނަމުން މަޝްހޫރުވެފައިވާ ބެންޖަމިން ޑެނިއަލް އަމާޒު ހިފާފައިވަނީ 168 ގަޑިއިރު ވަންދެން ނެށުމަށެވެ. މިއީ އެންމެ ގިނަ ވަގުތު ވަންދެން ނެށުމުގެ ދުނިޔޭގެ މިހާރުގެ ރެކޯޑަށް ވުރެ 41 ގަޑިއިރު އިތުރު ވަގުތެކެވެ.

މި ހަރަކާތަކީ ރަސްމީ ރެކޯޑެއްގެ ގޮތުގައި ބަލައިގަނެވޭނެތޯ ގިނިސް ވޯލްޑް ރެކޯޑްސް އިން އަދި ކަށަވަރުކޮށްދީފައެއް ނުވެ އެވެ. 

ލާގޯސްގެ ފްރީޑަމް ޕާކުގައި ބެން ކުރިއަށްގެންދާ މި ހަރަކާތަށް ހިތްވަރު ދިނުމަށް ފާއިތުވި ދުވަސްތަކުގައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ އެ ސަރަހައްދަށް އެއްވެފަ އެވެ. އެމީހުން ދަނީ ބެންގެ ހަރަކާތްތައް ވީޑިއޯކޮށް، ބެރިއަރުތަކުގެ ފަހަތުގައި ތިބެ އޭނާއާއެކު ނަށަމުންނެވެ.

މިހާރު މި ރެކޯޑް އޮންނަނީ އިންޑިއާގެ ނެށުންތެރިއެއް ކަމަށްވާ ސްރުޝްތީ ސުދީރު ޖަގްތަޕް އަތުގަ އެވެ. އުމުރުން 16 އަހަރުގައި އޭނާ 2023 ވަނަ އަހަރު މި ރެކޯޑް ގާއިމުކުރީ 127 ގަޑިއިރު ވަންދެން ނަށައިގެންނެވެ. އޭނާގެ ހުށަހެޅުމުގައި މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައިވަނީ އިންޑިއާގެ ކްލާސިކަލް ނެށުމުގެ ބާވަތެއް ކަމަށްވާ "ކަތަކް" އެވެ.

އުމުރުން 33 އަހަރުގެ ބެން ޑާންސަރަކީ ފާއިތުވި 18 އަހަރު ދުވަހު ޕްރޮފެޝަނަލްކޮށް ނެށުމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ.

މި މެރަތަންގެ ބޮޑު ބައެއްގައި ބެން ބޭނުންކުރަމުންދަނީ ނައިޖީރިއާގެ މުއްސަނދި ސަގާފީ ނެށުންތަކާއި، ހަލުވިކަމާއެކު ބަދަލުވަމުންދާ އިންޓަނެޓް ސަގާފީ ހަރަކާތްތަކެވެ.

ބައެއް ވަގުތުތަކުގައި އޭނާ ވަނީ ނަށާއިރު ލާ އާންމު ހެދުންތަކުގެ ބަދަލުގައި، ނައިޖީރިއާގެ ސަގާފީ ހެދުންތައް ކަމަށްވާ "އަގްބާޑާ" އާއި "ޑަޝީކީ" ފަދަ ހެދުންތައް ބޭނުންކޮށްފަ އެވެ.

ނައިޖީރިއާއަކީ 250 އަށްވުރެ ގިނަ ނަސްލުތަކުގެ މީހުން ދިރިއުޅޭ، ސަގާފީ ގޮތުން ވަރަށް މުއްސަނދި ގައުމެކެވެ.

ބެންގެ ޓީމުން ބުނާ ގޮތުގައި، މި ހަރަކާތުގެ މަގްސަދަކީ ހަމައެކަނި އޭނާގެ ހަށިގަނޑުގެ ވަރުގަދަކަން ދައްކާލުމެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ ނައިޖީރިއާގެ ސަގާފީ ތަފާތުތައް ދައްކުވައިދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ރެކޯޑަށް ތައްޔާރުވުމުގެ ގޮތުން ބެން ވަނީ ވަރަށް ވަރުގަދަ ފިޓްނަސް ތަމްރީނުތަކެއް ފުރިހަމަކޮށްފަ އެވެ. އަދި އޭނާގެ ކެއުމަށް ބަދަލުތަކެއް ގެނެސް، ކާބޯހައިޑްރޭޓްސް ގިނަ ކާނާއާއި ހިތުގެ ދުވެލި ރަނގަޅުކޮށްދޭ ތަމްރީނުތަކަށް ވަނީ ހާއްސަ ސަމާލުކަމެއް ދީފަ އެވެ.

މި މެރަތަން ކުރިއަށްދާއިރު، އޭނާ ކަމުންދަނީ ވަރަށް ލުއި ކާނާ އެވެ. އަދި ގިނައިން ދިޔާ އެއްޗެހި ބޮމުންދާއިރު، ކޮންމެ އެއް ގަޑިއިރަކުން ލިބޭ ފަސް މިނެޓުގެ އަރާމުކުރުމުގެ ވަގުތު އޭނާ ދަނީ ބޭނުންކުރަމުންނެވެ.

ކަމެއް ދިމާވެއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، މެޑިކަލް ޓީމެއްވެސް ފްރީޑަމް ޕާކުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

4،700 އަހަރުވީ ޝިޕްރެކެއް ތުރުކީއިން ފެނިއްޖެ

ތުރުކީގެ އަންޓަލްޔާ އައްސޭރިފަށުން 4،700 އަހަރުވީ ދުނިޔޭގެ އެންމެ ދުވަސްވީ ޝިޕްރެކްގެ ބައިތައް ފެނިފައިވާ ކަމަށް އާސާރީ މާހިރުން ހާމަކޮށްފިއެވެ. ކަނޑުގެ 30 މީޓަރު އަޑިން ފެނުނު މި ވިޔަފާރި އުޅަނދުން މަށިން ހަދާފައިވާ ގިނަ އަދަދެއްގެ މުދާ ރައްކާކުރާ ތަކެއްޗާއި ހިލަ ނަގިލިތަކެއް ފެނިފައިވާއިރު، މިއީ މިސްރުގެ ޕިރަމިޑްތައް ބިނާކުރި ދުވަސްވަރުގެ އުޅަނދެއް ކަމަށް ބެލެވެއެވެ.

ޓޫޕަކް ޝަކޫރު މަރާލުމުން އުމުރު ދުވަހުގެ ޖަލު ހުކުމެއް

މަޝްހޫރު ރެޕް ފަންނާނު ޓޫޕަކް ޝަކޫރު މަރާލުމުގެ މޭސްތިރިޔާގެ ގޮތުގައި ކުށް ސާބިތުވި ކުރީގެ ގޭންގު ލީޑަރު ޑުއޭން "ކެފީ ޑީ" ޑޭވިސްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ 1996 ވަނަ އަހަރު ހިނގި މި މަރުގެ މައްސަލައިގައި ގާތްގަނޑަކަށް ތިން ދަހަރު ފަހުން ދައުވާ އުފުލި ކުށް ސާބިތުވި ހަމައެކަނި މީހާއެވެ. ޑޭވިސްގެ މައްޗަށް މި ކުށް ސާބިތުވީ ޓޫޕަކްގެ ފަރާތުން އޭނާގެ އާއިލާ މީހަކަށް ލިބުނު އަނިޔާއެއްގެ ބަދަލުހިފުމަށް މި މަރު ރޭވިކަން ހާމަވުމާ ގުޅިގެންނެވެ.

ފްލައިޓެއްގެ ކްރޫއަށް ހަމަލާދީގެން ސެލްމާ ބްލެއާ ހައްޔަރުކޮށްފި

މި ހާދިސާގައި ފްލައިޓް އެޓެންޑެންޓުންގެ އިތުރުން ފުލުހަކަށާއި ނަރުހަކަށް ވެސް އޭނާ ހަމަލާދީފައިވާ ކަމަށް ތުހުމަތު ކުރެވޭއިރު، ބްލެއާގެ ފަރާތުން ބުނެފައިވަނީ މިއީ ސިއްހީ ކުއްލި ހާލަތެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށް. އޭނާ މިހާރު ވަނީ 60،000 ޑޮލަރުގެ ކަފާލާތެއްގެ ދަށުން ދޫކޮށްލާފަ.

ބްރޭކިން ބޭޑް ގެ އެކްޓަރު އާރްޖޭ މިޓީ ކުއްލި ގޮތަކަށް މަރުވެއްޖެ

މަޝްހޫރު ސީރީޒް "ބްރޭކިން ބޭޑް" އިން މަގުބޫލުކަން ހޯދި އެކްޓަރު އާރްޖޭ މިޓީ އުމުރުން 34 އަހަރުގައި ކުއްލި ގޮތަކަށް މަރުވެއްޖެއެވެ. އޭނާ މަރުވި ސީދާ ސަބަބު ދެނެގަތުމަށް ފުލުހުން ތަހުގީގު ފަށާފައިވާއިރު، މިހާތަނަށް ޝައްކުކުރެވޭ ފަދަ އެއްވެސް ކަމެއް ފާހަގަކުރެވިފައެއް ނުވެއެވެ. އާރްޖޭ މިޓީއަކީ އެކްޓުކުރުމުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކަށް ވަކާލާތުކުރި ހަރަކާތްތެރިއެކެވެ.

ކުޑަކުދިންގެ ކެންސަރު: ބަލި އަވަހަށް ދެނެގަތުމަށް ސަމާލުވާންޖެހޭ

ކުޑަކުދިންގެ ހަށިގަނޑުގައި ކެންސަރު ފެތުރޭ މިންވަރު އަވަސްވުމާއެކު، ގިނަ ދުވަހަށް ދެމިގެންދާ ނުވަތަ ގޯސްވަމުންދާ އަލާމާތްތަކަށް ބެލެނިވެރިން ސަމާލުވުމަކީ ބަލި އަވަހަށް ދެނެގަތުމަށް މުހިންމު ކަމެކެވެ. މި ބަލި ދެނެގަތުމަށް ސިއްހީ މާހިރުން "ތިނެއްގެ އުސޫލު" ބޭނުންކުރާއިރު، ބަލި ދެނެގަނެވޭ ކުދިންގެ ތެރެއިން 80 އިންސައްތަ ކުދިން ބަލިން ސަލާމަތްވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

ފާޑުކިޔުންތަކާއެކު ވެސް "ދެވި" ޖާދޫގައި ބެލުންތެރިން ޖެހިއްޖެ

މަރްޔަމް އައްޒަގެ ޕްރޮޑަކްޝަނުން ނެރުނު ބިރުވެރި ފިލްމު "ދެވި" އަށް އެކި ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ބެލުންތެރިންގެ ބޮޑު ތަރުހީބަކާއެކު ފިލްމުގެ ޓިކެޓްތައް ދަނީ ހަލުވިކަމާއެކު ވިކެމުންނެވެ. އައްޒަގެ ޑަބަލް ރޯލާއި ފިލްމުގެ ފަންނީ ފުރިހަމަކަން ފާހަގަކޮށްލެވޭ މި އުފެއްދުމަކީ، ދިވެހި ސިނަމާގައި މިހާރު އެންމެ މަގުބޫލު އެއް ފިލްމެވެ.

އޮސްޓްރޭލިއާގެ އެންމެ މަގްބޫލު ރޮކްބޭންޑު އެނބުރި އަންނަނީ

އޮސްޓްރޭލިއާގެ މަގުބޫލު ރޮކް ބޭންޑް "ޕައުޑާފިންގާ" ރޫޅާލިތާ 17 އަހަރު ފަހުން، އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު އަލުން އެނބުރި އައުމަށް ބާއްވާ ޓުއާގެ ތަފުސީލުތައް ހާމަކޮށްފިއެވެ. މި ޓުއާގައި އޮސްޓްރޭލިއާގެ އެކި ސިޓީތަކުގައި ޖުމްލަ 18 ޝޯއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއީ ގިނަ ދުވަސްތަކަކަށްފަހު ބޭންޑުގެ ސަޕޯޓަރުންނަށް ލިބިގެންދާނެ ވަރަށް އުފާވެރި ޚަބަރެކެވެ.

Newsletter

Get the latest news delivered straight to your inbox