ބަރުދަން ލުއިކުރަން އުނދަގޫވާ ސަބަބެއް ދިރާސާއަކުން ހޯދައިފި

Sep 10, 2026, 11:18 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ހަށިގަނޑުގެ ބަރުދަން ލުއިކުރުމާއި، ލުއިކުރާ ބަރުދަން އެގޮތުގައި ހިފެހެއްޓުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ސައިންސްވެރިން މިހާރު ވަނީ މީގެ ސަބަބެއް ކަމަށް ވެދާނެ ކަމެއް ހޯދާފަ އެވެ. 

މީދާ ބޭނުންކޮށްގެން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، މާބޮޑަށް ފަލަވުމުގެ ސަބަބުން "މެކްރޯފޭޖަސް" ކިޔާ ދިފާއީ ސެލްތަކަށް ދާއިމީ ބަދަލުތަކެއް އާދެ އެވެ. މީގެ ސަބަބުން ސަރުބީގެ ޓިޝޫތައް އާންމު ހާލަތުގައި މަސައްކަތް ކުރުމަށް އެހީތެރިވެދޭ ނިޒާމަށް ބުރޫއަރަ އެވެ.

އެންމެ ފާހަގަކޮށްލެވޭ ކަމަކީ، މާބޮޑަށް ފަލަވެފައިވާ މީދާތަކަށް ސަރުބީ މަދު ކާނާ ދޭން ފެށުމުން ވެސް މި ބަދަލުތައް ސެލްތަކުގައި ދެމިހުރުމެވެ. މިއީ ބަރުދަން ލުއިކުރުމަށް އެ މީދާތަކަށް އުނދަގޫވި ސަބަބު ކަމަށް ވެދާނެ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

Advertisement

ދިރާސާ ކުރި ފަރާތްތަކުން ބުނާ ގޮތުގައި، ސެލްތަކުގައި ހުންނަ މި "އޮބީސިޓީ މެމޮރީ" ނުވަތަ ފަލަވުމުގެ ހަނދާނުގެ ސަބަބުން، ހަށިގަނޑުގެ ސަރުބީ ވިރުވައިލުމަށް ހުރަސްއަޅާ ސަބަބު ބަޔާންކޮށްދެވިދާނެ އެވެ.

ފަލަވުމާ ގުޅޭ ޖެނެޓިކްސް މާހިރެއް ކަމަށްވާ ޑރ. އަމެލީ ބޮންފޮންޑް ބީބީސީ ސައިންސް ފޯކަސްއަށް ވިދާޅުވީ، މީދާ ބޭނުންކޮށްގެން ހެދި މި ތަޖުރިބާތަކުން ސެލްތަކުގައި ފަލަވުމުގެ ހަނދާން ހަރުލާފައި ހުންނަ ގޮތުގެ "އާ" އަދި "ބާރުގަދަ ހެކިތަކެއް" ލިބިފައިވާ ކަމަށެވެ.

ސަރުބީގެ ޓިޝޫތަކުގައި ހުންނަ މެކްރޯފޭޖަސް ސެލްތަކުން ގިނަ މަސައްކަތްތަކެއް ކުރެ އެވެ. އޭގެ ތެރޭގައި މަރުވެފައިވާ ސެލްތައް ނައްތާލުމާއި، ސަރުބީ ވިރުވައިލުމަށް އެހީތެރިވެދޭ މާއްދާތައް އަލުން ހޯދައިދިނުން ހިމެނެ އެވެ.

ނަމަވެސް، މި ސެލްތައް އާންމު ގޮތެއްގައި މަސައްކަތް ކުރުމަށްޓަކައި "އަލްޓަނޭޓިވް ސްޕްލައިސިން" ކިޔާ މަރުހަލާއެއް ފުރިހަމަކުރަން ޖެހެ އެވެ. މިއީ ސެލްތަކުގައި ހުންނަ ޖެނެޓިކް ކޯޑުތަކުގެ ކޮޕީ ނަގައި، ތަފާތު ގޮތްގޮތަށް އެ އަތުރާލުމަށް އެހީތެރިވެދޭ މަރުހަލާއެކެވެ. މިކަމުގެ ސަބަބުން އެންމެ ޖީނަކުން ތަފާތު ބަޔޮލޮޖިކަލް މޮލިކިއުލްތައް އުފައްދައިދޭއިރު، މިއީ ސެލްތަކުގެ އާންމު މަސައްކަތްތަކަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ދިރާސާވެރިން މާބޮޑަށް ފަލަ މީދާތަކުގެ ސަރުބީގައި ހުރި މެކްރޯފޭޖަސް ސެލްތައް ތަހުލީލު ކުރިއިރު، ހިކިކޮށް ތިބި މީދާތަކާ ހިލާފަށް، ފަލަ މީދާތަކުގެ ސެލްތަކުގައި މި މަރުހަލާ ކުރިއަށް ދިއުމުގައި ދާއިމީ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވުނެވެ.

މި ޓީމުން ދެން ދިރާސާކުރީ އިންސާނުންގެ ހަށިގަނޑުގައި ވެސް މިފަދަ ކަމެއް ހިނގާތޯ ބެލުމަށެވެ. ފަލަ މީހުންނާއި ހިކި މީހުންގެ ސަރުބީގެ ޓިޝޫ ސާމްޕަލްތައް ތަހުލީލު ކުރިއިރު، އިންސާނުންގެ މެކްރޯފޭޖަސް ސެލްތަކުން ވެސް މިފަދަ ތަފާތުތަކެއް ފެނިފައިވެ އެވެ.

އެހެންނަމަވެސް، ޑރ. ބޮންފޮންޑް ވިދާޅުވީ އިންސާނުންގެ ޓިޝޫ ބޭނުންކޮށްގެން ހެދި ތަޖުރިބާތަކާ މެދު ސުވާލު އުފެދޭ ކަމަށާއި، އެއީ މި ދިރާސާގައި ހުރި "ބޮޑު އުނިކަމެއް" ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ހޯދުންތައް ބިނާވެފައިވަނީ ހަމައެކަނި ގުޅުންތަކެއްގެ މައްޗަށެވެ. އަދި އުމުރާއި ޖިންސު ފަދަ މުހިންމު ކަންކަމަށް މި ދިރާސާގައި ރިއާޔަތްކޮށްފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

މައުލޫމާތު: ބީބީސީ ސައިންސް ފޯކަސް

ކޮމެންޓް

ފަހުގެ ޚަބަރު

ބިރުގަތީމަ ހިތުގެ ތެޅުން އަވަސްވަނީ ކީއްވެ؟

ބިރުގަންނަ ވަގުތު ހިތުގެ ތެޅުން އަވަސްވަނީ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި މަސްތަކަށާއި ސިކުނޑިއަށް ބޭނުންވާ އޮކްސިޖަން އަވަހަށް ފޯރުކޮށްދީ، ހަށިގަނޑު ތައްޔާރުކުރުމަށެވެ. މި ބަދަލު އަންނަނީ ސިކުނޑީގެ އަމިގްޑަލާ އިން ފޮނުވާ އިންޒާރަކާ ގުޅިގެން ލޭގެ ތެރެއަށް އެޑްރީނަލިން ހޯމޯން ދޫކޮށްލުމުންނެވެ. މިއީ ޖިސްމާނީ އަދި ނަފުސާނީ ބިރުވެރިކަމެއް ކުރިމަތިވިޔަސް، އިންސާނާގެ ރައްކާތެރިކަމަށްޓަކައި ހަށިގަނޑުގައި ހިނގާ ގުދުރަތީ ނިޒާމެކެވެ.

ފަސް އަހަރު ފަހުން އެއީ ނުބައި ޑައިގްނޯސިސްއެއް ކަން އެނގިއްޖެ

މަޝްހޫރު ބަތަލާ ކްރިސްޓީނާ އެޕަލްގޭޓަށް އެމްއެސް ބަލި ޖެހިފައިވާ ކަމަށް ބަލައި ފަރުވާ ކުރާތާ ފަސް އަހަރު ފަހުން، އެއީ ނުބައި ޑައިގްނޯސިސްއެއްކަން އެނގި އޭނާގެ ސިއްހީ ހާލަތު އިތުރަށް ގޯސްވަމުންދާކަން ވަނީ ހާމަކޮށްފައެވެ. މިކަމާ ގުޅިގެން އޭނާ ނުހަނު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ބަލީގެ އަސްލު ސަބަބު ދެނެގަތުމަށްޓަކައި އާ ތަހުލީލުތަކެއް ފެށުމަށް މިހާރު ވަނީ ނިންމާފައެވެ.

އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް ވިދާޅުވެއްޖެ

އަމީރު ހެރީގެ ބައްޕާފުޅާއި ބޭބޭފުޅާ އޮތް ނުތަނަވަސް ގުޅުން ރަނގަޅުކޮށް، އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. މާޒީގެ ހިތާމަވެރި ހާދިސާތައް ހަނދާން ނައްތާލުމަށް ބާރުއަޅުއްވަމުން ހެރީ ވިދާޅުވީ، ބައެއް މީހުން ބޭނުން ނުވި ނަމަވެސް އެ ގުޅުން އިއާދަކުރުމަކީ މިވަގުތަށް އެންމެ މުހިންމު ކަންތައް ކަމަށެވެ.

ކްރިސްޓިއާން އަމަންޕޫރު 43 އަހަރަށް ފަހު ސީއެންއެންއާ ވަކިވަނީ

ސީއެންއެންގައި 43 އަހަރު މަސައްކަތް ކުރުމަށްފަހު، އެ ނެޓްވޯކްގެ މަޝްހޫރު ނޫސްވެރިޔާ ކްރިސްޓިއާން އަމަންޕޫރު އަންނަ އަހަރު ވަކިވާނެކަން އިއުލާންކޮށްފި. އޭނާ ވަކިވަނީ އާ މަޝްރޫއުތަކެއް ފެށުމުގެ އުންމީދުގައި ކަމަށް ބުނެފައިވާއިރު، ސީއެންއެންގެ މެނޭޖްމަންޓުން ވަނީ އޭނާގެ ދިގު ޚިދުމަތުގެ އަގުވަޒަންކޮށްފަ.

ވޭޕް ކުރުމުގެ ސަބަބުން ސެލީނާގެ އަޑު ބަދަލުވެއްޖެ

ނިކޮޓިން އެކުލެވޭ ވޭޕް ބޭނުންކުރުމުގެ ސަބަބުން އަޑަށް ދާއިމީ ބަދަލުތަކެއް އައިސްފައިވާ ކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް އިއުތިރާފުވެއްޖެއެވެ. ލޫޕަސް ބަލީގެ ސަބަބުންވެސް އަޑަށް އަސަރުކުރަމުންދާ ސެލީނާ ވަނީ، ވޭޕްކުރުމަކީ އެއްވެސް ފައިދާއެއް ހުރި ކަމެއް ނޫންކަން ފާހަގަކޮށް އެކަން ހުއްޓާލުމަށް މަސައްކަތް ފަށާފައެވެ.

އޮލިމްޕަހުން "ދެވި" ނެރެނީ

މަރްޔަމް އައްޒަގެ ފުރަތަމަ ޕްރޮޑަކްޝަން ކަމަށްވާ ބިރުވެރި ފިލްމު "ދެވި" އޮލިމްޕަހުގައި ދައްކާ ނިންމާލުމަށް ތައްޔާރުވެ، ވަދާއީ ޝޯތަކުގެ ޓިކެޓް ވިއްކަން ފަށައިފިއެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާ މި ފިލްމުގެ އެންމެ ފަހު ޝޯ އޮކްޓޯބަރު 25 ގައި ދެއްކުމަށް ހަމަޖެހިފައިވާއިރު، މިއީ ފަންނީ ގޮތުން ގިނަ ކުރިއެރުންތަކެއް ދައްކުވައިދީފައިވާ ކާމިޔާބު އުފެއްދުމެކެވެ.

އިންޑިއާގެ ގޭންގަކުން ޓައިގާ ޝްރޮފަށް އަމާޒުކޮށް ބަޑި ޖަހައިފި

މުމްބާއީގެ ޖޫހޫ ސަރަހައްދުގައި ފިލްމީ ތަރި ޓައިގާ ޝްރޮފްގެ ކާރަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދީފައިވާއިރު، މި ހަމަލާއިން އޭނާ ސަލާމަތްވި ނަމަވެސް ޑްރައިވަރަށް ވަނީ އަނިޔާވެފައެވެ. ލޯރެންސް ބިޝްނޯއީގެ ގޭންގުން މި ހަމަލާގެ ޒިންމާ އުފުލާފައިވާއިރު، މިއީ ސަލްމާން ޚާނާއެކު މަސައްކަތް ނުކުރުމަށް ދިން އިންޒާރުތަކަށް އޭނާ ބޯނުލެނބުމުން ދިން ހަމަލާއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Newsletter

Get the latest news delivered straight to your inbox