ސަރުކާރުގެ އަމާޒަކީ ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާ މީހުން އާސަންދައިން މަހުރޫމު ކުރުން: ޝާހިދު

އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ދިވެހީންގެ ތެރެއިން ބަޔަކު އާސަންދައިން ބާކީ ކުރަމުން މި ސަރުކާރުން ދަނީ ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާ މީހުން އެ ހިދުމަތުން މަހުރޫމު ކުރުމުގެ މަގުސަދުގައި ކަމަށް ތުހުމަތު ކުރައްވައި ސިއްހީ ނިޒާމު ސިޔާސީ ކުރުން ހުއްޓައިލުމަށް އަބްދުﷲ ޝާހިދު ސަރުކާރަށް ގޮވާލައްވައިފި އެވެ.

އެކްސްގައި ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭސް ސިޓީއަށް ސަލާންޖެހުން ނިމުމަކަށް ގެނެސް އައިޑީ ކާޑު ދައްކައިލުމުން ހިލޭ ބޭސްފަރުވާ ކުރެވޭ ނިޒާމަކީ އެމްޑީޕީން މި ގައުމަށް ގެނައި ހެޔޮ ވެރިކަމުގެ އެންމެ މުހިންމު އެއް އަސާސް ކަމަށެވެ.

އަދި އެއްވެސް ރައްޔިތަކު ބާކީ ނުކޮށް ހެލްތު އިންޝުއަރެންސްގެ ވަށައިޖެހޭ ނިޒާމެއް އެމްޑީޕީން އެކުލަވައިލީ ސިއްހީ ހިދުމަތަކީ ހުރިހާ ރައްޔިތުން ވެސް ޝާމިލު ކުރަންޖެހޭ އަސާސީ ހައްގަކަށް ވާތީ ކަމަށް ޝާހިދު ވިދާޅުވި އެވެ. ނަމަވެސް މިއަދު ފެންނަމުން ދަނީ އެ މަންޒަރު ނޫން ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންގެ ތެރެއިން ބަޔަކު އާސަންދަ ނިޒާމުން ބާކީކޮށް މި ހަރުދަނާ ނިޒާމަށް މި ސަރުކާރުން ގެންނަމުން މިދާ ބަދަލުގެ ހަގީގީ އަމާޒަކީ ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވުމުން މި އަސާސީ ހައްގުން މަހުރޫމު ކުރުން، ބޭސް ސިޓީއަށް ސަލާން ޖެހުމުގެ ސަގާފަތް އިއާދަކޮށް ސިއްހީ ނިޒާމު ސިޔާސީ ކޮށްލުން،" ޝާހިދު ވިދާޅުވެފައިވެ އެވެ.

އޭނާ ވަނީ ސިއްހީ ނިޒާމު ސިޔާސީ ނުކުރުމަށް ސަރުކާރަށް ގޮވާލައިފަ އެވެ. އަދި ދިވެހި އެއްވެސް ރައްޔިތަކު ބޭސްފަރުވާގެ އަސާސީ ހައްގުން މަހުރޫމު ނުކުރުމަށް ޝާހިދު ގޮވައިލެއްވި އެވެ.

މިފަދަ ޕޯސްޓެއް ޝާހިދު ކުރައްވާފައި މިވަނީ އާސަންދަ ނިޒާމަށް ސަރުކާރުން ގެނައި ބަދަލުތަކާ ގުޅިގެން އެ ނިޒާމުގެ ތެރެއިން ހޯދަމުން އައި ބައެއް ފަރުވާ ލިބުން ހުއްޓުމާއި ހިދުމަތް ހޯދަން އުނދަގޫވުމުގެ ޝަކުވާތައް ގިނަވެފައިވާ ދަނޑިވަޅެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox