ހުޅަނގުގެ ބާރުތަކުން އިޒްރޭލް ކުށްވެރިކޮށްފި

Aug 21, 2026, 6:31 AM
އިރުމަތީ ގުދުސްގައި ކުރިއަށްގެންދާ އީ-1 މަޝްރޫއާ އިންވެގެން، އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ގާއިމުކޮށްފައިވާ އާބާދީ ފެންނަ ފޮޓޯއެއް. މި ފޮޓޯ ނަގާފައިވަނީ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު

އިރުމަތީ ގުދުސްގައި ކުރިއަށްގެންދާ އީ-1 މަޝްރޫއާ އިންވެގެން، އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ގާއިމުކޮށްފައިވާ އާބާދީ ފެންނަ ފޮޓޯއެއް. މި ފޮޓޯ ނަގާފައިވަނީ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު

އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ މުހިންމު ސަރަހައްދެއްގައި 1،200 އަށްވުރެ ގިނަ ގެ ބިނާކުރުމަށް ނިންމި ނިންމުމާ ގުޅިގެން، ހުޅަނގުގެ ބޮޑެތި ބާރުތަކުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީ އަދި ކެނެޑާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލްގެ މި ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއު ވަގުތުން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.

މިތަންތަން އާބާދުކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ޣައިރު ގާނޫނީ އަމަލުތަކެވެ. ގުދުސްގެ އިރުމަތީގައި އޮންނަ އީ-1 ސަރަހައްދުގައި އިމާރާތްކުރުމަށް އިޒްރޭލުން ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަގުވާމީ ފިއްތުންތަކާ ހުރެ އެތައް އަހަރެއް ވަންދެން މަޑުޖެހިފައި އޮތުމަށްފަހު، މިހާރު ވަނީ 1،234 ގެއެއް އެޅުމަށް ބީލަމަށް ހުޅުވާލާފަ އެވެ.

މި ސަރަހައްދަކީ ހުޅަނގު އައްސޭރީގެ އުތުރާއި ދެކުނު ގުޅުވައިދޭ މައި މަގު އޮންނަ ތަން ކަމަށްވުމުން، މި މަޝްރޫއުގެ ސަބަބުން ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ކުރާ އުންމީދުތަކަށް ބޮޑު ހުރަހެއް އެޅިގެންދާނެ ކަމަށް ގައުމުތަކުން ބުނެ އެވެ.

ހުޅަނގުގެ ގައުމުތަކުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ހުޅަނގު އައްސޭރީގައި އިޒްރޭލްގެ ވަޒަންވެރިން ހިންގާ އަނިޔާވެރި އަމަލުތައް އިތުރުވެ، މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި މިފަދަ ނިންމުމެއް ނިންމުމަކީ ކަންބޮޑުވުން އިތުރުވާ ކަމެކެވެ. މި ނިންމުމުގެ ސަބަބުން ސުލްހައިގެ މަގަށް ހުރަސް އެޅުމުގެ އިތުރުން، ބައިނަލްއަގުވާމީ މައިދާނުގައި އިޒްރޭލަށް އޮތް އިތުބާރު ކުޑަވެގެންދާނެ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ. މީގެ އިތުރުން އދ.ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ އީ-1 މަޝްރޫއަކީ ފަލަސްތީނުގެ ދައުލަތެއްގެ ދެމިއޮތުމަށް އޮތް ނުރައްކަލެއް ކަމަށެވެ.

1967 ވަނަ އަހަރުގެ ހަނގުރާމައަށްފަހު އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގައި މިހާތަނަށް ގިނަ އަދަދެއްގެ ގެތައް ބިނާކޮށް، 700،000 ޔަހޫދީން ވަނީ ވަޒަންވެރިކޮށްފައެވެ.

ބެންޖަމިން ނަތަންޔާހޫގެ ކަނާތު ފިޔައިގެ ސަރުކާރު 2022 ވަނަ އަހަރު ވެރިކަމަށް އައި ފަހުންނާއި، ގާޒާ ހަނގުރާމަ ފެށުނު ފަހުން މިފަދަ އާބާދުވުންތައް ފުޅާކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

މި މަޝްރޫއު ފުރިހަމަވެއްޖެނަމަ، ރާމަﷲ އާއި ބައިތުލްލަހަމް އަދި އިރުމަތީ ގުދުސް ގުޅުވައިދޭ ފަލަސްތީނުގެ ސަރަހައްދުތައް މުޅިން ވަކިވެގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހެބްރޮންގައި ގެދޮރު ތަޅާލުމުން އާއިލާތައް ހާލުގައި ޖެހިއްޖެ

އިސްރާއީލު ސިފައިން ހެބްރޮންގައި ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ގެދޮރާއި ވިޔަފާރިތައް ސުންނާފަތިކޮށް، އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނަކީ ފަލަސްތީނުގެ ދެ މީހަކު ދިން ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށްވާއިރު، މީގެ ސަބަބުން 2،000 އަށްވުރެ ގިނަ މީހުންގެ އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ޔޫރަޕްގެ ސިޓީތަކުގައި މުޒާހަރާ، ފްރާންސުން 1000 މީހުން ހައްޔަރު

ފްރާންސްގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން ކުރިއަށްދާ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 1،000 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް 70،000 ފުލުހުން ނެރެފައިވާއިރު، ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ވެސް ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ވަނީ ބާއްވާފައެވެ.

ގެތައް ބިމާހަމަކޮށް ފަލަސްތީނު މީހުން ހެބްރޮންއިން ބޭރުކުރަނީ

އިސްރާއީލުގެ ދެ ސިފައިން މަރާލުމާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން، ހެބްރޮން ސިޓީގެ މަގުތަކާއި ގެދޮރު ބިމާހަމަކޮށް އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނުގައި 2،000 އެއްހާ މީހުން ގެދޮރުން ބޭރުކޮށް، ސިޓީ ބަންދުކޮށް އާންމު ރައްޔިތުންގެ ދަތުރުފަތުރާއި އަސާސީ ހިދުމަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވާފައެވެ.

އުރުދުންގެ ފައްޅިއެއްގައި ބަޑި ޖަހައި ހަތް މީހުން މަރާލައިފި

އުރުދުންގެ ކަރަކްގައި ހުންނަ ފައްޅިއެއްގައި ބޭއްވި ޖަނާޒާއަކަށް ބަޑީގެ ހަމަލާތަކެއްދީ ހަތް މީހުން މަރާލައި 40 މީހުން ޒަހަމްކޮށްލައިފިއެވެ. މި ހަމަލާ ދިން މީހުން ހޯދުމުގެ ތަހުގީގު ސަރުކާރުން ފަށާފައިވާއިރު، މި ހާދިސާއާ ގުޅިގެން އެ ގައުމުގައި ތިން ދުވަހުގެ ގައުމީ ހިތާމަ ވަނީ އިއުލާންކޮށްފައެވެ.

ހަނދުގައި މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް އަވަސްކުރަނީ

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހަނދަށް އެސްޓްރޮނޯޓުން ފޮނުވުމަށާއި އެތަނުގައި މަރުކަޒެއް ގާއިމުކުރުމަށް ނާސާއިން ކުރާ މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް އަވަސްކޮށްފައެވެ. މިގޮތުން 2028 ވަނަ އަހަރު ހަނދަށް މީހުން ބޭލުމަށް "އާޓެމިސް 4" މިޝަން ތާވަލުކޮށްފައިވާއިރު، ޗައިނާއާ އޮތް ވާދަވެރިކަމުގެ ސަބަބުން އިދާރީ ހުރަސްތައް ނައްތާލައި ސްޕޭސް އެކްސް ފަދަ އަމިއްލަ ކުންފުނިތަކާއެކު މަސައްކަތްތައް ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ.

ހިޓްލަރުގެ ހާއްސަ އިމާރާތެއްގައި ރޯކޮށްލައިފި

ޖަރުމަނުގެ ކުރީގެ ޑިކްޓޭޓަރު އެޑޮލްފް ހިޓްލަރަށް ހާއްސަކޮށް ބިނާކޮށްފައިވާ "އީގަލްސް ނެސްޓް" އިމާރާތުގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި 33 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން އަލިފާން ނިއްވުމަށް ހުރަސްތަކެއް ކުރިމަތިވި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، ހައްޔަރުކުރި މީހާގެ ނަފްސާނީ މައްސަލައެއް ހުރިތޯ އާއި ސިޔާސީ މަގްސަދެއް އޮތްތޯ ފުލުހުން ދަނީ ބަލަމުންނެވެ.

ދެ ކުދިން ސަލާމަތް ކުރަން އުޅުނު މަޔަކު ގެނބިގެން މަރުވެއްޖެ

ފުލުހުން ބުނި ގޮތުގައި، އިނގިރޭސިވިލާތުގެ ނޮޓިންހަމްޝަޔާގެ ސްޓޭޕަލްފޯޑަށް ނިސްބަތްވާ ކަމަށް ބެލެވޭ އެ އަންހެން މީހާ، އޭނާގެ ފިރިމީހާ އާއި ދެ ފިރިހެން ދަރިންނާއެކު އެ ރަށުގެ ދެކުނު ފަރާތުގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް، ބާރު އޮއިގަނޑެއްގައި ޖެހި ދެ ކުދިން ބަހައިގެން ދިޔައީ އެވެ.

Newsletter

Get the latest news delivered straight to your inbox