ތިން ރައީސުންގެ މަސައްކަތަށް އެއްބާރުލުން ދޭން އެމްޑީޕީ އިން ފާސްކޮށްފި

May 19, 2026, 7:23 PM
ތިން ރައީސުންގެ ބައްދަލުވުން —— ފޮޓޯ: މުހައްމަދު ޝަރުހާން

ތިން ރައީސުންގެ ބައްދަލުވުން —— ފޮޓޯ: މުހައްމަދު ޝަރުހާން

މިނިވަން މީޑިއާ ނެތިކޮށްލައި ނޫސްވެރިން ޖަލަށްލައި، ބައެއް ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން އާއި ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަށްޓަވާފައިވާ މަސައްކަތަށް އެއްބާރުލުން ދޭން އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. 

ކުރީގެ ރައީސުން ފަށްޓަވާފައިވާ މަސައްކަތަށް އެއްބާރުލުން ދޭން ގަރާރެއް ފާސް ކުރީ އެމްޑީޕީގެ ގައުމީ މަޖިލީހުންނެވެ. އެ ގަރާރު ހުށަހެޅުއްވީ ފައްޔާޒް އިސްމާއިލް އާއި މުހައްމަދު ސަލީމްގެ ފަރާތުންނެވެ. 

"ގައުމު ހަމަ މަގަށް އެޅުވުމަށް ކުރީގައި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ރައީސް މުހައްމަދު ނަޝީދު އާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްނަންގަވައިގެން ފަށްޓަވާފައިވާ މަސައްކަތުގައި މި ޕާޓީއިން ބައިވެރިވުމަކީ ދިވެހި ގައުމާއި ރައްޔިތުންނަށް ފައިދާ ހުރި ގޮތް ކަމަށް ގަބޫލު ކުރެވޭ،" އެ ގަރާރުގައި ބުނެފައިވެ އެވެ. 

Advertisement

ތިން ރައީސުން ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެވަޑައިގަތީ މިދިޔަ ހުކުރު ދުވަހެވެ. އޭގެ ފަހުން އެ ތިން ބޭފުޅުންގެ ފަރާތުން ވަނީ އެކުގައި މަސައްކަތް ކުރަން ކޮމިޓީއެއް އެކުލަވާލައިފަ އެވެ. އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ވެރި ރަށް މާލޭގައި ވަނީ ބާއްވައިފަ އެވެ. 

މިނިވަން މީޑިއާ ނެތިކޮށްލަން ރައީސް މުހައްމަދު މުއިއްޒު އިސްވެ މަސައްކަތްތަކެއް ކުރަން އަނެއްކާ ވެސް ފެށީ، އެމަނިކުފާނާއެކު ކައިވެނިން ބޭރުން ގުޅުމެއް ހިންގި ކަމަށް ބުނާ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއްގެ ބަސް ހިމަނައިގެން އަދަދު އިން ޑޮކިއުމެންޓަރީއެއް ގެނެސްދިނުމުންނެވެ. 

އޭގެ ފަހުން މުއިއްޒު އަންގަވައިގެން ފުލުހުން ޓީމެއް ވަނީ އަދަދުގެ އޮފީހަށް ވަދެގަނެ ބައެއް ސާމާނުތައް ގެންގޮސްފަ އެވެ. އަދި މުއިއްޒަށް ކުރެވޭ ތުހުމަތުތަކުގެ ވާހަކަ ދެއްކުން ކޯޓު އަމުރެއް މެދުވެރިކޮށް ވަނީ މަނާކޮށްފަ އެވެ.

މުއިއްޒަށް ކުރެވޭ ތުހުމަތުތަކާ މި ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ސުވާލު ކުރުމުން އޭނާ ވަނީ 15 ދުވަހަށް ޖަލަށްލައިފަ އެވެ. އަދި ތުހުމަތުތަކުގެ ވާހަކަ ދެއްކުން މަނާ ކުރި އަމުރާ ގުޅޭ ހަބަރު ލިޔުމުން މި ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވަނީ 10 ދުވަހަށް ޖަލަށްލައިފަ އެވެ. 

އޭގެ އިތުރުން، ޑޮކިއުމެންޓަރީގެ މައްސަލައިގައި އަދަދުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވަނީ ޖިނާއީ ދައުވާއެއް އުފުލައިފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ވެސް ވަނީ ބާރު ސްޕީޑެއްގައި ފަށައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox