އަލިފާނުގައި ގެއްލުންވި ތިން މިނިސްޓްރީގެ މަސައްކަތްތައް ދަރުބާރުގެއަށް ބަދަލުކުރަނީ

މިއަދުގެ އަލިފާނުގައި އަނދާ ހުލިވި އިމާރާތެއް: އަލިފާނުގައި ގެއްލުންވި ތިން މިނިސްޓްރީގެ މަސައްކަތްތައް ދަރުބާރުގެއަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފަ ---- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މިއަދުގެ އަލިފާނުގައި އަނދާ ހުލިވި އިމާރާތެއް: އަލިފާނުގައި ގެއްލުންވި ތިން މިނިސްޓްރީގެ މަސައްކަތްތައް ދަރުބާރުގެއަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފަ ---- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މިއަދު މާލޭގައި ހިނގި އަލިފާނުގައި ހާދިސާގައި އޮފީސް އިމާރާތްތައް އަނދާ ހުލިވެ ގެއްލުން ލިބުނު ތިން ވުޒާރާގެ މަސައްކަތްތައް ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.

ހައުސިން އަދި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ހިންގާ ޓިނު އިމާރާތުގައި ރޯވި މި އަލިފާންގަނޑު ޖެހިގެން ހުރި ގްރީން ބިލްޑިންގުގައި ހިންގާ އެންވަޔަރަމަންޓުގެ އޮފީހަށްވެސް ވަނީ ގެއްލުން ލިބިފަ އެވެ. ޓިނު އިމާރާތް ވަނީ އަނދާ ހުލިވެފަ އެވެ.

މި ހާދިސާއާ ގުޅިގެން، ވުޒާރާތަކުގެ މަސައްކަތް ހުއްޓިފައިވާކަން މިއަދު ވަކިވަކީން ނެރުނު ބަޔާންތަކުގައި ބުނެފައިވެ އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު މި ނޫހަށް މައުލޫމާތު ދެއްވި ގޮތުގައި ސަރުކާރުން މިހާރު ވަނީ އެ ތިން ވުޒާރާގެ މަސައްކަތް ދަރުބާރުގެއަށް ބަދަލުކުރަން ނިންމާފަ އެވެ. އެކަމަށް އެ އިމާރާތުގެ ހޯލުތައް ތައްޔާރުކުރުމުގެ މަސައްކަތް މިރޭ ފަށާނެ ކަމަށްވެ އެވެ.

ސަރުކާރުން މަަސައްކަތް ކުރަނީ އަންނަ ހަފުތާގެ ރަސްމީ ދުވަސްތައް ފެށެންވާއިރަށް ދަރުބާރުގޭގައި ވަގުތީ އޮފީސް ސެޓަޕްތައް ގާއިމުކޮށް އަލުން މަސައްކަތް ފެށުމައް ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން ވުޒާރާގެ މަސައްކަތްތައް ބަދަލުކުރަން ނިންމުމާއެކު މާދަމާ ރޭ ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައި އޮތް މަސްވެރިންގެ ދުވަހުގެ ޖަލްސާވެސް މިހާރު ވަނީ ފަސްކޮށްފަ އެވެ. އެ ޖަލްސާ ދެން ބާއްވާނެ ތާރީހެއް އަދި ނުނިންމަ އެވެ.

މިއަދު ހެދުނު ރޯވި އަލިފާންގަނޑުގެ ބޮޑު ބައެއް ނިއްވާލާ ކޮންޓްރޯލްކޮށްފައިވާއިރު، އަދިވެސް އެ ދެ އިމާރާތުގެ އެކި ތަންތަނުގައި ދަނީ ދޭތެރެ ދޭތެރެއިން ރޯވަމުންނެވެ. އެ ސަރަހައްދު ބަންދުކޮށް ފުލުހުންނާއި ސިފައިން އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox