ޗައިނާގެ އެވަގްރޭންޑް ކުންފުނީގެ ބާނީ އުމުރަށް ޖަލަށް

Aug 20, 2026, 1:51 PM
ފޮޓޯ: ވީޗެޓް

ފޮޓޯ: ވީޗެޓް

ޗައިނާގެ ބޯހިޔާވަހިކަމުގެ ބާޒާރަށް ކުރިމަތިވި ހީނަރުކަމުގެ މައިގަނޑު ސަބަބު ކަމަށްވާ، އެ ގައުމުގެ އެވަގްރޭންޑް ކުންފުނީގެ ބާނީ އުމުރަށް ޖަލަށްލުމަށް ހުކުމްކޮށް، އޭނާގެ ހުރިހާ މުދަލެއް ދައުލަތަށް ނަގައިފި އެވެ.

އެވަގްރޭންޑްގެ ބާނީ ހުއީ ކާ ޔަންގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ މައްސަލަތަކާއި ކުންފުނީގެ ރިޝްވަތުގެ މައްސަލަތަކަށް އޭނާ ވަނީ މިދިޔަ އޭޕްރިލް މަހު އިއުތިރާފުވެފަ އެވެ.

ޝެންޒެން އިންޓަމީޑިއަޓް ޕީޕަލްސް ކޯޓުން ވަނީ ހުއީގެ ކުރީގެ ކުންފުނިތަކުން ރެކޯޑުތައް އޮޅުވާލުމާއި ދަރަނި ސިއްރުކުރުން ފަދަ ގިނަ ކުށްތަކެއް ސާބިތުވާ ކަމަށް ކަނޑައަޅައި، ޖުމްލަ 15.82 ބިލިއަން ޔުއާން (2.35 ބިލިއަން ޑޮލަރު) އިން އެ ކުންފުނިތައް ޖޫރިމަނާކޮށްފަ އެވެ.

ހުއީގެ މައްޗަށް އިއްވި މި ހުކުމަކީ، ޗައިނާގެ ރިއަލް އެސްޓޭޓް ދާއިރާ އަށް ބޮޑު ލޮޅުމެއް އަރުވައި، އިންވެސްޓަރުންނާއި އެ ގައުމުގެ ބޭންކުތަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވި އެވަގްރޭންޑް ކުންފުނި ބަނގުރޫޓުވުމާ ގުޅިގެން ނިންމި މުހިންމު ނިންމުމެކެވެ.

ކޯޓުން ބުނި ގޮތުގައި ހުއީ އާއި އޭނާގެ ވިޔަފާރިތަކުން ވަނީ ޗައިނާގެ ބޯހިޔާވަހިކަމުގެ ބާޒާރު "ބޮޑުތަނުން ގަޑުބަޑުކޮށް"، އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވާފަ އެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެވަގްރޭންޑްގެ އެހެން އިސްވެރިންނާއި ހުއީގެ ދެ ފިރިހެން ދަރިން ކަމަށްވާ ޝޫ ޒިޖިއާން އާއި ޝޫ ޓެންހޭގެ މައްޗަށް ވެސް ވަނީ 22 މަހާއި 18 އަހަރާ ދެމެދުގެ ޖަލު ހުކުމްތަކެއް އިއްވާފަ އެވެ.

އެއް އިރެއްގައި އޭޝިއާގެ އެންމެ މުއްސަނދި މީހާގެ މަގާމުގައި ހުރި ހުއީގެ ކުންފުނި ބަނގުރޫޓުވަމުން ދިޔަ ވަރަކަށް، އޭނާގެ މުއްސަނދިކަމާއި ނުފޫޒު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

ޝޫ ޖިއާޔިންގެ ނަމުން ވެސް މަޝްހޫރުވެފައިވާ ހުއީ އަކީ ޗައިނާގެ ރަށްފުށުގެ އާދައިގެ އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. އޭނާ ރިއަލް އެސްޓޭޓް ދާއިރާގެ ވިޔަފާރީގެ ތެރެއަށް ވަދެ، އެވަގްރޭންޑް ކުންފުނި އުފެއްދީ 1996 ވަނަ އަހަރު އެވެ.

ބޮޑެތި އަދަދުތަކުން ދަރަންޏަށް ފައިސާ ނަގައިގެން، ކުންފުނި ފުޅާކުރުމަށް އޭނާ ގެންގުޅުނު ހަރުކަށި ސިޔާސަތުގެ ސަބަބުން އެވަގްރޭންޑް ވަރަށް އަވަހަށް ކުރިއަރައިގެން ދިޔަ އެވެ.

އެގޮތުން، އެވަގްރޭންޑް ވެގެންދިޔައީ ޗައިނާގެ އެންމެ ބޮޑު ރިއަލް އެސްޓޭޓް ކުންފުންޏަށެވެ. އަދި ހިއްސާގެ ބާޒާރުގައި އެ ކުންފުނީގެ އަގު 50 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އެރިއިރު، ހުއީ އަކީ އޭޝިއާގެ އެންމެ މުއްސަނދި މީހާ ކަމަށް އެ ދުވަސްވަރު އޮތީ އަންދާޒާކުރެވިފަ އެވެ.

ޗައިނާގެ ރިއަލް އެސްޓޭޓް ދާއިރާގައި އޮތް ދަރަނި ކޮންޓްރޯލް ކުރުމަށްޓަކައި، 2020 ވަނަ އަހަރު ބެއިޖިންގް ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން އެ ކުންފުންޏަށް ބޮޑު ލޮޅުމެއް އެރި އެވެ.

ދަރަނީގެ އިންޓްރެސްޓް ފައިސާ ދެއްކުމަށް އެ ކުންފުނިން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ. އެހެންކަމުން، ކުންފުނި ހުއްޓުމަކަށް އައުމުގެ ކުރިން މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި، 2021 ވަނަ އަހަރު ބޮޑެތި ޑިސްކައުންޓްތަކަކާއެކު އެ ކުންފުނީގެ މިލްކިއްޔާތުގައި ހުރި އިމާރާތްތައް ވިއްކާލި އެވެ.

ގެދޮރު ގަންނަން ބޭނުންވި ފަރާތްތަކުން އެ ތަންތަން އިމާރާތް ކުރުމުގެ ކުރިން ދެއްކި އެތައް މިލިއަން ޑޮލަރެއް، އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތަށް ބޭނުންކޮށްފައި ނުވާކަން މިދިޔަ އޭޕްރިލް މަހު ކޯޓުގައި ހާމަވެފައިވެ އެވެ.

އެ ފައިސާ ބޭނުންކޮށްފައިވަނީ އަލަށް ފަށާފައިވާ އެހެން މަޝްރޫއުތަކަށް ކަމަށްވާއިރު، މީގެ ސަބަބުން އެތައް ސަތޭކަ މަޝްރޫއެއްގެ މަސައްކަތް ނުނިމި ވަނީ ހުއްޓިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހެބްރޮންގައި ގެދޮރު ތަޅާލުމުން އާއިލާތައް ހާލުގައި ޖެހިއްޖެ

އިސްރާއީލު ސިފައިން ހެބްރޮންގައި ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ގެދޮރާއި ވިޔަފާރިތައް ސުންނާފަތިކޮށް، އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނަކީ ފަލަސްތީނުގެ ދެ މީހަކު ދިން ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށްވާއިރު، މީގެ ސަބަބުން 2،000 އަށްވުރެ ގިނަ މީހުންގެ އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ޔޫރަޕްގެ ސިޓީތަކުގައި މުޒާހަރާ، ފްރާންސުން 1000 މީހުން ހައްޔަރު

ފްރާންސްގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން ކުރިއަށްދާ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 1،000 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް 70،000 ފުލުހުން ނެރެފައިވާއިރު، ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ވެސް ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ވަނީ ބާއްވާފައެވެ.

ގެތައް ބިމާހަމަކޮށް ފަލަސްތީނު މީހުން ހެބްރޮންއިން ބޭރުކުރަނީ

އިސްރާއީލުގެ ދެ ސިފައިން މަރާލުމާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން، ހެބްރޮން ސިޓީގެ މަގުތަކާއި ގެދޮރު ބިމާހަމަކޮށް އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނުގައި 2،000 އެއްހާ މީހުން ގެދޮރުން ބޭރުކޮށް، ސިޓީ ބަންދުކޮށް އާންމު ރައްޔިތުންގެ ދަތުރުފަތުރާއި އަސާސީ ހިދުމަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވާފައެވެ.

އުރުދުންގެ ފައްޅިއެއްގައި ބަޑި ޖަހައި ހަތް މީހުން މަރާލައިފި

އުރުދުންގެ ކަރަކްގައި ހުންނަ ފައްޅިއެއްގައި ބޭއްވި ޖަނާޒާއަކަށް ބަޑީގެ ހަމަލާތަކެއްދީ ހަތް މީހުން މަރާލައި 40 މީހުން ޒަހަމްކޮށްލައިފިއެވެ. މި ހަމަލާ ދިން މީހުން ހޯދުމުގެ ތަހުގީގު ސަރުކާރުން ފަށާފައިވާއިރު، މި ހާދިސާއާ ގުޅިގެން އެ ގައުމުގައި ތިން ދުވަހުގެ ގައުމީ ހިތާމަ ވަނީ އިއުލާންކޮށްފައެވެ.

ހަނދުގައި މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް އަވަސްކުރަނީ

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހަނދަށް އެސްޓްރޮނޯޓުން ފޮނުވުމަށާއި އެތަނުގައި މަރުކަޒެއް ގާއިމުކުރުމަށް ނާސާއިން ކުރާ މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް އަވަސްކޮށްފައެވެ. މިގޮތުން 2028 ވަނަ އަހަރު ހަނދަށް މީހުން ބޭލުމަށް "އާޓެމިސް 4" މިޝަން ތާވަލުކޮށްފައިވާއިރު، ޗައިނާއާ އޮތް ވާދަވެރިކަމުގެ ސަބަބުން އިދާރީ ހުރަސްތައް ނައްތާލައި ސްޕޭސް އެކްސް ފަދަ އަމިއްލަ ކުންފުނިތަކާއެކު މަސައްކަތްތައް ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ.

ހިޓްލަރުގެ ހާއްސަ އިމާރާތެއްގައި ރޯކޮށްލައިފި

ޖަރުމަނުގެ ކުރީގެ ޑިކްޓޭޓަރު އެޑޮލްފް ހިޓްލަރަށް ހާއްސަކޮށް ބިނާކޮށްފައިވާ "އީގަލްސް ނެސްޓް" އިމާރާތުގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި 33 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން އަލިފާން ނިއްވުމަށް ހުރަސްތަކެއް ކުރިމަތިވި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، ހައްޔަރުކުރި މީހާގެ ނަފްސާނީ މައްސަލައެއް ހުރިތޯ އާއި ސިޔާސީ މަގްސަދެއް އޮތްތޯ ފުލުހުން ދަނީ ބަލަމުންނެވެ.

ދެ ކުދިން ސަލާމަތް ކުރަން އުޅުނު މަޔަކު ގެނބިގެން މަރުވެއްޖެ

ފުލުހުން ބުނި ގޮތުގައި، އިނގިރޭސިވިލާތުގެ ނޮޓިންހަމްޝަޔާގެ ސްޓޭޕަލްފޯޑަށް ނިސްބަތްވާ ކަމަށް ބެލެވޭ އެ އަންހެން މީހާ، އޭނާގެ ފިރިމީހާ އާއި ދެ ފިރިހެން ދަރިންނާއެކު އެ ރަށުގެ ދެކުނު ފަރާތުގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް، ބާރު އޮއިގަނޑެއްގައި ޖެހި ދެ ކުދިން ބަހައިގެން ދިޔައީ އެވެ.

Newsletter

Get the latest news delivered straight to your inbox