މަސްތުވާތަކެއްޗާއި ހަތިޔާރާއެކު ރެޕް ލަވަކިޔުންތެރިޔަކު ހައްޔަރުކޮށްފި

Aug 24, 2026, 2:22 PM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

އެމެރިކާގެ ޓެކްސަަސްއަށް ނިސްބަތްވާ ރެޕް ލަވަކިޔުންތެރިޔާ ބިގް އެކްސް ދަ ޕްލަގް، މަސްތުގެ ހާލަތުގައި އިނދެ އުޅަނދު ދުއްވުމާއި، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މަރުއާނާ ގެންގުޅުމުގެ އިތުރުން މަނާ ހަތިޔާރެއް ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.

އަސްލު ނަމުން ނަމަ ޒޭވިއާ ލެންޑަމް، އުމުރުން 28 އަހަރުގެ މި ފަންނާނު މިދިޔަ ހުކުރު ދުވަހު ފުލުހުން ހުއްޓުވިކަން އެލަން ކައުންޓީ ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އޭނާ ކޮލިން ކައުންޓީ ޖަލުގައި ބަންދުކުރުމަށްފަހު، މިހާރު ވަނީ ދޫކޮށްލާފަ އެވެ.

މީގެ އިތުރުން، މީގެ އަހަރެއްހާ ދުވަސް ކުރިންވެސް މިފަދަ މައްސަލައެއްގައި އޭނާ ހައްޔަރުކޮށްފައިވާއިރު، މިހާރުވެސް އޭނާ ހުރީ އެ މައްސަލައިގެ ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ.

Advertisement

ސަަަދަން ހިޕް-ހޮޕް، ޓްރެޕް އަދި ކަންޓްރީ-ރެޕް މިއުޒިކް ކުޅޭ މި ފަންނާނު މަގުބޫލުވެފައިވަނީ އޭނާގެ "ޓެކްސަސް"، "ދަ ލާޖެސްޓް" އަދި "މްމްމްހްމްމް" ފަދަ ވައިރަލްވި ސިންގަލް ލަވަތަކުންނެވެ.

އޭނާ ވަރަށް އަވަހަށް އާ މިއުޒިކް ރިލީޒް ކުރާނެ ކަމަށް ދާދި ފަހުން އިންސްޓަގްރާމްގައި ހާމަކޮށްފައިވާއިރު، މިދިޔަ ހުކުރު ދުވަހު ބޭއްވި "ކަންޓްރީ ރައިޒިން" ފެސްޓިވަލްގައި ޕާފޯމް ކުރުމަށް ވެސް އޮތީ ތާވަލުކޮށްފަ އެވެ.

ނަމަވެސް، އެ ފެސްޓިވަލް އިންތިޒާމުކުރި ފަރާތްތަކުން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، "ޒާތީ ކުއްލި ކަމެއް" ދިމާވުމުގެ ސަބަބުން ބިގް އެކްސް ދަ ޕްލަގް އެ ފެސްޓިވަލްގައި ޕާފޯމް ނުކުރާނެ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ހޮނިހިރު ދުވަހު އިއޯވާ ސްޓޭޓް ފެއާގައި ތާވަލާ އެއްގޮތަށް އޭނާ ވަނީ ޕާފޯމްކޮށްފަ އެވެ. ޝޯ ފަށަމުން އޭނާ ބުނެފައިވަނީ "އަހަރެން އަންނާނެ ކަމަށް އެމީހުން ހީއެއް ނުކުރޭ" މިހެންނެވެ. 

މިދިޔަ އަހަރުގެ އޮގަސްޓް މަހުވެސް، ހުއްދަނެތި ހަތިޔާރު ގެންގުޅުމާއި މަދު މިންވަރެއްގެ މަރުއާނާ ގެންގުޅުނު ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރި އެވެ. އެ މައްސަލައިގެ ޝަރީއަތް އަދިވެސް ދަނީ ކުރިއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިރުގަތީމަ ހިތުގެ ތެޅުން އަވަސްވަނީ ކީއްވެ؟

ބިރުގަންނަ ވަގުތު ހިތުގެ ތެޅުން އަވަސްވަނީ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި މަސްތަކަށާއި ސިކުނޑިއަށް ބޭނުންވާ އޮކްސިޖަން އަވަހަށް ފޯރުކޮށްދީ، ހަށިގަނޑު ތައްޔާރުކުރުމަށެވެ. މި ބަދަލު އަންނަނީ ސިކުނޑީގެ އަމިގްޑަލާ އިން ފޮނުވާ އިންޒާރަކާ ގުޅިގެން ލޭގެ ތެރެއަށް އެޑްރީނަލިން ހޯމޯން ދޫކޮށްލުމުންނެވެ. މިއީ ޖިސްމާނީ އަދި ނަފުސާނީ ބިރުވެރިކަމެއް ކުރިމަތިވިޔަސް، އިންސާނާގެ ރައްކާތެރިކަމަށްޓަކައި ހަށިގަނޑުގައި ހިނގާ ގުދުރަތީ ނިޒާމެކެވެ.

ފަސް އަހަރު ފަހުން އެއީ ނުބައި ޑައިގްނޯސިސްއެއް ކަން އެނގިއްޖެ

މަޝްހޫރު ބަތަލާ ކްރިސްޓީނާ އެޕަލްގޭޓަށް އެމްއެސް ބަލި ޖެހިފައިވާ ކަމަށް ބަލައި ފަރުވާ ކުރާތާ ފަސް އަހަރު ފަހުން، އެއީ ނުބައި ޑައިގްނޯސިސްއެއްކަން އެނގި އޭނާގެ ސިއްހީ ހާލަތު އިތުރަށް ގޯސްވަމުންދާކަން ވަނީ ހާމަކޮށްފައެވެ. މިކަމާ ގުޅިގެން އޭނާ ނުހަނު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ބަލީގެ އަސްލު ސަބަބު ދެނެގަތުމަށްޓަކައި އާ ތަހުލީލުތަކެއް ފެށުމަށް މިހާރު ވަނީ ނިންމާފައެވެ.

އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް ވިދާޅުވެއްޖެ

އަމީރު ހެރީގެ ބައްޕާފުޅާއި ބޭބޭފުޅާ އޮތް ނުތަނަވަސް ގުޅުން ރަނގަޅުކޮށް، އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. މާޒީގެ ހިތާމަވެރި ހާދިސާތައް ހަނދާން ނައްތާލުމަށް ބާރުއަޅުއްވަމުން ހެރީ ވިދާޅުވީ، ބައެއް މީހުން ބޭނުން ނުވި ނަމަވެސް އެ ގުޅުން އިއާދަކުރުމަކީ މިވަގުތަށް އެންމެ މުހިންމު ކަންތައް ކަމަށެވެ.

ކްރިސްޓިއާން އަމަންޕޫރު 43 އަހަރަށް ފަހު ސީއެންއެންއާ ވަކިވަނީ

ސީއެންއެންގައި 43 އަހަރު މަސައްކަތް ކުރުމަށްފަހު، އެ ނެޓްވޯކްގެ މަޝްހޫރު ނޫސްވެރިޔާ ކްރިސްޓިއާން އަމަންޕޫރު އަންނަ އަހަރު ވަކިވާނެކަން އިއުލާންކޮށްފި. އޭނާ ވަކިވަނީ އާ މަޝްރޫއުތަކެއް ފެށުމުގެ އުންމީދުގައި ކަމަށް ބުނެފައިވާއިރު، ސީއެންއެންގެ މެނޭޖްމަންޓުން ވަނީ އޭނާގެ ދިގު ޚިދުމަތުގެ އަގުވަޒަންކޮށްފަ.

ވޭޕް ކުރުމުގެ ސަބަބުން ސެލީނާގެ އަޑު ބަދަލުވެއްޖެ

ނިކޮޓިން އެކުލެވޭ ވޭޕް ބޭނުންކުރުމުގެ ސަބަބުން އަޑަށް ދާއިމީ ބަދަލުތަކެއް އައިސްފައިވާ ކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް އިއުތިރާފުވެއްޖެއެވެ. ލޫޕަސް ބަލީގެ ސަބަބުންވެސް އަޑަށް އަސަރުކުރަމުންދާ ސެލީނާ ވަނީ، ވޭޕްކުރުމަކީ އެއްވެސް ފައިދާއެއް ހުރި ކަމެއް ނޫންކަން ފާހަގަކޮށް އެކަން ހުއްޓާލުމަށް މަސައްކަތް ފަށާފައެވެ.

އޮލިމްޕަހުން "ދެވި" ނެރެނީ

މަރްޔަމް އައްޒަގެ ފުރަތަމަ ޕްރޮޑަކްޝަން ކަމަށްވާ ބިރުވެރި ފިލްމު "ދެވި" އޮލިމްޕަހުގައި ދައްކާ ނިންމާލުމަށް ތައްޔާރުވެ، ވަދާއީ ޝޯތަކުގެ ޓިކެޓް ވިއްކަން ފަށައިފިއެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާ މި ފިލްމުގެ އެންމެ ފަހު ޝޯ އޮކްޓޯބަރު 25 ގައި ދެއްކުމަށް ހަމަޖެހިފައިވާއިރު، މިއީ ފަންނީ ގޮތުން ގިނަ ކުރިއެރުންތަކެއް ދައްކުވައިދީފައިވާ ކާމިޔާބު އުފެއްދުމެކެވެ.

އިންޑިއާގެ ގޭންގަކުން ޓައިގާ ޝްރޮފަށް އަމާޒުކޮށް ބަޑި ޖަހައިފި

މުމްބާއީގެ ޖޫހޫ ސަރަހައްދުގައި ފިލްމީ ތަރި ޓައިގާ ޝްރޮފްގެ ކާރަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދީފައިވާއިރު، މި ހަމަލާއިން އޭނާ ސަލާމަތްވި ނަމަވެސް ޑްރައިވަރަށް ވަނީ އަނިޔާވެފައެވެ. ލޯރެންސް ބިޝްނޯއީގެ ގޭންގުން މި ހަމަލާގެ ޒިންމާ އުފުލާފައިވާއިރު، މިއީ ސަލްމާން ޚާނާއެކު މަސައްކަތް ނުކުރުމަށް ދިން އިންޒާރުތަކަށް އޭނާ ބޯނުލެނބުމުން ދިން ހަމަލާއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Newsletter

Get the latest news delivered straight to your inbox