އޯޕަންއޭއައި އިން 90 އަހަރުވީ އުނދަގޫ ހިސާބު އީކުއޭޝަނެއް ގަޑިއިރުތަކެއްގެ ތެރޭގައި ހައްލުކޮށްފި

Sep 9, 2026, 8:20 PM
ސޭމް އޮލްޓްމަން އަކީ ފަހަކަށް އައިސް މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޓެކްނޮލޮޖީ ސީއީއޯ. -- ފޮޓޯ: ރޮއިޓާސް

ސޭމް އޮލްޓްމަން އަކީ ފަހަކަށް އައިސް މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޓެކްނޮލޮޖީ ސީއީއޯ. -- ފޮޓޯ: ރޮއިޓާސް

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ އާ މޮޑެލްއަކާއި އެތައް ހާސް "އޭއައި ބޮޓްސް"ގެ އެހީގައި، ހިސާބު އިލްމުގެ ދާއިރާގައި އަހަރުތަކެއް ވަންދެން ހައްލުނުކުރެވި އޮތް އުނދަގޫ މައްސަލައެއް މަދު ގަޑިއިރުތަކެއްގެ ތެރޭގައި ހައްލުކޮށްފި ކަމަށް އޯޕަންއޭއައި އިން ބުނެފި އެވެ.

ޗެޓްޖީޕީޓީ އުފެއްދި ކުންފުނިން މިދިޔަ އަންގާރަ ދުވަހު ހާމަކުރި ގޮތުގައި، އަމިއްލައަށް މަސައްކަތް ކުރުމުގެ ގާބިލުކަން ލިބިފައިވާ ގާތްގަނޑަކަށް 10،000 "އޭއައި އޭޖެންޓުން" ނުވަތަ ބޮޓްތަކެއް ބޭނުންކޮށްގެން، ހިސާބު އިލްމުގެ އުނދަގޫ މައްސަލައެއް އެންމެ 88 ގަޑިއިރުގެ ތެރޭގައި ވަނީ ހައްލުކޮށްފަ އެވެ.

މި މައްސަލައަކީ ދިޔާ ތަކެތި ނުވަތަ ފްލުއިޑްސް ދައުރުވާ ގޮތާ ގުޅޭގޮތުން އެކުލަވާލާފައިވާ "ނޭވިއާ-ސްޓޯކްސް އިކުއޭޝަންސް"ގެ ބައެކެވެ. މި މައްސަލައިގެ މުހިންމު ބައިތަކެއް ހައްލުކުރާނެ ރަނގަޅު ހިސާބު ފޯމިއުލާއެއް ނުވަތަ ސާބިތު ހެއްކެއް ނުފެނި 90 އަހަރު ވަނީ ވެފަ އެވެ.

Advertisement

އޯޕަންއޭއައި އިން ބުނި ގޮތުގައި މި ހޯދުމަކީ އޭއައިގެ ދާއިރާއިން ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި މިއީ އޭއައި ވަސީލަތްތައް ވަރަށް ހަލުވިކަމާއެކު ތަރައްގީވަމުންދާ ކަމުގެ ހެއްކެއް ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރި އެވެ.

ނަމަވެސް، އޯޕަންއޭއައި އިން ހޯދި މި ހައްލު މިހާތަނަށް މިނިވަން މުއައްސަސާއަކުން ކަށަވަރުކޮށްފައެއް ނުވެ އެވެ. އަދި ހިސާބު އިލްމުގެ އުނދަގޫ މައްސަލަތައް ހައްލުކުރާ ފަރާތްތަކަށް ބޮޑެތި ފައިސާގެ އިނާމު ދޭ އެމެރިކާގެ "ދަ ކްލޭ މެތަމެޓިކްސް އިންސްޓިޓިއުޓް" އިން ވެސް މި ހޯދުން ރަސްމީކޮށް އަދި ބަލައިގެންފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހެބްރޮންގައި ގެދޮރު ތަޅާލުމުން އާއިލާތައް ހާލުގައި ޖެހިއްޖެ

އިސްރާއީލު ސިފައިން ހެބްރޮންގައި ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ގެދޮރާއި ވިޔަފާރިތައް ސުންނާފަތިކޮށް، އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނަކީ ފަލަސްތީނުގެ ދެ މީހަކު ދިން ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށްވާއިރު، މީގެ ސަބަބުން 2،000 އަށްވުރެ ގިނަ މީހުންގެ އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ޔޫރަޕްގެ ސިޓީތަކުގައި މުޒާހަރާ، ފްރާންސުން 1000 މީހުން ހައްޔަރު

ފްރާންސްގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން ކުރިއަށްދާ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 1،000 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް 70،000 ފުލުހުން ނެރެފައިވާއިރު، ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ވެސް ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ވަނީ ބާއްވާފައެވެ.

ގެތައް ބިމާހަމަކޮށް ފަލަސްތީނު މީހުން ހެބްރޮންއިން ބޭރުކުރަނީ

އިސްރާއީލުގެ ދެ ސިފައިން މަރާލުމާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން، ހެބްރޮން ސިޓީގެ މަގުތަކާއި ގެދޮރު ބިމާހަމަކޮށް އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނުގައި 2،000 އެއްހާ މީހުން ގެދޮރުން ބޭރުކޮށް، ސިޓީ ބަންދުކޮށް އާންމު ރައްޔިތުންގެ ދަތުރުފަތުރާއި އަސާސީ ހިދުމަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވާފައެވެ.

އުރުދުންގެ ފައްޅިއެއްގައި ބަޑި ޖަހައި ހަތް މީހުން މަރާލައިފި

އުރުދުންގެ ކަރަކްގައި ހުންނަ ފައްޅިއެއްގައި ބޭއްވި ޖަނާޒާއަކަށް ބަޑީގެ ހަމަލާތަކެއްދީ ހަތް މީހުން މަރާލައި 40 މީހުން ޒަހަމްކޮށްލައިފިއެވެ. މި ހަމަލާ ދިން މީހުން ހޯދުމުގެ ތަހުގީގު ސަރުކާރުން ފަށާފައިވާއިރު، މި ހާދިސާއާ ގުޅިގެން އެ ގައުމުގައި ތިން ދުވަހުގެ ގައުމީ ހިތާމަ ވަނީ އިއުލާންކޮށްފައެވެ.

ހަނދުގައި މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް އަވަސްކުރަނީ

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހަނދަށް އެސްޓްރޮނޯޓުން ފޮނުވުމަށާއި އެތަނުގައި މަރުކަޒެއް ގާއިމުކުރުމަށް ނާސާއިން ކުރާ މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް އަވަސްކޮށްފައެވެ. މިގޮތުން 2028 ވަނަ އަހަރު ހަނދަށް މީހުން ބޭލުމަށް "އާޓެމިސް 4" މިޝަން ތާވަލުކޮށްފައިވާއިރު، ޗައިނާއާ އޮތް ވާދަވެރިކަމުގެ ސަބަބުން އިދާރީ ހުރަސްތައް ނައްތާލައި ސްޕޭސް އެކްސް ފަދަ އަމިއްލަ ކުންފުނިތަކާއެކު މަސައްކަތްތައް ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ.

ހިޓްލަރުގެ ހާއްސަ އިމާރާތެއްގައި ރޯކޮށްލައިފި

ޖަރުމަނުގެ ކުރީގެ ޑިކްޓޭޓަރު އެޑޮލްފް ހިޓްލަރަށް ހާއްސަކޮށް ބިނާކޮށްފައިވާ "އީގަލްސް ނެސްޓް" އިމާރާތުގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި 33 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން އަލިފާން ނިއްވުމަށް ހުރަސްތަކެއް ކުރިމަތިވި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، ހައްޔަރުކުރި މީހާގެ ނަފްސާނީ މައްސަލައެއް ހުރިތޯ އާއި ސިޔާސީ މަގްސަދެއް އޮތްތޯ ފުލުހުން ދަނީ ބަލަމުންނެވެ.

ދެ ކުދިން ސަލާމަތް ކުރަން އުޅުނު މަޔަކު ގެނބިގެން މަރުވެއްޖެ

ފުލުހުން ބުނި ގޮތުގައި، އިނގިރޭސިވިލާތުގެ ނޮޓިންހަމްޝަޔާގެ ސްޓޭޕަލްފޯޑަށް ނިސްބަތްވާ ކަމަށް ބެލެވޭ އެ އަންހެން މީހާ، އޭނާގެ ފިރިމީހާ އާއި ދެ ފިރިހެން ދަރިންނާއެކު އެ ރަށުގެ ދެކުނު ފަރާތުގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް، ބާރު އޮއިގަނޑެއްގައި ޖެހި ދެ ކުދިން ބަހައިގެން ދިޔައީ އެވެ.

Newsletter

Get the latest news delivered straight to your inbox