ޑައިޓް ބުއިންތަކުން ބަރުދަން ލުއި ނުވެދާނެ ކަމަށް ދިރާސާއަކުން ދައްކައިފި

ސުކްރަލޯޒް އަކީ ހަކުރުގެ ބަދަލުގައި ބޭނުންކުރާ އާޓިފިޝަލް މާއްދާއެއް -- ފޮޓޯ: ގެޓީއިމޭޖްސް

ސުކްރަލޯޒް އަކީ ހަކުރުގެ ބަދަލުގައި ބޭނުންކުރާ އާޓިފިޝަލް މާއްދާއެއް -- ފޮޓޯ: ގެޓީއިމޭޖްސް

ޑައިޓް ކޯލާ އަދި އެހެނިހެން ކެލަރީ މަދު ކާނާގެ ބާވަތްތަކުގައި ބޭނުންކުރާ އާޓިފިޝަލް ސްވީޓްނާ، ހިކުމަށް އެހީއަކަށް ނުވެދާނެ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ފަހުގެ މި ދިރާސާގެ ނަތީޖާއަށް ބާރުލިބޭ ގޮތުން، ދުނިޔޭގެ ސިއްހީ ޖަމްއިއްޔާއިން 2023 ގެ މެއި މަހު ހުށަހެޅި ލަފާދޭ ކަރުދާހުގައި ބުނެފައިވަނީ ހިކުމަށްޓަކައި ހަކުރުގެ ބަދަލުގައި އާޓިފިޝަލް ސްވީޓްނާ ބޭނުން ނުކުރުމަށެވެ.

"ހަކުރުގެ ބަދަލުގައި އާޓިފިޝަލް ސްވީޓްނާ ބޭނުންކުރުމުން ދިގު މުއްދަތަކަށް ހިކުން ކޮންޓްރޯލް ކުރުމަށް އެހީތެރިއެއް ނުވޭ" ދުނިޔޭގެ ސިއްހީ ޖަމްއިއްޔާގެ ނިއުޓްރިޝަން އެންޑް ފުޑް ސޭފްޓީ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޑރ. ފްރަންޗެސްކޯ ބްރަންކާ ވިދާޅުވިއެވެ.

Advertisement

މިއާ ދިރާސާއިން ދައްކައިދީފައި ވަނީ ސަކްރަލޯސް ނަމަކަށް ކިޔާ އާޓިފިޝަލް ސްވީޓްނާ ގިނައިން ބޭނުންކުރުމުން ސިއްހީ މައްސަލަ ޖެހޭ ކަމަށެވެ. ސަކްރަލޯސް ބޭނުންކުރުމުން މުޅި ހަށިގަނޑަށް ކެލަރީ ނުލިބުމުގެ އިތުރުން ލިބޭ ހަކަތަ މަދުކަމުން، ފައިދާއެއް ވުމުގެ ބަދަލުގައި ސަކްރަލޯސް ބުއިމުގެ ސަބަބުން ހަށިގަނޑު ހޫނުވުން އިތުރުވާކަން ފާހަގަކުރެވެއެވެ.

"ސަކްރަލޯސް އިން ސިކުނޑީގެ ހޫނުކަން ކޮންޓްރޯލްކުރާ ސަރަހައްދަށް އަސަރުކޮށް، އޭގެ ސަބަބުން ހޫނުކަން އިތުރުވާކަން ފާހަގަކުރެވޭ" މި ދިރާސާގެ އިސް މުއައްލިފު، ޔުނިވާސިޓީ އޮފް ސަދަން ކެލިފޯނިޔާގެ ޑައެބެޓީސް އެންޑް އޮބީސިޓީ ރިސާރޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރ ޑރ. ކޭޓީ ޕޭޖް ވިދާޅުވިއެވެ.

ހަގީގަތުގައި، ސަކްރަލޯސް އެކުލެވޭ ފެން ބުއި މީހުން، ޢާއްމު ހަކުރު އެކުލެވޭ ފެން ބުއި މީހުންނާއި އަޅާބަލާއިރު، ހޫނުކަން 20 ޕަސެންޓާ ގާތްކުރާ މިންވަރަށް އިތުރުވި ކަމަށް ޕޭޖް ވިދާޅުވިއެވެ.

މި ދިރާސާގައި ބޭނުންކޮށްފައިވަނީ ހަމައެކަނި ސަކްރަލޯސްއެވެ. އެސްޕަޓޭމް، އެސީސަންފޭމް-ކޭ އަދި ސޯޑިޔަމް ސެކަރިން ފަދަ އެހެން އާޓިފިޝަލް ސްވީޓްނާތަކާއި ބެހޭ ދިރާސާ ކުރެވިފައެއް ނުވެއެވެ.

ޖާނަލް ނޭޗާ މެޓަބޮލިޒަމްގައި މާޗް 26 ވީ ބުދަ ދުވަހު ޝާއިއުކުރެވުނު މި އާ ދިރާސާގައި ، 75 މީހުންނަށް ތިން ވައްތަރުގެ ބުއިމެއް ތަފާތު ތިން ދުވަސްވަރެއްގައި ދެވުނެވެ. ސާފު ފެން، ޢާންމު ހަކުރު އަޅާފައި ފެން (ސުކްރޯސް)، އަދި ސަކްރަލޯސް އަޅާފައި ފެން ދެވުނެވެ.

ކޮންމެ ފަހަރަކު، ރިސާޗް ޓީމުން ބައިވެރިންގެ ކެއުމަށްފަހު ލޭގެ ހަކުރުގެ މިން ޓެސްޓްކޮށް، ފަހުން ފަންކްޝަނަލް މެގްނެޓިކް ރެޒޮނެންސް އިމޭޖިން، ނުވަތަ އެފްއެމްއާރްއައި، ސިކުނޑީގެ ތަފާތު ސަރަހައްދުތަކުގައި ލޭ ހިނގާލެއް ދައްކުވައިދިނުމަށް ސްކޭންކުރެވުނެވެ. މިގޮތަށް ސްކޭން ކުރާ ކޮންމެ ފަހަރަކުވެސް ނަތީޖާ ދައްކަނީ އެއްގޮތަކަށް ކަމަށް ދިރާސާގައި ބުނެފައިވެއެވެ.

އެހެންކަމުން ދިރާސާގެ އަލީގައި ބުނެފައިވަނީ ހަކުރުގެ ބަދަލުގައި އާޓިފިޝަލްސްވީޓްނާ އެއް ބޭނުން ކުރުމަކީ ބަރުދަން ލުއިކުރުމަށް އެހީއެއް ވާނޭ ކަމެއް ކަމަށް ނުބެލެވޭ ކަމަށެވެ.

ދިރާސާއާ ބެހޭ އިތުރު މައުލޫމާތު

މި ދިރާސާއަކީ ޔުނިވާސިޓީ އޮފް ސަދަން ކެލިފޯނިޔާގެ ކެކް ސްކޫލް އޮފް މެޑިސިންގެ ޑައެބެޓީސް އެންޑް އޮބީސިޓީ ރިސާރޗް އިންސްޓިޓިއުޓްގެ ޑރ. ކޭޓީ ޕޭޖްގެ އިސްނެގުމުގެ ދަށުން ހިންގާފައިވާ ދިރާސާއެކެވެ. މި ދިރާސާ 2025 ގެ މާރިޗު މަހު "ނޭޗާ މެޓަބޮލިޒަމް" ޖާނަލްގައި ޝާއިއުކުރެވުނެވެ. 75 ބައިވެރިންނާއެކު ކުރެވުނު މި ދިރާސާއަކީ ސިކުނޑީގެ ހޫނުކަން ދައްކާ ބައިތަކަށް އާޓިފިޝަލް ސްވީޓްނާއިން ކުރާ އަސަރު ދެނެގަތުމަށް ޒަމާނީ އެފްއެމްއާރްއައި ސްކޭން ބޭނުންކޮށްގެން ކުރެވުނު ދިރާސާއެކެވެ.

ދިރާސާއިން އިތުރަށް ދައްކައިދެނީ ސަކްރަލޯސް ފަދަ އާޓިފިޝަލް ސްވީޓްނާތައް ހިކުމަށްޓަކައި ބޭނުންކުރުމުގެ މައްސަލަތަކެވެ. މިއީ ދުނިޔޭގެ ސިއްހީ ޖަމްއިއްޔާއިން 2023 ގައި ނެރެފައިވާ ލަފަޔާވެސް އެއްގޮތްވާ ހޯދުމެކެވެ. މި ދިރާސާގެ މުހިންމުކަން ފާހަގަކުރެވެނީ ދުނިޔޭގައި އޮބީސިޓީ އަދި ޑައެބެޓީސް ޢާންމުވަމުން އަންނަ ދަނޑިވަޅެއްގައި، ކާނާއާ ގުޅުންހުރި ސިކުނޑީގެ އަސަރުތައް ސައިންޓިފިކް ގޮތެއްގައި ދެނެގަތުމަށް ކުރާ މަސައްކަތެއްގެ ގޮތުންނެވެ.

މި ދިރާސާގެ ހޯދުންތަކުން އިތުރަށް ދައްކުވައިދެނީ އާޓިފިޝަލް ސްވީޓްނާތަކުގެ އަސަރުތައް ދެނެގަތުމަށް އިތުރު ދިރާސާތައް ކުރަންޖެހޭކަމެވެ. ހާއްސަކޮށް އެސްޕަޓޭމް އަދި އެސީސަލްފޭމް-ކޭ ފަދަ އެހެން ބާވަތްތަކުގެ އާޓިފިޝަލް ސްވީޓްނާތަކުން ސިކުނޑިއަށް ކުރާ އަސަރު ދެނެގަތުމަށް އިތުރު ދިރާސާތައް ބޭނުންވެއެވެ. މީގެއިތުރުން، ދުވަސްވީ މީހުން، ކުޑަކުދިން، އަދި ހާއްސަ ސިއްހީ ހާލަތްތައް ހުންނަ މީހުންނަށް މި ހޯދުންތައް ނިސްބަތްވާ މިންވަރު ދެނެގަތުމަށްވެސް އިތުރު ދިރާސާތައް ކުރަންޖެހެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޭއައި އިން އުރަމަތީގެ ކެންސަރު ދެނެގަތުމުގެ ބޮޑު ދިރާސާއެއް

އޭއައި ބޭނުންކޮށްގެން އުރަމަތީގެ ކެންސަރު ދެނެގަތުމަށް އިނގިރޭސިވިލާތުގައި ކުރިއަށްގެންދާ ދުނިޔޭގެ އެންމެ ބޮޑު ދިރާސާގައި 700,000 އަންހެނުން ބައިވެރިކުރުމަށް ވަނީ ނިންމާފައެވެ. "އީޑިތު" ގެ ނަމުން ނަންދީފައިވާ މި ދިރާސާގެ މައިގަނޑު މަގްސަދަކީ މެމޯގްރާމްތައް ބެލުމުގައި އޭއައި ބޭނުންކޮށްގެން ބަލި ދެނެގަތުން އަވަސްކުރުމާއި، ސިއްހީ މުވައްޒަފުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމެވެ.

މައިލީ ސައިރަސް އާއި މެކްސް މޮރާންޑޯ ކައިވެނިކޮށްފި

މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސް އާއި ޑްރަމަރު މެކްސް މޮރާންޑޯ، ހަތަރު އަހަރުގެ ލޯބީގެ ގުޅުމަކަށްފަހު ކެލިފޯނިއާގެ ރިސޯޓެއްގައި ކައިވެނިކޮށްފިއެވެ. އާއިލާގެ މެންބަރުންނާއި ގާތް ރައްޓެހިން ބައިވެރިވި މި ހަފުލާގައި މައިލީ ފެނިގެންދިޔައީ ހުދުކުލައިގެ ސިލްކް ހެދުމެއްގައެވެ.

ޖީޓީއޭ 6 ފުރަތަމަ ދުވަހު 3.8 ބިލިއަން ޑޮލަރު

ޖީޓީއޭ 6 ބާޒާރަށް ނެރުނު ފުރަތަމަ ދުވަހު 3.8 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައި، މުނިފޫހިފިލުވުމުގެ ދާއިރާގެ ހުރިހާ ރެކޯޑުތަކެއް މުގުރާލައިފިއެވެ. މިއީ މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްގެން އުފެއްދި ގޭމަށްވާއިރު، މި ކާމިޔާބީއާއެކު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކާއި މި ސިލްސިލާގެ ކުރީގެ ގޭމްތަކުގެ ރެކޯޑުތައް ވެސް ވަނީ ފަހަނައަޅައި ގޮސްފައެވެ.

އިންޑިއާގައި ޕާފޯމްކުރުމަށް ދިވެހި ބޭންޑު "ހީރަޕަންނާ" ފުރަނީ

އިންޑިއާގެ އައިސީސީއާރުގެ ދައުވަތަކަށް އެ ގައުމުގެ އެކި ސިޓީތަކުގައި ޕާފޯމްކުރުމަށް ރާއްޖޭގެ މިއުޒިކް ބޭންޑް "ހީރަޕަންނާ" ފުރަން ތައްޔާރުވެއްޖެއެވެ. މި ދަތުރުގައި ލަކްނޯ، ކަޓަކް، ކަޗް އަދި ނިއުދިއްލީގައި ދިވެހި ސަގާފީ އަދި ޒަމާނީ މިއުޒިކް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބައިނަލްއަގުވާމީ މައިދާނެއްގައި ދިވެހި މިއުޒިކް އިޝްތިހާރުކޮށް، އެ ބޭންޑުގެ ފުރަތަމަ އީޕީ ނެރުމާ ދިމާކޮށް ލިބުނު މުހިންމު ފުރުސަތެކެވެ.

ސްރީލަންކާގައި އައިސްކްރީމްގެ ފެންވަރު ބެލުމުގެ އިންސްޕެކްޝަނެއް

ސްރީލަންކާގައި އުފައްދާ އައިސްކްރީމްގެ ފެންވަރު ބެލުމަށާއި، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭތޯ ކަށަވަރުކުރުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ޚާއްސަ އިންސްޕެކްޝަންތަކެއް ފަށައިފިއެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ސިއްހީ މިންގަނޑުތަކަށް ނުފެތޭ ތަކެތި ދެނެގަތުމާއި، އައިސްކްރީމްގެ ނަމުގައި އޮޅުވާލައިގެން "ފްރޯޒަން ޑެޒާޓް" ވިއްކުން ހުއްޓުވައި ކުންފުނިތަކުން ގާނޫނަށް އަމަލުކުރާކަން ކަށަވަރުކުރުމެވެ.

ކެތުރިންގެ ކެންސަރުގެ ތަޖުރިބާތަކާއެކު 'ހީލް' ބީބީސީއަށް

ޕްރިންސަސް އޮފް ވޭލްސް ކެތުރިންގެ ކެންސަރު ބަލީގެ ތަޖުރިބާތަކާއި ނަފްސާނީ ގޮތުން އައި ބަދަލުތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ "ހީލް" ޑޮކިއުމެންޓްރީ މި މަހުގެ 29 ގައި ބީބީސީން ދައްކާނެއެވެ. މި ފިލްމުގައި ބަލިން ފަސޭހަވަމުން އައި ދުވަސްވަރުގެ އިހުސާސްތަކާއި، ގޮންޖެހުންތަކާ ކުރިމަތިލުމަށް ކުރެއްވި "ތްރީ ޕީކްސް ޗެލެންޖް" ގެ މަންޒަރުތައް ފުރަތަމަ ފަހަރަށް އާންމުންނަށް ފެނިގެންދާނެއެވެ.

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

Newsletter

Get the latest news delivered straight to your inbox