‏ޖެނަސް ޕާޓިކަލް: ސިއްހަތާއި ތިމާވެށީގެ އައު އުއްމީދު

‏މައިކްރޯސްކޯޕިކް ޖެނަސް ޕާޓިކަލް (ޒައްރާ) ‏ތަކެއް ---

‏މައިކްރޯސްކޯޕިކް ޖެނަސް ޕާޓިކަލް (ޒައްރާ) ‏ތަކެއް ---

‏މައިކްރޯސްކޯޕިކް ޖެނަސް ޕާޓިކަލްތަކަކީ ޕޮލެންގެ ފުކަކަށްވުރެ ވެސް ކުދި ނަމަވެސް، ޒަމާނީ ޓެކްނޮލޮޖީގެ ‏‏އާލާތްތަކުގެ ގޮތުގައި ބޭނުންކުރެވެމުންދާ ފަންނީ އީޖާދުތަކެކެވެ. މި ހާއްސަ ކުދިކުދި ޒައްރާތަކުގެ އެއްފަރާތާއި ‏‏އަނެއްފަރާތް ހުންނަނީ ވަރަށް ތަފާތު ހާއްސަ ސިފަތަކާއެކުގަ އެވެ. މި ޒައްރާތަކުގެ ހާއްސަ ކަމަކީ، އެއް ވަގުތެއްގައި ‏‏އެކި ބާވަތުގެ މަސައްކަތްތައް ކުރުމުގެ ޤާބިލުކަން ލިބިފައިވާ އޭގެ ނިޒާމެވެ‏‎.‎

‏ޕެން ސްޓޭޓް ޔުނިވާސިޓީގެ ސައިންޓިސްޓުން މި ދާއިރާގައި ކުރަމުންދާ ދިރާސާތަކުން ދައްކާ ގޮތުގައި، މި ‏‏ޒައްރާތަކަށް ތަފާތު ކެމިކަލް ތަކުގެ ޒަރީއާއިން އަމިއްލައަށް ހަރަކާތްކޮށް، މައިކްރޯސްކޯޕިކް މަގުތަކުގައި ދަތުރުކޮށް، ‏‏ތަފާތު ތަކެތި އުފުލައި، އަދި ބޭރުން ލިބޭ އިޝާރާތްތަކަށް ރިއެކްޓް ކުރުމުގެ ގާބިލުކަން ހުރެ އެވެ.

މި މަސައްކަތުގައި އެސިސްޓެންޓް ޕްރޮފެސަރު ސްޓުއާޓް މެލޮރީ އާއި އެމަނިކުފާނުގެ ޓީމުން ބައިވެރިވެވަޑައިގެން ‏‏ތިއީރެޓިކަލް އަދި ކޮމްޕިއުޓޭޝަނަލް އެޕްރޯޗްތަކުގެ ޒަރީއާއިން މިފަދަ ޒައްރާތްތަކުގެ ހަރަކާތްތައް ބެލެހެއްޓުމާއި، ‏‏ބޭނުންކުރުމުގެ ފުރުސަތުތައް ހޯދާފައި ވެއެވެ‏‎.‎

Advertisement

‏ޖެނަސް ޕާޓިކަލްތަކުގެ މިފަދަ ހާއްސަ ސިފަތަކަށް ބަލާއިރު، އޭގެ އެންމެ މުހިންމު ބޭނުންތަކުގެ ތެރޭގައި ހިމެނެނީ ސިއްހީ ދާއިރާއާއި ތިމާވެށި ސާފުކުރުމެވެ. ވަކިން ހާއްސަކޮށް ބަލިތަކަށް ފަރުވާކުރުމުގައި، މިފަދަ ކުދި ޒައްރާތަކަށް ‏‏އިންސާނާގެ ހަށިގަނޑުގެ ތެރޭގައި ހަރަކާތްކޮށް، ކެންސަރު ފަދަ ބަލީގެ ސެލްތަކަށް ސީދާ ބޭސް ގެންދިއުމުގެ ‏‏ފުރުސަތު އޮވެ އެވެ. ހަމައެހެންމެ ތިމާވެށީގައި ހުންނަ ޕްލާސްޓިކް ފަދަ ތަގައްޔަރު ކުރުވާ ތަކެތި ދެނެގަނެ، އެތަކެތި ‏‏އުފުލުމުގެ ފުރުސަތު ވެސް މިފަދަ ޒައްރާތަކަށް ލިބެ އެވެ‏‎.‎

‏މެލޮރީގެ ޓީމުން އިތުރަށް ދިރާސާކުރަމުންދަނީ މިފަދަ ޒައްރާތައް އެއްވަރަކަށް އެއްތަނަކަށް އެއްވެއްޖެނަމަ އޭގެ ‏‏ސަބަބުން ނުކުމެދާނެ ނަތީޖާތަކާއި، އަދި މިފަދަ ޒައްރާތަކުގެ ޒަރީއާއިން އިތުރު ވަސީލަތްތައް އުފެއްދުމުގެ ގޮތްތަކެވެ. ‏

‏މި ދިރާސާތަކުގެ ނަތީޖާތަކަށް ބިނާކޮށް، ކުރިމަގުގައި ފަންނީ އީޖާދުތަކުގެ ތެރެއިން ޤުދުރަތީ ގޮތުން ހިނގާ ‏‏ކަންތައްތަކަށް އަލިއަޅުވާލައި، އަމިއްލައަށް އެކުލެވިގެންދާ ނިޒާމުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ‏‎.‎

‎"‎‏ދަ ޖާނަލް އޮފް ކެމިކަލް ފިޒިކްސް" ގައި ޝާއިއުކޮށްފައިވާ މި ދިރާސާއިން ދައްކާ ގޮތުގައި، ޖެނަސް ޕާޓިކަލްގެ މި ‏‏ދާއިރާއަކީ ދުވަހެއް ދުވަހަކަށް ކުރިއަރަމުންދާ، އަދި އާ އީޖާދުތަކާއެކު ސިއްހީ ހިދުމަތާއި ތިމާވެށީގެ މައްސަލަތައް ‏‏ޙައްލުކުރުމަށް އެހީތެރިވެދޭނެ ވަސީލަތެކެވެ‏‎.‎

ކޮމެންޓް

ފަހުގެ ޚަބަރު

އޭއައި އިން އުރަމަތީގެ ކެންސަރު ދެނެގަތުމުގެ ބޮޑު ދިރާސާއެއް

އޭއައި ބޭނުންކޮށްގެން އުރަމަތީގެ ކެންސަރު ދެނެގަތުމަށް އިނގިރޭސިވިލާތުގައި ކުރިއަށްގެންދާ ދުނިޔޭގެ އެންމެ ބޮޑު ދިރާސާގައި 700,000 އަންހެނުން ބައިވެރިކުރުމަށް ވަނީ ނިންމާފައެވެ. "އީޑިތު" ގެ ނަމުން ނަންދީފައިވާ މި ދިރާސާގެ މައިގަނޑު މަގްސަދަކީ މެމޯގްރާމްތައް ބެލުމުގައި އޭއައި ބޭނުންކޮށްގެން ބަލި ދެނެގަތުން އަވަސްކުރުމާއި، ސިއްހީ މުވައްޒަފުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމެވެ.

މައިލީ ސައިރަސް އާއި މެކްސް މޮރާންޑޯ ކައިވެނިކޮށްފި

މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސް އާއި ޑްރަމަރު މެކްސް މޮރާންޑޯ، ހަތަރު އަހަރުގެ ލޯބީގެ ގުޅުމަކަށްފަހު ކެލިފޯނިއާގެ ރިސޯޓެއްގައި ކައިވެނިކޮށްފިއެވެ. އާއިލާގެ މެންބަރުންނާއި ގާތް ރައްޓެހިން ބައިވެރިވި މި ހަފުލާގައި މައިލީ ފެނިގެންދިޔައީ ހުދުކުލައިގެ ސިލްކް ހެދުމެއްގައެވެ.

ޖީޓީއޭ 6 ފުރަތަމަ ދުވަހު 3.8 ބިލިއަން ޑޮލަރު

ޖީޓީއޭ 6 ބާޒާރަށް ނެރުނު ފުރަތަމަ ދުވަހު 3.8 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައި، މުނިފޫހިފިލުވުމުގެ ދާއިރާގެ ހުރިހާ ރެކޯޑުތަކެއް މުގުރާލައިފިއެވެ. މިއީ މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްގެން އުފެއްދި ގޭމަށްވާއިރު، މި ކާމިޔާބީއާއެކު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކާއި މި ސިލްސިލާގެ ކުރީގެ ގޭމްތަކުގެ ރެކޯޑުތައް ވެސް ވަނީ ފަހަނައަޅައި ގޮސްފައެވެ.

އިންޑިއާގައި ޕާފޯމްކުރުމަށް ދިވެހި ބޭންޑު "ހީރަޕަންނާ" ފުރަނީ

އިންޑިއާގެ އައިސީސީއާރުގެ ދައުވަތަކަށް އެ ގައުމުގެ އެކި ސިޓީތަކުގައި ޕާފޯމްކުރުމަށް ރާއްޖޭގެ މިއުޒިކް ބޭންޑް "ހީރަޕަންނާ" ފުރަން ތައްޔާރުވެއްޖެއެވެ. މި ދަތުރުގައި ލަކްނޯ، ކަޓަކް، ކަޗް އަދި ނިއުދިއްލީގައި ދިވެހި ސަގާފީ އަދި ޒަމާނީ މިއުޒިކް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބައިނަލްއަގުވާމީ މައިދާނެއްގައި ދިވެހި މިއުޒިކް އިޝްތިހާރުކޮށް، އެ ބޭންޑުގެ ފުރަތަމަ އީޕީ ނެރުމާ ދިމާކޮށް ލިބުނު މުހިންމު ފުރުސަތެކެވެ.

ސްރީލަންކާގައި އައިސްކްރީމްގެ ފެންވަރު ބެލުމުގެ އިންސްޕެކްޝަނެއް

ސްރީލަންކާގައި އުފައްދާ އައިސްކްރީމްގެ ފެންވަރު ބެލުމަށާއި، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭތޯ ކަށަވަރުކުރުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ޚާއްސަ އިންސްޕެކްޝަންތަކެއް ފަށައިފިއެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ސިއްހީ މިންގަނޑުތަކަށް ނުފެތޭ ތަކެތި ދެނެގަތުމާއި، އައިސްކްރީމްގެ ނަމުގައި އޮޅުވާލައިގެން "ފްރޯޒަން ޑެޒާޓް" ވިއްކުން ހުއްޓުވައި ކުންފުނިތަކުން ގާނޫނަށް އަމަލުކުރާކަން ކަށަވަރުކުރުމެވެ.

ކެތުރިންގެ ކެންސަރުގެ ތަޖުރިބާތަކާއެކު 'ހީލް' ބީބީސީއަށް

ޕްރިންސަސް އޮފް ވޭލްސް ކެތުރިންގެ ކެންސަރު ބަލީގެ ތަޖުރިބާތަކާއި ނަފްސާނީ ގޮތުން އައި ބަދަލުތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ "ހީލް" ޑޮކިއުމެންޓްރީ މި މަހުގެ 29 ގައި ބީބީސީން ދައްކާނެއެވެ. މި ފިލްމުގައި ބަލިން ފަސޭހަވަމުން އައި ދުވަސްވަރުގެ އިހުސާސްތަކާއި، ގޮންޖެހުންތަކާ ކުރިމަތިލުމަށް ކުރެއްވި "ތްރީ ޕީކްސް ޗެލެންޖް" ގެ މަންޒަރުތައް ފުރަތަމަ ފަހަރަށް އާންމުންނަށް ފެނިގެންދާނެއެވެ.

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

Newsletter

Get the latest news delivered straight to your inbox