ޖައްވުގައި އޭއައި ޑޭޓާ ސެންޓަރުތައް ގާއިމުކުރުމަށް ގޫގުލްގެ ސެޓެލައިޓެއް

Sep 28, 2026, 10:19 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އަލްފަބެޓްގެ ދަށުން ހިންގާ ގޫގުލް ކުންފުނިން އަންނަ ހަފުތާގައި ޕްރޮޓޯޓައިޕް ސެޓެލައިޓެއް ޖައްވަށް ފޮނުވާލުމަށް ނިންމައިފި އެވެ.

"ޕްރޮޖެކްޓް ސަންކެޗާ" ގެ ނަމުގައި ކުރިއަށްގެންދާ މި ދިރާސާގެ މަގްސަދަކީ، ޖައްވުގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކޮމްޕިއުޓިން އިންފްރާސްޓްރަކްޗާ ގާއިމުކުރެވިދާނެތޯ ބެލުމެވެ. މިއީ މި މަޝްރޫއުގެ ދަށުން އޯބިޓުގައި ކުރެވޭ ފުރަތަމަ ޓެސްޓެވެ.

ސްޕޭސް އެކްސް އާއި ސްޓާކްލައުޑް ފަދަ ކުންފުނިތަކުން ވެސް ދަނީ ދުނިޔޭގެ ތިރި އޯބިޓް ނުވަތަ "ލޯ އާތު އޯބިޓް" (އެލްއީއޯ) ގައި ޑޭޓާ ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ ބޭނުމަކީ، އޭއައި ކޮމްޕިއުޓިންއަށް ބޭނުންވާ ބޮޑު ހަކަތަ ހޯދުމަށްޓަކައި ޖައްވުގައި މެދުނުކެނޑި ލިބޭ އިރުގެ އަލި ބޭނުންކުރުމާއި، ބިމުގެ މަތީގައި ކަރަންޓު ފޯރުކޮށްދިނުމުގައި ހުރި ދަތިތަކުން ސަލާމަތްވުމެވެ.

ސެޓެލައިޓް ކުންފުންޏެއް ކަމަށްވާ ޕްލެނެޓް ލެބްސްއާ ގުޅިގެން، ސްޕޭސް އެކްސްގެ "ޓްރާންސްޕޯޓާ-18" ރައިޑްޝެއާ މިޝަންގައި ފޮނުވާލާ މި ސެޓެލައިޓުން، ގޫގުލްގެ އޭއައި ހާޑްވެއާތަކަށް ޖައްވަށް އުދުއްސާލުމުގެ ބާރާއި، ރޭޑިއޭޝަނާއި، އަދި އޯބިޓުގެ ގަދަ ހޫނާއި ފިނީގައި ކެތްކުރެވޭ މިންވަރު ބަލާނެ އެވެ.

މި މިޝަންގެ ދަށުން ގޫގުލްގެ "ޓެންސާ ޕްރޮސެސިން ޔުނިޓްސް" (ޓީޕީޔޫ) ހިމެނޭ ޕްރޮޓޯޓައިޕް ސެޓެލައިޓެއް ދުނިޔޭގެ ތިރި އޯބިޓަށް ފޮނުވާލުމަށް ފަހު، އެ އޭއައި ޗިޕްތަކަކީ ޖައްވުގެ ތެރޭގައި އިތުބާރާއެކު މަސައްކަތް ކުރެވޭނެ އެއްޗެއްތޯ ދެނެގަންނާނެ އެވެ.

ޖައްވުގައި ހުންނަ ރޭޑިއޭޝަންގެ ސަބަބުން އިލެކްޓްރޯނިކް ސާމާނުތަކަށް ބުރޫއަރައި، "ބިޓް ފްލިޕްސް" ފަދަ ޑޭޓާ މައްސަލަތައް ދިމާވެ، ތަކެތި ހަލާކުވުމުގެ ފުރުސަތު އޮވެ އެވެ.

ގޫގުލް އިން ބުނި ގޮތުގައި، ޔުނިވާސިޓީ އޮފް ކެލިފޯނިއާ ޑޭވިސްގެ ފެސިލިޓީއެއްގައި އޭއައި މަސައްކަތްތައް ބޭނުންކޮށްގެން ޓީޕީޔޫތައް މީގެ ކުރިން ވަނީ ޓެސްޓުކޮށްފަ އެވެ. ނަމަވެސް، ހަގީގީ މާހައުލުގައި މި ހާޑްވެއާ މަސައްކަތްކުރާ ގޮތް ދެނެގަތުމަށްޓަކައި އޯބިޓުގައި ޓެސްޓުކުރުން މުހިންމެވެ.

ވައިގެ އެހީގައި ފިނިކުރުމުގެ ނިޒާމުތައް ބޭނުން ނުކުރެވޭ ޖައްވުގެ ހުސްކަމުގެ ތެރޭގައި، ގިނަ ހަކަތަ ބޭނުންވާ މި ޗިޕްތައް ފިނިކުރުމަށްޓަކައި "ހީޓް ޕައިޕް" އާއި "ރޭޑިއޭޓަރު" ގުޅުވައިގެން ފަރުމާކޮށްފައިވާ ނިޒާމު ވެސް މި މިޝަންގައި ގޫގުލް އިން ވަޒަންކުރާނެ އެވެ.

އެހެންނަމަވެސް، ޖައްވަށް ތަކެތި ފޮނުވުމުގެ އަގު ބޮޑުވުމާއި، އިންޖިނިއަރިންގެ ދަތިތަކާއި، ސެޓެލައިޓް އުފެއްދުމުގައި ހުރި ހުރަސްތަކުގެ ސަބަބުން، މިފަދަ މަޝްރޫއެއް ވިޔަފާރީގެ އުސޫލުން ހިންގޭ ފެންވަރަށް ތަރައްގީވުމަށް އަދި ގިނަ އަހަރުތަކެއް ނަގާނެ ކަމަށް މާހިރުން ބުނެ އެވެ.

ގޫގުލް އިން ހާމަކުރި ގޮތުގައި، "ސަންކެޗާ" ގެ ފުރަތަމަ މިޝަންގެ ބޭނުމަކީ އޯބިޓަލް ޑޭޓާ ސެންޓަރެއް އަމަލީގޮތުން ހިންގާލުމަށްވުރެ ބޮޑަށް، ޖައްވުގެ ތެރެއިން މައުލޫމާތު އެއްކުރުމާއި މައްސަލަ ދިމާވެދާނެ ކަންކަން ދެނެގަތުމެވެ.

މީގެ އިތުރުން، ކުރިމަގުގައި ގާއިމުކުރާ ކޮމްޕިއުޓިން ކްލަސްޓާތައް ގުޅުވާލުމަށް ބޭނުންވާ ހައި-ބޭންޑްވިޑްތް ލޭޒާ ލިންކްތައް ޓެސްޓުކުރުމަށްޓަކައި، 2027 ވަނަ އަހަރު ދެ ސެޓެލައިޓް ފޮނުވާލުމަށް ވެސް އެ ކުންފުނިން ވަނީ އަމާޒު ހިފާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެމެރިކާގެ ނަތީޖާއާއެކު ނަތަންޔާހޫ ބާކީކުރުމުގެ ފުރުސަތެއް ހޯދަނީ

އެމެރިކާގެ ކޮންގްރެސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ނުހިމެނޭ އާ ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތަކަށް އިދިކޮޅު ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަތަންޔާހޫގެ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ އެއްބާރުލުން ކުޑަވެފައިވާ ކަމަށް ބެލެވޭއިރު، އިޒްރޭލުގެ ރައީސް އަންނަނީ އާ ސަރުކާރު އެކުލަވައިލުމުގެ ފުރުސަތު ދޭނެ ފަރާތެއް ކަނޑައެޅުމަށް ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރައްވަމުންނެވެ.

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

Newsletter

Get the latest news delivered straight to your inbox