ސްރީލަންކާގެ ރައީސްގެ ފުރަތަމަ ދަތުރު އިންޑިއާއަށް

Dec 16, 2024, 1:44 AM
ސްރީލަންކާގެ ރައީސްގެ ފުރަތަމަ ދަތުރު އިންޑިއާއަށް

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ ސެޕްޓެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުގައި އިންޑިއާއަށް އިއްޔެ ވަޑައިގެންފި އެވެ.

ތިން ދުވަހުގެ މި ދަތުރުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް ޑްރޫޕަދީ މުރުމުއާ މިއަދު ބައްދަލު ކުރައްވައި، މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އިގުތިސާދީ ދާއިރާއިން އެއްބާރުލުމާއި ވިޔަފާރި އާއި ސަރަހައްދީ ސަލާމަތާބެހޭ ގޮތުން ގުޅުމުގެ ބަދަހިކުރަން ދެ ގައުމުގެ ލީޑަރުން މަޝްވަރާ ކުރައްވާނެ އެވެ. އަދި މި ދާއިރާތަކުން ހަތަރު އެއްބަސްވުންތަކުގައި ސޮއި ކުރާނެ އެވެ. އޭގެ ތެރޭގައި ސައިބާސެކިއުރިޓީއާ ގުޅޭ އެއްބަސްވުމެއް ހިމެނޭ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެ އެވެ.

Advertisement

ސްރީލަންކާ އާއި އިންޑިއާގެ އިންވެސްޓްމަންޓާއި ވިޔަފާރީގެ ގުޅުން ކުރިއެރުވުމަށް ދިއްލީގައި ބާއްވާ ބައްދަލުވުމެއްގައި އަނޫރާ ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރައީސް އަނޫރާގެ ފުރަތަމަ ބައިނަލްއަގްވާމީ މަންޒިލަކަށް އިންޑިއާ ހެދުމަކީ، އެ މަނިކުފާނުގެ ގެންގުޅުއްވާނީ އިންޑިއާ ފަސްޓު ޕޮލިސީ ކަމާއި، އަވައްޓެރި އިންޑިއާއާއެކު ގުޅުން ވަރުގަދަ ކުރާނެ ކަމުގެ ފާލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހެބްރޮންގައި ގެދޮރު ތަޅާލުމުން އާއިލާތައް ހާލުގައި ޖެހިއްޖެ

އިސްރާއީލު ސިފައިން ހެބްރޮންގައި ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ގެދޮރާއި ވިޔަފާރިތައް ސުންނާފަތިކޮށް، އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނަކީ ފަލަސްތީނުގެ ދެ މީހަކު ދިން ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށްވާއިރު، މީގެ ސަބަބުން 2،000 އަށްވުރެ ގިނަ މީހުންގެ އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ޔޫރަޕްގެ ސިޓީތަކުގައި މުޒާހަރާ، ފްރާންސުން 1000 މީހުން ހައްޔަރު

ފްރާންސްގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން ކުރިއަށްދާ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 1،000 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް 70،000 ފުލުހުން ނެރެފައިވާއިރު، ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ވެސް ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ވަނީ ބާއްވާފައެވެ.

ގެތައް ބިމާހަމަކޮށް ފަލަސްތީނު މީހުން ހެބްރޮންއިން ބޭރުކުރަނީ

އިސްރާއީލުގެ ދެ ސިފައިން މަރާލުމާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން، ހެބްރޮން ސިޓީގެ މަގުތަކާއި ގެދޮރު ބިމާހަމަކޮށް އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނުގައި 2،000 އެއްހާ މީހުން ގެދޮރުން ބޭރުކޮށް، ސިޓީ ބަންދުކޮށް އާންމު ރައްޔިތުންގެ ދަތުރުފަތުރާއި އަސާސީ ހިދުމަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވާފައެވެ.

އުރުދުންގެ ފައްޅިއެއްގައި ބަޑި ޖަހައި ހަތް މީހުން މަރާލައިފި

އުރުދުންގެ ކަރަކްގައި ހުންނަ ފައްޅިއެއްގައި ބޭއްވި ޖަނާޒާއަކަށް ބަޑީގެ ހަމަލާތަކެއްދީ ހަތް މީހުން މަރާލައި 40 މީހުން ޒަހަމްކޮށްލައިފިއެވެ. މި ހަމަލާ ދިން މީހުން ހޯދުމުގެ ތަހުގީގު ސަރުކާރުން ފަށާފައިވާއިރު، މި ހާދިސާއާ ގުޅިގެން އެ ގައުމުގައި ތިން ދުވަހުގެ ގައުމީ ހިތާމަ ވަނީ އިއުލާންކޮށްފައެވެ.

ހަނދުގައި މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް އަވަސްކުރަނީ

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހަނދަށް އެސްޓްރޮނޯޓުން ފޮނުވުމަށާއި އެތަނުގައި މަރުކަޒެއް ގާއިމުކުރުމަށް ނާސާއިން ކުރާ މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް އަވަސްކޮށްފައެވެ. މިގޮތުން 2028 ވަނަ އަހަރު ހަނދަށް މީހުން ބޭލުމަށް "އާޓެމިސް 4" މިޝަން ތާވަލުކޮށްފައިވާއިރު، ޗައިނާއާ އޮތް ވާދަވެރިކަމުގެ ސަބަބުން އިދާރީ ހުރަސްތައް ނައްތާލައި ސްޕޭސް އެކްސް ފަދަ އަމިއްލަ ކުންފުނިތަކާއެކު މަސައްކަތްތައް ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ.

ހިޓްލަރުގެ ހާއްސަ އިމާރާތެއްގައި ރޯކޮށްލައިފި

ޖަރުމަނުގެ ކުރީގެ ޑިކްޓޭޓަރު އެޑޮލްފް ހިޓްލަރަށް ހާއްސަކޮށް ބިނާކޮށްފައިވާ "އީގަލްސް ނެސްޓް" އިމާރާތުގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި 33 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން އަލިފާން ނިއްވުމަށް ހުރަސްތަކެއް ކުރިމަތިވި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، ހައްޔަރުކުރި މީހާގެ ނަފްސާނީ މައްސަލައެއް ހުރިތޯ އާއި ސިޔާސީ މަގްސަދެއް އޮތްތޯ ފުލުހުން ދަނީ ބަލަމުންނެވެ.

ދެ ކުދިން ސަލާމަތް ކުރަން އުޅުނު މަޔަކު ގެނބިގެން މަރުވެއްޖެ

ފުލުހުން ބުނި ގޮތުގައި، އިނގިރޭސިވިލާތުގެ ނޮޓިންހަމްޝަޔާގެ ސްޓޭޕަލްފޯޑަށް ނިސްބަތްވާ ކަމަށް ބެލެވޭ އެ އަންހެން މީހާ، އޭނާގެ ފިރިމީހާ އާއި ދެ ފިރިހެން ދަރިންނާއެކު އެ ރަށުގެ ދެކުނު ފަރާތުގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް، ބާރު އޮއިގަނޑެއްގައި ޖެހި ދެ ކުދިން ބަހައިގެން ދިޔައީ އެވެ.

Newsletter

Get the latest news delivered straight to your inbox