އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދައެއް ނުކުރާނަން، މިހުރީ ފައްޔާޒަށް ތާއިދުކޮށްގެން: ނަޝީދު

Sep 7, 2026, 11:44 PM
ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ފައްޔާޒު އިސްމާއީލް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ފައްޔާޒު އިސްމާއީލް

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަނުކުރައްވާނެ ކަމަށާއި، މި ފަހަރު އެ މަނިކުފާނު ހުންނެވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ތާއިދުކުރައްވައިގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އެސްއެސްޓީވީ "ބާރު ހަތަރެއް" ޕްރޮގްރާމުގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާނީ ފައްޔާޒު ކަމަށެވެ. އަދި ޕްރައިމަރީގެ ނަތީޖާއަށް ފަހު ވެސް އެމްޑީޕީއަށް ސަރުކާރު ހޯދައިދިނުމަށްޓަކައި އެމްޑީޕީގެ ކެންޑިޑޭޓާއެކު ސާބިތުވެ ހުންނަވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.

"ހަމަ ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑު ހަމަ އެ ކެންޑިޑޭޓާއެކީ ގޮސް އެމްޑީޕީއަށް ސަރުކާރު ހޯދައިދެވެންދެން އަޅުގަނޑުގެ މަސައްކަތް ކުރިއަށް ގެންދާނަން،" ނަޝީދު ވިދާޅުވި އެވެ.

Advertisement

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕްރައިމަރީގައި ވާދަކުރައްވަފާނެ ކަމާމެދު ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ ސޯލިހު ޕްރައިމަރީއަށް ކުރިމަތިލައްވަންޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ވާދަވެރި އެހެން ބޭފުޅަކު ނުކުމެވަޑައިގެންނެވި ނަމަވެސް އެ މަނިކުފާނުގެ ނިންމެވުމަށް ބަދަލެއް ނާންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސޯލިހުގެ ނަން ޕްރައިމަރީގެ ވޯޓުކަރުދާހުގައި އޮތް ނަމަ ނަޝީދުގެ ނަން އަންނާނެތޯ ސުވާލުކުރުމުން ނަޝީދު ސާފުކޮށް ވިދާޅުވީ، "މިހުރީ ފައްޔާޒަށް ތާއިދުކޮށްގެން،" ކަމަށެވެ.

ފައްޔާޒަށް ތާއިދުކޮށްގެން ހުންނެވި ކަމަށް ތަކުރާރުކޮށް ވިދާޅުވުމަށް ފަހު ނަޝީދު ވިދާޅުވީ "އެ ވާހަކަ ދިގުކޮށް ވެސް ދެއްކި ދާނެ، ކުރުކޮށްވެސް ދެއްކިދާނެ" ކަމަށެވެ.

ޕްރައިމަރީގައި މިފަހަރު ވާދަނުކުރެއްވި ނަމަވެސް، ސިޔާސީ ގޮތުން އެ މަނިކުފާނަށް އޮތް ތާއިދަށް އުނިކަމެއް ނާންނަކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ އެ މަނިކުފާނަށް ތާއިދުކުރާ ރައްޔިތުން ވެސް މަދެއް ނޫން ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑު މިފަހަރު މިހުރީ ފައްޔާޒަށް ތާއިދުކޮށްގެން،" ނަޝީދު ވިދާޅުވި އެވެ.

ފައްޔާޒު ވެރިކަމަށް ގެންނެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ނަޝީދު ފުރަތަމަ އިއުލާނު ކުރެއްވީ އެ މަނިކުފާނު ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރެއްވިކަން އިއުލާނު ކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. 

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި އެމްޑީޕީގެ އެތެރޭގައި އުފެދުނު ބޮޑެތި ހިޔާލުތަފާތުވުންތަކާ ގުޅިގެން ނަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސް އުފެއްދެވި އެވެ. އޭގެ ދެ އަހަރު ފަހުން އަލުން އެމްޑީޕީއާ ގުޅިވަޑައިގެން، މިއަހަރު ބޭއްވި ޗެއާޕާސަންގެ އިންތިހާބު ބޮޑު ތަފާތަކުން ނަޝީދު ކާމިޔާބު ކުރެއްވި އެވެ. 

ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާންކުަރައްވާފައި ވަނީ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުަރއްވާނެ ކަމަށް އެ މަނިކުފާނު ރަސްމީކޮށް އިއުލާނު ނުކުރެއްވި ނަމަވެސް ޕްރައިމަރީގައި ސޯލިހު ވާދަކުރައްވާނެ ކަމަށް އިތުބާރު ކުރެވޭ ބައެއް މަސްދަރުތަކުން ބުނެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox