ޕޮޕް މާޓްގެ ފުރަތަމަ ބޭކަރީ ސިންގަޕޫރުގައި

Aug 5, 2026, 7:28 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ބޮޑު މަގްބޫލުކަމެއް ލިބިފައިވާ "ލަބޫބޫ" ތަކެތި ހިމެނޭ "ބްލައިންޑް ބޮކްސް" ތައްޔާރުކުރާ ޗައިނާގެ ބެއިޖިންއަށް ނިސްބަތްވާ ޕޮޕް މާޓް ކުންފުނިން، އެ ކުންފުނީގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން ބައިނަލްއަގުވާމީ ފުރަތަމަ ބޭކަރީ ސިންގަޕޫރުގައި ހުޅުވައިފި އެވެ.

ކުޅޭ އެއްޗެހި އުފައްދާ މި ކުންފުނިން ދަނީ އެ ކުންފުނީގެ އެންމެ މަގުބޫލު ކެރެކްޓާތައް ކާބޯތަކެތީގެ ގޮތުގައި ތައްޔާރު ކުރަމުންނެވެ. މީގެ ތެރޭގައި "ލަބޫބޫ" އައިސްކްރީމާއި، "މޮލީ" ކެރެކްޓާގެ ޑަބަލް ޗީޒްކޭކް ހިމެނެ އެވެ. ސިންގަޕޫރުގެ ޔުނިވާސަލް ސްޓޫޑިއޯސް ކުރިމަތީގައި ހުންނަ ދެ ބުރީގެ މި ބޭކަރީން، ކުޅޭ އެއްޗެހިން އިންސްޕަޔާވެގެން ތައްޔާރުކޮށްފައިވާ 45 ބާވަތެއްގެ ފޮނިކާތަކެއްޗާއި ބުއިންތައް ލިބެން ހުރެ އެވެ. މި ތަކެތީގެ އަގު އުޅެނީ 3.87 އެމެރިކާ ޑޮލަރާއި 24.77 އެމެރިކާ ޑޮލަރާ ދެމެދުގަ އެވެ.

މި މަޝްރޫއުގެ ފުރަތަމަ މަންޒިލަކީ ސިންގަޕޫރެވެ. ޕޮޕް މާޓްގެ "ޕޮޕް ބޭކަރީ" ގެ އިސްވެރިޔާ ޒަންގް ޝިއާއޯޔަންގް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޔޫރަޕާއި އެމެރިކާގައި ވެސް ބޭކަރީތައް ހުޅުވުމަށް ވިސްނަމުންދާ ކަމަށެވެ. އަދި އެއީ ވަގުތަށް ބަލައި، އެ ގައުމުތަކުގެ ސަޕްލައި ޗެއިން ފަދަ ކަންކަމަށް ހައްލު ހޯދުމަށްފަހު ކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ތައިލެންޑް، އިންޑޮނޭޝިއާ އަދި މެލޭޝިއާ ހިމެނޭ ގޮތަށް މުޅި ދެކުނު އިރުމަތީ އޭޝިއާގައި ޑެޒާޓް ޝޮޕް ނުވަތަ ފޮނިކާތަކެތި ވިއްކާ ފިހާރަތައް ހުޅުވުމަށް ވެސް އެ ކުންފުނިން ރާވަމުންދާ ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

ސިންގަޕޫރުގައި މި ބޭކަރީ ހުޅުވާފައި މިވަނީ، ޗައިނާގެ އުތުރުގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ގިންހުއަންގްޑާއޯގައި މިދިޔަ އޭޕްރީލް މަހު ޕޮޕް މާޓްގެ ފުރަތަމަ ބޭކަރީ ހުޅުވުމަށްފަހު އެވެ. އެ ކުންފުނިން މި ކޮންސެޕްޓް އެންމެ ފުރަތަމަ ޓެސްޓުކުރީ ޗައިނާގެ 30 އަށް ވުރެ ގިނަ ސަރަހައްދުގައި ވަގުތީ ގޮތުން ހިންގި "ޑެޒާޓް ޓްރަކް" ތަކެއްގެ އެހީގަ އެވެ.

ޕޮޕް މާޓުން ދަނީ ހަމައެކަނި ކުޅޭ އެއްޗެހި ވިއްކުމުގެ ބަދަލުގައި އެހެން ދާއިރާތަކަށް ވެސް ފުޅާވަމުންނެވެ. 

މި އަހަރުގެ ތެރޭގައި ޕޮޕް މާޓުން ވަނީ ސޮނީ ޕިކްޗާސްއާ ގުޅިގެން "ލަބޫބޫ" މޫވީއެއް ތައްޔާރުކުރާނެކަން އިއުލާންކޮށްފަ އެވެ. އަދި ބެއިޖިންގައި ހުންނަ އެ ކުންފުނީގެ ތީމް ޕާކް "ޕޮޕް ލޭންޑް" އިތުރަށް ފުޅާކޮށް މިހާރު ވަނީ ހުޅުވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

Newsletter

Get the latest news delivered straight to your inbox