ބިއްލޫރި ޓަނަލްގެ ފީސިބިލިޓީގެ މަސައްކަތް ކުންފުނިތަކާއެކު ފަށާފައިވާ ކަމަށް ވިދާޅުވެ ރައީސް ހެއްދެވީ ދޮގެއް!

ކަނޑުއަޑީގެ ޓަނަލާއި ޓްރެއިން ދައްކުވައިދޭން އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކުރެހުމެއް

ކަނޑުއަޑީގެ ޓަނަލާއި ޓްރެއިން ދައްކުވައިދޭން އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކުރެހުމެއް

ފުށިދިއްގަރުފަޅުގައި ހިއްކާ ރަސްމާލެ އާއި މާލެ ކަނޑު އަޑީގެ ޓަނަލަކުން ގުޅާލުމުގެ ބިޔަ މަޝްރޫއުގެ ފަންނީ އަދި އިނޮވޭޓިވް މަސައްކަތް ފެށިފައިވާ ކަމާއި ގާބިލް ކުންފުނިތަކާ އެކީގައި ފީސިބިލިޓީ ހެދުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވިޔަސް، އެފަދަ މަސައްކަތްތަކެއް ކުންފުންޏަކާ ހަވާލުކޮށްގެން ކުރިޔަށް ނުދާކަން އިންފްރާސްޓަރަކްޗާ މިނިސްޓްރީން ބުނެފި އެވެ.

މާލެ-ރަސްމާލެ ޓަނަލްގެ ފީސިބިލިޓީ ހަދަން ހަވާލުކޮށްފައިވަނީ ކޮން ކުންފުންޏަކާތޯ އޮޅުންފިލުވުމަށް ގާނޫނީ ވަކީލު އަހުމަދު މައުރޫފު ހުށަހެޅި ސުވާލަށް މިނިސްޓްރީން އިއްޔެ ދިން ޖަވާބުގައި ވަނީ ޓަނަލްއާ ގުޅޭ ޑެސްކް ސްޓަޑީގެ މަސައްކަތާއި، ޑީޓެއިލް އެސެސްމަންޓު އަދި ފީސިބިލިޓީ ރިޕޯޓް ހެދުމަށް ކޮންސަލްޓެންޓެއް ހޯދަން ބޭނުންވާ ރިކުއާމެންޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"[މިކަންކަމުގައި] މަޝްވަރާ ކުރެވެމުން ދަނީ މިނިސްޓްރީއާއެކު އެކި މަޝްރޫއުތަކުގައި މަސައްކަތްކުރައްވާ ކޮންސަލްޓެންޓުންނާ އެވެ. ވަކި ކުންފުންޏަކާއި މަސައްކަތް ހަވާލުކުރެވިފައެއް އަދި ނުވެއެވެ،" އިންފްރާސްޓަރަކްޗާ މިނިސްޓްރީން ބުނެފައިވެ އެވެ.

އެހެންވެ، ފީސިބިލިޓީ ހެދުމުގެ މަސައްކަތް ކުންފުނިތަކާއެކު ކުރަމުންދާކަމަށް ރައީސް ވިދާޅުވެ، ޖެނުއަރީ 22، 2024 ގައި ރައީސް މުއިއްޒު ހެއްދެވީ ދޮގެއްކަން މިނިސްޓްރީން ދިން މި ޖަވާބުން އެނގެ އެވެ.

"އެ ޓަނަލް ވެގެންދާނީ، އެ ޓަނަލްގައި ދުއްވާ ޓްރެއިންގެ ސަބަބުން، ޓްރެއިންގައި ދާއިރުގައި ކަނޑުއަޑީގެ ރީތި މަންޒަރުތައްވެސް ފެންނަ ޓަނަލަކަށް. އެ މަސައްކަތް ކުރުމަށްޓަކައި އަޅުގަނޑުމެން އެކަމުގެ ގާބިލްކަން ހުރި ކުންފުނިތަކާ އެކީގައި މިހާރު ވަނީ ފީސިބިލިޓީ މަސައްކަތް ފަށާފައި،"ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

"މިއީ ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް. މިއީ، ރާއްޖެއަށް ޓޫރިސްޓުން އެތައް ގުނަޔަކަށް އިތުރުވާނެ މަޝްރޫއެއް. އަޅުގަނޑުމެން ކުރާނީ ދެކޮޅުޖެހޭ މަސައްކަތް."

ނަމަވެސް މި މަޝްރޫއުއަކީ "ހަނދަށް ދިޔުން ފަދަ" ބޮޑު މަޝްރޫއުއެއް ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ސިފަ ކުރައްވާފައިވެ އެވެ.

އޮކްޓޯބަރު 28، 2024 ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވީ، ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެއާ ހަމައަށް ޓަނަލެއް އެޅުމަކީ މީގެ ކުރިން ދުނިޔޭގައި ކޮށްފައި ނުވާ ފަދަ ބޮޑު މަސައްކަތެއް ކަމަށެވެ.

"މިވަގުތު ދުނިޔޭގެ އެއްވެސް ތަނެއްގައި، އޯޕަން ސީގައި ހަދާފައި އޮތް ކަހަލަ އިންފްރާސްޓްރަކްޗާއެއްގެ ވާހަކައެއް ނޫން މި ދައްކަނީ. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެމެރިކާއިން ހަނދަށް ދިޔުމަށް ވެސް ޖޯން އެފް ކެނެޑީ އެންވިޝަން ކުރެއްވީ އެއްވެސް ބަޔަކު ހަނދަށް ގޮސްގެނެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ އެ ޓަނަލް އެޅުމުގެ މަސައްކަތަކީ ޓައިމްލައިނެއް ހަދައިގެން ކުރިއަށް ގެންދެވޭނެ ޕްރޮޖެކްޓެއް ނޫނެވެ. އޭނާ ވިދާޅުވީ އެއީ އެއަށްވުރެ މާ އާދަޔާ ހިލާފު މަސައްކަތެއް ކަމަށެވެ.

"އެކަން ހާސިލް ކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރާނަން، އެހެންނަމަވެސް އެއީ ޓައިމްލައިނެއް ލައިގެން މިކަން ކުރެވޭނެ ނުކުރެވޭނެ ތާރީހެއް ދީގެން ކުރަން އޮތް ކަހަލަ ކަމެއް ނޫން. އެއީ އެއަށްވުރެ މާ ބޮޑު، މާ އާދަޔާ ހިލާފު ކަމެއް،" މުއްތަލިބު ވިދާޅުވި އެވެ.

މާލެ އާއި ފުށިދިއްގަރުފަޅާ ދެމެދު ގާތްގަނޑަކަށް 16 ކިލޯމީޓަރު ހުންނައިރު، އެ ދެމެދުގެ ކަނޑު އަޑީގެ ފުންމިނުގައި 400-500 މީޓަރު ހުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox