ޖަނަވާރަކާއެކު ވީޑީއޯއެއް އާއްމުކުރުމުން ތަމަޅަ ތަރި ވިކްރަމްގެ މައްސަލައެއް ބަލަން ފަށައިފި

Aug 14, 2026, 11:33 AM
ފޮޓޯ: ވިކްރަމް/ އިންސްޓަގްރާމް

ފޮޓޯ: ވިކްރަމް/ އިންސްޓަގްރާމް

ނެތިދިއުމުގެ ބިރު ހީވެފައިވާ "ލާ ގިބަން" އަކާއެކު އިންޑިއާގެ މަޝްހޫރު ތަމަޅަ ފިލްމީ ތަރި ވިކްރަމް ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެން، އޭތި އޭނާއާ ހަމައަށް އައި ގޮތް ބެލުމަށް އިންޑިއާގެ ވައިލްޑްލައިފް އޮފިޝަލުން ތަހުގީގެއް ފަށައިފި އެވެ.

އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ޓެމިލް ނާޑޫއަށް ނިސްބަތްވާ، ގިނަ އެވޯޑުތަކެއް ހާސިލްކޮށްފައިވާ އެކްޓަރު ވިކްރަމް، ލާ ގިބަންއަކާއެކު ހުރި ވީޑިއޯއެއް މިދިޔަ ހޯމަ ދުވަހު އިންސްޓަގްރާމްގައި އާންމުކޮށްފައިވާއިރު، މިހާރު އެ ވީޑިއޯ ވަނީ ޑިލީޓްކޮށްލާފަ އެވެ.

އެ ވީޑިއޯއާ ގުޅިގެން ޓެމިލް ނާޑޫގެ ފޮރެސްޓް ޑިޕާޓްމަންޓުން މިހާރު ވަނީ، އަމިއްލަ މީހެއްގެ ގޭގައި އެފަދަ ޖަނަވާރެއް އޮތް ގޮތާއި، އެފަދަ ތަކެތި ގެންގުޅުމާއި އުފުލުމުގައި އަމަލުކުރަންޖެހޭ ގަވާއިދުތަކާ އެއްގޮތަށް އަމަލުކޮށްފައިވޭތޯ ބެލުމަށް ތަހުގީގެއް ފަށާފަ އެވެ.

Advertisement

ނަމަވެސް، އެ ޖަނަވާރަކީ ވަގަށް އެތެރެކޮށްފައިވާ އެއްޗެއް ކަމަކަށް ނުވަތަ އެއީ ވިކްރަމްގެ އަމިއްލަ އެއްޗެއް ކަމަކަށް ނުވަތަ އޭތި އިންޑިއާއަށް އެތެރެކުރުމުގައި ވިކްރަމްގެ ބައިވެރިވުމެއް އޮތް ކަމަކަށް ތަހުގީގީ އިދާރާތަކުން އަދި ނިންމާފައެއް ނުވެ އެވެ.

މި މައްސަލައިގައި ވިކްރަމް އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ވިކްރަމްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު ޔުވަރާޖް  ބުނީ، އެކްޓަރުގެ ފަރާތުން އެއްވެސް ބަޔާނެއް ނެރޭނަމަ މީޑިއާތަކަށް އެކަން އަންގާނެ ކަމަށެވެ.

ލާ ގިބަން އަކީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ނިސްބަތްވާ، ކުދި މަކުނުގެ ބާވަތެކެވެ. މިއީ ބައިނަލްއަގުވާމީ ވިޔަފާރީގައި ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ޖަނަވާރެކެވެ.

އޮފިޝަލުން ވިދާޅުވި ގޮތުގައި، އެ ޖަނަވާރު ފެނިފައިވަނީ ޓެމިލް ނާޑޫގެ ވެރިރަށް ޗެންނާއީގައި ހުންނަ ވިކްރަމްގެ ތިމާގެ މީހެއްގެ ގެއަކުންނެވެ.

ޓެމިލް ނާޑޫގެ ޗީފް ވައިލްޑްލައިފް ވޯޑަން ރާކޭޝް ކުމާރު ޑޯގްރާ ވިދާޅުވީ، ގާނޫނީ ގޮތުން ބޭނުންވާ ހުއްދަތަކާއި ލިޔެކިޔުންތައް ހުރި ނަމަ، އަމިއްލަ ފަރުދުންނަށް ލާ ގިބަން ގެންގުޅެވިދާނެ ކަމަށެވެ.

"އެ ލާ ގިބަން ގެނައީ ކޮންތަނަކުންތޯ ބެލުމަށް ތަހުގީގެއް ދަނީ ކުރިއަށް. އެއީ ގަވާއިދާ ހިލާފަށް އެތެރެކޮށްފައިވާ އެއްޗެއްކަން އެނގޭނީ އޭގެ ފަހުން،" އޭނާ ވިދާޅުވި އެވެ.

މި މައްސަލަ މިހާރު ވަނީ އިންޑިއާގެ ގައުމީ ސަމާލުކަމަށް އައިސްފަ އެވެ. އަސްލު ނަމުން ނަމަ ކެނެޑީ ޖޯން ވިކްޓަރަކީ އިންޑިއާގެ މަޝްހޫރު ތަމަޅަ ސިނަމާގެ އެންމެ ނުފޫޒުގަދަ އެއް ތަރި އެވެ. ތިން ދަހަރަށް ވުރެ ގިނަ ދުވަހުގެ ކާމިޔާބު ފިލްމީ ކެރިއަރެއް އޮތް ވިކްރަމް ފާހަގަކުރެވެނީ، އާދަޔާ ހިލާފު އަދި ހަށިގަނޑަށް ބުރަ ރޯލުތައް ކުޅޭ އެކްޓަރެއްގެ ގޮތުގަ އެވެ.

ފަހުގެ ޚަބަރު

ބިރުގަތީމަ ހިތުގެ ތެޅުން އަވަސްވަނީ ކީއްވެ؟

ބިރުގަންނަ ވަގުތު ހިތުގެ ތެޅުން އަވަސްވަނީ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި މަސްތަކަށާއި ސިކުނޑިއަށް ބޭނުންވާ އޮކްސިޖަން އަވަހަށް ފޯރުކޮށްދީ، ހަށިގަނޑު ތައްޔާރުކުރުމަށެވެ. މި ބަދަލު އަންނަނީ ސިކުނޑީގެ އަމިގްޑަލާ އިން ފޮނުވާ އިންޒާރަކާ ގުޅިގެން ލޭގެ ތެރެއަށް އެޑްރީނަލިން ހޯމޯން ދޫކޮށްލުމުންނެވެ. މިއީ ޖިސްމާނީ އަދި ނަފުސާނީ ބިރުވެރިކަމެއް ކުރިމަތިވިޔަސް، އިންސާނާގެ ރައްކާތެރިކަމަށްޓަކައި ހަށިގަނޑުގައި ހިނގާ ގުދުރަތީ ނިޒާމެކެވެ.

ފަސް އަހަރު ފަހުން އެއީ ނުބައި ޑައިގްނޯސިސްއެއް ކަން އެނގިއްޖެ

މަޝްހޫރު ބަތަލާ ކްރިސްޓީނާ އެޕަލްގޭޓަށް އެމްއެސް ބަލި ޖެހިފައިވާ ކަމަށް ބަލައި ފަރުވާ ކުރާތާ ފަސް އަހަރު ފަހުން، އެއީ ނުބައި ޑައިގްނޯސިސްއެއްކަން އެނގި އޭނާގެ ސިއްހީ ހާލަތު އިތުރަށް ގޯސްވަމުންދާކަން ވަނީ ހާމަކޮށްފައެވެ. މިކަމާ ގުޅިގެން އޭނާ ނުހަނު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ބަލީގެ އަސްލު ސަބަބު ދެނެގަތުމަށްޓަކައި އާ ތަހުލީލުތަކެއް ފެށުމަށް މިހާރު ވަނީ ނިންމާފައެވެ.

އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް ވިދާޅުވެއްޖެ

އަމީރު ހެރީގެ ބައްޕާފުޅާއި ބޭބޭފުޅާ އޮތް ނުތަނަވަސް ގުޅުން ރަނގަޅުކޮށް، އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. މާޒީގެ ހިތާމަވެރި ހާދިސާތައް ހަނދާން ނައްތާލުމަށް ބާރުއަޅުއްވަމުން ހެރީ ވިދާޅުވީ، ބައެއް މީހުން ބޭނުން ނުވި ނަމަވެސް އެ ގުޅުން އިއާދަކުރުމަކީ މިވަގުތަށް އެންމެ މުހިންމު ކަންތައް ކަމަށެވެ.

ކްރިސްޓިއާން އަމަންޕޫރު 43 އަހަރަށް ފަހު ސީއެންއެންއާ ވަކިވަނީ

ސީއެންއެންގައި 43 އަހަރު މަސައްކަތް ކުރުމަށްފަހު، އެ ނެޓްވޯކްގެ މަޝްހޫރު ނޫސްވެރިޔާ ކްރިސްޓިއާން އަމަންޕޫރު އަންނަ އަހަރު ވަކިވާނެކަން އިއުލާންކޮށްފި. އޭނާ ވަކިވަނީ އާ މަޝްރޫއުތަކެއް ފެށުމުގެ އުންމީދުގައި ކަމަށް ބުނެފައިވާއިރު، ސީއެންއެންގެ މެނޭޖްމަންޓުން ވަނީ އޭނާގެ ދިގު ޚިދުމަތުގެ އަގުވަޒަންކޮށްފަ.

ވޭޕް ކުރުމުގެ ސަބަބުން ސެލީނާގެ އަޑު ބަދަލުވެއްޖެ

ނިކޮޓިން އެކުލެވޭ ވޭޕް ބޭނުންކުރުމުގެ ސަބަބުން އަޑަށް ދާއިމީ ބަދަލުތަކެއް އައިސްފައިވާ ކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް އިއުތިރާފުވެއްޖެއެވެ. ލޫޕަސް ބަލީގެ ސަބަބުންވެސް އަޑަށް އަސަރުކުރަމުންދާ ސެލީނާ ވަނީ، ވޭޕްކުރުމަކީ އެއްވެސް ފައިދާއެއް ހުރި ކަމެއް ނޫންކަން ފާހަގަކޮށް އެކަން ހުއްޓާލުމަށް މަސައްކަތް ފަށާފައެވެ.

އޮލިމްޕަހުން "ދެވި" ނެރެނީ

މަރްޔަމް އައްޒަގެ ފުރަތަމަ ޕްރޮޑަކްޝަން ކަމަށްވާ ބިރުވެރި ފިލްމު "ދެވި" އޮލިމްޕަހުގައި ދައްކާ ނިންމާލުމަށް ތައްޔާރުވެ، ވަދާއީ ޝޯތަކުގެ ޓިކެޓް ވިއްކަން ފަށައިފިއެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާ މި ފިލްމުގެ އެންމެ ފަހު ޝޯ އޮކްޓޯބަރު 25 ގައި ދެއްކުމަށް ހަމަޖެހިފައިވާއިރު، މިއީ ފަންނީ ގޮތުން ގިނަ ކުރިއެރުންތަކެއް ދައްކުވައިދީފައިވާ ކާމިޔާބު އުފެއްދުމެކެވެ.

އިންޑިއާގެ ގޭންގަކުން ޓައިގާ ޝްރޮފަށް އަމާޒުކޮށް ބަޑި ޖަހައިފި

މުމްބާއީގެ ޖޫހޫ ސަރަހައްދުގައި ފިލްމީ ތަރި ޓައިގާ ޝްރޮފްގެ ކާރަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދީފައިވާއިރު، މި ހަމަލާއިން އޭނާ ސަލާމަތްވި ނަމަވެސް ޑްރައިވަރަށް ވަނީ އަނިޔާވެފައެވެ. ލޯރެންސް ބިޝްނޯއީގެ ގޭންގުން މި ހަމަލާގެ ޒިންމާ އުފުލާފައިވާއިރު، މިއީ ސަލްމާން ޚާނާއެކު މަސައްކަތް ނުކުރުމަށް ދިން އިންޒާރުތަކަށް އޭނާ ބޯނުލެނބުމުން ދިން ހަމަލާއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Newsletter

Get the latest news delivered straight to your inbox