ޕެންކްރިއެޓިކް ކެންސަރަށް އުންމީދީ އާ ފަރުވާއަކަށް އެމެރިކާގައި ހުއްދަ ދީފި

Aug 28, 2026, 6:40 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ޕެންކްރިއަޓިކް ކެންސަރަށް ފަރުވާ ކުރުމަށް ކްލިނިކަލް ޓްރަޔަލްތަކުގައި ބަލިމީހުންގެ ފުރާނަ ސަލާމަތްކޮށްދޭ މުއްދަތު ގާތްގަނޑަކަށް ދެގުނައަށް އިތުރުކޮށްދިން އާ ފަރުވާއަކަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ހުއްދަ ދީފި އެވެ.

ރިވޮލިއުޝަން މެޑިސިންސް ކުންފުނިން އުފައްދާ، "ރޭސޮންކް" ބްރޭންޑްގެ ނަމުގައި ވިއްކާ "ޑަރަކްސޮންރަސިބް" އަކީ ދުނިޔޭގައި އެންމެ ނުރައްކާތެރި ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ޕެންކްރިއަޓިކް ކެންސަރަށް ފަރުވާ ކުރުމުގައި ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބެލެވެ އެވެ.

ޖުމްލަ 500 ބަލިމީހުން ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ ފަހު މަރުހަލާގެ ކްލިނިކަލް ޓްރަޔަލްއަކުން ދެއްކި ގޮތުގައި، ކޮންމެ ދުވަހަކު މި ބޭސް ބޭނުންކުރި މީހުންގެ ފުރާނަ ސަލާމަތްވެފައި ހުންނަ މުއްދަތު އެވްރެޖްކޮށް 13.2 މަހަށް އިތުރުވެފައިވެ އެވެ. މިއާ ހިލާފަށް، ކީމޯތެރަޕީ ބޭނުންކުރި މީހުންގެ ފުރާނަ ސަލާމަތްވެފައި ހުރީ އެވްރެޖްކޮށް 6.6 މަސްދުވަހަށެވެ.

Advertisement

އެފްޑީއޭ އިން ބުނި ގޮތުގައި މި ބޭހަކީ ފަރުވާ ކުރަން އުނދަގޫ އަދި ބަލިމީހުންނަށް އިންތިހާއަށް ގޮންޖެހުން ބޮޑު މި ކެންސަރާ ދެކޮޅަށް ލިބުނު "މުހިންމު އާ ފަރުވާއެއް" ކަމަށެވެ.

ޕެންކްރިއަޓިކް ކެންސަރުގެ 90 އިންސައްތައަށްވުރެ ގިނަ ޓިއުމަރުތަކުގައި ހިމެނޭ އަދި ކެންސަރު ފެތުރުމަށް ބާރުދޭ "ކޭ-ރާސް" ޖީންއަށް އަންނަ ބަދަލުތައް ހުއްޓުވައި، އެ ޖީންގެ މަސައްކަތް މެދުކަނޑާލުމަށް "ޑަރަކްސޮންރަސިބް" އެހީތެރިވެދެ އެވެ. މީގެ ސަބަބުން ކެންސަރު ފެތުރުން ހުއްޓުވައިދެ އެވެ.

އެމެރިކަން ކެންސާ ސޮސައިޓީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެމެރިކާގައި ކޮންމެ އަހަރަކު ގާތްގަނޑަކަށް 67,000 މީހުންނަށް ޕެންކްރިއަޓިކް ކެންސަރު ޖެހޭއިރު، މިއީ ކެންސަރުގެ ބޮޑެތި ބާވަތްތަކުގެ ތެރެއިން މަރުވާ މީހުންގެ ނިސްބަތް އެންމެ މަތީ ބާވަތެވެ.

ޕެންކްރިއަޓިކް ކެންސަރަކީ އާންމުކޮށް ބަލީގެ ފަހު މަރުހަލާގައި ދެނެގަނެވޭ، އަދި ފަރުވާ ކުރަން އިންތިހާއަށް އުނދަގޫ ބައްޔެކެވެ. މި ބަލި ޖެހޭ މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ބަލި ދެނެގަންނަތާ ތިން މަސްދުވަހުގެ ތެރޭގައި މަރުވެ އެވެ.

މި ބޭހަކީ ސީރިއަސް ބަލިތަކަށް ދޭ އަވަސް ފަރުވާއެއްގެ ގޮތުގައި ބަލައި، 2025 ވަނަ އަހަރު އެފްޑީއޭ އިން ވަނީ މި ބޭހަށް "ބްރޭކްތްރޫ ތެރަޕީ" ގެ ދަރަޖަ ދީފަ އެވެ.

މައުލޫމާތު: ބީބީސީ

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާގައި ޕާފޯމްކުރުމަށް ދިވެހި ބޭންޑު "ހީރަޕަންނާ" ފުރަނީ

އިންޑިއާގެ އައިސީސީއާރުގެ ދައުވަތަކަށް އެ ގައުމުގެ އެކި ސިޓީތަކުގައި ޕާފޯމްކުރުމަށް ރާއްޖޭގެ މިއުޒިކް ބޭންޑް "ހީރަޕަންނާ" ފުރަން ތައްޔާރުވެއްޖެއެވެ. މި ދަތުރުގައި ލަކްނޯ، ކަޓަކް، ކަޗް އަދި ނިއުދިއްލީގައި ދިވެހި ސަގާފީ އަދި ޒަމާނީ މިއުޒިކް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބައިނަލްއަގުވާމީ މައިދާނެއްގައި ދިވެހި މިއުޒިކް އިޝްތިހާރުކޮށް، އެ ބޭންޑުގެ ފުރަތަމަ އީޕީ ނެރުމާ ދިމާކޮށް ލިބުނު މުހިންމު ފުރުސަތެކެވެ.

ސްރީލަންކާގައި އައިސްކްރީމްގެ ފެންވަރު ބެލުމުގެ އިންސްޕެކްޝަނެއް

ސްރީލަންކާގައި އުފައްދާ އައިސްކްރީމްގެ ފެންވަރު ބެލުމަށާއި، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭތޯ ކަށަވަރުކުރުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ޚާއްސަ އިންސްޕެކްޝަންތަކެއް ފަށައިފިއެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ސިއްހީ މިންގަނޑުތަކަށް ނުފެތޭ ތަކެތި ދެނެގަތުމާއި، އައިސްކްރީމްގެ ނަމުގައި އޮޅުވާލައިގެން "ފްރޯޒަން ޑެޒާޓް" ވިއްކުން ހުއްޓުވައި ކުންފުނިތަކުން ގާނޫނަށް އަމަލުކުރާކަން ކަށަވަރުކުރުމެވެ.

ކެތުރިންގެ ކެންސަރުގެ ތަޖުރިބާތަކާއެކު 'ހީލް' ބީބީސީއަށް

ޕްރިންސަސް އޮފް ވޭލްސް ކެތުރިންގެ ކެންސަރު ބަލީގެ ތަޖުރިބާތަކާއި ނަފްސާނީ ގޮތުން އައި ބަދަލުތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ "ހީލް" ޑޮކިއުމެންޓްރީ މި މަހުގެ 29 ގައި ބީބީސީން ދައްކާނެއެވެ. މި ފިލްމުގައި ބަލިން ފަސޭހަވަމުން އައި ދުވަސްވަރުގެ އިހުސާސްތަކާއި، ގޮންޖެހުންތަކާ ކުރިމަތިލުމަށް ކުރެއްވި "ތްރީ ޕީކްސް ޗެލެންޖް" ގެ މަންޒަރުތައް ފުރަތަމަ ފަހަރަށް އާންމުންނަށް ފެނިގެންދާނެއެވެ.

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

ޖީޓީއޭ 6 ރެކޯޑް މާކްސްއަކާއެކު ނެރެފި

ތޭރަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު ނެރުނު ޖީޓީއޭ 6 އަށް ރެކޯޑް މާކްސްއެއް ލިބި، ގޭމިން ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވައިފިއެވެ. މި ގޭމުގެ ގްރެފިކްސް އާއި ވާހަކަ ކިޔައިދޭ ގޮތް ފުރިހަމަވުމުގެ އިތުރުން، މިއީ މި ސިލްސިލާގައި އަންހެން ކެރެކްޓަރަކަށް މައިގަނޑު ދައުރެއް ދިން ފުރަތަމަ ފަހަރެވެ.

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

Newsletter

Get the latest news delivered straight to your inbox