ބްރިކްސްގެ ހުރިހާ ގައުމަކުން އެއްބަސްވާ ގަރާރެއް އެކުލަވާލައިފި

Sep 13, 2026, 6:30 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ދުނިޔޭގެ ކުރިއަރަމުން އަންނަ އިގުތިސާދުތައް ހިމެނޭ ބްރިކްސް ޖަމާއަތުގެ ގައުމުތަކުން ގުޅިފައިވާ ގަރާރަކަށް އެއްބަސްވެއްޖެ އެވެ.

މި އެއްބަސްވުމަކީ އެ ޖަމާއަތުގެ ނުފޫޒު ދުނިޔޭގައި ވަރުގަދަކުރުމަށް އިންޑިއާގެ ނިއުދިއްލީގައި ފެށި ސަމިޓުގައި ލިބުނު ބޮޑު ޑިޕްލޮމެޓިކް ކާމިޔާބީއެކެވެ.

ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، މި ބައްދަލުވުން ބާއްވާ ގައުމު ކަމަށްވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، ބްރިކްސް ޖަމާއަތަކީ މިހާރު ފުރިހަމަވެފައިވާ އިއްތިހާދެއް ކަމަށެވެ. އަދި މިއީ އެ ގައުމުތަކުގެ މެދުގައި އޮތް އެއްބައިވަންތަކަން، ބައިނަލްއަގުވާމީ މައިދާނުގައި އަމަލީ ނަތީޖާއަކަށް ބަދަލުކުރަންވީ ވަގުތު ކަމަށް ވެސް މޯދީ ވިދާޅުވި އެވެ.

ގަލްފު ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ބްރިކްސްގެ މެންބަރު ދެ ގައުމު ކަމަށްވާ އީރާނާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ މެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތައް ނައްތާލުމަށް މި ސަމިޓުން އުއްމީދު ކުރެ އެވެ. މި ބައްދަލުވުން ބާއްވަމުން މިދަނީ، ހަ މަސް ދުވަސްވީ ހަނގުރާމައިގައި އެމެރިކާ އާއި އީރާނުން އެއް ގައުމު އަނެއް ގައުމަށް ދެމުންދާ ހަމަލާތައް އަލުން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.

މި ހަމަލާތައް އަލުން ފަށާފައި މިވަނީ، އޮގަސްޓް މަހުގެ ބޮޑު ބަޔަކު ހަނގުރާމަ މެދުކަނޑާލާފައި އޮތުމަށް ފަހު އެވެ. އެ ދުވަސްވަރު އީރާނަށް ތާއީދުކުރާ ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ވަނީ ރަތް ކަނޑުގެ ސަރަހައްދުގައި އެމީހުންގެ ބާރު ވަރުގަދަކޮށްފަ އެވެ.

މަޝްވަރާތަކުގައި ބައިވެރިވި އިސް ބޭފުޅުން ވަނީ ގުޅިފައިވާ ގަރާރަކަށް އެއްބަސްވެފަ އެވެ. މި ގަރާރުގައި ވަކި ގައުމެއްގެ ނަން ބަޔާން ނުކުރި ނަމަވެސް، ކޮންމެ ގައުމަކުން ވިޔަސް އަމިއްލައަށް އިސްވެދޭ ހަމަލާތައް ކުށްވެރިކުރާނެ ކަމަށް ރޮއިޓާސްއަށް މައުލޫމާތު ދިން ހަތަރު މަސްދަރަކުން ބުނެފައިވެ އެވެ. 

މި ކަމުގެ ސީދާ މައުލޫމާތު އެނގޭ އިންޑިއާގެ މަސްދަރަކުން ބުނި ގޮތުގައި، މަޝްވަރާތަކުގެ ތެރޭގައި ހިޔާލުތަފާތުވުން ބޮޑު ބައެއް މައްސަލަތައް ކުރިމަތިވި އެވެ. ނަމަވެސް، އިންޑިއާ އިސްވެ އޮވެ ކުރިއަށް ގެންދިޔަ މެދުނުކެނޑޭ މަޝްވަރާތަކުގެ އެހީގައި، ގައުމުތަކުގެ މެދުގައި ހުރި ތަފާތު ހިޔާލުތައް އެއްގޮތްކޮށް، އެއްބަސްވުމަކަށް އާދެވުނެވެ.

ގަލްފު ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމަތަކާއި އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން، ހުރިހާ ގައުމަކުން އެއްބަސްވާ ގަރާރެއް އެކުލަވާލުމަކީ ޑިޕްލޮމެޓިކް ގޮތުން ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ވެސް އެ މަސްދަރުން ފާހަގަކުރި އެވެ.

ފަހުގެ ޚަބަރު

ހެބްރޮންގައި ގެދޮރު ތަޅާލުމުން އާއިލާތައް ހާލުގައި ޖެހިއްޖެ

އިސްރާއީލު ސިފައިން ހެބްރޮންގައި ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ގެދޮރާއި ވިޔަފާރިތައް ސުންނާފަތިކޮށް، އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނަކީ ފަލަސްތީނުގެ ދެ މީހަކު ދިން ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށްވާއިރު، މީގެ ސަބަބުން 2،000 އަށްވުރެ ގިނަ މީހުންގެ އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ޔޫރަޕްގެ ސިޓީތަކުގައި މުޒާހަރާ، ފްރާންސުން 1000 މީހުން ހައްޔަރު

ފްރާންސްގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން ކުރިއަށްދާ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 1،000 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް 70،000 ފުލުހުން ނެރެފައިވާއިރު، ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ވެސް ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ވަނީ ބާއްވާފައެވެ.

ގެތައް ބިމާހަމަކޮށް ފަލަސްތީނު މީހުން ހެބްރޮންއިން ބޭރުކުރަނީ

އިސްރާއީލުގެ ދެ ސިފައިން މަރާލުމާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން، ހެބްރޮން ސިޓީގެ މަގުތަކާއި ގެދޮރު ބިމާހަމަކޮށް އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނުގައި 2،000 އެއްހާ މީހުން ގެދޮރުން ބޭރުކޮށް، ސިޓީ ބަންދުކޮށް އާންމު ރައްޔިތުންގެ ދަތުރުފަތުރާއި އަސާސީ ހިދުމަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވާފައެވެ.

އުރުދުންގެ ފައްޅިއެއްގައި ބަޑި ޖަހައި ހަތް މީހުން މަރާލައިފި

އުރުދުންގެ ކަރަކްގައި ހުންނަ ފައްޅިއެއްގައި ބޭއްވި ޖަނާޒާއަކަށް ބަޑީގެ ހަމަލާތަކެއްދީ ހަތް މީހުން މަރާލައި 40 މީހުން ޒަހަމްކޮށްލައިފިއެވެ. މި ހަމަލާ ދިން މީހުން ހޯދުމުގެ ތަހުގީގު ސަރުކާރުން ފަށާފައިވާއިރު، މި ހާދިސާއާ ގުޅިގެން އެ ގައުމުގައި ތިން ދުވަހުގެ ގައުމީ ހިތާމަ ވަނީ އިއުލާންކޮށްފައެވެ.

ހަނދުގައި މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް އަވަސްކުރަނީ

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހަނދަށް އެސްޓްރޮނޯޓުން ފޮނުވުމަށާއި އެތަނުގައި މަރުކަޒެއް ގާއިމުކުރުމަށް ނާސާއިން ކުރާ މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް އަވަސްކޮށްފައެވެ. މިގޮތުން 2028 ވަނަ އަހަރު ހަނދަށް މީހުން ބޭލުމަށް "އާޓެމިސް 4" މިޝަން ތާވަލުކޮށްފައިވާއިރު، ޗައިނާއާ އޮތް ވާދަވެރިކަމުގެ ސަބަބުން އިދާރީ ހުރަސްތައް ނައްތާލައި ސްޕޭސް އެކްސް ފަދަ އަމިއްލަ ކުންފުނިތަކާއެކު މަސައްކަތްތައް ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ.

ހިޓްލަރުގެ ހާއްސަ އިމާރާތެއްގައި ރޯކޮށްލައިފި

ޖަރުމަނުގެ ކުރީގެ ޑިކްޓޭޓަރު އެޑޮލްފް ހިޓްލަރަށް ހާއްސަކޮށް ބިނާކޮށްފައިވާ "އީގަލްސް ނެސްޓް" އިމާރާތުގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި 33 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން އަލިފާން ނިއްވުމަށް ހުރަސްތަކެއް ކުރިމަތިވި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، ހައްޔަރުކުރި މީހާގެ ނަފްސާނީ މައްސަލައެއް ހުރިތޯ އާއި ސިޔާސީ މަގްސަދެއް އޮތްތޯ ފުލުހުން ދަނީ ބަލަމުންނެވެ.

ދެ ކުދިން ސަލާމަތް ކުރަން އުޅުނު މަޔަކު ގެނބިގެން މަރުވެއްޖެ

ފުލުހުން ބުނި ގޮތުގައި، އިނގިރޭސިވިލާތުގެ ނޮޓިންހަމްޝަޔާގެ ސްޓޭޕަލްފޯޑަށް ނިސްބަތްވާ ކަމަށް ބެލެވޭ އެ އަންހެން މީހާ، އޭނާގެ ފިރިމީހާ އާއި ދެ ފިރިހެން ދަރިންނާއެކު އެ ރަށުގެ ދެކުނު ފަރާތުގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް، ބާރު އޮއިގަނޑެއްގައި ޖެހި ދެ ކުދިން ބަހައިގެން ދިޔައީ އެވެ.

Newsletter

Get the latest news delivered straight to your inbox