ތަރައްގީގެ ޕްލޭނަށް އަމަލުކުރާނެ ކަމުގެ ޔަގީންކަން ނެތުމުން އެ މަސައްކަތުގައި ބައިވެރިނުވާން އެމްޑީޕީން ނިންމައިފި

އެމްޑީޕީގެ ލީޑަޝިޕުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އެމްޑީޕީގެ ލީޑަޝިޕުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވައިލި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ސަރުކާރުން އެއަށް އަމަލު ކުރާނެ ކަމުގެ އުއްމީދެއް ނެތް ކަމަށް ބުނެ އެ ޕްލޭން އެކުލަވައިލުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިނުވުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ނިންމައިފި އެވެ.

އެ ޕާޓީން ދާދި ދެންމެއަކު ނެރުނު ނޫސްބަޔާނެއްގައި ބުނީ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނި ނަމަވެސް، ކަންކަން ކުރަމުން ދަނީ ހިތުހުރި ގޮތަކަށް ކަމަށެވެ.

އެގޮތުން ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ފެށުމުގެ ކުރިން ވެސް އެކަށީގެންވާ މިންވަރަށް އެކި ފަރާތްތަކާ މަޝްވަރާ ކޮށްފައި ނުވާ ކަމާއި ކުރިން ފަށާފައި ހުރި އެތައް މަޝްރޫއެއްގެ މަސައްކަތް ހުއްޓާފައި ބޭއްވުމަށްފަހު އެއްވެސް ޕްލޭނެއް ނެތި އެހެން މަޝްރޫއުތައް ހިންގަމުންދާކަން އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"ދުރު ރާސްތާއަށް އަމާޒުކޮށްގެން އެކުލަވައިލާ ގައުމީ ތަރައްގީގެ ޕްލޭނެއް އޮތުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް މި ޕާޓީން ގަބޫލު ކުރަމެވެ. އެހެންނަމަވެސް ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވައިލުމުގެ ނަމުގައި ސަރުކާރުން މިހާރު އަމަލު ކުރަމުން ގެންދާ ގޮތާމެދު އިންތިހާއަށް ކަންބޮޑުވަމެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

ގައުމީ ތަރައްގީގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތުގައި ބައިވެރި ނުވާން ނިންމި ސަބަބު ތަފުސީލު ކޮށްދެމުން އެ ބަޔާނުގައި ބުނީ، ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވައިލާނީ ކުރިއަށް އޮތް 20 އަހަރަށް ކަމަށް ނިންމީ ވެސް އެެއްވެސް ބައެއް ހިޔާލާއި މަޝްވަރާ ހޯދައިގެން ނޫން ކަމަށެވެ.

އަދި އެ ސަބަބުތަކުގެ ތެރޭގައި ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވަައިލާނެކަން މުއިއްޒު އިއުލާނު ކުރެއްވި ފަހުން ވެސް އެއްވެސް ރޭވުންތެރިކަމެއް ނެތި ރާއްޖޭގެ އެކި ކަންކޮޅުގައި އެއާޕޯޓު އެޅުމާއި އުމްރާނީ އެކިއެކި މަޝްރޫއުތައް އިއުލާނު ކުރުމާއި ފަށާފައި ނުނިމި ހުރި އެތައް މަޝްރޫއުއެއް ހުއްޓައި އަލުންބަލުން އެހެން މަޝްރޫއޫތައް ފެށުން ހިމެނޭ ކަމަށް އެމްޑީޕީން ބުންޏެވެ.

"މިގޮތުން މާލެ ސަރަހައްދުގައި ބިން ހިއްކަން ފަށާފައި ހުރި ތަންތަން ނުނިންމައި ފުށިދިއްގަރު ފަޅު ހިއްކުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދެ އެވެ. އަތޮޅު ކައުންސިލްތައް އުވައިލުމަށް އަދި ރަށްރަށުން މީހުން ބަދަލު ކުރުމަށް ވެސް ދަނީ އިއުލާނު ކުރަމުންނެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

"މިހެންކަމުން ޕްލޭނެއް އެކުލަވައިލުމުގެ ބޭނުމެއް އޮތް ކަމަށް މި ޕާޓީން މިހާރު ނުދެކެމެވެ. އަދި އެކަމުގައި ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތް ކަމަކަށް ވެސް ނުދެކެމެވެ."

އެމްޑީޕީން ބުނީ ސަރުކާރުން ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް އަމަލު ނުކުރުމާއި ގުޑް ގަވަނެންސްގެ އުސޫލުތަކާއި ހިލާފަށް ކަންކަން ކުރަމުން ގެންދިޔުމާއި ދައުލަތުގެ ނިޒާމުތަކަށް ހުރުމަތްތެރިކޮށް ނުހިތުން އާންމު ކަމަކަށްވެފައިވާ ކަމަށެވެ.

ތިމާވެށި ހިމާޔަތް ކުރުމުގެ ގަވާއިދުތައް ފަދަ ކުރީންސުރެ އެކަށައަޅާފައި ހުރި އުސޫލުތަކާ ހިލާފަށް ސަރުކާރުން އަމަލު ކުރަމުން ދާތީ، ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވައިލި ނަމަވެސް އެއަށް މި ސަރުކާރުން އަމަލު ކުރާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox