މިނާވަރު އަތުލީ ސިޔާސީ މަގުސަދެއްގައި ސިޔާމަށް ޖެއްސުންކޮށް އަނިޔާވެރިވުމަށް: އައްބާސް

އެމްޑީއޭގެ ނައިބު ރައީސް މުހައްމަދު އައްބާސް: އޭނާ ވިދާޅުވީ ސަރުކާރުން މިނާވަރު އަތުލީ ސިޔާސީ މަގުސަދެއްގައި ސިޔާމަށް ޖެއްސުންކޮށް އަނިޔާވެރިވުމަށް ކަމަށް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމްޑީއޭގެ ނައިބު ރައީސް މުހައްމަދު އައްބާސް: އޭނާ ވިދާޅުވީ ސަރުކާރުން މިނާވަރު އަތުލީ ސިޔާސީ މަގުސަދެއްގައި ސިޔާމަށް ޖެއްސުންކޮށް އަނިޔާވެރިވުމަށް ކަމަށް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދ. މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ކުންފުންޏަކަށް ދަނޑުވެރިކަމަށް ދޫކޮށްފައިވާ ނ. މިނާވަރު އަތުލަން ސަރުކާރުން ނިންމީ ސިޔާސީ މަގުސަދެއްގައި ސިޔާމަށް ޖެއްސުންކޮށް އަނިޔާވެރިވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

ސިޔާމުގެ އެމްޑީއޭގެ ނައިބު ރައީސްކަން ވެސް ކުރައްވާ އައްބާސް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިނާވަރު އަތުލުމުގައި ސަރުކާރުން އަމަލުކޮށްފައިވަނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ ސިޔާސީ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބަދަލު ހިފުމަށް ކުރި ކަމެއްގެ ގޮތުގަ އެވެ.

"އެ ރަށް އަތުލާފައި އެވަނީ ސިޔާސީ މަގުސަދެއްގައި އޮނަރަބަލް އަހުމަދު ސިޔާމް އަހުމަދަށް ޖެއްސުންކޮށް އަނިޔާވެރިވުމަށް ކަމުގައި ދަންނަވަން ޖެހޭ،" އައްބާސްގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

މިނާވަރަކީ 2010 އިން ފެށިގެން ސިޔާމުގެ ރަށެކެވެ. އޭނާ އެ ރަށް ހޯދީ ދަނޑުވެރިކަން ކުރުމަށް ސަރުކާރުން އެ ރަށް ދޫކޮށްފައި އޮތް އިމްޕެކްސް ފިޝަރީޒް މޯލްޑިވްސް ކުންފުނި ބައްލަވައިގަނެގެންނެވެ. އޭގެ ފަހުން އެ ރަށް ބޭނުންކުރަމުން ގޮސްފައިވަނީ ސިޔާމުގެ ނ. އަތޮޅުގައި އޮންނަ ސިޔާމުގެ ދެ ރިސޯޓަށް ސަޕްލައި ކުރުމަށާއި މާރުކޭޓަށް ސަޕްލައި ކުރުމަށެވެ.

މި ރަށް އަތުލަން ނިންމީ އެއްބަސްވުމާއި އެއްގޮތަށް ކަންކަން ރަނގަޅު ކުރުމަށް މުއްދަތެއްދީ، އެ މުއްދަތުގައި އެއްވެސް ކަމެއް ރަނގަޅު ނުކުރުމުންކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އައްބާސް ވަނީ މިކަން ދޮގުކުރައްވާފަ އެވެ. މިއީ ހަގީގަތް އޮޅުވާލަން ކުރި ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެ އެވެ.

އައްބާސް ވިދާޅުވި ގޮތުގައި އެގްރިކަލްޗާ މިނިސްޓްރީން މިނާވަރުގެ އިންސްޕެކްޝަނެއް ހެދުމަށް މިދިޔަ އަހަރުގެ ފަހުކޮޅު ދިޔަ އެވެ. އެ ދަތުރުގައި ފާހަގަވި ކަންކަން ރިޕޯޓެއްގެ ސިފައިގައި ނުވަތަ ލިޔުމަކުން ވެސް ހިއްސާނުކުރާ ކަމަށާއި އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުކުރާ ކަމަށް ބުނެ މިނިސްޓްރީން ސިޓީއެއް ފޮނުވީ ދަތުރުގެ ހަތް މަސް ފަހުން ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

މިނިސްޓްރީން އެންގި ކަންކަން 30 ދުވަހުގެ ތެރޭ ރަނގަޅުކޮށް މިނިސްޓްރީއަށް ރިޕޯޓު ހުށަހެޅި ކަމަށާއި އޭގެ ފަހުން މިނިސްޓްރީން މިދިޔަ މަހު އިތުރު ދަތުރެއް ކުރި ކަމަށްވެ އެވެ. މި ދަތުރުގައި ސިވިލް ސާވިސް މުވައްޒަފުން ގެންދަން އޮތް އޮތުން ބަދަލުކޮށް ތިން ސިޔާސީ މުވައްޒަފުން ފޮނުވިކަން އައްބާސް ވަނީ ފާހަގަކުރައްވާފަ އެވެ.

"ދެންނެވުނު ސިޔާސީ ފަރާތްތަކުން ނ. މިނާވަރު އިންސްޕެކްޓްކޮށް، ރިޕޯޓެއް ތައްޔާރުކޮށްފައި ވާކަމަށާއި، އެ ރިޕޯޓުގައި ރަށުގެ އެއްބަސްވުމާއި އެއްގޮތަށް ކުރަން ޖެހޭ ކަންކަން ފުރިހަމަ ކޮށްފައި ހުރިހާ ކަމަށާއި، ރަށުގެ ހާލަތާއި މަސައްކަތް ވެސް ވަރަށް ރަނގަޅުކަމަށް ބަޔާންކޮށްފައިކަން ވަނީ ރިޕޯޓްގައި ބަޔާންކޮށްފަ،" އައްބާސްގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

އޭނާ ރިއާޔަތްކުރި ރިޕޯޓުގެ ކޮޕީއެއް މި ނޫހުގެ ނޫސްވެރިން ބެލިއިރު، އެ ދަތުރުގައި ބައިވެރިވީ ސިޔާސީ މުވައްޒަފުން ކަމާއި ރަށުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކުރިއަށްދާ ކަމަށް ބުނެފައިވާކަން ވަނީ ކަށަވަރުވެފަ އެވެ.

އައްބާސްގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ މިނާވަރު އަތުލުމަށް ސަރުކާރުން ކުރި މަސައްކަތުގައި ސަރުކާރުން ގާނޫނާ ހިލާފާށް ކޮށްފައިވާ ކަންކަމެވެ. އެ ގޮތުން އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާނަމަ ކަނޑައެޅިފައިވާ ހަމައަކީ 20،000ރ. އަށްވުރެ ބޮޑު ނޫން ޖޫރިމަނާއެއް ކުރުން ކަން އޭނާ ފާހަގަކުރައްވާފައިވެ އެވެ.

"ރަށް އަނބުރާ ނެގޭނެ އެއްވެސް ގާނޫނީ ހަމައެއް މިނިސްޓްރީއަށް ލިބިގެން ނުވާކަން ފާހަގަ ކުރަން. މީ ކަޑައެޅިގެން ހެދި ބޮޑު ދޮގެއް. އުސޫލާއި އިންސާފުން ބޭރުން އޮޅުވާލި އޮޅުވާލުމެއް،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، މިނާވަރު އިންސްޕެކްޓްކުރަން ދިޔަ ސިޔާސީ މުވައްޒަފުން ހާޒިރުކޮށް އެ ރަށް އަތުލަން ރައީސް އޮފީހުން ބޭނުންވާކަން އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ދެންނެވި ކަމަށް ވެސް އައްބާސް ތުހުމަތުކުރައްވާފައިވެ އެވެ.

ފަޅު ރަށްރަށާ ބެހޭ ގާނޫނަށް ހަވާލާދީ އައްބާސްގެ ބަޔާނުގައި ބުނެފައި ވަނީ އެ ގާނޫނުގެ ދަށުން ކުއްޔަށް ދީފައިވާ ރަށެއް، މުއްދަތު ހަމަވުމުގެ ކުރިން އަތުލެވޭނީ ދެ އަހަރުގެ ނޯޓިސް އެއް ދިނުމަށްފަހު ކަމަށެވެ.

ބަޔާން ނިންމާލަމުން ވެސް އައްބާސް ވިދާޅުވީ، މިއީ ވަކި ފަރާތަކަށް އަމާޒުކޮށް އަޅާ ބޭއިންސާފު ފިޔަވަޅެއް ކަމަށާއި ސަރުކާރުގެ މި އަމަލަކީ ހުދުމުހުތާރުކަމާއެކު ހިންގާފައިވާ ބޭއިންސާފުގެ އަމަލެއް ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ސަރުކާރުގެ ކޯލިޝަނުގައި ސިޔާމުގެ އެމްޑީއޭ ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިތާ ދެ ދުވަސް ފަހުންނެވެ.

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ މި ވަގުތު ސަރުކާރުގައި އޮތީ އެ ޕާޓީ އެކަނި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox