ރިޔާސީ ދައުރު ދެބައިވީފަހުން މުއިއްޒުގެ މާލީ ބަޔާން އާންމުކޮށްފި

May 18, 2026, 7:31 PM
ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ބައިވެރިވަނީ. މާލީ ބަޔާން އާންމުކޮށްފައި މިވަނީ ފަސް އަހަރުގެ ރިޔާސީ ދައުރު ދެބައި ވެފައި ވަނިކޮށް --- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ބައިވެރިވަނީ. މާލީ ބަޔާން އާންމުކޮށްފައި މިވަނީ ފަސް އަހަރުގެ ރިޔާސީ ދައުރު ދެބައި ވެފައި ވަނިކޮށް --- ފޮޓޯ: ރައީސް އޮފީސް

ރިޔާސީ ދައުރު ދެބައިވެފައި ވަނިކޮށް ރައީސް މުހައްމަދު މުއިއްޒު އާއި ނައިބު ރައީސް ހުަސައިން މުހައްމަދު ލަތީފުގެ މާލީ ބަޔާން މިއަދު ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފި އެވެ. 

މިއަދު އާންމުކުރި މާލީ ބަޔާނުގައި ހުރީ މިދިޔަ ހަ މަސްދުވަހުގެ ތެރޭގައި ލިބިފައިވާ އާމްދަނީގެ ތަފްސީލެވެ. އޭގެ ކުރިން ލިބިފައިވާ އާމްދަނީގެ ތަފްސީލު ހިމަނާފައެއް ނުވެ އެވެ. 

މުއިއްޒުގެ މާލީ ބަޔާނުގައިވާ ގޮތުން މިދިޔަ ހަ މަސްދުވަހު މުސާރައިގެ ގޮތުގައި ލިބިފައިވަނީ 285,024ރ. އެވެ. އެމަނިކުފާނުގެ ބީއެމްއެލް ކަރަންޓު އެކައުންޓުގައި 184,845ރ. އާއި ސޭވިންގްސް އެކައުންޓުގައި 1,701,470ރ. އެބަހުއްޓެވެ. މުއިއްޒުގެ އިސްލާމިކް ބޭންކު އެކައުންޓުގައި ރައްކާކޮށްފައި ހުރީ 1،000ރ. އެވެ. 

Advertisement

މުއިއްޒުގެ މިލްކިއްޔާތުގައި މ. ދިމްޔާތުގެ އިތުރުން 5.9 މިލިއަން ރުފިޔާގެ ރޯ ހައުސްއަކާއި، ހއ. ވަށަފަރުގައި އޮންނަ 150،000ރ. ގެ ބިމަކާއި މ. ފިގްއިން ހިބައިން ލިބިފައިވާ ބަޔަކާއި 260،000ރ. ގެ ކާރެއް އެބައޮތެވެ. 

ހުޅުމާލޭގެ ރޯހައުސްއިން މިދިޔަ ހަ މަސްދުވަހު ކުލީގެ ގޮތުގައި މުއިއްޒުއަށް 240,000ރ. ލިބުނުއިރު މ. ފިގްއިން ކުލީގެ ގޮތުގައި 180,000ރ. އެމަނިކުފާނަށް ލިބިވަޑައިގަތެވެ. އެހެންކަމުން އެމަނިކުފާނަށް މިދިޔަ ހަ މަސްދުވަހު ޖުމުލަ އާމްދަނީ 705،000ރ. ލިބިފައިވެ އެވެ. 

މޯލްޑިވްސް ފައިނޭންސް ލީސިން ކޯޕަރޭޝަން (އެމްއެފްއެލްސީ) އިން ނަގާފައިވާ ލޯނަކަށް މުއިއްޒު ދައްކަވަން ޖެހޭ 1,319,265ރ. އެބަހުއްޓެވެ. 

މުއިއްޒުގެ އަނބިކަނބަލުން ސާޖިދާއަށް މިދިޔަ ހަ މަސްދުވަހު އާމްދަނީގެ ގޮތުގައި 282،926ރ. ލިބިފައިވެ އެވެ. އެއީ ރައީސްގެ އަނބިމީހާއަށް ލިބޭ އެލަވަންސްގެ ގޮތުގައި 199،999ރ. އާއި ދިމްޔާތު ޕްރައިވެޓް ލިމިޓެޑުން މުސާރައިގެ ގޮތުގައި ލިބުނު 78،000ރ. އަދި ހެލްތު މިނިސްޓްރީގެ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ލިބުނު 4،927ރ. އެވެ. ސާޖިދާއަކީ ރައީސްކަން ކުރެއްވި ބޭފުޅުންގެ އަނބިކަނބަލުންގެ ތެރެއިން ރިޔާސީ ދައުރުގެ ތެރޭގައި ސަރުކާރުގެ ރަސްމީ ވަޒީފާއެއް އަދާކުރައްވާ ހަމައެކަނި ބޭފުޅާ އެވެ. 

ނައިބު ރައީސްގެ މާލީ ބަޔާނުގައިވާ ގޮތުން އެމަނިކުފާނަށް މިދިޔަ ހަ މަސްދުވަހުގެ ތެރޭގައި މުސާރައިގެ ގޮތުގައި 314,664ރ. ލިބިފައިވެ އެވެ. ބީއެމްއެލް އެކައުންޓުގައި 8,390ރ. އަދި އިސްލާމިކް ބޭންކުގައި ހުރީ 39ރ. އެވެ. އިސްލާމިކް ބޭންކުގެ ޑޮލަރު އެކައުންޓުގައި 397 ޑޮލަރު އެބަހުއްޓެވެ. 

ނައިބު ރައީސްގެ ނަން މަތީގައި ލޯނެއް ނުވަތަ ދަރަންޏެއް ނެތެވެ. 

ސަރުކާރުގެ ކުރީކޮޅު ރައީސް އޮފީހުން ވަނީ ވެރިންގެ މާލީ ބަޔާންތައް ހާމަކުރުމަކީ ރައީސް މުއިއްޒުގެ ވިސްނުން ކަމަށް ވިދާޅުވެފަ އެވެ. ވެރިކަމުގެ ދެވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިހެން ވިދާޅުވީ އެ އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް އެވެ.

ނަމަވެސް، އެ ބަޔާންތައް ހާމަކޮށްފައި މިވަނީ ވެރިކަމުގެ ދައުރު ދެބައިވީ ފަހުން މިއަދު އެވެ. 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެމަނިކުފާނާއި, ނައިބު ރައީސް ފައިސަލް ނަސީމާއި, ވަޒީރުންނާއި, ރައީސް އޮފީހުގެ އެންމެ އިސްވެރިންގެ މާލީ ބަޔާންތައް ހާމަކުރީ ވެރިކަމަށް 55 ވަނައަށް ވީ ދުވަހު ޖެނުއަރީ 10, 2019 ގަ އެވެ. އެ އޮފީހުގެ ރެކޯޑުތަކުން މި ބަޔާންތައް އެ ދުވަހު ހާމަކޮށްފައި ހުރިކަން އެނގެ އެވެ.

އޭގެ މަސްތަކަކަށް ފަހު, އެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންނާއި, ޑެޕިއުޓީ މިނިސްޓަރުންގެ މާލީ ބަޔާންތައް ވެސް ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއު ކުރި އެވެ. އަދި, އަހަރަކު އެއްފަހަރު މާލީ ބަޔާންތައް އާންމުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox