ޗެމްޕިއަންސް ލީގުގެ މެޗުތައް ފެށުމުގެ ކުރިން ނޭޕާލަށް ހާއްސަ ސުކޫތެއް

Sep 9, 2026, 8:57 AM
ޗެމްޕިއަންސް ލީގުގައި ރޭ ލާސްކް އާއި އޭއީކޭ އެތަންސް ކުޅުުނު މެޗުގެ ކުރިން ނޭޕާލަށް ހާއްސަ ސުކޫތެއް ގެންނަނީ.

ޗެމްޕިއަންސް ލީގުގައި ރޭ ލާސްކް އާއި އޭއީކޭ އެތަންސް ކުޅުުނު މެޗުގެ ކުރިން ނޭޕާލަށް ހާއްސަ ސުކޫތެއް ގެންނަނީ.

އެތަންސް، ގްރީސް (ސެޕްޓެމްބަރު 9) - މިދިޔަ މަހު 26 ވަނަ ދުވަހު ނޭޕާލުގައި ހިނގަދިޔަ ފެންބޮޑުވުމުގެ ހާދިސާގައި މަރުވި މީހުންގެ ހަނދާނުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުތައް ފެށުމުގެ ކުރިން ސުކޫތެއް ގެނެސްފި އެވެ. 

ނޭޕާލުގެ ފަރުބަދަތަކުގެ މަތިން، ގަނޑުފެންގަނޑެއް ކަނޑައިގެން ކޯރަކަށް ވެއްޓި އުފެދުނު ކުއްލި ފެންބޮޑުވުމާއި ކިސަޑު ފޭބުމުގެ ހާދިސާތަކުގައި މަރުވެފައިވާ މީހުންގެ ހަނދާން އާ ކޮށް، ނޭޕާލާ އެކުގައި ތިބުމަށް ޔުއެފާ އިން ވަނީ ނިންމައި، މާލީ އެހީތެރިކަން ވެސް ދޭން ނިންމައިފަ އެވެ. 

"ޔޫ އާ ނޮޓް އެލޯން ނޭޕާލް" ޖަހާފައިވާ ބެނާ ހަރުކޮށް، މި ހަފްތާގައި ކުޅޭ ޗެމްޕިއަންސް ލީގުގެ 18 މެޗު ފެށުމުގެ ކުރިން ވެސް ސުކޫތެއް ގެންނަން ޔުއެފާ އިން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ހަ މެޗު ރޭ ވަނީ ކުޅެފަ އެވެ. 

Advertisement

ޔުއެފާގެ ރައީސް، އަލެކްސަންޑަ ކެފެރިން ވިދާޅުވީ، ޔޫރަޕްގެ ފުޓްބޯޅަ އާއިލާ އިން ބޭނުންވަނީ، މި ހިތްދަތި ވަގުތުގައި ނޭޕާލާ އެކު ތިބިކަން ދައްކުވައިދީ ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް ހިތްވަރު ދިނުމަށް ސަޕޯޓް ދިނުމަށް ކަމަށެވެ. 

"އުންމީދަކީ މި އުނދަގޫ ހާލަތުން އެންމެން އެކުގައި ތިބެގެން ކުރިއަށް ދިއުން،" ކެފެރިން، ޔުއެފާ މީޑިއާ އަށް ވިދާޅުވެފައިވެ އެވެ. 

މީގެ ކުރިން، ޔުއެފާ އިން ވަނީ ގުދުރަތީ މި ފަދަ ހާދިސާތައް ގައުމުތަކަށް ކުރިމަތިވުމުން ވެސް އެކަމުގައި ސަޕޯޓް އޮތްކަން ދައްކުވައިދިނުމަށް ހަރަކާތްތެރިވެފަ އެވެ. އެ ގޮތުން، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މޮރޮކޯ އަށް ކުރިމަތިވި ބިންހެލުމުގެ ހާދިސާ އާއި އެ ފަހަރު ލީބިޔާ އަށް ދިމާވި ފެންބޮޑުވުމުގެ ހާދިސާގެ  ކަންކަމުގައި ވެސް ޔުއެފާ އިން ވަނީ، ސުކޫތެއް ގެނައުމާއި މާލީ އެހީތެރިކަން ވެސް ފޯރުކޮށްދީފަ އެވެ. 

ނޭޕާލާއި ޗައިނާ ގުޅޭ ބޯޑަރު ސަރަހައްދުގައި މި ހިނގައިދިޔަ ފެންބޮޑުވުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާތަނަށް 1300 އަށް ރެކޯޑް ކުރެވިފައިވާއިރު، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު 5000 މީހުންނަށް ވުރެން އިތުރެވެ. އެ މީހުން ހޯދުމުގެ މަސައްކަތް، ނޭޕާލުން ކުރަމުން އަންނަނީ، ބައިނަލްއަގުވާމީ ރެސްކިއު ޓީމުތަކުގެ ވެސް އެހީއާ އެކު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox