ހަށިގަނޑަށް އެންމެ ބޭނުންތެރި 8 ބާވަތް

ވިޓަމިންތަކާއި މިނަރަލްތަކުން ފުރިގެންވާ ސިއްހީ ކާނާ

ވިޓަމިންތަކާއި މިނަރަލްތަކުން ފުރިގެންވާ ސިއްހީ ކާނާ

ދިރިއުޅުމުގެ އާދަކާދަ ހުންނަގޮތުންނާއި ކެއުމަށްދެވޭ ސަމާލުކަން ކުޑަވުމުގެ ސަބަބުން، ހަށިގަނޑަށް ބޭނުންވާ މުހިންމު ވިޓަމިންތަކާއި މިނަރަލްތައް މަދުވުމަކީ މިއަދު ދުނިޔޭގައި ވަރަށް އާންމު ކަމެކެވެ. ނަމަވެސް، ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ބައެއް ހާއްސަ ބާވަތްތަކަކީ އެންމެ އެތިކޮޅަކުންވެސް ހަށިގަނޑަށް ބޭނުންވާ މާއްދާތައް ފުރިހަމަކޮށްދޭ ފަދަ ތަކެއްޗެވެ.

ދިރާސާތަކުން ދައްކާގޮތުގައި ބައެއް ބާވަތްތަކުގެ ކާނާއަކީ އާންމުކޮށް ބޭނުންކުރާ މަލްޓިވިޓަމިން ވުރެ މާ ގިނަ އަދަދަކަށް ނިއުޓްރިއެންޓްސް އެކުލެވިގެންވާ ތަކެއްޗެވެ. މިގޮތުން ބައެއް ބާވަތްތަކުގެ ކާނާއިން ދުވާލަކަށް ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވުރެ ވެސް ގިނައިން މާއްދާތައް ފޯރުކޮށްދެ އެވެ. ތިރީގައި މިވަނީ ސިއްހަތަށް އިންތިހާއަށް ފައިދާހުރި، އަދި ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތަކުން ފުރިގެންވާ 8 ސުޕަފުޑެއްގެ ތަފްސީލެވެ.

1. ކޭލް 

ކޭލް އަކީ ފަތްޕެލާވެލީގެ ތެރެއިން އެންމެ ފައިދާހުރި އެއް ބާވަތެވެ. މި ފަތުގައި ލޭގަނޑުވުމަށާއި ކަށީގެ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންތެރި ވިޓަމިން ކޭ1 ގިނަ އަދަދަކަށް ހިމެނެ އެވެ. މީގެން ދުވާލަކަށް ވިޓަމިން ކޭ1 ބޭނުންވާ މިންވަރުގެ 68 ޕަސެންޓު އަދި ވިޓަމިން ސީގެ 22 ޕަސެންޓު ފޯރުކޮށްދެ އެވެ. އަދި ފައިބަރ، މެންގަނީޒް، ވިޓަމިން ބީ6، ޕޮޓޭސިއަމް އަދި ދަގަނޑުގެ ބައި މި ފަތުގައި ގިނައެވެ.

Advertisement

2. ވާފަތް

އަޔޮޑިން މަދުވުމަކީ ބޮޑެތި މީހުންނަށް ތައިރޮއިޑްގެ މައްސަލަތައް ދިމާވާ އަދި މާބަނޑު ދުވަސްވަރު ދަރިފުޅުގެ ސިކުނޑި ހެދިބޮޑުވުމަށް ހުރަސްއަޅާ ކަމެކެވެ. ބައެއް ބާވަތްތަކުގެ ވާފަތަކީ އަޔޮޑިން އިން މުއްސަނދި ބާވަތްތަކެކެވެ.

ކޮމްބޫ ފަދަ މުށިކުލައިގައި ހުންނަ ވާފަތުގެ އެއް ގްރާމްގައި 2,343 މައިކްރޯގްރާމްގެ އަޔޮޑިން ހުރެއެވެ. މިއީ ދުވާލަކަށް ރައްކާތެރި މިންވަރަށްވުރެ (1,100 މައިކްރޯގްރާމް) އަށްވުރެ މާ މަތީ އަދަދެކެވެ. މިއީ ކޮންމެ ދުވަހަކު ކެއުން ރަނގަޅު އެއްޗެއް ނޫނެވެ. ނަމަވެސް ދޭތެރެއަކުން ބޭނުންކުރުމަކީ އަޔޮޑިން މަދުވުމުން ސަލާމަތްވުމަށް އޮތް އަގުހެޔޮ މަގެކެވެ.

3. މޭ

ޖަނަވާރުގެ މެޔަކީ ވިޓަމިން ބީ12، ވިޓަމިން އޭ، ދަގަނޑު، ފޯލްއޭޓް އަދި ކޮޕާއިން މުއްސަނދި އެއްޗެކެވެ. ސިކުނޑިއާއި ނާރުތަކުގެ ސިއްހަތަށް ބޭނުންވާ ވިޓަމިން ބީ12 މީގައި އިންތިހާއަށް ގިނަ އެވެ.

4. ބްރެޒިލް ނަޓްސް 

ސެލެނިއަމް އަކީ ތައިރޮއިޑް އަދި ދިފާއީ ނިޒާމުގެ މަސައްކަތްތަކަށް ކޮންމެހެން ބޭނުންތެރި އެންޓިއޮކްސިޑެންޓެކެވެ. ދުވާލަކަށް ބޭނުންވާ ސެލެނިއަމްގެ މިންވަރަކީ 50–70 މައިކްރޯގްރާމް އެވެ. ބޮޑު އެންމެ ބްރެޒިލް ނަޓަކުން ވެސް 95 މައިކްރޯގްރާމްއާ ހަމައަށް ސެލެނިއަމް ލިބެއެވެ. ދުވާލެއްގެ މައްޗަށް އެންމެ ގިނައިން ހަށިގަނޑަށް ބަރުދާސްތު ކުރެވޭނީ 300–400 މައިކްރޯގްރާމް ކަމަށްވާތީ، މާ ގިނައިން ކައިގެން ނުވާނެއެވެ.

5. އިތާ

އިތަޔާއި ބޮޑެތި ރިނދަ ފަދަ ބާވަތްތަކުގައި ވިޓަމިން ބީ ގިނަ އަދަދަކަށް ހިމެނެ އެވެ. އޭގެ ބައެއް ބާވަތްތަކުގެ 100 ގްރާމުގެ މަސްކޮޅަކުން ދުވާލަކަށް ބޭނުންވާ ވިޓަމިން ބީ12 މިންވަރަށްވުރެ 1600 ޕަސެންޓު އިތުރަށް ހުރެ އެވެ. އުމުރުން 50 އަހަރުން މަތިވުމުން ހަޖަމުކުރާ ނިޒާމުން ވިޓަމިން ބީ12 ދަމައިގަތުން ދަށްވާތީ، މިއީ އެފަދަ ފަރާތްތަކަށް ވަރަށް ބޭނުންތެރި ކާނާއެކެވެ.

6. ރެހި

ރެއްސަކީ ހިތުގެ ދުޅަހެޔޮ ކަމަށް މުހިންމު އޮމެގާ-3 ފެޓީ އެސިޑްސް މުއްސަނދި މަހެކެވެ. 92 ގްރާމުން ދުވާލަކަށް ބޭނުންވާ މުހިއްމު ބައެއް މާއްދާތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މިންވަރު އަދި ވިޓަމިން ބީ12 ފޯރުކޮށްދެ އެވެ. ސެލެނިއަމް އަދި ކެލްސިއަމް ފަދަ ހަށިގަނޑަށް ބޭނުންވާ ގާތްގަނޑަކަށް ކޮންމެ މާއްދާއެއް މީގައި ހިމެނެއެވެ.

7. ރީނދޫ ބެލް ޕެޕާ

ވިޓަމިން ސީ އަކީ ހަށިގަނޑަށް ނުހަނު ބޭނުންވާ މާއްދާ އެކެވެ. މި ވިޓަމިނުގެ ސަބަބުން ދިފާއީ ނިޒާމު ވަރުގަދަވެ، ދާއިމީ ބަލިތަކުން ރައްކާތެރިކޮށްދެއެވެ. ރީނދޫ ކުލައިގެ ބޮޑު ބެލް ޕެޕަރ އަކުން، އޮރެންޖަކަށްވުރެ ގިނައިން ވިޓަމިން ސީ ލިބެ އެވެ. 

8. ކޮޑް ލިވަރ އޮއިލް 

ގިނަ ބައެއްގެ ވިޓަމިން ޑީގެ މިންވަރު ހުންނަނީ ދަށްކޮށެވެ. ކޮޑް ލިވަރ އޮއިލް އަކީ ކަށީގެ ދުޅަހެޔޮ ކަމާއި ދިފާއީ ނިޒާމަށް ބޭނުންވާ ވިޓަމިން ޑީ ހޯދުމަށް އޮތް އެންމެ މޮޅު ވަސީލަތެވެ.އެންމެ ސައިސަމުސާއަކުން (14 މިލިލީޓަރު) 2-3 ގްރާމްގެ އޮމެގާ-3 ފެޓްސް އަދި ވިޓަމިން ޑީ ދުވާލަކަށް ބޭނުންވާ މިންވަރުގެ 200 ޕަސެންޓަށް އަށްވުރެ ގިނައިން ލިއްބައިދެ އެވެ. މީގައި ވިޓަމިން އޭ ވެސް ގިނަ އަދަދަކަށް އެކުލެވެ އެވެ.

މައުލޫމާތު:ހެލްތުލައިން

ފަހުގެ ޚަބަރު

ބިރުގަތީމަ ހިތުގެ ތެޅުން އަވަސްވަނީ ކީއްވެ؟

ބިރުގަންނަ ވަގުތު ހިތުގެ ތެޅުން އަވަސްވަނީ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި މަސްތަކަށާއި ސިކުނޑިއަށް ބޭނުންވާ އޮކްސިޖަން އަވަހަށް ފޯރުކޮށްދީ، ހަށިގަނޑު ތައްޔާރުކުރުމަށެވެ. މި ބަދަލު އަންނަނީ ސިކުނޑީގެ އަމިގްޑަލާ އިން ފޮނުވާ އިންޒާރަކާ ގުޅިގެން ލޭގެ ތެރެއަށް އެޑްރީނަލިން ހޯމޯން ދޫކޮށްލުމުންނެވެ. މިއީ ޖިސްމާނީ އަދި ނަފުސާނީ ބިރުވެރިކަމެއް ކުރިމަތިވިޔަސް، އިންސާނާގެ ރައްކާތެރިކަމަށްޓަކައި ހަށިގަނޑުގައި ހިނގާ ގުދުރަތީ ނިޒާމެކެވެ.

ފަސް އަހަރު ފަހުން އެއީ ނުބައި ޑައިގްނޯސިސްއެއް ކަން އެނގިއްޖެ

މަޝްހޫރު ބަތަލާ ކްރިސްޓީނާ އެޕަލްގޭޓަށް އެމްއެސް ބަލި ޖެހިފައިވާ ކަމަށް ބަލައި ފަރުވާ ކުރާތާ ފަސް އަހަރު ފަހުން، އެއީ ނުބައި ޑައިގްނޯސިސްއެއްކަން އެނގި އޭނާގެ ސިއްހީ ހާލަތު އިތުރަށް ގޯސްވަމުންދާކަން ވަނީ ހާމަކޮށްފައެވެ. މިކަމާ ގުޅިގެން އޭނާ ނުހަނު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ބަލީގެ އަސްލު ސަބަބު ދެނެގަތުމަށްޓަކައި އާ ތަހުލީލުތަކެއް ފެށުމަށް މިހާރު ވަނީ ނިންމާފައެވެ.

އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް ވިދާޅުވެއްޖެ

އަމީރު ހެރީގެ ބައްޕާފުޅާއި ބޭބޭފުޅާ އޮތް ނުތަނަވަސް ގުޅުން ރަނގަޅުކޮށް، އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. މާޒީގެ ހިތާމަވެރި ހާދިސާތައް ހަނދާން ނައްތާލުމަށް ބާރުއަޅުއްވަމުން ހެރީ ވިދާޅުވީ، ބައެއް މީހުން ބޭނުން ނުވި ނަމަވެސް އެ ގުޅުން އިއާދަކުރުމަކީ މިވަގުތަށް އެންމެ މުހިންމު ކަންތައް ކަމަށެވެ.

ކްރިސްޓިއާން އަމަންޕޫރު 43 އަހަރަށް ފަހު ސީއެންއެންއާ ވަކިވަނީ

ސީއެންއެންގައި 43 އަހަރު މަސައްކަތް ކުރުމަށްފަހު، އެ ނެޓްވޯކްގެ މަޝްހޫރު ނޫސްވެރިޔާ ކްރިސްޓިއާން އަމަންޕޫރު އަންނަ އަހަރު ވަކިވާނެކަން އިއުލާންކޮށްފި. އޭނާ ވަކިވަނީ އާ މަޝްރޫއުތަކެއް ފެށުމުގެ އުންމީދުގައި ކަމަށް ބުނެފައިވާއިރު، ސީއެންއެންގެ މެނޭޖްމަންޓުން ވަނީ އޭނާގެ ދިގު ޚިދުމަތުގެ އަގުވަޒަންކޮށްފަ.

ވޭޕް ކުރުމުގެ ސަބަބުން ސެލީނާގެ އަޑު ބަދަލުވެއްޖެ

ނިކޮޓިން އެކުލެވޭ ވޭޕް ބޭނުންކުރުމުގެ ސަބަބުން އަޑަށް ދާއިމީ ބަދަލުތަކެއް އައިސްފައިވާ ކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް އިއުތިރާފުވެއްޖެއެވެ. ލޫޕަސް ބަލީގެ ސަބަބުންވެސް އަޑަށް އަސަރުކުރަމުންދާ ސެލީނާ ވަނީ، ވޭޕްކުރުމަކީ އެއްވެސް ފައިދާއެއް ހުރި ކަމެއް ނޫންކަން ފާހަގަކޮށް އެކަން ހުއްޓާލުމަށް މަސައްކަތް ފަށާފައެވެ.

އޮލިމްޕަހުން "ދެވި" ނެރެނީ

މަރްޔަމް އައްޒަގެ ފުރަތަމަ ޕްރޮޑަކްޝަން ކަމަށްވާ ބިރުވެރި ފިލްމު "ދެވި" އޮލިމްޕަހުގައި ދައްކާ ނިންމާލުމަށް ތައްޔާރުވެ، ވަދާއީ ޝޯތަކުގެ ޓިކެޓް ވިއްކަން ފަށައިފިއެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާ މި ފިލްމުގެ އެންމެ ފަހު ޝޯ އޮކްޓޯބަރު 25 ގައި ދެއްކުމަށް ހަމަޖެހިފައިވާއިރު، މިއީ ފަންނީ ގޮތުން ގިނަ ކުރިއެރުންތަކެއް ދައްކުވައިދީފައިވާ ކާމިޔާބު އުފެއްދުމެކެވެ.

އިންޑިއާގެ ގޭންގަކުން ޓައިގާ ޝްރޮފަށް އަމާޒުކޮށް ބަޑި ޖަހައިފި

މުމްބާއީގެ ޖޫހޫ ސަރަހައްދުގައި ފިލްމީ ތަރި ޓައިގާ ޝްރޮފްގެ ކާރަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދީފައިވާއިރު، މި ހަމަލާއިން އޭނާ ސަލާމަތްވި ނަމަވެސް ޑްރައިވަރަށް ވަނީ އަނިޔާވެފައެވެ. ލޯރެންސް ބިޝްނޯއީގެ ގޭންގުން މި ހަމަލާގެ ޒިންމާ އުފުލާފައިވާއިރު، މިއީ ސަލްމާން ޚާނާއެކު މަސައްކަތް ނުކުރުމަށް ދިން އިންޒާރުތަކަށް އޭނާ ބޯނުލެނބުމުން ދިން ހަމަލާއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Newsletter

Get the latest news delivered straight to your inbox