މާބަނޑު ދުވަސްވަރު ހަނދާން ބަލިވާ ސަބަބު ސައިންސްވެރިން ހޯދައިފި

Sep 28, 2026, 6:30 AM
ފޮޓޯ: ޝަޓަރސްޓޮކް

ފޮޓޯ: ޝަޓަރސްޓޮކް

ބައެއް ފަހަރު "މޮމްނީޝިއާ"، "މޮމީ ބްރެއިން"، "ޕްރެގްނަންސީ ބްރެއިން" ނުވަތަ "ބޭބީ ބްރެއިން" ގެ ނަމުން ނަންދެވިފައިވާ ހާލަތަކީ މާބަނޑު ދުވަސްވަރު ގިނަ އަންހެނުންނަށް ކުރިމަތިވާ ހަނދާން ނެތުމާއި، ސިކުނޑި ސާފުނުވުމާއި، ވިސްނުމަށް އަންނަ ބަދަލުތަކެކެވެ. މިސާލަކަށް، އަންހެނަކު ބަދިގެއަށް ވަދެފައި އެތަނަށް ވަދެވުނު ސަބަބު ހަނދާން ނެތުމާއި، ނުވަތަ އެއްޗެހި ބެހެއްޓޭ ތަންތަން ހަނދާން ނެތުން ފަދަ ކަންކަން މީގެ ތެރޭގައި ހިމެނެ އެވެ.

ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މިއީ ބަޔޮލޮޖިކަލް ގޮތުން ހަގީގަތުގައި ވެސް ހިނގާ ކަމެކެވެ. އަދި މިހާރު ސައިންސްވެރިން ވަނީ މީގެ ސަބަބު ދެނެގަނެވިދާނެ ގޮތެއް ހޯދާފަ އެވެ. އެގޮތުން މާބަނޑު ދުވަސްވަރު ހަށިގަނޑުގައި އެސްޓްރޯޖަން ހޯމޯން މަތީ މިންވަރެއްގައި ހުންނަ އިރު، އޭގެ ސަބަބުން ސިކުނޑީގެ ވަކި ސާކިޓަކަށް ބުރޫއަރާކަން ވަނީ ދެނެގަނެވިފަ އެވެ.

މި ދިރާސާ ކުރުމަށްޓަކައި ސައިންސްވެރިން ވަނީ ލެބޯޓްރީ މީދާ ބޭނުންކޮށްގެން ތަހުލީލުތަކެއް ކޮށްފަ އެވެ. މާބަނޑު ދުވަސްވަރު އެސްޓްރޯޖަން މަތިވާ މިންވަރަށް އެ މީދާތަކުގެ ހަށިގަނޑުގައި ވެސް އެސްޓްރޯޖަން މަތިކުރުމުން، އެ މީދާތަކުގެ މިޒާޖަށް ބަދަލެއް ނައިސް، ވަގުތީ ގޮތުން ހަނދާން ބަލިވާކަން ވަނީ ފާހަގަކުރެވިފަ އެވެ.

Advertisement

މީދާތަކުގެ ހަށިގަނޑުން ފެނުނު މި ބަދަލުތަކުގެ އަސްލަކީ، އެސްޓްރޯޖަން މަތިވުމުގެ ސަބަބުން ސިކުނޑީގެ ދެ ބައެއްގެ ދެމެދުގައިވާ ނިއުރޯނަލް މަގަށް ކުރާ އަސަރު ކަމަށް ސައިންސްވެރިން ބުނެ އެވެ. އެއީ ސިކުނޑީގެ ކޮންޓްރޯލް ސެންޓަރުގެ ގޮތުގައި މަސައްކަތްކުރާ "ހައިޕޯތަލަމަސް" އާއި، ހަނދާންތައް އުފެއްދުމުގައި މުހިންމު ދައުރެއް އަދާކުރާ "ހިޕޯކެމްޕަސް" އެވެ.

ސައިންސްވެރިން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި، އެސްޓްރޯޖަން މަތިވުމުން ހައިޕޯތަލަމަސްގެ ނިއުރޯންތަކުގެ ހަރަކާތްތައް އިތުރުވެ އެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ހިޕޯކެމްޕަސްގެ މަސައްކަތްތަކަށް ހުރަސްއެޅި، ހަނދާން ބަލިވުމަށް މެދުވެރިވެ އެވެ.

"މޮމްނީޝިއާ" ގެ އަސަރު އެންމެ ބޮޑަށް ފެންނަނީ މާބަނޑު ދުވަސްވަރުގެ ފަހުކޮޅުގަ އެވެ. އަދި ވިހެއުމަށް ފަހު ވެސް މިކަން ދެމިގެން ދިޔަ ނަމަވެސް، އާންމުކޮށް ވިހެއުމަށް ފަހު މިކަން ރަނގަޅުވެ އެވެ. މީގެ ސަބަބުން ކުރު މުއްދަތުގެ އަދި ދިގު މުއްދަތުގެ ހަނދާނަށް ވެސް އަސަރުކޮށްފާނެ އެވެ. މީގެ ތެރޭގައި ތަންތަނާއި، މީހުންނާއި، ބަސްމަގާ ގުޅޭ ހަނދާންތައް ހިމެނެ އެވެ. މިސާލަކަށް ނަންތަކާއި ބަސްތައް ހަނދާންކުރަން އުނދަގޫވުން ނުވަތަ ކުރިން އެނގޭ މައުލޫމާތުތައް ހަނދާނަށް ގެންނަން ދަތިވުން ފަދަ ކަންކަން ހިމެނެ އެވެ.

"ސައިންސް ބުލެޓިން" ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގެ އެއް އިސްވެރިޔާ، ބޭލާ ކޮލެޖް އޮފް މެޑިސިންގެ އެންޑޯކްރިނޮލޮޖީ އަދި މޮލިކިއުލާ ބަޔޮލޮޖީގެ ޕްރޮފެސަރު ޑރ. ޒެންގް ސަން ވިދާޅުވި ގޮތުގައި، މިއީ ސީރިއަސް ނުވަތަ ސިއްހީ ގޮތުން ނުކުޅެދުންތެރިކަމެއް މެދުވެރިވާ ކަމެއް ނޫނެވެ. ނަމަވެސް މީގެ ސަބަބުން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކަށާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރަށް އަސަރުކުރެ އެވެ.

ޑރ. ސަން އިތުރަށް ވިދާޅުވީ، ކޮޓަރިއަކަށް ވަދެވުނު ސަބަބު ހަނދާން ނެތުމާއި، އެއްޗެހި ބޭއްވޭ ތަން އޮޅުމާއި، ދައްކަމުންދާ ވާހަކައިގެ މައުޟޫއު އޮޅުން ނުވަތަ އެޕޮއިންޓްމަންޓްތައް ހަނދާންކޮށްދޭން ޖެހުމަކީ މީގެ އާންމު މިސާލުތަކެވެ. މިއީ ވަރަށް ފުޅާކޮށް ފެންނަ ކަމެކެވެ. ގާތްގަނޑަކަށް 80 އިންސައްތަ މާބަނޑު އަންހެނުންނަށް މިފަދަ ބަދަލުތައް ފާހަގަކުރެވެ އެވެ. ނަމަވެސް މި އަދަދަކީ ސައިންޓިފިކް ޓެސްޓުތަކަށް ވުރެ ބޮޑަށް، އަންހެނުންނަށް އަމިއްލައަށް ކުރެވޭ ތަޖުރިބާގެ މައްޗަށް ބިނާވެފައިވާ އަދަދެކެވެ.

މި ހޯދުންތަކުން ދައްކާ ގޮތުގައި، މި ހާލަތަކީ އިންސާނާގެ ވިސްނުމުގެ ގާބިލުކަން ދަށްވެގެންދާ ދިއުމެއް ނޫނެވެ.

ފަހުގެ ޚަބަރު

ފަސް އަހަރު ފަހުން އެއީ ނުބައި ޑައިގްނޯސިސްއެއް ކަން އެނގިއްޖެ

މަޝްހޫރު ބަތަލާ ކްރިސްޓީނާ އެޕަލްގޭޓަށް އެމްއެސް ބަލި ޖެހިފައިވާ ކަމަށް ބަލައި ފަރުވާ ކުރާތާ ފަސް އަހަރު ފަހުން، އެއީ ނުބައި ޑައިގްނޯސިސްއެއްކަން އެނގި އޭނާގެ ސިއްހީ ހާލަތު އިތުރަށް ގޯސްވަމުންދާކަން ވަނީ ހާމަކޮށްފައެވެ. މިކަމާ ގުޅިގެން އޭނާ ނުހަނު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ބަލީގެ އަސްލު ސަބަބު ދެނެގަތުމަށްޓަކައި އާ ތަހުލީލުތަކެއް ފެށުމަށް މިހާރު ވަނީ ނިންމާފައެވެ.

އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް ވިދާޅުވެއްޖެ

އަމީރު ހެރީގެ ބައްޕާފުޅާއި ބޭބޭފުޅާ އޮތް ނުތަނަވަސް ގުޅުން ރަނގަޅުކޮށް، އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. މާޒީގެ ހިތާމަވެރި ހާދިސާތައް ހަނދާން ނައްތާލުމަށް ބާރުއަޅުއްވަމުން ހެރީ ވިދާޅުވީ، ބައެއް މީހުން ބޭނުން ނުވި ނަމަވެސް އެ ގުޅުން އިއާދަކުރުމަކީ މިވަގުތަށް އެންމެ މުހިންމު ކަންތައް ކަމަށެވެ.

ކްރިސްޓިއާން އަމަންޕޫރު 43 އަހަރަށް ފަހު ސީއެންއެންއާ ވަކިވަނީ

ސީއެންއެންގައި 43 އަހަރު މަސައްކަތް ކުރުމަށްފަހު، އެ ނެޓްވޯކްގެ މަޝްހޫރު ނޫސްވެރިޔާ ކްރިސްޓިއާން އަމަންޕޫރު އަންނަ އަހަރު ވަކިވާނެކަން އިއުލާންކޮށްފި. އޭނާ ވަކިވަނީ އާ މަޝްރޫއުތަކެއް ފެށުމުގެ އުންމީދުގައި ކަމަށް ބުނެފައިވާއިރު، ސީއެންއެންގެ މެނޭޖްމަންޓުން ވަނީ އޭނާގެ ދިގު ޚިދުމަތުގެ އަގުވަޒަންކޮށްފަ.

ވޭޕް ކުރުމުގެ ސަބަބުން ސެލީނާގެ އަޑު ބަދަލުވެއްޖެ

ނިކޮޓިން އެކުލެވޭ ވޭޕް ބޭނުންކުރުމުގެ ސަބަބުން އަޑަށް ދާއިމީ ބަދަލުތަކެއް އައިސްފައިވާ ކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް އިއުތިރާފުވެއްޖެއެވެ. ލޫޕަސް ބަލީގެ ސަބަބުންވެސް އަޑަށް އަސަރުކުރަމުންދާ ސެލީނާ ވަނީ، ވޭޕްކުރުމަކީ އެއްވެސް ފައިދާއެއް ހުރި ކަމެއް ނޫންކަން ފާހަގަކޮށް އެކަން ހުއްޓާލުމަށް މަސައްކަތް ފަށާފައެވެ.

އޮލިމްޕަހުން "ދެވި" ނެރެނީ

މަރްޔަމް އައްޒަގެ ފުރަތަމަ ޕްރޮޑަކްޝަން ކަމަށްވާ ބިރުވެރި ފިލްމު "ދެވި" އޮލިމްޕަހުގައި ދައްކާ ނިންމާލުމަށް ތައްޔާރުވެ، ވަދާއީ ޝޯތަކުގެ ޓިކެޓް ވިއްކަން ފަށައިފިއެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާ މި ފިލްމުގެ އެންމެ ފަހު ޝޯ އޮކްޓޯބަރު 25 ގައި ދެއްކުމަށް ހަމަޖެހިފައިވާއިރު، މިއީ ފަންނީ ގޮތުން ގިނަ ކުރިއެރުންތަކެއް ދައްކުވައިދީފައިވާ ކާމިޔާބު އުފެއްދުމެކެވެ.

އިންޑިއާގެ ގޭންގަކުން ޓައިގާ ޝްރޮފަށް އަމާޒުކޮށް ބަޑި ޖަހައިފި

މުމްބާއީގެ ޖޫހޫ ސަރަހައްދުގައި ފިލްމީ ތަރި ޓައިގާ ޝްރޮފްގެ ކާރަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދީފައިވާއިރު، މި ހަމަލާއިން އޭނާ ސަލާމަތްވި ނަމަވެސް ޑްރައިވަރަށް ވަނީ އަނިޔާވެފައެވެ. ލޯރެންސް ބިޝްނޯއީގެ ގޭންގުން މި ހަމަލާގެ ޒިންމާ އުފުލާފައިވާއިރު، މިއީ ސަލްމާން ޚާނާއެކު މަސައްކަތް ނުކުރުމަށް ދިން އިންޒާރުތަކަށް އޭނާ ބޯނުލެނބުމުން ދިން ހަމަލާއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އަލް ޕަޗީނޯއަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދޭން ނިންމައިފި

މަޝްހޫރު އެކްޓަރު އަލް ޕަޗީނޯ ފިލްމީ ދާއިރާގައި 60 އަހަރަށްވުރެ ގިނަ ދުވަހު ކޮށްފައިވާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެސްއޭޖީ-އޭއެފްޓީއާރުއޭގެ "ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" އޭނާއަށް ދޭން ނިންމައިފިއެވެ. މި ޝަރަފުވެރި އެވޯޑް އޭނާއަށް އެރުވުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވާ 33 ވަނަ އެކްޓާ އެވޯޑްސް ރަސްމިއްޔާތުގައެވެ.

Newsletter

Get the latest news delivered straight to your inbox