‏ލެބޯޓަރީގައި އުފައްދާ ކުކުޅު މަސް، މީރުކުރަން އާ ޓެކްނޮލޮޖީއެއް‏

ލެބޯޓްރީގައި އުފައްދާ މީޓްގެ ބާވަތްތަކަށް އާންމުންގެ މަގުބޫލުކަން ކުޑަ -- ފޮޓޯ: ގެޓީއިމޭޖްސް

ލެބޯޓްރީގައި އުފައްދާ މީޓްގެ ބާވަތްތަކަށް އާންމުންގެ މަގުބޫލުކަން ކުޑަ -- ފޮޓޯ: ގެޓީއިމޭޖްސް

‏ޖަޕާނުގެ ޝޯޖި ޓަކެއުޗި އަދި ޓޯކިޔޯ ޔުނިވާސިޓީގެ ދިރާސާވެރިން ލެބޯޓަރީގައި އުފައްދާ ކުކުޅުގެ މަހުގެ ރަހައާއި ‏‏ޓެކްސްޗާ އިތުރަށް ރަނގަޅުކުރުމަށް އާ ޓެކްނޮލޮޖީއެއް ތައާރަފުކޮށްފި އެވެ.

މި ޓެކްނޮލޮޖީގައި ބޭނުންކުރަނީ ‏‏ސެމިޕާމިއަބަލް ހޮލޯ ފައިބާތަކެއް ކަމަށްވާ، ނިއުޓްރިއަންޓްސް އާއި އޮކްސިޖަން ކަނޑައެޅޭ މިންވަރަކަށް ‏‏ސެލްތަކަށް ފޯރުކޮށްދޭ ކުދި ހޮޅިތަކެކެވެ‏‎.‎

‏މި ހޮޅިތައް ޑަޔަލިސިސް މެޝިންތަކުގައި ބޭނުންކުރާ ހޮޅިތަކާ އެއްގޮތެވެ. ސެލްތައް ކޮލެޖަން-ބޭސްޑް މެދުވެރިއަކަށް ‏‏ލައި، ހޮޅިތަކުގެ ވަށައިގެން ބަހައްޓަ އެވެ. މިގޮތުން، ސެލްތައް އެއްކޮށް ހެދި، އަސްލު ކުކުޅުގެ މަސް ފަދަ ‏‏ސްޓްރަކްޗާއެއް އުފެދެ އެވެ‏‎.‎

Advertisement

‏މި ނިޒާމުގެ ސަބަބުން ބޮޑެތި ޓިޝޫތަކަށް ވެސް ނިއުޓްރިއަންޓްސް އާއި އޮކްސިޖަން އެކަށީގެންވާ މިންވަރަށް ‏‏ފޯރުކޮށްދިނުމުގެ މައްސަލަ ހައްލުވެ އެވެ. މީގެ ނަތީޖާއަކީ ރަނގަޅު ޓެކްސްޗާ، ކުލަ އަދި ރަހަ ލިބޭ، ދެމެހެއްޓެނިވި ‏‏ގޮތެއްގައި އުފެއްދޭ ލެބޯޓަރީގެ ކުކުޅުގެ މަހެވެ‏‎.‎

‏މި ޓެކްނޮލޮޖީ އޮޓޮމޭޓްކުރެވި، ގިނަ މިންވަރަށް އުފެއްދޭނެ ގޮތާމެދު ދިރާސާތައް ކުރިއަށްދެ އެވެ. ކާލެވޭ ފައިބާތައް ‏‏ބޭނުންކުރުން ފަދަ އިތުރު ތަރައްގީތައް ވިސްނާފައިވެ އެވެ. މީގެ އިތުރުން މި ޓެކްނޮލޮޖީ އެހެން ބާވަތްތަކުގެ ‏‏މަސްތަކަށާއި، މެޑިކަލް ރިޖެނެރޭޓިވް ޓިޝޫތަކަށް އަދި ސޮފްޓް ރޮބޮޓިކްސްއަށް ވެސް ބޭނުންކުރެވިދާނެ އެވެ‏‎.‎

‏އިމޯޓަލައިޒްޑް ފައިބްރޮބްލާސްޓް ސެލްތައް ބޭނުންކުރުމުން ދިރޭ ޖަނަވާރުންގެ ކިބައިން ސެލްތައް ނަގަން ‏‏ނުޖެހޭނެތީ، އެކަމާގުޅޭ އަހުލާގީ މައްސަލަތައް މަދުވެގެންދާނެ އެވެ. ‏

‏ޓަކެއުޗިގެ މަގުސަދަކީ މި ޓެކްނޮލޮޖީ މެދުވެރިކޮށް ޖަނަވާރު ގެންގުޅުމުގެ ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ‏‏މަދުކުރުމެވެ‏‎.‎

ހުލާސާކޮށް ބަލާއިރު، ޓޯކިޔޯ ޔުނިވާސިޓީގެ ދިރާސާވެރިންގެ މި އާ ޓެކްނޮލޮޖީއަކީ ދުނިޔޭގެ މީޓް ޕްރޮޑަކްޝަން ‏‏ދާއިރާގައި އެހާމެ މުހިންމު ކުރިއެރުމެކެވެ. ލެބޯޓަރީގައި އުފައްދާ ކުކުޅުގެ މަސް ޓްރެޑިޝަނަލް މަހަށްވުރެ ‏‏ތިމާވެއްޓަށް ރައްޓެހި، އަދި ޖަނަވާރުންގެ ހައްގުތަކަށް ރިއާޔަތްކުރާ ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ. ‏

‏ހޮލޯ ފައިބާ ޓެކްނޮލޮޖީން ރަހައާއި ޓެކްސްޗާގެ ފެންވަރު މަތިވެ، ގިނަ އަދަދަކަށް އުފެއްދުމުގެ ފުރުސަތު ‏‏ހުޅުވިގެންދިއުމާއެކު، ކުރިއަށް އޮތް އަހަރުތަކުގައި ލެބޯޓަރީގައި އުފައްދާ މިފަދަ މަހުގެ ބާވަތްތައް އާންމު ކާނާގެ ‏‏ގޮތުގައި ބޭނުންކުރުން އިތުރުވެގެންދާނެކަމަށް ބެލެވެ އެވެ‏‎.‎

‏ރިސާޗް ޝާއިއުކޮށްފައިވަނީ "ޓްރެންޑްސް އިން ބަޔޯޓެކްނޮލޮޖީ" ޖާނަލްގަ އެވެ‏‎.‎

ކޮމެންޓް

ފަހުގެ ޚަބަރު

އޭއައި އިން އުރަމަތީގެ ކެންސަރު ދެނެގަތުމުގެ ބޮޑު ދިރާސާއެއް

އޭއައި ބޭނުންކޮށްގެން އުރަމަތީގެ ކެންސަރު ދެނެގަތުމަށް އިނގިރޭސިވިލާތުގައި ކުރިއަށްގެންދާ ދުނިޔޭގެ އެންމެ ބޮޑު ދިރާސާގައި 700,000 އަންހެނުން ބައިވެރިކުރުމަށް ވަނީ ނިންމާފައެވެ. "އީޑިތު" ގެ ނަމުން ނަންދީފައިވާ މި ދިރާސާގެ މައިގަނޑު މަގްސަދަކީ މެމޯގްރާމްތައް ބެލުމުގައި އޭއައި ބޭނުންކޮށްގެން ބަލި ދެނެގަތުން އަވަސްކުރުމާއި، ސިއްހީ މުވައްޒަފުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމެވެ.

މައިލީ ސައިރަސް އާއި މެކްސް މޮރާންޑޯ ކައިވެނިކޮށްފި

މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސް އާއި ޑްރަމަރު މެކްސް މޮރާންޑޯ، ހަތަރު އަހަރުގެ ލޯބީގެ ގުޅުމަކަށްފަހު ކެލިފޯނިއާގެ ރިސޯޓެއްގައި ކައިވެނިކޮށްފިއެވެ. އާއިލާގެ މެންބަރުންނާއި ގާތް ރައްޓެހިން ބައިވެރިވި މި ހަފުލާގައި މައިލީ ފެނިގެންދިޔައީ ހުދުކުލައިގެ ސިލްކް ހެދުމެއްގައެވެ.

ޖީޓީއޭ 6 ފުރަތަމަ ދުވަހު 3.8 ބިލިއަން ޑޮލަރު

ޖީޓީއޭ 6 ބާޒާރަށް ނެރުނު ފުރަތަމަ ދުވަހު 3.8 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައި، މުނިފޫހިފިލުވުމުގެ ދާއިރާގެ ހުރިހާ ރެކޯޑުތަކެއް މުގުރާލައިފިއެވެ. މިއީ މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްގެން އުފެއްދި ގޭމަށްވާއިރު، މި ކާމިޔާބީއާއެކު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކާއި މި ސިލްސިލާގެ ކުރީގެ ގޭމްތަކުގެ ރެކޯޑުތައް ވެސް ވަނީ ފަހަނައަޅައި ގޮސްފައެވެ.

އިންޑިއާގައި ޕާފޯމްކުރުމަށް ދިވެހި ބޭންޑު "ހީރަޕަންނާ" ފުރަނީ

އިންޑިއާގެ އައިސީސީއާރުގެ ދައުވަތަކަށް އެ ގައުމުގެ އެކި ސިޓީތަކުގައި ޕާފޯމްކުރުމަށް ރާއްޖޭގެ މިއުޒިކް ބޭންޑް "ހީރަޕަންނާ" ފުރަން ތައްޔާރުވެއްޖެއެވެ. މި ދަތުރުގައި ލަކްނޯ، ކަޓަކް، ކަޗް އަދި ނިއުދިއްލީގައި ދިވެހި ސަގާފީ އަދި ޒަމާނީ މިއުޒިކް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބައިނަލްއަގުވާމީ މައިދާނެއްގައި ދިވެހި މިއުޒިކް އިޝްތިހާރުކޮށް، އެ ބޭންޑުގެ ފުރަތަމަ އީޕީ ނެރުމާ ދިމާކޮށް ލިބުނު މުހިންމު ފުރުސަތެކެވެ.

ސްރީލަންކާގައި އައިސްކްރީމްގެ ފެންވަރު ބެލުމުގެ އިންސްޕެކްޝަނެއް

ސްރީލަންކާގައި އުފައްދާ އައިސްކްރީމްގެ ފެންވަރު ބެލުމަށާއި، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭތޯ ކަށަވަރުކުރުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ޚާއްސަ އިންސްޕެކްޝަންތަކެއް ފަށައިފިއެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ސިއްހީ މިންގަނޑުތަކަށް ނުފެތޭ ތަކެތި ދެނެގަތުމާއި، އައިސްކްރީމްގެ ނަމުގައި އޮޅުވާލައިގެން "ފްރޯޒަން ޑެޒާޓް" ވިއްކުން ހުއްޓުވައި ކުންފުނިތަކުން ގާނޫނަށް އަމަލުކުރާކަން ކަށަވަރުކުރުމެވެ.

ކެތުރިންގެ ކެންސަރުގެ ތަޖުރިބާތަކާއެކު 'ހީލް' ބީބީސީއަށް

ޕްރިންސަސް އޮފް ވޭލްސް ކެތުރިންގެ ކެންސަރު ބަލީގެ ތަޖުރިބާތަކާއި ނަފްސާނީ ގޮތުން އައި ބަދަލުތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ "ހީލް" ޑޮކިއުމެންޓްރީ މި މަހުގެ 29 ގައި ބީބީސީން ދައްކާނެއެވެ. މި ފިލްމުގައި ބަލިން ފަސޭހަވަމުން އައި ދުވަސްވަރުގެ އިހުސާސްތަކާއި، ގޮންޖެހުންތަކާ ކުރިމަތިލުމަށް ކުރެއްވި "ތްރީ ޕީކްސް ޗެލެންޖް" ގެ މަންޒަރުތައް ފުރަތަމަ ފަހަރަށް އާންމުންނަށް ފެނިގެންދާނެއެވެ.

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

Newsletter

Get the latest news delivered straight to your inbox