އެފްޑީއޭގެ އިންޒާރު: ހުއްދަ ނެތި ވިއްކާ ބިއުޓީ، ފިޓްނަސް އަދި ޖިންސީ ކަންކަމުގެ ބޭހުން ފުރާނައަށް ނުރައްކާ އެބަ އޮތް

Apr 13, 2026, 6:42 AM
ހުއްދަ ނެތް ސިއްހީ ބޭހުން ސިއްހަތަށް ނުރައްކާ

ހުއްދަ ނެތް ސިއްހީ ބޭހުން ސިއްހަތަށް ނުރައްކާ

ހަށިގަނޑު ހިކުމަށާއި، މަސްތައް ވަރުގަދަކުރުމުގެ އިތުރުން ރީތިވުމަށް އަދި ޖިންސީ ކަންކަމަށް ބޭނުންކުރުމަށް ހުއްދަ ނެތި އެތެރެކޮށް ވިއްކަމުންދާ ބޭސްތަަކަކީ ފެންވަރު ކަށަވަރުނުވާ އެއްޗެއް ކަމަށާއި، އޭގެ ސަބަބުން ހިތް ހުއްޓުމާއި ކުއްލި މަރު ފަދަ ނުރައްކާތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިންޒާރު ދީފިއެވެ.

އެ އޮތޯރިޓީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ހަށިގަނޑުގެ ބަރުދަން ލުއިކުރުމާއި، މަސްތައް ވަރުގަދަކުރުމާއި، ހަންގަނޑު ރީތިކުރުމުގެ އިތުރުން ޖިންސީ ކަންކަމަށް އެކިއެކި ނަންނަމުގައި ބޭސް އިމްޕޯޓުކުރަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިފަދަ ބޭސްތައް ބައެއް އާންމު ފިހާރަތަކާއި އޮންލައިން މީޑިއާތަކުގައި އިސްތިހާރުކޮށް ވިއްކަމުންދަނީ ނަގަންޖެހޭ ހުއްދަތައް ނުނަގައި ކަމަށްވެސް އެމްއެފްޑީއޭއިން ބުނެއެވެ.

Advertisement

"ޑޮކްޓަރެއްގެ އިރުޝާދާއި ނުލައި މިފަދަ ތަކެތި ބައްލަވައިގަނެ ބައެއް އާންމު ފަރާތްތަކުން މިފަދަ ތަކެތި ބޭނުން ކުރަމުން ގެނދާކަން ވަނީ ފާހަގަ ކުރެވިފަ އެވެ.  މިގޮތަށް ނަގަންޖެހޭ ހުއްދަތައް ނުނަގައި ވިއްކާ ބޭސްތަކަކީ މި އޮތޯރިޓީގެ ފަރާތުން އެއްވެސް ގޮތަކަށް އޭގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކޮށްފައިވާ ބޭސްތަކެއް ނޫނެވެ. އެހެން ކަމުން މިފަދަ ބޭސް ބޭނުންކުރުމުގެ ސަބަބުން އާންމު ސިއްހަތަށް ނުހަނު ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހިދާނެ އެވެ،" އިއުލާނުގައިވެ އެވެ.

އެ އޮތޯރިޓީން އިތުރަށް ބުނެފައިވަނީ، ޑޮކްޓަރެއްގެ އިރުޝާދާ ނުލައި މިފަދަ ތަކެތި ބޭނުންކުރުމުގެ ސަބަބުން ހިތް ހުއްޓުމާއި ސްޓްރޯކް ޖެހުން ފަދަ ހިތާމަވެރި ހާދިސާތަކުގެ އިތުރުން ކުއްލި މަރަށް ހުށަހެޅުމުގެ ފުރުސަތު އޮންނަ ކަމަށެވެ.

ބޭސް ވިއްކުމުގެ ހުއްދަ އޮންނަ ފާމަސީތަކުން ވެސް މިފަދަ ބޭސްތައް ވިއްކަންވާނީ ބޭހަށް ނަގަންޖެހޭ ހާއްސަ ހުއްދަތައް ނަގައިގެން ކަމަށް އެމްއެފްޑީއޭއިން ހަނދާންކޮށްދެއެވެ. އަދި ހުއްދަ ނުނަގައި އިސްތިހާރުކޮށް ވިއްކާ މިފަދަ އުފެއްދުންތައް ބާޒާރުން ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.

އެމްއެފްޑީއޭއިން ވަނީ ހުއްދަ ނެތި ބޭސް އެތެރެކޮށް ވިއްކާ ފަރާތްތަކާ މެދު "ބޭހާބެހޭ ގަވާއިދު" އަދި "ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު" ގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހިކޭ ބޭސް މަގުބޫލުވެ ރީތިވާ ސާމާނުގެ ވިޔަފާރި ބަދަލުވެއްޖެ

ބަރުދަން ލުއިކުރާ ބޭސްތަކުގެ މަގުބޫލުކަން އިތުރުވުމާ ގުޅިގެން، އެ ބޭސްތަކުގެ ސަބަބުން ހަންގަނޑަށް ކުރާ ނޭދެވޭ އަސަރުތަކަށް ހައްލު ހޯދައިދޭނެ އުފެއްދުންތައް ލޮރިއާލް ކުންފުނިން އަންނަނީ ތައްޔާރުކުރަމުންނެވެ. އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރީތިވާ ސާމާނުގެ ބާޒާރު ކުރިއަރަމުންދާއިރު، އެ ކުންފުނީގެ ވިޔަފާރި ވަނީ އުންމީދުކުރި މިންވަރަށް ވުރެ ބޮޑަށް އިތުރުވެފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މަލަކް އާއި ޝާވިންގެ ލޯބީގެ ގުޅުން ސިއްރު ކުރުމުގެ ބަދަލުގައި، އެކަން މަލަކްގެ ބައްޕައަށް އެންގުމަށްޓަކައި އެމީހުން ބައްދަލުވުމެއް ބޭއްވިއެވެ. މި ބައްދަލުވުމުގައި ޝާވިންގެ ވަޒީފާއާއި އާއިލީ މައުލޫމާތު އޮޅުންފިލުވުމުގެ ތެރެއިން، އޭނާއަކީ ރަށު ކައުންސިލްގައި މަސައްކަތްކުރާ ސިޔާސީ އާއިލާއަކަށް ނިސްބަތްވާ މީހެއްކަން ހާމަވިއެވެ.

ބިރުގަތީމަ ހިތުގެ ތެޅުން އަވަސްވަނީ ކީއްވެ؟

ބިރުގަންނަ ވަގުތު ހިތުގެ ތެޅުން އަވަސްވަނީ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި މަސްތަކަށާއި ސިކުނޑިއަށް ބޭނުންވާ އޮކްސިޖަން އަވަހަށް ފޯރުކޮށްދީ، ހަށިގަނޑު ތައްޔާރުކުރުމަށެވެ. މި ބަދަލު އަންނަނީ ސިކުނޑީގެ އަމިގްޑަލާ އިން ފޮނުވާ އިންޒާރަކާ ގުޅިގެން ލޭގެ ތެރެއަށް އެޑްރީނަލިން ހޯމޯން ދޫކޮށްލުމުންނެވެ. މިއީ ޖިސްމާނީ އަދި ނަފުސާނީ ބިރުވެރިކަމެއް ކުރިމަތިވިޔަސް، އިންސާނާގެ ރައްކާތެރިކަމަށްޓަކައި ހަށިގަނޑުގައި ހިނގާ ގުދުރަތީ ނިޒާމެކެވެ.

ފަސް އަހަރު ފަހުން އެއީ ނުބައި ޑައިގްނޯސިސްއެއް ކަން އެނގިއްޖެ

މަޝްހޫރު ބަތަލާ ކްރިސްޓީނާ އެޕަލްގޭޓަށް އެމްއެސް ބަލި ޖެހިފައިވާ ކަމަށް ބަލައި ފަރުވާ ކުރާތާ ފަސް އަހަރު ފަހުން، އެއީ ނުބައި ޑައިގްނޯސިސްއެއްކަން އެނގި އޭނާގެ ސިއްހީ ހާލަތު އިތުރަށް ގޯސްވަމުންދާކަން ވަނީ ހާމަކޮށްފައެވެ. މިކަމާ ގުޅިގެން އޭނާ ނުހަނު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ބަލީގެ އަސްލު ސަބަބު ދެނެގަތުމަށްޓަކައި އާ ތަހުލީލުތަކެއް ފެށުމަށް މިހާރު ވަނީ ނިންމާފައެވެ.

އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް ވިދާޅުވެއްޖެ

އަމީރު ހެރީގެ ބައްޕާފުޅާއި ބޭބޭފުޅާ އޮތް ނުތަނަވަސް ގުޅުން ރަނގަޅުކޮށް، އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. މާޒީގެ ހިތާމަވެރި ހާދިސާތައް ހަނދާން ނައްތާލުމަށް ބާރުއަޅުއްވަމުން ހެރީ ވިދާޅުވީ، ބައެއް މީހުން ބޭނުން ނުވި ނަމަވެސް އެ ގުޅުން އިއާދަކުރުމަކީ މިވަގުތަށް އެންމެ މުހިންމު ކަންތައް ކަމަށެވެ.

ކްރިސްޓިއާން އަމަންޕޫރު 43 އަހަރަށް ފަހު ސީއެންއެންއާ ވަކިވަނީ

ސީއެންއެންގައި 43 އަހަރު މަސައްކަތް ކުރުމަށްފަހު، އެ ނެޓްވޯކްގެ މަޝްހޫރު ނޫސްވެރިޔާ ކްރިސްޓިއާން އަމަންޕޫރު އަންނަ އަހަރު ވަކިވާނެކަން އިއުލާންކޮށްފި. އޭނާ ވަކިވަނީ އާ މަޝްރޫއުތަކެއް ފެށުމުގެ އުންމީދުގައި ކަމަށް ބުނެފައިވާއިރު، ސީއެންއެންގެ މެނޭޖްމަންޓުން ވަނީ އޭނާގެ ދިގު ޚިދުމަތުގެ އަގުވަޒަންކޮށްފަ.

ވޭޕް ކުރުމުގެ ސަބަބުން ސެލީނާގެ އަޑު ބަދަލުވެއްޖެ

ނިކޮޓިން އެކުލެވޭ ވޭޕް ބޭނުންކުރުމުގެ ސަބަބުން އަޑަށް ދާއިމީ ބަދަލުތަކެއް އައިސްފައިވާ ކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް އިއުތިރާފުވެއްޖެއެވެ. ލޫޕަސް ބަލީގެ ސަބަބުންވެސް އަޑަށް އަސަރުކުރަމުންދާ ސެލީނާ ވަނީ، ވޭޕްކުރުމަކީ އެއްވެސް ފައިދާއެއް ހުރި ކަމެއް ނޫންކަން ފާހަގަކޮށް އެކަން ހުއްޓާލުމަށް މަސައްކަތް ފަށާފައެވެ.

Newsletter

Get the latest news delivered straight to your inbox