ހުލާސާކޮށް އިއްޔެ: ޔުމްނު ވެއްޓުނު ހާދިސާ ރައީސް މުއިއްޒު ސިޔާސީ ކުރެއްވުން

Apr 25, 2025, 1:50 AM
ފުލުހުންގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ. އެމަނިކުފާނު މިރޭ ވާހަކަ ދެއްކެވީ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން ހުންނެވި ފަދަ ރާގެއްގައި --- ފޮޓޯ: ރައީސް އޮފީސް

ފުލުހުންގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ. އެމަނިކުފާނު މިރޭ ވާހަކަ ދެއްކެވީ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން ހުންނެވި ފަދަ ރާގެއްގައި --- ފޮޓޯ: ރައީސް އޮފީސް

މި މަހުގެ 18 ވީ ހުކުރު ދުވަހުގެ ފަތިހު ޒުވާން އަންހެނަކު އުސް އިމާރާތެއްގެ މަތިން ވެއްޓުނު ހާދިސާ ވަރަށް ބޮޑަށް ސިޔާސީ ކުރައްވައި އެކަމުގެ ޒިންމާ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ނަގަން ޖެހޭ ފަދަ މޭރުމަކުން ރައީސް ޑރ. މުހައްމަދު މުއިއްޒު ފުލުހުންގެ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވައިފި ކަމަށް ރޭ ރިޕޯޓުކުރި އެވެ.

ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ބޭއްވި މި ޖަލްސާގައި ރައީސް މުއިއްޒު ވަނީ ފުރަތަމަ ފަހަރަށް މި ހާދިސާއާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. އެހެން ޖަލްސާތަކާ ހިލާފަށް ރޭ ރައީސް ދެއްވީ ތަންކޮޅެއް ކުރު ސްޕީޗެކެވެ. އެ ސްޕީޗުގައި ވަރަށް ބޮޑަށް ފިތުނައިގެ ވާހަކަ އާއި ތެދާއި ދޮގުގެ ވާހަކަ ދައްކަވާފަ އެވެ.

"މިހާރު މި ހިނގައިގެން އުޅޭ ހިތާމަވެރި، ވަރަށް ހިތާމަވެރި ހާދިސާއަށް ވިސްނާލާއިރުގައި ވެސް، މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަދި އިންސާފަށް ލޯބިކުރައްވާ ކޮންމެ މީހެއް ވެސް ގަބޫލުކުރައްވާނެ ގޮތުގައި، ބިރަކާ ނުލައި މަޖާ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ޕްރޮމޯޓް ކުރި މީހުން މީގެ އަހަރުތަކެއް ކުރިން،" ހ. ފެންޓެނޯއީ ގެއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާ އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

"މަޖާކުރުން: ބިރަކާ ނުލާ ފޫހިފިލުވުން" އެއީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ހުށަހެޅި ސިޔާސަތެކެވެ. އެއީ އެ ޕާޓީން ހުށަހެޅި ކުޅިވަރާ މުނިފޫހިފިލުވުމުގެ ސިޔާސަތެވެ.

އެ ސިޔާސަތު ލޯންޗު ކުރުމަށް ޖުލައި 6، 2013 ގައި ރާޅުގަނޑު ސަރަހައްދުގައި އޭރުގެ ރިޔާސީ ކެންޑިޑޭޓު ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއެކު ހާއްސަ އިވެންޓެއް ވެސް އެމްޑީޕީން ބޭއްވި އެވެ.

"އަޅުގަނޑުމެންގެ މާތް ވެގެންވާ އިސްލާމް ދީން، ދީނުގައި ކަނޑައެޅިފައި ހުރި، އިންތަކާއި މިންތަކާއި، އުސޫލުތަކާއި ހަމަތަކަކީ އެއީ މާ މުހިންމު ކަމެއް ނޫނޭ. މަޖާ ކުރާށޭ. ޒުވާން ކަމުގައި ތި ކުދިން ބޭނުން ގޮތަކަށް އުޅޭށޭ ކިޔާފައި އެ ހިތްވަރު ދިން މީހުން މިއަދު ސިޔާސީ ބޭނުމެއްގައި ނުކުމެ، އެ ކުދިން މިސްޔޫސް ކުރަމުންދާ ދިޔުން ލޯ ހުޅުވައި ބަލަން އެބަ ޖެހޭ. ލޯ ހުޅުވައި ބަލަން އެބަ ޖެހޭ،" ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން ހުންނެވި ރާގަކަށް ރައީސް ވިދާޅުވި އެވެ.

"އޭގެ ވިކްޓިމައިޒް ވެފައި ތިބި ޒުވާނުންތަކެއްގެ ބޭނުންކޮށްގެން ސިޔާސީ ފައިދާ ނަގަން އުޅޭ އުޅުމުގެ ތެރެއަށް ދިވެހި ލޮބުވެތި ރައްޔިތުން ވަނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން. އެއަށް ވުރެ އަޅުގަނޑުމެން ލޯ ހުޅުވެން ޖެހޭނެ. އަޅުގަނޑުމެން ވާން ޖެހޭނެ ތެދާއި ދޮގު ވަކި ކުރަން އެނގޭ ބަޔަކަށް،"

ރައީސް މިހެން ވިދާޅުވިއިރު މި ހާދިސާއާ ގުޅުން އޮތް ކަމަށް ތުހުމަތުކޮށް ވަނަވަރު އާންމުކުރި ނުވަ މީހުން "މަސްތު ޕާޓީ"އަކަށް އެއްވީ އެމަނިކުފާނުގެ ކެބިނެޓުގައި ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރައްވާ މުހައްމަދު އަމީނުގެ ގެ ކަމަށްވާ މއ. މާންދޫގޭދެކުނުގޭގަ އެވެ. އެއަށް ފަހު އިތުރު ގެއަކަށް ދިޔުމަށް ފަހު މި ހާދިސާ ހިނގައިދިޔައީ ހ. ފެންޓެނޯއީގޭގަ އެވެ.

"އެ ކުދިން އެ މަގު ދިޔައީ ސިޔާސީ އޮއެވަރެއްގައި ޖައްސައިގެން، މި ގައުމުގައި އޮތް މާތްވެގެންވާ އިސްލާމް ދީނުގެ ހަމަތަކާއި، އުސޫލުތަކާއި، އަޅުގަނޑުމެންގެ ތެރޭގައި އޮތް ރީތި އާދަތަކުން ބޭރަށް މި ގައުމު ނެރެ އެހެން މަގަކުން ގެންދަން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ސަބަބުން،" ރައީސް ވިދާޅުވި އެވެ.

މި ހާދިސާއާ ގުޅުން އޮތް ކަމަށް ތުހުމަތުކޮށް ވަނަވަރު އާންމުކުރި މީހުންގެ ތެރޭގައި ރައީސްގެ އޮފީހުގެ އިސް މަގާމުތަކުގައި ތިބި މީހުން ހިމެނޭއިރު ބައެއް މީހުން ވަނީ މަގާމުތަކުން ވަކިކޮށްފަ އެވެ. އޭގެ ތެރޭގައި ރައީސްގެ ޑިޖިޓަލް ކޮމިއުނިކޭޝަން ސްޓްރެޓެޖީ ކަނޑައެޅުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދިޔަ މީހުންނާއި އެ މީހުންގެ އާއިލާ މެންބަރުން ހިމެނެއެވެ. ރައީސް ވިދާޅުވި ގޮތަށް "ބިރަކާ ނުލައި" އެ މީހުން މަޖާކުރާ ގިނަ އަދަދެގެ ފޮޓޯ އާއި ވީޑިއޯ ވެސް ވަނީ އާންމުވެފަ އެވެ.

titledesc

ނަމާދު ވަގުތު

  • ފަތިސް 04:42
  • އިރުއަރާ 05:55
  • މެންދުރު 12:08
  • އަޞްރު 15:21
  • މަޣްރިބް 18:13
  • ޢިޝާ 19:27

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox