ލަންކާގެ އީސްޓާ ސަންޑޭ ހަމަލާ: 15 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

Sep 22, 2026, 11:17 PM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ސްރީލަންކާގައި 2019 ވަނަ އަހަރުގެ އީސްޓާ ސަންޑޭއާ ދިމާކޮށް ދިން ބޮމުގެ ހަމަލާތަކުގައި 270 މީހުން މަރާލައި، 500 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލި މައްސަލާގައި ދައުވާ އުފުލި 15 މީހެއްގެ މައްޗަށް އެ ގައުމުގެ ހައިކޯޓުން ކުށް ސާބިތުވެއްޖެ އެވެ.

ކުށް ސާބިތުވި މީހުންގެ ތެރޭގައި، އަމިއްލައަށް މަރުވެގެން ދިން މި ހަމަލާތައް ރޭވުމުގައި އިސްކޮށް ހުރި ނައުފަރު މައުލަވީ ހިމެނޭ ކަމަށް ޕްރޮސެކިއުޓަރުން ބުނެ އެވެ. މި މައްސަލާގައި އިތުރު ނުވަ މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

ތިން ފައްޅިއަކަށާއި ތިން ލަގްޒަރީ ހޮޓަލަކަށް އަމާޒުކޮށް ދިން މި ވަރުގަދަ ހަމަލާތަކަކީ، 2009 ވަނަ އަހަރު ސްރީލަންކާގެ ދާޚިލީ ހަނގުރާމަ ނިމުނު ފަހުން އެ ގައުމުގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާ އެވެ. މި ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ބޭރު ގައުމުތަކަށް ނިސްބަތްވާ 45 މީހުން ހިމެނެ އެވެ.

މި ހަމަލާތައް ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ހުރިހާ އެންމެން ވަނީ ހަމަލާގެ ތެރޭގައި މަރުވެފަ އެވެ. ތަހުގީގީ އިދާރާތަކުން މީގެ ކުރިން ބުނެފައިވާ ގޮތުގައި މި ހަމަލާތަކަކީ ހަރުކަށި ފިކުރުގެ އިސްލާމީ ޖަމާއަތަކުން ދިން ހަމަލާތަކެކެވެ. މި މައްސަލާގައި ދައުވާ އުފުލި 25 މީހުންނަކީ ވެސް ސްރީލަންކާގެ މުސްލިމް މައިނޯރިޓީއަށް ނިސްބަތްވާ މީހުންނެވެ. އޭގެ ތެރެއިން އެކަކު ވަނީ ބަންދުގައި ހުއްޓާ މަރުވެފަ އެވެ.

ކުށް ސާބިތުވި މީހުންނަށް އަދަބު ކަނޑައެޅުމުގެ ކުރިން ކޯޓުގެ އަޑުއެހުން ވަނީ މެދުކަނޑާލާފަ އެވެ.

ޖުމްލަ 23،000 އަށް ވުރެ ގިނަ ކުށުގެ ދައުވާ އުފުލާފައިވާ މި މީހުން، ވެރިރަށް ކޮލަމްބޯގައި ހުންނަ ހައިކޯޓަށް ހާޒިރުކުރީ ބިޑިއަޅުވައިގެން، ޖަލު ބަހުގަ އެވެ.

މި ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ސްރީލަންކާގެ ރައްޔިތުންނެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެ އެވެ.

މަރުވި މީހުންގެ ތެރޭގައި މަޝްހޫރު ޝެފް ޝާންތާ މާޔާދުންނޭ އާއި އޭނާގެ ދަރިފުޅުގެ އިތުރުން، ފަސް މީހުން ހިމެނޭ އެއް އާއިލާއެއްގެ މެންބަރުންނާއި، ހަމަލާ އަމާޒުވި ހޮޓާތަކުގެ އަށް މުވައްޒަފަކާއި، ސްރީލަންކާގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ ނިގަމްބޯގެ އެއް އާއިލާއަކަށް ނިސްބަތްވާ ފަސް މީހުން ހިމެނެ އެވެ.

ހަމަލާގައި މަރުވި ބޭރު ގައުމުތަކުގެ މީހުންގެ ތެރޭގައި އިންޑިއާގެ 11 މީހުންނާއި، އިނގިރޭސިވިލާތުގެ އަށް މީހުންނާއި، އެމެރިކާގެ ފަސް މީހުން ހިމެނެ އެވެ.

މީގެ އިތުރުން އޮސްޓްރޭލިއާ، ބަންގްލަދޭޝް، ޗައިނާ، ޑެންމާކް، ޖަޕާން، ނެދަލޭންޑްސް، ޕޯޗުގަލް، ސްޕެއިން، ސްވިޑަން، ސްވިޒަލޭންޑް އަދި ތުރުކީގެ ރައްޔިތުން ވެސް މަރުވި މީހުންގެ ތެރޭގައި ހިމެނެ އެވެ.

ޑެންމާކުގެ ބިލިއަނަރު އެންޑާސް ހޮލްކް ޕޮވްލްސަންގެ ތިން ދަރިން މަރުވީ، އެ އާއިލާ ޗުއްޓީ ހޭދަކުރަމުން ދިޔަ ޝަންގްރިއްލާ ހޮޓަލަށް ދިން ބޮމުގެ ހަމަލާގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox