މިނިވަން ވިޔަފާރިއަކަށް ހުރަސްއެޅޭ ގޮތަށް ވާހަކަ ދެއްކުމުން ރައީސް މުއިއްޒަށް ފާޑުކިޔުން އަމާޒުވެއްޖެ

Apr 2, 2025, 12:08 PM
ރައީސް މުއިއްޒު: ވިދާޅުވީ ސިނގިރޭޓު ވިއްކަނީ އެމަނިކުފާނާ ފިކުރު ދިމާނުވާ މީހުން ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު: ވިދާޅުވީ ސިނގިރޭޓު ވިއްކަނީ އެމަނިކުފާނާ ފިކުރު ދިމާނުވާ މީހުން ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގައި ސިނގިރޭޓު ވިއްކަނީ އެމަނިކުފާނާ ފިކުރު ދިމާނުވާ ވިޔަފާރިވެރިން ކަމަށް ވިދާޅުވެ، ސިނގިރޭޓު ނުވިއްކައި "އެހެން ކަމަކާ އުޅެން" ރައީސް ގޮވައިލެއްވުމުން އެމަނިކުފާނަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ދުންފަތަކީ ރާއްޖޭގައި ހުއްދަ އެއްޗެކެވެ. އޭގެ ވިޔަފާރި ކުރަން ދައުލަތުގެ އިދާރާތަކުން ހުއްދަ ދެ އެވެ. އަދި އެއީ އެންމެ ބޮޑު ޓެކުހެއް ދައްކާ އެއް ވިޔަފާރި އެވެ.

ރައީސްގެ ވާހަކައަށް ފާޑުކިޔަމުން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، އެ ވާހަކަތަކުން ހާމަވީ ރައީސް އަހުލާގީ ފެންވަރާއި ހަމަހަމަކަމާއެކު ވެރިކަން ކުރުމުގެ ގާބިލްކަން ނެތްކަން ކަމަށެވެ.

Advertisement

"މަނިކުފާނާއި ސިޔާސީ ފިކުރު ތަފާތު ވާ މީހުން ދެން ވިޔަފާރި ވެސް ނުކުރަންވީ! ގާނޫނާއި ގަވާއިދުގެ ތެރެއިން، ސަރުކާރަށް ޓެކްސް ދައްކަމުންދާ ބަޔަކާއި މެދު ތިގޮތަށް ވާހަކަ ނުދެއްކޭނެ. ތީގެއިން ދައްކުވައިދެނީ މަނިކުފާނުގެ އަހްލާގީ ފެންވަރު. ކޮލިޓީއެއް ނެތްކަން. ގައުމުގެ އެންމެންނަށް ހަމަހަމަކޮށް، އިންސާފުވެރި ވެރިކަމެއް ކުރުމަށް މަނިކުފާނު ނުކުޅެދިފައިވާކަން. ސަރުކާރެއް ހިންގުމުގެ ގާބިލްކަމެއް މަނިކުފާނުގެ ނެތް! ރައީސްކަން ދޫކޮށްލާ އެހެންކަމަކާއި އުޅެންވީ،" އޭނާ ވިދާޅުވި އެވެ.

ރައީސްގެ ވާހަކައަށް މުހައްމަދު ނަސީމް (ނަފާ ނަސީމް) ވެސް ފާޑުކިޔެވެ. ނަސީމަކީ ކުރިން އެމްޓީސީސީގެ ވެރިއަކަށް ހުންނެވި ވިޔަފާރީގެ ދާއިރާއިން ތައުލީމު ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

"ސިނގިރޭޓު ވިއްކަނީ ސަރުކާރާ އިދިކޮޅުމީހުންނޭ އަދި އެމީހުން ސަރުކާރާ އިދިކޮޅު ހަރަކާތްތަކަށް ފަންޑުކުރެޔޭ ... މިހެން ބަޔަކަށް ތުހުމަތުކޮށް އިލްޒާމު އެޅޭ ގޮތަށް، ގައުމުގެ ރައީސްގެ ދޫފުޅުން މީޑިޔާގައި މިހެން ވިދާޅުވުމަކީ ވަރަށް ދެރަ ކަމެއް އަދި ގޯސް ވެސް ކަމެއް،" އޭނާ ވިދާޅުވި އެވެ.

ރައީސް މިހާރު ގެނެސްދޭ ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވީ ސިނގިރޭޓުގެ ވިޔަފާރި ދޫކޮށް އެހެން ކަމަކައި އުޅެން އެމަނިކުފާނު ގޮވައިލައްވާ ކަމަށެވެ.

"އަޅުގަނޑު އެދެން ސިނގިރޭޓު އެތެރެކޮށް ސިނގިރޭޓު ވިޔަފާރިކުރާ މީހުންނަށް އެ ވިޔަފާރި ދޫކޮށްލަން. އެހެން ކަމަކައިގެން އުޅެން. މިއީކީ ކުރާވަރުގެ ކަމެއް ނޫނޭ. މިއީ ކުޑަކުޑަ ގައުމެއް. މިއީކީ މިލިއަނުން މިލިއަނުން މީހުން އުޅޭ ތަނެއް ނޫން. ކީއްކުރަން މިތާނގައި އެކަން ކުރަންވީކީއެއް. އަޅުގަނޑުމެން ކުޑަ މުޖުތަމައު ސަލާމަތްކުރިއްޔާ މާ ރަނގަޅެއްނު މިކަމުން،" އެމަނިކުފާނު ވިދާޅުވި އެވެ.

އެއަށްފަހު ރައީސް މުއިއްޒު ތުހުމަތު ކުރެއްވީ ސިނގިރޭޓު ވިއްކަނީ އެމަނިކުފާނާ ފިކުރު ދިމާނުވާ މީހުން ކަމަށެވެ. އަދި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ސިނގިރޭޓު ވިއްކާ މީހުން ފަންޑު ކުރާ ކަމަށް ވެސް ރައީސް ތުހުމަތު ކުރެއްވި އެވެ.

"ދެން އަޅުގަނޑު ބަލައިލާއިރުގައި، ސިނގިރޭޓު ވެސް ވިއްކުމުގައި މިއުޅެނީ އަޅުގަނޑުމެންނާ އިދިކޮޅު ފިކުރުގެ މީހުންގެ މީހުން އިނގޭތޯ. އެ މީހުން މި މުޒާހަރާތަކަށް ވެސް އެބަ އެހީދޭ،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox