ހެލިކޮޕްޓާ ޕޭރެންޓިން: ދަރިންގެ މިނިވަންކަމަށް އެޅޭ ހުރަހެއް، ނަފުސާނީ ދުޅަހެޔޮކަމަށް އޮތް ބޮޑު ގޮންޖެހުމެއް

ހެލިކޮޕްޓަރ ޕޭރެންޓިންގ ސިފަކޮށްދޭ ފޮޓޯއެއް

ހެލިކޮޕްޓަރ ޕޭރެންޓިންގ ސިފަކޮށްދޭ ފޮޓޯއެއް

ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިން ގެންގުޅޭ ތަފާތު އުސޫލުތަކުގެ ތެރެއިން "ހެލިކޮޕްޓާ ޕޭރެންޓިން" އަކީ މިހާރަކަށް އައިސް މީސްމީޑިއާ އާއި ތައުލީމީ ދާއިރާގައި ވަރަށް ބޮޑަށް ބަހުސް ކުރެވެމުންދާ މައުލޫއެކެވެ. މިއީ ދަރިންގެ ކަންކަމާ މާބޮޑަށް ބެލެނިވެރިން ބެހި، ކޮންމެ ފިޔަވަޅެއް ގާތުން ބަލައި، ދަރިންގެ މިނިވަންކަމަށް ހުރަސްއެޅޭ މިންވަރަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކިޔާ ނަމެކެވެ. މި ނަން ނިސްބަތްވަނީ ހެލިކޮޕްޓަރެއް ދަތުރުކުރާ ފަދައިން، ދަރިފުޅުގެ ބޯމަތީގައި އަބަދުވެސް ބެލެނިވެރިޔާ "އުދުހިއުދުހި" ހުންނަ ހުރުމަށެވެ.

މި ލަފުޒު އެންމެ ފުރަތަމަ ބޭނުންކޮށްފައިވަނީ ނަފްސާނީ އިލްމުވެރިއެއް ކަމަށްވާ ޑޮކްޓަރ ހައިމް ގިނޮޓް، އޭނާގެ ފޮތެއްގަ އެވެ. ނަމަވެސް މި ލަފުޒު އާންމުވެ މަޝްހޫރުވެފައިވަނީ އޭގެ މާ ފަހުންނެވެ.

ހެލިކޮޕްޓާ ޕޭރެންޓިންގެ މިސާލުތަކުގެ ތެރޭގައި ދަރިފުޅުގެ ފިލާވަޅުތަކާއި އިތުރު ހަރަކާތްތައް އަބަދު މޮނިޓަރ ކުރުމާއި، ގޮތް ނިންމުމުގައި ދަރިފުޅު ބައިވެރިނުކޮށް އަބަދު ބެލެނިވެރިޔާ ގޮތް ނިންމުމާއި، މުދައްރިސުންނާ މުއާމަލާތް ކުރުމުގައި ދަރިފުޅަށް ފުރުސަތު ނުދީ ބެލެނިވެރިޔާ އިސްނެގުން ހިމެނެ އެވެ. މީގެ އިތުރުން ދަރިފުޅަށް ދިމާވާ ކުދިކުދި މައްސަލަތައް ހައްލުކުރަން ދަރިފުޅަށް ދޫކޮށްލުމުގެ ބަދަލުގައި ބެލެނިވެރިޔާ ވަގުތުން އެކަމުގެ ތެރެއަށް ވަދެގަތުން ފަދަ ކަންކަން ހިމެނެ އެވެ.

Advertisement

ކުޑަކުދިންގެ ނަފްސާނީ ދާއިރާގެ މާހިރުން ފާހަގަކުރާ ގޮތުގައި މިގޮތަށް ކަންތައް ކުރުމަކީ ކުއްޖާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެ، ކަންކަމާ ކުރިމަތިލުމުގެ ހިތްވަރު ނެތިދާނެ ކަމެކެވެ. ނަފްސާނީ އިލްމުވެރިއެއް ކަމަށްވާ ޑޮކްޓަރު ސޭންޑީ މޭން ވިދާޅުވާ ގޮތުގައި ކުދިންނަށް ކުށްތައް ކުރަން ފުރުސަތު ދިނުމަކީ އެކުދިންގެ ކެތްތެރިކަން އިތުރުކުރުމަށް ވަރަށް މުހިންމު ކަމެކެވެ. ކުދިން ކުރާ މަސައްކަތްތަކުގައި ނުވަތަ ކުޅިވަރުގެ ތެރޭގައި ރިސްކު ނަގަން ދަސްކޮށްދިނުމަކީ، ކަމެއް ނުބައިކޮށް ދިޔުމުން އެކަމުން ފިލާވަޅު ލިބިގަންނަން އެކުދިންނަށް އެނގޭނެ މަގަކަށް ވާނެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ހެލިކޮޕްޓާ ޕޭރެންޓިންގެ ސަބަބުން ކުދިންގެ ކިބައިގައި ހާސްކަމާއި ނުތަނަވަސްކަން އިތުރުވެ އެވެ. އެކްސެޓަރ ޔުނިވަސިޓީގެ ޕްރޮފެސަރު ހެލެން ޑޮޑް ވިދާޅުވާ ގޮތުގައި ކުދިންނަށް މިނިވަންކަމާއެކު ކުޅެން ފުރުސަތު ދިނުމަކީ ނަފްސާނީ ބަލިތަކުން ދުރުކޮށްދޭ ކަމެކެވެ. ބެލެނިވެރިންނަކީ ދަރިންނަށް ނަމޫނާ ދައްކާ ބަޔަކަށް ވާންޖެހެ އެވެ. ކަމަކާ ބިރުގަތަސް އެކަމަކާ ކުރިމަތިލާން ދަރިންނަށް ދަސްކޮށްދިނުމަކީ މުހިންމު ކަމެކެވެ.

ބައެއް ބެލެނިވެރިން ދެކޭގޮތުގައި ދަރިން ބޭރަށް ގޮސް އުޅޭއިރު ގަވާއިދުން ގުޅައި ހަބަރު ބެލުމަކީ އެކުދިންނަށް ރައްކާތެރިކަން އިހުސާސްކޮށްދީ، މިނިވަންކަން ދިނުމަށް ލިބޭ ބާރެކެވެ. ނަމަވެސް މާހިރުން އިރުޝާދު ދެނީ ދަރިންގެ ކޮންމެ ކަމެއްގެ ތެރެއަށް ވަދެގަތުމުގެ ބަދަލުގައި، އެކުދިން އަމިއްލައަށް ކަންކަން ތަޖުރިބާކޮށް، ދިރިއުޅުމުގެ ހުނަރުތައް ދަސްކުރުމަށް ފުރުސަތު ދިނުމަށެވެ. ހެލިކޮޕްޓަރެއް ފަދައިން އަބަދު ބޯމަތީގައި އެނބުރުމަކީ ކުއްޖާ ފިޔަޖަހައި އުދުހިގަތުމަށް އެޅޭ ހުރަހަކަށް ވެދާނެ އެވެ.

ނޯޓު: މިއީ ބީބީސީގައި ގެނެސްދީފައިވާ ލިޔުމެއްގެ އަވަސް ތަރުޖަމާއެކެވެ. 

ފަހުގެ ޚަބަރު

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

ޖީޓީއޭ 6 ރެކޯޑް މާކްސްއަކާއެކު ނެރެފި

ތޭރަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު ނެރުނު ޖީޓީއޭ 6 އަށް ރެކޯޑް މާކްސްއެއް ލިބި، ގޭމިން ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވައިފިއެވެ. މި ގޭމުގެ ގްރެފިކްސް އާއި ވާހަކަ ކިޔައިދޭ ގޮތް ފުރިހަމަވުމުގެ އިތުރުން، މިއީ މި ސިލްސިލާގައި އަންހެން ކެރެކްޓަރަކަށް މައިގަނޑު ދައުރެއް ދިން ފުރަތަމަ ފަހަރެވެ.

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox