ސަރުކާރުން ހުށަހެޅީ ރައްޔިތުންގެ އުއްމީދުތަކުގައި ކޮޅުފައިން ޖަހައި ޖީބަށް އަތް ބާނާނެ ބަޖެޓެއް: ޝާހިދު

މީގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މީގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓުން ފެނިގެންދަނީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދޭނެ ގޮތެއް ހޯދިފައި ނެތްކަން ކަމަށާއި އެ ބަޖެޓަކީ ރައްޔިތުންގެ އުއްމީދުތަކުގައި ކޮޅުފައި ޖަހައި ރައްޔިތުންގެ ޖީބަށް އަތް ބާނާނެ ބަޖެޓެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު އެނގިވަޑައިގަންނަވާ ކަމަށް ރައީސް މުއިއްޒު ކެމްޕޭނު ތެރޭގައި ވިދާޅުވި ނަމަވެސް ވެރިކަމަށް އަހަރެއްވާން ގާތްވެފައި އޮއްވައި ހުށަހަޅާފައިވާ ބަޖެޓުގައި ރައްޔިތުންނަށް ވީ ވައުދުތައް ފުއްދާނެ ޕްލޭނެއް އަދި ރޭވުންތެރިކަމެއް ވެސް ނެތް ކަމަށެވެ.

"މި ބަޖެޓުން ރައްޔިތުންނާއި ވިޔަފާރިތަކުން ނަގާ ޓެކްސްތައް ބޮޑުކުރީމާ އެ ފަރާތްތަކުގެ ފުއްދުންތެރިކަން ދަށްވެ، އިގުތިސާދީ ނަފާއަށް ނޭދެވޭ އަސަރު ކުރާނެ، ޓެކްސް އާމްދަނީއާ ނުބައްދަލު މިންވަރަކަށް ހަރަދު ބޮޑުކުރުމުން މާލީ ދެމެހެއްޓެނިވިކަން ގެއްލިގެންދޭ، މި ބަޖެޓުގައި ރައްޔިތުންނާ ގުޅުންހުރި ހައްސާސް ބައިތަކުން ހަރަދު ކުޑަ ކުރާނެ ކަމަށް ބުނާއިރު، ސަރުކާރުން ކުރާ އިސްރާފާއި، ސިޔާސީ މަގާމުތަކުގެ މުސާރައާއި އިނާޔަތްތަކަށް ހޭދަކުރާ މިންވަރު ކުޑަކުރާކަށް މަސައްކަތް ކުރާ ތަނެއް ބަޖެޓުން ނުފެނޭ،" އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މިހާރު ވެސް ފެންނަނީ ދައުލަތުގެ ރިކަރަންޓު ހަރަދުތައް މައްޗަށް ދާ މަންޒަރު ކަމަށެވެ. އެހެން އެކަން އޮތްއިރު، މިހާރު ހުށަހަޅާފައި އޮތް ބަޖެޓު ފޫބައްދަން 16.9 ބިލިއަން ރުފިޔާ ހޯދަން ޖެހުނު ނަމަވެސް އެ ފައިސާ ހޯދާނެ ގޮތުގެ ހަރުދަނާ ރޭވުންތެރިކަމެއް ބަޖެޓުން ފެންނަން ނެތް ކަމަށް ޝާހިދު ވިދާޅުވި އެވެ.

"މީގެ ބޮޑުބައި ހޯދުމަށް ޖަހާފައި އޮތީ ބޭރުގެ ކޮމާޝަލް ބޭންކުތަކުން، ޒަމާންވީ ހާރިޖީ ގުޅުންތަކަށް މި ސަރުކާރުގެ އަމަލުތަކުން ނޭދެވޭ އަސަރުކޮށްފައިވުމުން މި ފައިސާ ހޯދުމަށް މިހާރު ވެސް ސަރުކާރު ވަނީ ނުކުޅެދިފައި. މި ބަޖެޓަކުން އެކަމަކަށް ތަސައްލީއެއް ނުހޯދޭ،" ޝާހިދުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

"މި ބަޖެޓުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އަންނަ އަހަރު ދަށްވާނެ. ވިޔަފާރިތަކުގެ ފައިދާ ދަށްވާނެ. އިގުތިސާދީ ދުވެލި ބުރަކި ޖެހޭނެ،"

އޭގެ އިތުރުން ޝާހިދު ވިދާޅުވީ މި ސަރުކާރުން ގެންދަނީ އެމްޑީޕީ ސަރުކާރުން ގެނައި ހާމަކަން ބޮޑު ދެފުށް ފެންނަ ސިޔާސަތު ބަދަލުކޮށް ސިއްރުވެރި ސިޔާސަތަކަށް ބަދަލު ކުރަމުން ކަމަށެވެ. އެގޮތުން މީގެ ކުރިން މަޖިލީހަށް ހުށަހަޅާ ބަޖެޓުތަކުގައި ފެންނަން ހުންނަ ތަފުސީލުތައް މިފަހަރު ހުށަހެޅި ބަޖެޓުގައި ފެންނަން ނެތް ކަމަށް މަޖިލީހުގައި ވެސް ގިނަ ދުވަސްތަކެއް ހިދުމަތް ކުރެއްވި ޝާހިދު ވިދާޅުވި އެވެ.

"ދައުލަތުގެ ބަޖެޓުގެ އެންމެ ބޮޑު ދެ ބަޔަކީ މުވައްޒަފުންގެ މުސާރަ އާއި ތަރައްގީގެ މަޝްރޫއުތައް، މުވައްޒަފުންގެ މުސާރަ ބެހިގެންދާ ގޮތުގެ ތަފުސީލެއް ބަޖެޓުގައި ނެތް، ތަރައްގީ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ 12 ބިލިއަން ރުފިޔާ ހަރަދު ކުރަނީ ކޮން ރަށެއްގެ ކޮން މަޝްރޫއަކަށް ކަމެއް އެނގޭކަށް ނެތް،" ޝާހިދު ވިދާޅުވެފައިވެ އެވެ.

ޝާހިދު ވިދާޅުވީ ބަޖެޓު އެގޮތަށް އޮތުމުން ރައްޔިތުންނަށް ސަރުކާރުން ޖަވާބުދާރީ ވުމަށް ހުރަސް އެޅޭނެ ކަމަށެވެ. އަދި ނަތީޖާއެއްގެ ގޮތުން ވައްކަމާއި ފަސާދައަށް ހުޅުވިގެންދާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox