ކައުންސިލް އިންތިހާބުގައި ހުޅުމާލެ އުތުރަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ޒާޔާ މާދަމާ ފުލުހަށް ހާޒިރުކުރަނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުމާލެ އުތުރަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރާ ޒާޔާ އެ ޕާޓީގެ ގައުމީ މަޖިލީހުގައި ވާހަކަދައްކަނީ -- ފޮޓޯ: އެމްޑީޕީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުމާލެ އުތުރަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރާ ޒާޔާ އެ ޕާޓީގެ ގައުމީ މަޖިލީހުގައި ވާހަކަދައްކަނީ -- ފޮޓޯ: އެމްޑީޕީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުމާލެ އުތުރަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ، ފާތިމަތު ޒަހިއްޔާ (ޒާޔާ) މާދަމާ ފުލުހަށް ހާޒިރުވުމަށް އަންގައި ޗިޓު ފޮނުވައިފި އެވެ.

ޒާޔާ ފުލުހަށް ހާޒިރު ކުރަނީ އޭނާ ސޯޝަލްމީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެން ބަޔާން ނެގުމަށް ކަމަށް ބުނެ އެވެ. އޭނާއަށް މިއަދު ފުލުހުން ފޮނުވި ޗިޓުގައި ބުނެފައި ވަނީ މާދަމާ މެންދުރުފަހު 2:00 އަށް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވުމަށެވެ.

އެކަމާ ގުޅޭގޮތުން ޒާޔާ އަދަދުއަށް ބުނީ، މީގެ އެތައް މަހެއް ކުރީގެ މައްސަލައެއްގައި ބަޔާން ނެގުމަށް ކަމަށް ބުނެ ފުލުހަށް ހާޒިރު ކުރަނީ ބިރު ދައްކައި އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށެވެ.

Advertisement

“މީގެ އެތައް ދުވަހެއް ކުރީގެ މައްސަލައެއްގައި ބަޔާން ނަގާށޭ ކިޔާފައި ހާޒިރު ކުރަނީ ސީދާ ބިރުދައްކަން، ކައުންސިލް އިންތިހާބަށް ކުރިމަތިލާނެކަން އިއުލާނު ކުރީމާ، އެކަމަށް ނުފޫޒު ފޯރުވަން،” ޒާޔާ ބުންޏެވެ.

“ކިތަންމެ ވަރަކަށް ބިރު ދެއްކިޔަސް އަޅުގަނޑުގެ އަޒުމެއް ނުގުޑާނެ، ފަހަތަކަށް ނުޖެހޭނަން، އިންޝާالله އިންތިހާބު ވެސް މާތަފާތުކޮށް ކާމިޔާބު ކުރާނަން.”

އެ މައްސަލައިގައި މީގެ ކުރިން ވެސް ފުލުހުން ވަނީ އޮކްޓޫބަރު 7، 2025 ގައި ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު ހިފަހައްޓައިފަ އެވެ. އެ ކޯޓު އަމުރުގައި ބުނެފައިވަނީ ޒާޔާގެ ފޯނު ހިފެހެއްޓީ އޭނާގެ ފޭސްބުކް އެކައުންޓުން "ފުލުހުންނަށް އިންޒާރުދީ" ކުރި ޕޯސްޓަކާއި ގުޅިގެން ކަމަށެވެ.

ކޯޓު އަމުރުގައި އެ ޕޯސްޓު ކުރި ތާރީހާއި ގަޑި ހިމަނާފައިވެ އެވެ. އެ ޕޯސްޓުގައި ލިޔެފައިވަނީ "17 ނޮވެންބަރަށް ތައްޔާރު ވުމަށް ކަނޑޫދޫ މިރުހުން ސްޕްރޭ ތައްޔަަރުކުރަން ފަށައިފިން. ހަމަ ޖެހީ ޖެހީ" މިފަދައިންނެވެ. އަދި ފުލުހުންގެ ފޭސްބުކް ޕޭޖު ޓެގުކޮށްފައިވެ އެވެ.

ޒާޔާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށުގައި އޮއްވައި އޮކްޓޫބަރު 12، ގައި ވަނީ އޭނާގެ ޒާތީ ވީޑިއޯތަކެއް ސޯޝަލްމީޑިއާގައި ލީކު ކޮށްލައިފަ އެވެ. ޒާޔާގެ ޒާތީ ދެ ވީޑިއޯއެއް ލީކު ކޮށްލީ ކާކުކަން ނޭނގޭ އެކްސް އެކައުންޓަކުންނެވެ. ނަމަވެސް ގިނަ ބަޔަކު އެ އެކައުންޓު ރިޕޯޓު ކުރަން ފެށުމުން އެ އެކައުންޓު ވަނީ މަދު ވަގުތުކޮޅެއްގެ ތެރޭގައި އެކްސްއިން ރިމޫވް ކޮށްފަ އެވެ.

މި ނޫހާ ވާހަކަދައްމުން ޒާޔާ އޭރު ބުނީ އެ ވީޑިއޯ ލީކު ކުރީ ފުލުހުން ކަމަށެވެ.

"ފުލުހުން ފޯނު އަތުލުމުގެ ދެ ދުވަސްކުރިން ސްނެޕްޗެޓަށް ލޮގިން ވާން މަސައްކަތް ކުރި ކަމަށް ނޯޓިފިކޭޝަން އައި، ސީޓްރެކްސް ބިލްޑިން ކައިރިން. އެއީ ހަމަ ސީދާ ފުލުހުން ކުރާ ކަމެއް އެއީ، ގެންދިޔަ ފަހުން ލީކުވެފައި އެ ހުރީ" ޒާޔާ ބުންޏެވެ.

"ލީކުވަންޏާ ލީކުވާން ވީނު މީގެ ކުރިން ވެސް، ކީއްވެ މިއަދު ލީކު ވާންވީ، ޒާޔާ ހަމަ މި އުޅެނީ އެމްޑީޕީގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވެ،" ޒާޔާ ބުންޏެވެ.

އެ ވީޑިއޯތައް ލީކުވުމުން، ޖެހިގެން އައި އޮކްޓޫބަރު 13، ވަނަ ދުވަހު ފުލުހުން ވަނީ ޒާޔާގެ ފޯނު ދޫކޮށްލައިފަ އެވެ.

އޭގެ ފަހުން އޮކްޓޫބަރު 3، ގައި ކުރި މުޒާހަރާއާ ގުޅިގެން ވެސް އެ މަހުގެ 21 ވަނަ ދުވަހު އޭނާ ފުލުހަށް ހާޒިރުކުރި އެވެ. އެ ދުވަހު އޭނާ ފުލުހަށް ހާޒިރުކުރީ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ސީސީޓީވީ ފުޓޭޖް ކޮމްޕެރިސަން ސާމްޕަލް ހެދުމަށް ބޭނުންވާ ފޮޓޯ ނެގުމަށާއި އެ މައްސަލައާ ގުޅިގެން ބަޔާން ނެގުމަށް ކަމަށް ބުނެ އެވެ.

ފުލުހަށް ހާޒިރު ވާން އަންގައި ޒާޔާއަށް ފުލުހުން ޗިޓު ފޮނުވިއިރު، ހުޅުމާލެ އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެކަން އޭނާ އިއުލާނުކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox