އެމްޑީޕީ ލީޑަރުން ހައްޔަރު ކުރަން ގޮވާލުމަކީ ޑިމޮކްރެސީއަށް ދިން ހަމަލާއެއް: ޝާހިދު

އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އެމްޑީޕީގެ ލީޑާޝިޕުގެ ބޭފުޅުން ހައްޔަރު ކުރަން މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒު ގޮވައިލުމަކީ ގިނަ ސިޔާސީ ފިކުރު އެކުލެވޭ ޑިމޮކްރެސީގެ ނިޒާމަށް ދިން ހަމަލާއެއް ކަމަށް އެމްޑީޕީގެ ރައީސް، އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ ލީޑަރުން ހައްޔަރު ކުރަން ގޮވައިލުމުން ދޭހަވަނީ ރާއްޖޭގެ ޑިމޮކްރެސީ އޮތީ ނުރައްކަލެއްގެ ތެރޭގައި ކަމަށެވެ.

"ރޭ ބޭއްވި ޖަލްސާއަށް ފަހު ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ދަނީ އެމްޑީޕީގެ ލީޑަޝިޕުގައި ހިމެނޭ ބޭފުޅުން ހައްޔަރު ކުރަން ހާމަކަން ބޮޑުކޮށް ގޮވައިލަމުން، މިއީ ޑިމޮކްރެސީގެ އެންމެ މައިގަނޑު ބިންގާ ކަމުގައިވާ ސިޔާސީ ގިނަ ފިކުރު އެކުލެވޭ ނިޒާމަށް ދޭ ހަމަލާއެއް،" ޝާހިދުގެ ޕޯސްޓުގައި ވިދާޅުވި އެވެ.

މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ބަޖެޓު ބަހުސްގައި ބައިވެރިވެ ވާހަކަ ދައްކަވަމުން ޝަމީޒު ތުހުމަތު ކުރެއްވީ ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްގެ ޖަޒީރާ ރަށްތައް ކުރީ ސަރުކާރުން ވިއްކައިލި ކަމަށެވެ. އަދި އެއީ ރޯމާދުވާލު ކުރި ބޮޑު ވައްކަމެއް ކަމަށާއި އެކަން ކުރި ބަޔަކު ހައްޔަރު ކުރަންޖެހޭނެ ކަމަށް ޝަމީޒު ވިދާޅުވި އެވެ.

"އިއްޒަތްތެރި ރައީސް މިކަން ކުރި މީހުން ހިފައި ހައްޔަރު ކުރަން އަޅުގަނޑު ގޮވައިލަން، އަބްދުﷲ ޝާހިދު ހައްޔަރު ކުރަންވީ، އިބްރާހިމް މުހައްމަދު ސޯލިހު ހައްޔަރު ކުރަންވީ، ފައްޔާޒު ހައްޔަރު ކުރަންވީ، ފިނޭންސް މިނިސްޓަރަކަށް ހުރި އަމީރު ހައްޔަރު ކުރަންވީ، ކީއްވެތޯ ގާނޫނު ތަންފީޒު ނުކުރެވެނީ އިއްޒަތްތެރި ރައީސް، ގާނޫނު ތަންފީޒު ކުރެވެން ޖެހޭނެ،" ޝަމީޒު ވިދާޅުވި އެވެ.

އެ ވާހަކައަށް ރައްދު ދެއްވައި ޝާހިދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ގައުމަށް ހައްގުވާ މިނިވަންކަމާއި އިންސާފާއި ޑިމޮކްރެޓިކް ހަމަތައް ހޯދަން ކުރާ މަސައްކަތް ހައްޔަރު ކުރާނެ ކަމަށް ބުނެ ބިރުދައްކައިގެން ނުހުއްޓުވޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox