އެމްބާޕޭ އަތުން ޕެނަލްޓީ ނާކާމިޔާބުވެ ބެޓިސް އަތުން މޮރީނިއޯގެ ރެއާލް ބަލިވެއްޖެ

Sep 5, 2026, 2:28 AM
ރެއާލްގެ އެމްބާޕޭ (ކ) އަތުން ޕެނަލްޓީ ބޭކާރުވުމުން، ބެޓިސްގެ ކީޕަރު ވަލެސް އާއި ފޯވާޑް ޕެރޮޓް އުފާފާޅުކުރަނީ

ރެއާލްގެ އެމްބާޕޭ (ކ) އަތުން ޕެނަލްޓީ ބޭކާރުވުމުން، ބެޓިސްގެ ކީޕަރު ވަލެސް އާއި ފޯވާޑް ޕެރޮޓް އުފާފާޅުކުރަނީ

ސެވިލް، ސްޕެއިން (ސެޕްޓެމްބަރު 5) - އިތުރު ވަގުތުގެ ތެރޭގައި ކީލިއަން އެމްބާޕޭ އަތުން ޕެނަލްޓީއެއް ނާކާމިޔާބުވިއިރު، ހޯސޭ މޮރީނިއޯ ކޯޗުކޮށްދޭ ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގައި 1-0 އިން ރެއާލް ބެޓިސް އަތުން ބަލިވެއްޖެ އެވެ. 

ރެއާލްގެ ކޯޗަކަށް ދެ ވަނަ ފަހަރަށް ހަވާލުވި މޮރީނިއޯގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި ނުކުމެ، ލީގުގައި ފުރަތަމަ ކުޅުނު ތިން މެޗުން ވެސް ރެއާލް ވަނީ މޮޅުވެފަ އެވެ. އެކަމަކު، ބެޓިސް ދަނޑުގައި އެ ޓީމުން ކުރަން ޖެހުނީ އެންމެ ރަނގަޅު ތަޖުރިބާއެއް ނޫނެވެ. ސީޒަނުގައި ފުރަތަމަ ފަހަރަށް ވަނީ ބަލިވެފަ އެވެ. 

އެސްޓަޑިއޯ ލަ ކަރްޓޫހާ ސްޓޭޑިއަމްގައި، ބެޓިސް އާއި ރެއާލްގެ ދެމެދުގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައި ހުއްޓަ އެވެ.

Advertisement

އެ ގޮތުން، މެޗުގެ 81 ވަނަ މިނިޓްގައި ކޯނަރަކުން ރެއާލްގެ އޭރިއާތެރެއަށް ހުރަސްވި ބޯޅައެއްގައި ބެޓިސްގެ ނެލްސަން ޑެއޯސާ ބޮލުން ފޮނުވާލި ބޯޅަ ރެއާލްގެ ކީޕަރު، ތިބޯ ކޯޓުއާ އަތުގައި ޖެހިފައި، ރީބައުންސަކަށް ނުކުތް ވަގުުތު ބެޓިސްގެ ފޯވާޑް، ޓްރޯއި ޕެރޮޓް ރަނގަޅު ތަނަަަށް އަރައި ގޯލަށް ބޯޅަ ފޮނުވާލި އެވެ. 

ބެޓިސް އިން ލީޑުނެގިތާ ފަސް މިނިޓް ފަހުން، ރެއާލްގެ އެމްބާޕޭ ޖެހި ޝޮޓެއް ވަނީ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ. 

ރެއާލުން ވަނީ 87 ވަނަ މިނިޓްގައި ލަނޑެއް ޖަހައި އެއްވަރުކޮށްފަ އެވެ. ބެޓިސްގެ އޭރިއާތެރެއަށް ރެއާލްގެ ވިނީޝިއުސް ޖޫނިއާ ނެގި ހުރަހަކުން އެ ޓީމުގެ ކާލޯސް އެސްޕީ އެކްރަބެޓިކް ކިކަކުން ޖެހި މޮޅު ލަނޑު ބަލައި ނުގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފަ އެވެ. އެއީ، އެ އެޓޭކް އެންމެ ފުރަތަމަ ފެށިއިރު، އެސްޕީ ބޯޅަ އަށް އަރައި ހުރީ އޮފްސައިޑްގައި ކަމަށްވާތީ އެވެ.

މެޗުން ރެއާލް ބަލިނުވެ ސަލާމަތްކޮށްދޭން އެންމެ ރަނގަޅު ފުރުސަތު ލިބުނީ، އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި އެމްބާޕޭ އަށެވެ. އެއީ، ވިނީޝިއުސް އަށް ބެޓިސްގެ އޭރިއާތެރެއިން އެ ޓީމުގެ ނެޓަން ކުރި ފައުލަކަށް ރެފްރީ ވަނީ ޕެނަލްޓީ ދޭން ނިންމައިފަ އެވެ. ވީއޭއާރް އިން ބަލާފައި ވެސް ޕެނަލްޓީއެއް ކަމަށް ނިންމި އެެވެ. އެކަމަކު، އެމްބާޕޭ، ފޮނުވާލި ޕެނަލްޓީ ބެޓިސްގެ ކީޕަރު، އަލްވާރޯ ވަލޭސް ވަނީ މަތަކޮށްފަ އެވެ. 

އޭގެ ފަހުން، ކޯނަރަކުން ރެއާލްގެ ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ނެގި ބޯޅައެއް އެސްޕީ ބޮލުން ފޮނުވާލިއިރު، އެ ހަމަލާ ވެސް ކީޕަރު ވަލޭސް ވަނީ ހުއްޓުވައިފަ އެވެ. 

ރެއާލުން ފުރަތަމަ ފަަހަރަށް މި ސީޒަނުގައި ބަލިވިއިރު، މެންޗެސްޓާ ސިޓީ އާއި ވިޔަރެއާލްގެ ކުރީގެ ކޯޗު މެނުއަލް ޕެލެގްރީނީ ކޯޗުކޮށްދޭ ބެޓިސް އިން ސީޒަނުގައި ކުޅުނު ފުރަތަމަ ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މި ވަނީ މޮޅުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކޮމްޕެނީ އަށް ހޮސްޕިޓަލްގައި ފަރުވާދެނީ

ބަޔާން މިއުނިކްގެ ދެވަނަ ޓީމުގެ ފަރިތަކުރުންތަކުގައި ހުއްޓާ ހާލު ދެރަވެގެން އެ ކްލަބުގެ ކޯޗު ވިންސެންޓް ކޮމްޕެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި. ވައިރަލް ރޯގާއެއްގެ ސަބަބުން ކޮމްޕެނީގެ ހާލަތު ގޯސްވުމާ ގުޅިގެން، ކުރިއަށް އޮތް މެޗުތަކުގައި ޓީމަށް އިރުޝާދުދޭނީ އޭނާގެ އެސިސްޓަންޓް ކޯޗުން ކަމަށް ބަޔާނުން ވަނީ ބުނެފައި

ޔުނައިޓެޑް އުޅެނީ މާ ބޮޑަށް މާޒީގައި: ފެނާންޑޭސް

މެންޗެސްޓާ ޔުނައިޓެޑުން މުސްތަގުބަލަށް ވިސްނުމުގެ ބަދަލުގައި މާ ބޮޑަށް މާޒީގެ ކާމިޔާބީތަކަށް ފޯކަސްކުރާ ކަމަށް އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ބުނެފި. އޭނާ މިހެން ބުނީ ކޯމޯ އަތުން ބަލިވި މެޗަށްފަހު، ކްލަބުގެ މިހާރުގެ ހާލަތު ބަދަލުކޮށް މެޗުތަކުން މޮޅުވުމަށް އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭކަން ފާހަގަކުރަމުން.

ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރަން އެދެފި

ފްރާންސްގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރުމަށް ފުލުހުން ވަނީ އެދިފައި. ތަކެތީގެ އަގުބޮޑުވުމާއި ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހިގެން ޒުވާނުން ކުރިއަށްގެންދާ މި ހަރަކާތްތަކުގެ ސަބަބުން، ލީގުގެ ބައެއް އެހެން މެޗުތައް ވެސް ފަސްކޮށްފައިވޭ.

ގްރީސް މުބާރާތުގެ ކުއާޓާގައި ނަބާ އާއި ނަބީގެ އަށް ނާކާމިޔާބު

ގްރީސްގައި ބޭއްވި ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުގައި ޑެންމާކްގެ ޕެއާ އަތުން ބަލިވެ، ރާއްޖޭގެ ނަބީހާ އާއި ނަބާހާގެ ޕެއާ މުބާރާތުން ކަޓައިފި. މީގެ އިތުރުން، މި މުބާރާތުގެ ފިރިހެން ޑަބަލްސް އާއި މިކްސް ޑަބަލްސް އިވެންޓްތަކުގައި ވާދަކުރި ރިވައިވަލްގެ ކުޅުންތެރިން ވަނީ ގަދަ 16 އާ ހަމައަށް ދަތުރުކުރި.

މިލާން ބަލިކޮށް ބޯންމައުތަށް ތާރީހީ ނަތީޖާއެއް

ޔުއެފާ ޔޫރޮޕާ ލީގުގައި އޭސީ މިލާން އަތުން 3-0 އިން މޮޅުވެ، ބޯންމައުތުން އެ ކްލަބުގެ ތާރީހުގައި ފާހަގަކޮށްލެވޭ މޮޅެއް ހޯދައިފި. މިލާންގެ ކީޕަރަށް ރަތް ކާޑު ދެއްކުމުން އެ ޓީމުން މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި، ބޯންމައުތުން ވަނީ ޔޫރޮޕާ ލީގުގައި އެ ޓީމުން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފައި

އޮކްޓޫބަރަކީ ތަށި ލިބޭ މަހެއް ނޫން: ފްލިކް

ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން ބާސެލޯނާ ބަލިވި ނަމަވެސް، އޮކްޓޫބަރު މަހަކީ ތަށި ހޯދާ މަސް ނޫން ކަމަށާއި މިއީ ސީޒަންގެ ކުރީކޮޅު ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި. ފްލިކް ފާހަގަކުރި ގޮތުގައި މި މެޗުގައި ހެދުނު ގޯސްތަކުން ދަސްކޮށް، ކުރިއަށް އޮތް މެޗުތަކުގައި ކަންކަން ރަނގަޅު ކުރުމަށް ބާސެލޯނާ އިން މަސައްކަތް ކުރާނެ.

ފުޓްބޯޅައިގެ ފުރަތަަމަ މަލްޓި ބިލިއަނަރަކީ ރޮނާލްޑޯ

މިދިޔަ ސީޒަނުގައި 300 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިގެން، ފުޓްބޯޅަ ކެރިއަރުގައި ދެ ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ކުޅުންތެރިޔަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ. ފޯބްސްގެ ލިސްޓުގެ އެއްވަނަ ރޮނާލްޑޯ ހޯދިއިރު، 145 މިލިއަން ޑޮލަރާއެކު ދެވަނަ ލިބުނީ ލިއޮނަލް މެސީ އަށެވެ. ރޮނާލްޑޯގެ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ސައުދީގެ އަލް ނަސްރުން ލިބޭ މުސާރަ އާއި އިސްތިހާރުތަކުން ލިބޭ ފައިސާއެވެ.

Newsletter

Get the latest news delivered straight to your inbox