ޑާކް ޗޮކްލެޓްގެ ސިއްރުތައް

Dec 31, 2025, 3:59 AM
ޑާކް ޗޮކްލެޓްގެ ސިއްރުތައް

މީލާދުގެ 2000 އަހަރު ކުރިން ފެށިގެން އިންސާނުން ބޭނުންކުރަމުން އަންނަ، ދުނިޔޭގައި އެންމެ މަގުބޫލު މި ކާނާއަކީ މިއަދު އާ ތައާރަފަކަށް ބޭނުންވާނެ އެއްޗެއް ނޫނެވެ. އޭރު ކޮކޯ އަކީ ހަމައެކަނި މީރު ރަހައެއްގެ ގޮތުގައި ބެލެވުނު އެއްޗެއް ކަމުގައި ވިޔަސް، މިއަދު ސައިންސާއި ދިރާސާތަކުން ވަނީ ޑާކް ޗޮކްލެޓަކީ ސިއްހީ ގޮތުން އަގުނުކުރެވޭ ފަދަ "ސުޕަ ފުޑް" އެއްކަން ސާބިތުވެ އެވެ.

ކޮކޯގެ މިންވަރު ގިނަ، އަދި ހަކުރުގެ މިންވަރު މަދު މި ބާވަތުގެ ޗޮކްލެޓަކީ ހިތުގެ ދުޅަހެޔޮކަމުން ފެށިގެން ސިކުނޑީގެ ތޫނުފިލިކަމާ ހަމައަށް ހައިރާންކުރުވަނި ފައިދާތަކެއް ފޯރުކޮށްދޭ އެއްޗެކެވެ.

ޑާކް ޗޮކްލެޓުގައި ހިމެނޭ ފްލެވަނޯލްސް އަކީ ލޭހޮޅިތައް ދޫކޮށްލައި، ލޭގެ ދައުރުވުން ފަސޭހަކޮށްދޭ މާއްދާއެކެވެ. މީގެ ސަބަބުން ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމަށާއި، ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދިނުމަށް އެހީތެރިވެދެއެވެ.

Advertisement

ހަށިގަނޑުގައި އުފެދޭ ބޭކާރު މާއްދާތަކުން ސެލްތަކަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެންޓިއޮކްސިޑެންޓްސް ބޭނުންވެއެވެ. ޑާކް ޗޮކްލެޓަކީ ގިނަ އަދަދަކަށް މިފަދަ މާއްދާތައް އެކުލެވޭ އެއްޗެކެވެ. މިއީ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، މުސްކުޅިވުން ލަސްކޮށްދޭ ކަމެކެވެ.

ޑާކް ޗޮކްލެޓް ކެއުމުން ސިކުނޑިއަށް ލޭ ފޮނުވައިދޭ މިންވަރު އިތުރުވެއެވެ. މީގެ ސަބަބުން ކަންކަމަށް ސަމާލުކަންދޭ މިންވަރު އިތުރުވުމާއި، ހަނދާންގަދަވުމަށް ބާރުއަޅައެވެ. އަދި އޭގައި ހިމެނޭ ކެފެއިން އާއި ތިއޯބްރޯމިންގެ ސަބަބުން ވަގުތުން ވަގުތަށް ސިކުނޑި ތާޒާކޮށްދެއެވެ.

ހާސްކަމާއި ފިކުރުތަކުން ދުރުވުމަށް ވެސް ޑާކް ޗޮކްލެޓަކީ އެހީތެރިއެކެވެ. މީގައި ހިމެނޭ މާއްދާތަކުން ހަށިގަނޑުގައި "އުފާވެރިކަން" އިހުސާސްކޮށްދޭ ހޯރމޯންތައް އުފައްދައިދެއެވެ. މީގެ އިތުރުން ސްޓްރެސް ހޯރމޯންއެއް ކަމަށްވާ ކޯޓިސޯލްގެ މިންވަރު ދަށްކޮށްދިނުމަށް ވެސް އެހީވެއެވެ.

މީގައި ހިމެނޭ ބައޯއެކްޓިވް މާއްދާތަކަކީ އިރުގެ ނުރައްކާތެރި ދޯދިތަކުން ހަންގަނޑަށް ލިބޭ ގެއްލުންތައް ކުޑަކޮށްދީ، ހަންގަނޑަށް ލޭ ފޯރުވައިދޭ މިންވަރު އިތުރުކޮށްދީ، ހަންގަނޑު އޮމާންކޮށް ބެހެއްޓުމަށް އެހީވާ މާއްދާތަކެކެވެ.

ޑާކް ޗޮކްލެޓުން ފައިދާ ލިބޭނީ ރަނގަޅު ބާވަތް އިހުތިޔާރު ކޮށްގެންނެވެ. 70 ޕަސެންޓު ނުވަތަ އެއަށްވުރެ ގިނައިން ކޮކޯ ހިމެނޭ ޗޮކްލެޓް ގަންނާށެވެ. ހަކުރު ގިނަ ޗޮކްލެޓްތަކާ ދުރުވާށެވެ. އަދި މާ ގިނައިން ކެއުމުގެ ބަދަލުގައި، ދުވާލަކު ކުޑަ އެތިކޮޅެއް (30-60 ގްރާމް) ބޭނުންކުރުން ފުދޭނެއެވެ.

ޑާކް ޗޮކްލެޓުން ލިބޭ މުހިންމު މާއްދާތައް

ކޮކޯގެ މިންވަރު 70 އާއި 85 ޕަސެންޓާ ދެމެދުގައި ހުންނަ 50 ގްރާމްގެ ޑާކް ޗޮކްލެޓް އެތިކޮޅަކުން، ދުވާލަކަށް ހަށިގަނޑަށް ބޭނުންވާ މާއްދާތަކުގެ ބޮޑު ބައެއް ފޯރުކޮށްދެއެވެ:

  • ފައިބަރު: 5.5 ގްރާމް (މިއީ ހަޖަމުކުރުމުގެ ނިޒާމަށް ބޭނުންތެރި ބައެކެވެ).
  • އަޔަން: ދުވާލަކަށް ބޭނުންވާ މިންވަރުގެ 33 ޕަސެންޓު (ލޭގެ ރަތް ސެލްތައް އުފެއްދުމަށް)
  • މެގްނީޒިއަމް: ދުވާލަކަށް ބޭނުންވާ މިންވަރުގެ 28 ޕަސެންޓު (ނާރުތަކާއި މަސްތަކުގެ މަސައްކަތަށް)
  • ކޮޕަ: ދުވާލަކަށް ބޭނުންވާ މިންވަރުގެ 98 ޕަސެންޓު (ހަކަތަ އުފެއްދުމަށް)
  • މެންގަނީޒް: ދުވާލަކަށް ބޭނުންވާ މިންވަރުގެ 43 ޕަސެންޓު (ކަށިތަކުގެ ދުޅަހެޔޮކަމަށް)

މައުލޫމާތު: ހެޑްލައިން

ކޮމެންޓް

ފަހުގެ ޚަބަރު

އޭއައި އިން އުރަމަތީގެ ކެންސަރު ދެނެގަތުމުގެ ބޮޑު ދިރާސާއެއް

އޭއައި ބޭނުންކޮށްގެން އުރަމަތީގެ ކެންސަރު ދެނެގަތުމަށް އިނގިރޭސިވިލާތުގައި ކުރިއަށްގެންދާ ދުނިޔޭގެ އެންމެ ބޮޑު ދިރާސާގައި 700,000 އަންހެނުން ބައިވެރިކުރުމަށް ވަނީ ނިންމާފައެވެ. "އީޑިތު" ގެ ނަމުން ނަންދީފައިވާ މި ދިރާސާގެ މައިގަނޑު މަގްސަދަކީ މެމޯގްރާމްތައް ބެލުމުގައި އޭއައި ބޭނުންކޮށްގެން ބަލި ދެނެގަތުން އަވަސްކުރުމާއި، ސިއްހީ މުވައްޒަފުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމެވެ.

މައިލީ ސައިރަސް އާއި މެކްސް މޮރާންޑޯ ކައިވެނިކޮށްފި

މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސް އާއި ޑްރަމަރު މެކްސް މޮރާންޑޯ، ހަތަރު އަހަރުގެ ލޯބީގެ ގުޅުމަކަށްފަހު ކެލިފޯނިއާގެ ރިސޯޓެއްގައި ކައިވެނިކޮށްފިއެވެ. އާއިލާގެ މެންބަރުންނާއި ގާތް ރައްޓެހިން ބައިވެރިވި މި ހަފުލާގައި މައިލީ ފެނިގެންދިޔައީ ހުދުކުލައިގެ ސިލްކް ހެދުމެއްގައެވެ.

ޖީޓީއޭ 6 ފުރަތަމަ ދުވަހު 3.8 ބިލިއަން ޑޮލަރު

ޖީޓީއޭ 6 ބާޒާރަށް ނެރުނު ފުރަތަމަ ދުވަހު 3.8 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައި، މުނިފޫހިފިލުވުމުގެ ދާއިރާގެ ހުރިހާ ރެކޯޑުތަކެއް މުގުރާލައިފިއެވެ. މިއީ މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްގެން އުފެއްދި ގޭމަށްވާއިރު، މި ކާމިޔާބީއާއެކު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކާއި މި ސިލްސިލާގެ ކުރީގެ ގޭމްތަކުގެ ރެކޯޑުތައް ވެސް ވަނީ ފަހަނައަޅައި ގޮސްފައެވެ.

އިންޑިއާގައި ޕާފޯމްކުރުމަށް ދިވެހި ބޭންޑު "ހީރަޕަންނާ" ފުރަނީ

އިންޑިއާގެ އައިސީސީއާރުގެ ދައުވަތަކަށް އެ ގައުމުގެ އެކި ސިޓީތަކުގައި ޕާފޯމްކުރުމަށް ރާއްޖޭގެ މިއުޒިކް ބޭންޑް "ހީރަޕަންނާ" ފުރަން ތައްޔާރުވެއްޖެއެވެ. މި ދަތުރުގައި ލަކްނޯ، ކަޓަކް، ކަޗް އަދި ނިއުދިއްލީގައި ދިވެހި ސަގާފީ އަދި ޒަމާނީ މިއުޒިކް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބައިނަލްއަގުވާމީ މައިދާނެއްގައި ދިވެހި މިއުޒިކް އިޝްތިހާރުކޮށް، އެ ބޭންޑުގެ ފުރަތަމަ އީޕީ ނެރުމާ ދިމާކޮށް ލިބުނު މުހިންމު ފުރުސަތެކެވެ.

ސްރީލަންކާގައި އައިސްކްރީމްގެ ފެންވަރު ބެލުމުގެ އިންސްޕެކްޝަނެއް

ސްރީލަންކާގައި އުފައްދާ އައިސްކްރީމްގެ ފެންވަރު ބެލުމަށާއި، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭތޯ ކަށަވަރުކުރުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ޚާއްސަ އިންސްޕެކްޝަންތަކެއް ފަށައިފިއެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ސިއްހީ މިންގަނޑުތަކަށް ނުފެތޭ ތަކެތި ދެނެގަތުމާއި، އައިސްކްރީމްގެ ނަމުގައި އޮޅުވާލައިގެން "ފްރޯޒަން ޑެޒާޓް" ވިއްކުން ހުއްޓުވައި ކުންފުނިތަކުން ގާނޫނަށް އަމަލުކުރާކަން ކަށަވަރުކުރުމެވެ.

ކެތުރިންގެ ކެންސަރުގެ ތަޖުރިބާތަކާއެކު 'ހީލް' ބީބީސީއަށް

ޕްރިންސަސް އޮފް ވޭލްސް ކެތުރިންގެ ކެންސަރު ބަލީގެ ތަޖުރިބާތަކާއި ނަފްސާނީ ގޮތުން އައި ބަދަލުތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ "ހީލް" ޑޮކިއުމެންޓްރީ މި މަހުގެ 29 ގައި ބީބީސީން ދައްކާނެއެވެ. މި ފިލްމުގައި ބަލިން ފަސޭހަވަމުން އައި ދުވަސްވަރުގެ އިހުސާސްތަކާއި، ގޮންޖެހުންތަކާ ކުރިމަތިލުމަށް ކުރެއްވި "ތްރީ ޕީކްސް ޗެލެންޖް" ގެ މަންޒަރުތައް ފުރަތަމަ ފަހަރަށް އާންމުންނަށް ފެނިގެންދާނެއެވެ.

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

Newsletter

Get the latest news delivered straight to your inbox