ކޮރަޕްޝަންގެ ތުހުމަތުގައި ސްޕެއިންގެ ބޮޑުވަޒީރުގެ އަނބިކަނބަލުންގެ ޕާސްޕޯޓް ހިފަހައްޓައިފި

Jun 21, 2026, 7:30 AM
ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ބެގޯނާ ގޯމޭޒްގެ ފޮޓޯތައް ހަރުކޮށްފައިވާ ލޮރީއެއް، އިހުތިޖާޖުގެ ގޮތުން ކޯޓު އިމާރާތުގެ ބޭރުގައި ދުއްވަނީ. -- ފޮޓޯ: ރޮއިޓާސް

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ބެގޯނާ ގޯމޭޒްގެ ފޮޓޯތައް ހަރުކޮށްފައިވާ ލޮރީއެއް، އިހުތިޖާޖުގެ ގޮތުން ކޯޓު އިމާރާތުގެ ބޭރުގައި ދުއްވަނީ. -- ފޮޓޯ: ރޮއިޓާސް

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްގެ އަނބިކަނބަލުން ބެގޯނިއާ ގޯމޭޒްގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ޝަރީއަތް ކުރިއަށް ގެންދިއުމަށާއި، އޭނާ ގައުމުން ބޭރަށް ފުރުން މަނާކުރުމަށް އެ ގައުމުގެ ފަނޑިޔާރަކު ހޮނިހިރު ދުވަހު އަމުރުކުރައްވައިފި އެވެ.

ބެގޯނިއާ ގޯމޭޒްގެ މައްޗަށް ތަހުގީގު ހިންގަމުންދަނީ ބޮޑުވަޒީރުގެ އަނބިކަނބަލުންގެ ހައިސިއްޔަތާއި ނުފޫޒު ބޭނުންކުރައްވައިގެން މަސައްކަތުގެ ކޮންޓްރެކްޓްތައް ހޯއްދެވި ކަމަށް ބުނާ މައްސަލަތަކެއްގަ އެވެ. ނަމަވެސް، ގޯމޭޒް ވަނީ އެއްވެސް ގޯސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވެ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ. މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އެ ގައުމުގެ ކަނާތު ފިޔައިގެ ގްރޫޕްތަކުންނެވެ.

މި މައްސަލަ ބެއްލެވި ނޑިޔާރު ހުއާން ކާލޯސް ޕެއިނާޑޯ ވަނީ ގޯމޭޒްގެ ޕާސްޕޯޓް ހަވާލުކުރުމަށް އަމުރުކުރައްވައި، ސްޕެއިންއިން ބޭރަށް ފުރުން މަނާކުރައްވާފަ އެވެ. މީގެ އިތުރުން، ކޮންމެ މަހަކު ދެ ފަހަރު ކޯޓަށް ހާޒިރުވެ ރިޕޯޓް ކުރުމަށް ވެސް ފަނޑިޔާރު ވަނީ އަމުރުކުރައްވާފަ އެވެ.

Advertisement

ޔޫރަޕްގައި މިހާރު ތިއްބެވި މަދު ވައަތު ފިޔައިގެ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޮޑު ވަޒީރު ސަންޗޭޒްގެ ސަރުކާރަށް، ކޮރަޕްޝަންގެ މިފަދަ މައްސަލަތަކުގެ ސަބަބުން ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. މީގެ ތެރެއިން ބައެއް މައްސަލަތަކުގެ ޝަރީއަތް ފެށުމާ ގާތްވެފައިވާއިރު، އަނެއް ބައި މައްސަލަތަކުގެ ޝަރީއަތްތައް މިހާރު ވެސް ދަނީ ހިނގަމުންނެވެ. އެއްވެސް މައްސަލައެއްގައި ސަންޗޭޒްގެ ނަން ހިމެނިފައި ނުވާއިރު، އޭނާ ވިދާޅުވަނީ މިއީ އޭނާ މަގާމުން ދުރުކުރުމަށް ހިންގާ ސިޔާސީ ކެމްޕޭނެއްގެ ބައެއް ކަމަށެވެ.

ސަންޗޭޒްގެ އަރިސް ބައެއް ބޭފުޅުންގެ މައްޗަށް ވެސް މިހާރު ދަނީ ތަހުގީގުތައް ހިންގަމުންނެވެ. އޭގެ ތެރޭގައި ސޯޝަލިސްޓް ޕާޓީގެ ތިންވަނައަށް އެންމެ އިސްވެރިޔާ އާއި ސަންޗޭޒް ސަރުކާރުގެ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ހިމެނިވަޑައިގަންނަވަ އެވެ. އެ ބޭފުޅުންގެ މައްޗަށް ތުހުމަތު ކުރެވެނީ ސަރުކާރުގެ މަޝްރޫއުތަކާއި، ތެލާއި ގޭހުގެ ކޮންޓްރެކްޓްތަކުގެ އިތުރުން ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި މާސްކް ހޯދުމުގެ މުއާމަލާތްތަކުން ރިޝްވަތު ނެންގެވި ކަމަށެވެ. ނަމަވެސް އެ ބޭފުޅުން ވެސް ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ.

މީގެ އިތުރުން، ސްޕެއިންގެ ހައިކޯޓުން ބުނެފައިވަނީ އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ހޯސޭ ލުއިސް ރޮޑްރިގޭޒް ޒަޕަޓޭރޯގެ މައްސަލައެއް ވެސް ބަލަމުންދާ ކަމަށެވެ. އޭނާގެ މައްޗަށް ކުރެވެނީ "ޕްލަސް އަލްޓްރާ" އެއާލައިން ފަދަ ތިންވަނަ ފަރާތްތަކުގެ މަންފާއަށްޓަކައި ދައުލަތުގެ އިދާރާތަކަށް ނުފޫޒު ފޯރުވައިގެން މާލީ ފައިދާ ހޯދާ ނެޓްވޯކެއް ހިންގެވި ކަމުގެ ތުހުމަތެވެ. ޒަޕަޓޭރޯ ވެސް ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހެބްރޮންގައި ގެދޮރު ތަޅާލުމުން އާއިލާތައް ހާލުގައި ޖެހިއްޖެ

އިސްރާއީލު ސިފައިން ހެބްރޮންގައި ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ގެދޮރާއި ވިޔަފާރިތައް ސުންނާފަތިކޮށް، އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނަކީ ފަލަސްތީނުގެ ދެ މީހަކު ދިން ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށްވާއިރު، މީގެ ސަބަބުން 2،000 އަށްވުރެ ގިނަ މީހުންގެ އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ޔޫރަޕްގެ ސިޓީތަކުގައި މުޒާހަރާ، ފްރާންސުން 1000 މީހުން ހައްޔަރު

ފްރާންސްގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން ކުރިއަށްދާ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 1،000 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް 70،000 ފުލުހުން ނެރެފައިވާއިރު، ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ވެސް ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ވަނީ ބާއްވާފައެވެ.

ގެތައް ބިމާހަމަކޮށް ފަލަސްތީނު މީހުން ހެބްރޮންއިން ބޭރުކުރަނީ

އިސްރާއީލުގެ ދެ ސިފައިން މަރާލުމާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން، ހެބްރޮން ސިޓީގެ މަގުތަކާއި ގެދޮރު ބިމާހަމަކޮށް އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނުގައި 2،000 އެއްހާ މީހުން ގެދޮރުން ބޭރުކޮށް، ސިޓީ ބަންދުކޮށް އާންމު ރައްޔިތުންގެ ދަތުރުފަތުރާއި އަސާސީ ހިދުމަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވާފައެވެ.

އުރުދުންގެ ފައްޅިއެއްގައި ބަޑި ޖަހައި ހަތް މީހުން މަރާލައިފި

އުރުދުންގެ ކަރަކްގައި ހުންނަ ފައްޅިއެއްގައި ބޭއްވި ޖަނާޒާއަކަށް ބަޑީގެ ހަމަލާތަކެއްދީ ހަތް މީހުން މަރާލައި 40 މީހުން ޒަހަމްކޮށްލައިފިއެވެ. މި ހަމަލާ ދިން މީހުން ހޯދުމުގެ ތަހުގީގު ސަރުކާރުން ފަށާފައިވާއިރު، މި ހާދިސާއާ ގުޅިގެން އެ ގައުމުގައި ތިން ދުވަހުގެ ގައުމީ ހިތާމަ ވަނީ އިއުލާންކޮށްފައެވެ.

ހަނދުގައި މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް އަވަސްކުރަނީ

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހަނދަށް އެސްޓްރޮނޯޓުން ފޮނުވުމަށާއި އެތަނުގައި މަރުކަޒެއް ގާއިމުކުރުމަށް ނާސާއިން ކުރާ މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް އަވަސްކޮށްފައެވެ. މިގޮތުން 2028 ވަނަ އަހަރު ހަނދަށް މީހުން ބޭލުމަށް "އާޓެމިސް 4" މިޝަން ތާވަލުކޮށްފައިވާއިރު، ޗައިނާއާ އޮތް ވާދަވެރިކަމުގެ ސަބަބުން އިދާރީ ހުރަސްތައް ނައްތާލައި ސްޕޭސް އެކްސް ފަދަ އަމިއްލަ ކުންފުނިތަކާއެކު މަސައްކަތްތައް ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ.

ހިޓްލަރުގެ ހާއްސަ އިމާރާތެއްގައި ރޯކޮށްލައިފި

ޖަރުމަނުގެ ކުރީގެ ޑިކްޓޭޓަރު އެޑޮލްފް ހިޓްލަރަށް ހާއްސަކޮށް ބިނާކޮށްފައިވާ "އީގަލްސް ނެސްޓް" އިމާރާތުގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި 33 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން އަލިފާން ނިއްވުމަށް ހުރަސްތަކެއް ކުރިމަތިވި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، ހައްޔަރުކުރި މީހާގެ ނަފްސާނީ މައްސަލައެއް ހުރިތޯ އާއި ސިޔާސީ މަގްސަދެއް އޮތްތޯ ފުލުހުން ދަނީ ބަލަމުންނެވެ.

ދެ ކުދިން ސަލާމަތް ކުރަން އުޅުނު މަޔަކު ގެނބިގެން މަރުވެއްޖެ

ފުލުހުން ބުނި ގޮތުގައި، އިނގިރޭސިވިލާތުގެ ނޮޓިންހަމްޝަޔާގެ ސްޓޭޕަލްފޯޑަށް ނިސްބަތްވާ ކަމަށް ބެލެވޭ އެ އަންހެން މީހާ، އޭނާގެ ފިރިމީހާ އާއި ދެ ފިރިހެން ދަރިންނާއެކު އެ ރަށުގެ ދެކުނު ފަރާތުގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް، ބާރު އޮއިގަނޑެއްގައި ޖެހި ދެ ކުދިން ބަހައިގެން ދިޔައީ އެވެ.

Newsletter

Get the latest news delivered straight to your inbox