ބްލޭކް ލައިވްލީ އެދުނު 8 މިލިއަން ޑޮލަރުގެ ބަދަލުގައި ކޯޓުން ދިނީ 4 ލައްކަ ޑޮލަރު

Aug 31, 2026, 8:30 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

އެކްޓަރު ޖަސްޓިން ބަލްޑޯނީ ހުށަހެޅި އަބުރުގެ ދައުވާއާ ގުޅިގެން ހިނގި ގާނޫނީ ހަރަދުތަކުގެ ބަދަލުގެ ގޮތުގައި 8 މިލިއަން ޑޮލަރު ހޯދުމަށް އެކްޓްރެސް ބްލޭކް ލައިވްލީ އެދުނު ނަމަވެސް، އޭގެ ތެރެއިން އެންމެ 400,000 ޑޮލަރު ދިނުމަށް ކޯޓުން ނިންމައިފި އެވެ.

ލައިވްލީ އެންމެ ފުރަތަމަ ބަލްޑޯނީއާ ދެކޮޅަށް ދައުވާކުރީ ޖިންސީ ފުރައްސާރަ ކުރުމާއި ބަދަލުހިފުމުގެ އަމަލުތަކެއް ހިންގި ކަމަށް ބުނެ އެވެ. ބަލްޑޯނީ އަކީ 2024 ވަނަ އަހަރު ނެރުނު "އިޓް އެންޑްސް ވިތް އަސް" ފިލްމުގައި ލައިވްލީއާއެކު މަސައްކަތްކުރި އެކްޓަރެއްގެ އިތުރުން އެ ފިލްމުގެ ޑައިރެކްޓަރުވެސް މެއެވެ. ލައިވްލީގެ އެ ދައުވާއާ ގުޅިގެން ބަލްޑޯނީ ވަނީ އޭނާގެ އަބުރު ކަތިލި ކަމަށް ބުނެ ރައްދުގައި ދައުވާކޮށްފަ އެވެ.

ބަލްޑޯނީ ހުށަހެޅި އަބުރުގެ ދައުވާ 2025 ވަނަ އަހަރު ފަނޑިޔާރު ބޭރުކޮށްލުމާ ގުޅިގެން، ލައިވްލީ ވަނީ ވަކީލުންގެ ފީގެ ގޮތުގައި ހިނގި 7.5 މިލިއަން ޑޮލަރާއި އެހެނިހެން ހަރަދުތަކަށް ހިނގި 540,000 ޑޮލަރު ހޯދުމަށް އެދިފަ އެވެ.

Advertisement

ނަމަވެސް، ފަނޑިޔާރު ނިންމެވީ ލައިވްލީއަށް ދޭންޖެހޭނީ އޭނާ އެދުނު މިންވަރަށްވުރެ މާ ކުޑަ އަދަދެއް ކަމަށެވެ. އެގޮތުން ޖުމްލަ 407,451 ޑޮލަރު ދިނުމަށް ނިންމެވީ، އަބުރުގެ ދައުވާއިން ދިފާއުވުމަށް ބޭނުންވާ މިންވަރަށްވުރެ އިތުރު މީހުންނާއި ވަގުތަށް ލައިވްލީ ފައިސާ ހޯދަން އެދިފައިވާތީ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

މީގެ އިތުރުން، މުޅި ގާނޫނީ މައްސަލައާ ގުޅިފައިވާ އެހެނިހެން ހަރަދުތައް ހޯދަން ލައިވްލީ އެދިގެން ނުވާނެ ކަމަށާއި، ވަކީލުން ހޭދަކުރި ވަގުތު ހިސާބުކުރުމުގައި އޭނާ އަމަލުކޮށްފައިވަނީ އެންމެ ރަނގަޅު އުސޫލުން ނޫން ކަމަށް ވެސް ފަނޑިޔާރު ފާހަގަކުރެއްވި އެވެ.

ބަލްޑޯނީ ވަނީ ލައިވްލީއަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ ވާހަކަތަކާއި، އޭނާގެ އަބުރު ގެއްލުވާލުމަށް ރޭވުންތެރި ކެމްޕޭނެއް ހިންގި ކަމަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.

މި އަހަރުގެ ކުރީކޮޅު ފަނޑިޔާރު ވަނީ ލައިވްލީ ހުށަހެޅި ދައުވާގެ ބައެއް ބައިތައް ބޭރުކޮށްލާފަ އެވެ. އޭގެ ތެރޭގައި ޖިންސީ ފުރައްސާރަ ކުރުމުގެ ބައިވެސް ހިމެނެ އެވެ. އޭގެ އެއް މަސް ފަހުން ދެ ފަރާތުން ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް އެއްބަސްވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާގައި ޕާފޯމްކުރުމަށް ދިވެހި ބޭންޑު "ހީރަޕަންނާ" ފުރަނީ

އިންޑިއާގެ އައިސީސީއާރުގެ ދައުވަތަކަށް އެ ގައުމުގެ އެކި ސިޓީތަކުގައި ޕާފޯމްކުރުމަށް ރާއްޖޭގެ މިއުޒިކް ބޭންޑް "ހީރަޕަންނާ" ފުރަން ތައްޔާރުވެއްޖެއެވެ. މި ދަތުރުގައި ލަކްނޯ، ކަޓަކް، ކަޗް އަދި ނިއުދިއްލީގައި ދިވެހި ސަގާފީ އަދި ޒަމާނީ މިއުޒިކް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބައިނަލްއަގުވާމީ މައިދާނެއްގައި ދިވެހި މިއުޒިކް އިޝްތިހާރުކޮށް، އެ ބޭންޑުގެ ފުރަތަމަ އީޕީ ނެރުމާ ދިމާކޮށް ލިބުނު މުހިންމު ފުރުސަތެކެވެ.

ސްރީލަންކާގައި އައިސްކްރީމްގެ ފެންވަރު ބެލުމުގެ އިންސްޕެކްޝަނެއް

ސްރީލަންކާގައި އުފައްދާ އައިސްކްރީމްގެ ފެންވަރު ބެލުމަށާއި، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭތޯ ކަށަވަރުކުރުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ޚާއްސަ އިންސްޕެކްޝަންތަކެއް ފަށައިފިއެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ސިއްހީ މިންގަނޑުތަކަށް ނުފެތޭ ތަކެތި ދެނެގަތުމާއި، އައިސްކްރީމްގެ ނަމުގައި އޮޅުވާލައިގެން "ފްރޯޒަން ޑެޒާޓް" ވިއްކުން ހުއްޓުވައި ކުންފުނިތަކުން ގާނޫނަށް އަމަލުކުރާކަން ކަށަވަރުކުރުމެވެ.

ކެތުރިންގެ ކެންސަރުގެ ތަޖުރިބާތަކާއެކު 'ހީލް' ބީބީސީއަށް

ޕްރިންސަސް އޮފް ވޭލްސް ކެތުރިންގެ ކެންސަރު ބަލީގެ ތަޖުރިބާތަކާއި ނަފްސާނީ ގޮތުން އައި ބަދަލުތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ "ހީލް" ޑޮކިއުމެންޓްރީ މި މަހުގެ 29 ގައި ބީބީސީން ދައްކާނެއެވެ. މި ފިލްމުގައި ބަލިން ފަސޭހަވަމުން އައި ދުވަސްވަރުގެ އިހުސާސްތަކާއި، ގޮންޖެހުންތަކާ ކުރިމަތިލުމަށް ކުރެއްވި "ތްރީ ޕީކްސް ޗެލެންޖް" ގެ މަންޒަރުތައް ފުރަތަމަ ފަހަރަށް އާންމުންނަށް ފެނިގެންދާނެއެވެ.

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

ޖީޓީއޭ 6 ރެކޯޑް މާކްސްއަކާއެކު ނެރެފި

ތޭރަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު ނެރުނު ޖީޓީއޭ 6 އަށް ރެކޯޑް މާކްސްއެއް ލިބި، ގޭމިން ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވައިފިއެވެ. މި ގޭމުގެ ގްރެފިކްސް އާއި ވާހަކަ ކިޔައިދޭ ގޮތް ފުރިހަމަވުމުގެ އިތުރުން، މިއީ މި ސިލްސިލާގައި އަންހެން ކެރެކްޓަރަކަށް މައިގަނޑު ދައުރެއް ދިން ފުރަތަމަ ފަހަރެވެ.

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

Newsletter

Get the latest news delivered straight to your inbox