އާއިލީ މައްސަލަތަކުގެ ތެރެއިން ބްރެޑް ޕިޓްގެ ފުން ހިތާމަތަކެއް

Aug 11, 2026, 12:23 PM
ބްރެޑް ޕިޓާއި އެންޖެލީނާ ޖޯލީ ވަކިވުމުގެ ކުރިން، އަދި އެ މީހުންގެ ހަ ދަރިން،

ބްރެޑް ޕިޓާއި އެންޖެލީނާ ޖޯލީ ވަކިވުމުގެ ކުރިން، އަދި އެ މީހުންގެ ހަ ދަރިން،

ބްރެޑް ޕިޓް ފަދަ ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ތަރިއަކު ހާމަކަން ބޮޑު ވާހަކަތަކެއް ދެއްކުމަކީ ވަރަށް ނާދިރު ކަމެކެވެ. ނަމަވެސް، އޮސްކާ އެވޯޑް ހާސިލްކޮށްފައިވާ މި އެކްޓަރު އަދި ޕްރޮޑިއުސަރު ވަނީ އޮގަސްޓް 10 ގައި "އެސްކުއަޔާ" މެގަޒިންއަށް ދިން އިންޓަވިއުއެއްގައި، އޭނާގެ ކުރީގެ އަނބިމީހާ އެންޖެލީނާ ޖޯލީއާ އެކު ލިބިފައިވާ ހަ ދަރިންނާ އޮތް ގުޅުން ކެނޑިފައިވާ ދަނޑިވަޅެއްގައި، އެކަމާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަދައްކާފަ އެވެ.

"ސެވަން" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ބްރެޑް ޕިޓް އެ ނޫހަށް ކިޔައިދިން ގޮތުގައި، އޭނާއަކީ އަބަދުވެސް ނަފުސާނީ ގޮތުން ވަރުގަދަ މީހެކެވެ. ނަމަވެސް، އާއިލީ މައްސަލަތަކެއްގެ ސަބަބުން ކުރިމަތިވި ދަތި ދުވަސްވަރެއްގައި، އަމިއްލައަށް މަރުވާ މީހުންނަށް އެ އިހުސާސް ކުރެވޭ ސަބަބު "ވިސްނޭ" ހިސާބަށް ކަންތައްތައް ދިޔަ ކަމަށް އޭނާ ބުންޏެވެ.

"އެކަމަކު އަހަރެން ގަބޫލުކުރާ ގޮތުގައި އިންސާނުންގެ ކިބައިގައި ދިރިހުރުމުގެ ވަރުގަދަ ވިސްނުމެއް ހުރޭ. އަހަރެންގެ ކިބައިގައިވެސް ވަގުތުން އެ ހިތްވަރު އުފެދުނު."

Advertisement

އޭނާ ބުނީ، ދިރިއުޅުމުގައި ދިމާވާ މިފަދަ ކަންކަމަކީ ފަސޭހަ ކަންތައްތަކެއް ނޫން ކަމަށާއި، އޭނާއަކީ ނަސީބުގެ ގޮތުން ބަލާއިރު "ލޮޓަރީއެއް" ކާމިޔާބުވެފައިވާ މީހެއް ފަދަ މީހެއް ކަމަށެވެ.

އެ ދަތި ދުވަސްވަރަކީ ދަރިންނާ ގުޅުންހުރި ކަމެއްތޯ ސުވާލުކުރުމުން ޖަވާބު ދިނީ، އެއީ "އާއިލީ ކަންތައްތަކެއް" ކަމަށާއި، އެ ހިސާބުން އެ ވާހަކަ ބޭއްވުން ރަނގަޅުވާނެ ކަމަށެވެ.

ބްރެޑް ޕިޓް މި މޭރުމުން ވާހަކަދައްކާފައި މިވަނީ، އޭނާގެ ހަ ދަރިންގެ ތެރެއިން ހަތަރު ދަރިން ކަމަށްވާ މެޑޮކްސް، ޒަހާރާ، ޝައިލޯ އަދި ވިވިއަން، އެ ކުދިންގެ ނަމުގެ ފަހަތުން "ޕިޓް" އުނިކުރުމަށް ގާނޫނީ ގޮތުން ހުށަހަޅާފައިވާ ދަނޑިވަޅެއްގަ އެވެ.

މީގެ ކުރިން "އަސް ވީކްލީ" އަށް މައުލޫމާތު ދިން މަސްދަރަކުން ބުނި ގޮތުގައި، ދަރިން އޭނާގެ ނަން އުނިކުރަން ނިންމުމުން ބްރެޑް ޕިޓް ހުރީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. އެ މަސްދަރުން ހާމަކުރި ގޮތުގައި، އެއީ ހަމައެކަނި ނަމަކަށް އައި ބަދަލެއް ނޫން ކަމަށާއި އެއީ އެތައް އަހަރެއް ވަންދެން އާއިލީ ގުޅުން ހީނަރުވަމުން ދިޔަކަމުގެ ރަމްޒެއްގެ ގޮތުގައި ބްރެޑް ޕިޓް ދެކެ އެވެ.

އެހެން މަސްދަރަކުން ބުނި ގޮތުގައި، ފާއިތުވި އަހަރުތަކުގައި ބްރެޑް ޕިޓާއި އޭނާގެ ދަރިންނާ ދެމެދު މާ ބޮޑު ގުޅުމެއް ނެތެވެ. ނަމަވެސް، އެ ގުޅުން ރަނގަޅު ކުރުމަށް އޭނާ ވަރަށް ބޮޑަށް ބޭނުންވެ އެވެ. އެހެންކަމުން، ދަރިން އޭނާގެ ނަން ދޫކޮށްލާކަން އެނގުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ.

"ބްރެޑް ބޭރުފުށުން ހިތްވަރުގަދަކަން ދެއްކި ނަމަވެސް، އެތެރެއިން އޭނާއަށް މި ހަގީގަތް ގަބޫލުކުރަން ވަރަށް އުނދަގޫވެފައިވޭ،" ތިންވަނަ މަސްދަރަކުން މައުލޫމާތު ދީފައިވެ އެވެ.

ފަހުގެ ޚަބަރު

އިންޑިއާގައި ޕާފޯމްކުރުމަށް ދިވެހި ބޭންޑު "ހީރަޕަންނާ" ފުރަނީ

އިންޑިއާގެ އައިސީސީއާރުގެ ދައުވަތަކަށް އެ ގައުމުގެ އެކި ސިޓީތަކުގައި ޕާފޯމްކުރުމަށް ރާއްޖޭގެ މިއުޒިކް ބޭންޑް "ހީރަޕަންނާ" ފުރަން ތައްޔާރުވެއްޖެއެވެ. މި ދަތުރުގައި ލަކްނޯ، ކަޓަކް، ކަޗް އަދި ނިއުދިއްލީގައި ދިވެހި ސަގާފީ އަދި ޒަމާނީ މިއުޒިކް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބައިނަލްއަގުވާމީ މައިދާނެއްގައި ދިވެހި މިއުޒިކް އިޝްތިހާރުކޮށް، އެ ބޭންޑުގެ ފުރަތަމަ އީޕީ ނެރުމާ ދިމާކޮށް ލިބުނު މުހިންމު ފުރުސަތެކެވެ.

ސްރީލަންކާގައި އައިސްކްރީމްގެ ފެންވަރު ބެލުމުގެ އިންސްޕެކްޝަނެއް

ސްރީލަންކާގައި އުފައްދާ އައިސްކްރީމްގެ ފެންވަރު ބެލުމަށާއި، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭތޯ ކަށަވަރުކުރުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ޚާއްސަ އިންސްޕެކްޝަންތަކެއް ފަށައިފިއެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ސިއްހީ މިންގަނޑުތަކަށް ނުފެތޭ ތަކެތި ދެނެގަތުމާއި، އައިސްކްރީމްގެ ނަމުގައި އޮޅުވާލައިގެން "ފްރޯޒަން ޑެޒާޓް" ވިއްކުން ހުއްޓުވައި ކުންފުނިތަކުން ގާނޫނަށް އަމަލުކުރާކަން ކަށަވަރުކުރުމެވެ.

ކެތުރިންގެ ކެންސަރުގެ ތަޖުރިބާތަކާއެކު 'ހީލް' ބީބީސީއަށް

ޕްރިންސަސް އޮފް ވޭލްސް ކެތުރިންގެ ކެންސަރު ބަލީގެ ތަޖުރިބާތަކާއި ނަފްސާނީ ގޮތުން އައި ބަދަލުތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ "ހީލް" ޑޮކިއުމެންޓްރީ މި މަހުގެ 29 ގައި ބީބީސީން ދައްކާނެއެވެ. މި ފިލްމުގައި ބަލިން ފަސޭހަވަމުން އައި ދުވަސްވަރުގެ އިހުސާސްތަކާއި، ގޮންޖެހުންތަކާ ކުރިމަތިލުމަށް ކުރެއްވި "ތްރީ ޕީކްސް ޗެލެންޖް" ގެ މަންޒަރުތައް ފުރަތަމަ ފަހަރަށް އާންމުންނަށް ފެނިގެންދާނެއެވެ.

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

ޖީޓީއޭ 6 ރެކޯޑް މާކްސްއަކާއެކު ނެރެފި

ތޭރަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު ނެރުނު ޖީޓީއޭ 6 އަށް ރެކޯޑް މާކްސްއެއް ލިބި، ގޭމިން ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވައިފިއެވެ. މި ގޭމުގެ ގްރެފިކްސް އާއި ވާހަކަ ކިޔައިދޭ ގޮތް ފުރިހަމަވުމުގެ އިތުރުން، މިއީ މި ސިލްސިލާގައި އަންހެން ކެރެކްޓަރަކަށް މައިގަނޑު ދައުރެއް ދިން ފުރަތަމަ ފަހަރެވެ.

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

Newsletter

Get the latest news delivered straight to your inbox