އަތުގައި ހުރި ޑޮލަރު ފަހަށް ރައްކާކުރުމުގެ ހަރާންހަލާލު

ފުދިއިތުރުވާ މިންވަރަށްވުރެ ގިނައިން އަތުގައި ޑޮލަރު ބައްކުރުމަކީ ގާނޫނީގޮތުން ހުއްދަ ކަމަކަށްވެދާނެ އެވެ. އެކަމަކު އަގުއުފުލުވުމަށް ބައްކުުރުމުގެ ތެރޭގައި ހިމެނޭ މިންވަރަށް ޑޮލަރު ހިފަހައްޓައިގެން ތިބުމަކީ ޝަރުއީގޮތުން ބޮޑު ހަރާން ކަމެކެވެ.

ފުދިއިތުރުވާ މިންވަރަށްވުރެ ގިނައިން އަތުގައި ޑޮލަރު ބައްކުރުމަކީ ގާނޫނީގޮތުން ހުއްދަ ކަމަކަށްވެދާނެ އެވެ. އެކަމަކު އަގުއުފުލުވުމަށް ބައްކުުރުމުގެ ތެރޭގައި ހިމެނޭ މިންވަރަށް ޑޮލަރު ހިފަހައްޓައިގެން ތިބުމަކީ ޝަރުއީގޮތުން ބޮޑު ހަރާން ކަމެކެވެ.

އިންސާނީ މުޖުތަމައެއްގައި ކޮންމެހެން އެންމެން އެޔަށް ބޭނުންޖެހޭ ޒަރޫރީ އެއްޗެއް، އެއެއްޗެއް ލިބޭ ބަޔަކު ނުވަތަ އަތުގައި ހުރި ބަޔަކު މުޖުތަމައުގައި ދައުރުކުރަންޖެހޭ ވަރަށް ދައުރުނުކޮށްފިނަމަ، ނުކުންނަ އެއް ނަތީޖާއަކީ އެއެއްޗެއްގެ ހަގީގީ ނާދިރުކަމަށްވުރެ ބޮޑަށް އެއެއްޗެއް ނާދިރުވެގެންދިއުމެވެ. އިތުރު އެއްވެސް ބޭނުމަކާ ނުލައި، އެއްޗެއް ދައުރުކުރުން ހުއްޓުވާފައި އަތުގައި ބައްކުރަނީ، ފަހުން އޭގެ އަގުއުފުލުމުން އެއެއްޗެއް ދައުރުކޮށްލައިގެން ލިބޭ ފައިދާ ބޮޑުކޮށްލުމުގެ ބޭނުމަށް އެކަނި ނަމަ އެޔަކީ އަގުއުފުލުވުމަށް ބައްކުރުންކަމުގައި ބުނެވިދާނެ އެވެ.

އަޅުގަނޑު މިއަދު ނަޒަރެއް ދޭން މިއުޅެނީ، އިސްލާމީ ޝަރީއަތުގައި ބުނާ "އަލްއިޙްތިކާރު" މި މައުލޫއަށެވެ. އެކަމަށް ދިވެހި ބަހުން ކިޔަން އަޅުގަނޑު ގަސްދުކުރީ އަގުއުފުލުވުމަށް ބައްކުރުމެވެ. އިންސާނީ މުޖުތަމައެއްގައި، އެބަޔަކު ކޮންމެހެން އެޔަށް ބޭނުންޖެހިފައިވާ އެއްޗެއް އަގުއުފުލުވުމުގެ ބޭނުމަށް އެއްޗެއް އަތުގައި ބައްކޮށް ދައުރުނުކޮށް ބެހެއްޓުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަމަކެވެ. އަދި އެއީ އިގުތިސާދީ ބޮޑު ޖަރާމާއެކެވެ. އެކަން އިސްލާމްދީނުގައި މަނާކުރައްވާފައިވަނީ ވިޔަފާރިއާއި އިގުތިސާދުގެ ވަޒަންހަމަ ތަރާދުތައް ހިމާޔަތްކުރުމުގެ ބޭނުމުގަ އެވެ.

އަހަރެމެންގެ ލޮބުވެތި މާތް ނަބިއްޔާ ހަދީސްކުރައްވާފައިވެ އެވެ. "ފާފަވެރިއަކު މެނުވީ އަގުއުފުލުވުމަށް ބައްކޮށް ނޫޅޭނެ އެވެ." އުމަރުގެފާނު ވިދާޅުވެފައިވެ އެވެ. "އަގުއުފުލުވުމަށް ބައްކުރުމަކީ އަހަރެމެންގެ ބާޒާރުގައި އޮވެގެންވާނެ ކަމެއް ނޫނެވެ. ފަހެ އެއްވެސް ބަޔަކު އެބަޔެއްގެ އަތުގައި އިތުރުވާ ރަންތައް، ވިޔަފާރި ގާފިލާތަކަށް ވިއްކުމުގައި އެތަކެތީގެ އަގުއުފުލުވުމަށް ބައްކޮށްގެން ނުތިބޭހުށިކަމެވެ."

Advertisement

ޝަރުއީގޮތުން ހަރާންކުރެވިފައިވާ ބައްކުރުމަކަށްވަނީ ޝަރުތުތަކެއް ފުރިހަމަވެގެންކަމަށް އިލްމުވެރިން ބަޔާންކުރައްވާފައިވެ އެވެ. އެގޮތުން ފުރަތަމަ ޝަރުތަކީ، ބައްކުރާ މުދަލަކީ މީސްތަކުންނަށް ޒަރޫރަތަކަށްވެފައިވާ އެއްޗަކަށްވުމެވެ. އެއެއްޗެއް ނުލިބުމުން މީސްތަކުންނަށް ގެއްލުންލިބޭ އެއްޗަކަށްވުމެވެ. ދެވަނަ ޝަރުތަކީ، ބައްކުރަނީ ހަމައެކަނި އަގުއުފުލުވުމުގެ ބޭނުމަށްކަމަށްވުމެވެ. ތިންވަނަ ޝަރުތަކީ އެއެއްޗެއް ބައްކުރުމަކީ، މީސްތަކުންނަށް އާންމު އުނދަގުލަކަށްވެދާނެ ފަދައިން އާންމު ބާޒާރަށް ލޮޅުންތަކެއް އަރުވާފާނެ އެއްޗަކަށްވުމެވެ.

މިދެންނެވުނު ތިން ޝަރުތު ހަމަނުވާގޮތަށް ފަހަށް ރައްކާކުރުމަކީ ދީނީގޮތުން ހުއްދަ ކަމެކެވެ. އަދި ވިޔަފާރިވެރިއަކު ވެސް ފައިދާއިން އިތުރުވާ މިންވަރުތަކެއް ފަހަށް ރައްކާކުރުމަކީ ދީނީ ގޮތުން ހުއްދަ ކަމެކެވެ. އަދި އަމިއްލަ ބޭނުންތަކަށާއި އަމިއްލަ ހަރަދުތަކުގެ ބޭނުމަށް ރައްކާކުރުމަކީ ކުރަންޖެހޭ ވެސް ކަމެކެވެ.

ރާއްޖޭގައި އެންމެ ބާރަށް ވާހަކަދެކެވޭ އެއް މައުލޫގެ ތެރޭގައި މިދުވަސްވަރު ހިމެނެނީ ޑޮލަރުގެ އަގުމައްޗަށްދިއުމެވެ. ރާއްޖޭގައި ޑޮލަރުގެ އަގުމައްޗަށް ދިއުމާއި ޑޮލަރުގެ ކަޅުބާޒާރު ހިނގަމުން އަންނަ ގޮތުގެ މައްޗަށް ދިރާސާއެއްކޮށް ވަކި އެއްޗެއް ދެންނެވުމަކީ މި ލިޔުމުގެ މަގުސަދެއް ނޫނެވެ. މިލިޔުމުގެ މަގުސަދަކީ، ރާއްޖޭގެ ވިޔަފާރި ބާޒާރު އޮތްގޮތުން ތިމާގެ އަތުގައި ހުރި ޑޮލަރު ފަހަށް ރައްކާކުރުން ޝަރުއީގޮތުން ހަރާންވެދާނެ ހާލަތްތަކެއް ހުންނާނެތީ، އެކަމާމެދު ވިސްނުން ގެންގުޅެންވީ ކިހިނެއްތޯ އިރުޝާދެއް ދިނުމެވެ.

ދިވެހި ރުފިޔާއަކީ ދުނިޔޭގެ އެހެން ހުރިހާ ފައިސާއަކާ މުޅިން ހިލާފު ހާއްސަ ނިޒާމަކަށް ތަރުތީބުކޮށްފައި އޮންނަ އެއްޗަކަށްވެފައި، ޑޮލަރަކީ ކޮންމެ ދިވެއްސަކަށް ކިހާ ވަރެއްގެ ޒަރޫރަތެއްކަން އެއީ އެންމެންނަށް އެނގޭ ހަގީގަތެކެވެ. ކޮންމެ މީހެއްގެ އަތުގައިވެސް ޒަރޫރަތަށް ބޭނުންވާވަރަށް ޑޮލަރު ހުންނަންޖެހެ އެވެ. މިބުނި ހިނދުން ދިމާވެދާނެކަމަކާ ގުޅިގެން ވެސް ޑޮލަރު ހުންނާންޖެހެ އެވެ. އެކަމަށްޓަކައި ތިމާގެ އަތުގައި ވަކި މިންވަރަކަށް ޑޮލަރު ރައްކާކޮށްފައި ބެހެއްޓުމަކީ ހުއްދަ ކަމަކަށްވަނީ އެކަންޏެއް ނޫނެވެ. އެއީ ތިމާގެ އަމިއްލަ ނަފުސާއި އާއިލާގެ ހައްގުގައި ޝަރުއީގޮތުން ވާޖިބެއް ވެސްމެ އެވެ.

ނަމަވެސް މިވަގުތު ރާއްޖޭގެ ވިޔަފާރި ބާޒާރު އޮތްގޮތުން ތިމާއަށް މާބޮޑުތަނުން ފުދިއިތުރުވެފައިވާ މިންވަރަށް ވުރެ ގިނައިން ޑޮލަރު އަތުގައި ބެހެއްޓުމަކީ، އެއީ އަގުއުފުލުވުމަށް ބައްކުރުމުގެ ތެރޭގައި ހިމެނޭނެ ހަރާންކަމެކެވެ. އަދި އޭގެ ސަބަބުން އުފުލޭ އަގުގެ ނާޖާއިޒު ފައިދާ ނަގައިގެން ޑޮލަރުގެ ވިޔަފާރިކުރުމަކީ ކަނޑައެޅިގެން ހަރާންކަމެކެވެ. އެފައިދާއިން ލިބިގަންނަ މަންފާއަކީ ނަރަކައިގެ އަނގުރު އަލިފާނެވެ.

ދެން އުފެދޭ ސުވާލަކީ ތިމާގެ އަތުގައި ނުވަތަ ވަކި މީހެއްގެ އަތުގައި ޑޮލަރު މިހާރު މިހުރީ އެމީހެއްގެ ޒަރޫރީ ބޭނުންތަކަށްވުރެ މާބޮޑު ތަނުން އިތުރަށްކަމުގައި ބަލާނީ ކިހިނެއްހެއްޔެވެ؟ އެއީ ސުވާލެއް ވެސްނޫނެވެ. ކޮންމެ މީހަކަށް ވެސް އެ ސުވާލުގެ ޖަވާބު އެނގޭނެ އެވެ. އެއީ އާންމު މީހަކަށް ވިޔަސް އަދި ފަރުދަކަށްވިޔަސް އެ ސުވާލުގެ ޖަވާބު އެނގޭނެ އެވެ. ތިމާގެ އަތުގައި ވަކި އެއްޗެއް ފުދިއިތުރުވާ މިންވަރަށް ހުރިނަމަ އެކަން އެމީހަކަށް ނޭނގި ނުދާނެއެވެ. އެހެން މީހަކަށް އެކަން ނޭނގިދާނެއެވެ.

ކޮންމެ ދިވެއްސަކީ މުސްލިމެކެވެ. އަދި ކޮންމެ މުސްލިމަކީ، ހަރާން ކަންކަމުން އެއްކިބާވެގެން އެމީހެއްގެ އާމުދަނީ ހަލާލު ގޮތްތަކުން ހޯދައި، އެމީހެއްގެ އާއިލާއަށް އަދި ހަރަދުކުރާ އެހެން މީހުންނަށްވެސް ހަރަދުކުރަނީ ހަރާމެއް އޭގައި ނެތް ހަލާލު ހެޔޮ ތަކެތި ކަމުގައި ހަދަން ގަދައަޅައި މަސައްކަތްކުރަންޖެހޭނެ މީހެކެވެ.

ބައެއް ވިޔަފާރިވެރިން ބުނެ އެވެ. އަހަރެމެން ޑޮލަރު ހޯދަނީ ނުހަނު ބުރަ މަސައްކަތްކޮށްގެންނެވެ. އެއިން ބަޔެއް ސަރުކާރުން އަންގާހާ ގޮތަކަށް މާރުކުރަންޖެހުމަކުން އަހަރެމެން ޝަކުވާއެއް ނުކުރަމެވެ. އެކަމަކު ސަރުކާރަށް ލިބޭ އާމުދަނީއާއި ދައުލަތުގެ ބަޖެޓުން ކުރަނީ ކުރަންޖެހޭ ހަރަދުތަކެއް ނޫނެވެ. ކުރަނީ އިސްރާފާއި ވައްކަމެވެ. ވަމުންދަނީ ހިޔާނާތެވެ.

ބޭކާރު ސިޔާސީ މުވައްޒަފުންނަށް ވެސް ދައުލަތުން މުސާރަދެނީކަމަށް ބުނެ އަދި ދައުލަތް ހިންގާންތިބި މީހުން ދައުލަތުގެ ބަޖެޓުން އިސްރާފުކުރަނީކަމުގެ ނުވަތަ ވައްކަންކުރަނީކަމުގެ ބަހަނާގައިވެސް، ޑޮލަރު ދައުރުނުކޮށް ބައްކުރުމަކީ ދިވެހި ވިޔަފާރިވެރިންނަށް ހުއްދަވާނެ ކަމެއް ނޫނެވެ. ސަރުކާރުން ކުރަންނުޖެހޭ ހަރަދުކުރާނަމަ، އެކަން ހުއްޓުވަން މަސައްކަތްކުރާށެވެ! އަނެކާ ކުރާ ކޮންމެ ހަރާން ކަމަކީ ތިމާ އެހެން ހަރާން ކަމެއް ކުރުމަށް ލިބޭ ބަހަނާއަކަށް ނަހަދާށެވެ!

ތިބާއީ އިސްލާމްދީން ގަބޫލުނުކުރާ ކާފަރަކު ނަމަ އަޅުގަނޑު ދަންނަވާނެ އެއްޗެއް ނެތެވެ. އެކަމަކު އިސްލާމްދީން ގަބޫލުކޮށްގެން ދެދުނިޔޭގެ ބާއްޖަވެރިކަމަށް އެދިގެން އުޅޭނަމަ، އަޅުގަނޑުގެ މި ނަސޭހަތުގައި ހިފާށެވެ! ތިބާއީ ޑޮލަރުން އާމުދަނީ ލިބޭ މީހެއްނަމަ، ފުދިއިތުރުވާ މިންވަރަށްވުރެ މާބޮޑަށް ވެސް އަތުގައި ޑޮލަރުހުރުން އެކަށީގެންވެ އެވެ. އެކަމަށް ސަމާލުވާށެވެ! ތިބާއާއި ނަރަކައިގައި ދާއިމުވެގެންދާނެ ކާފަރުންނާ ތަފާތުކޮށްދެނީ، "މަށަކީ މުސްލިމެކޭ" ދުލުން ބުނާތީއެއް ނޫނެވެ. އެކަން ތަފާތުވެ ދުނިޔޭގެ ހަޔާތުގައި ތިބާގެ މުދަލުގައި ބަރަކާތްތެރިކަން އިތުރުވެ މާދަމާ ޤިޔާމަތް މަޙްޝަރުގައި ސަލާމަތުގެ އައްސޭރިއަށް ދެވޭނީ "މަށަކީ މުސްލިމަކަށް ވީމައެވެ". ހަރާން ހަލާލު ބަލައިގެން ހަލާލު މަގުން ހިނގީމަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

ރަސްމާލެ މަޝްރޫއު: ލީޑަރެއްގެ ނުފޫޒަށްވުރެ ގައުމު ބޮޑު

ރަސްމާލެ މަޝްރޫއަކީ ސިޔާސީ ފިކުރުތަކަށްވުރެ ބޮޑަށް ގައުމީ މަސްލަހަތާ ގުޅިފައިވާ ކަމަކަށްވާއިރު، މިކަމުގައި ސިޔާސީ ލީޑަރުންގެ ނުފޫޒުން އެއްކިބާވެ މިނިވަންކަމާއެކު ވިސްނަންޖެހެއެވެ. ނަމަވެސް މި މަޝްރޫއުގެ އެއްބަސްވުންތައް ސިއްރުކޮށްފައިވުމާއި މައުލޫމާތު ހާމަނުކުރުމުގެ ސަބަބުން، މިއީ ދައުލަތުގެ ހަޒާނާއަށް ބޮޑު ގެއްލުމެއް ލިބިދާނެ "ސްކޭމެއް" ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

މަޔޮއްޓޭގެ ބާ މިސްކިތް ބިނާކުރީ ދިވެހިންތަ؟

މަޔޮއްޓޭގައި ހުރި ތާރީޚީ ތަންގޯނީ މިސްކިތަކީ ދިވެހިރާއްޖޭގެ ހިރިގަލުގެ ބިނާވެއްޓާއި ގަލުވަޑާމުގެ ފަންނިއްޔާތާ ވަރަށް ބޮޑަށް އެއްގޮތް ސިފަތަކެއް އެކުލެވޭ ބިނާއެކެވެ. މި މިސްކިތް ބިނާކުރުމުގައި ބޭނުންކޮށްފައިވާ އުވަދެވުމާއި ހިރިގާ ކަނޑައިގެން ރޭނުމުގެ އުކުޅުތަކުން، އިންޑިއާ ކަނޑުގެ ގައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮތް މަސައްކަތްތެރިކަމުގެ ގުޅުން ހާމަވެއެވެ.

ރަސްމާލެ މަޝްރޫއު: ހުވަފެނީ ވާހަކަތަކާއި ޖަވާބު ނުލިބޭ ސުވާލުތައް

މި ލިޔުމަކީ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ތަސައްވުރަކީ ހަގީގަތާ ދުރު، ހިޔާލީ ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށް ލިޔެފައިވާ ލިޔުމެކެވެ. މީގެ އިތުރުން، އެ މަޝްރޫއަށް ބޭނުންވާ ބޮޑު ހޭދަ ކުރާނެ ފަރާތަކާއި، ފައިސާ ހޯދާނެ ގޮތަކާ މެދު މި ލިޔުމުގައި ވަނީ ސުވާލު އުފައްދާފަ އެވެ.

ފަތުވާދޭ މަޖިލީހުގެ މެންބަރުންވެސް މަޙްޝަރުގެ ބިން ދެކޭނެ!

ވަރަށް ޔަގީންވާތީ ދަންނަވަމެވެ. އަޅުގަނޑު ވެސް މަޙްޝަރުގެ ބިން ދެކޭނެ އެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އިލްމުވެރިންވެސް މަޙްޝަރުގެ ބިން ދެކޭނެ އެވެ. އަދި ސުވާލުކުރެވޭނެ އެވެ. ރަސްމާލޭގައި ޔަހޫދީން ވަޒަންވެރިވުމާމެދު ބަހެއް ނުބުނެ ތިބެގެން ޒިންމާއިން ބަރީއަވެވޭ ހަމަ އެއްވެސް ހުއްޖަތެއް އިލްމުވެރިންމަކަށް ނެތެވެ.

މިސްރުގެ 'މަރާސީ' އާ ބެހޭ ގޮތުން އަލައްބާރު ނުދައްކާ ވާހަކަ

މިސްރުގެ 'މަރާސީ' މަޝްރޫއު ހިންގި މުހައްމަދު އަލްއައްބާރުގެ ކުންފުންޏާ ރަސްމާލެ ތަރައްގީކުރަން ހަވާލުކޮށްފައިވާއިރު، މިސްރުގެ މަޝްރޫއުގައި ވައުދުތަކާ ހިލާފުވުމާއި އާންމުންނަށް ބީޗު މަނާކުރުން ފަދަ ގިނަ މައްސަލަތަކެއް ކޯޓުތަކުގައި އެބަހުއްޓެވެ. އެހެންކަމުން، ރަސްމާލެއިން ބޮޑު ސަރަހައްދެއް 99 އަހަރަށް އެ ކުންފުންޏަށް ދިނުމަކީ މިސްރުގެ ތަޖުރިބާއަށް ބަލާއިރު ދިވެހިންނަށް އޮތް އިންޒާރެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox