އެކްސިޑެންޓަކާ ހެދި ރޭސް ކުރާ ސަރަހައްދު އަތުލުން ރޭސިން އެސޯސިއޭޝަނަށް ގޯސް

ރޭސިން އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ އިވެންޓެއްގެ ތެރެއިން -- ފޮޓޯ: ރޭސިން އެސޯސިއޭޝަން

ރޭސިން އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ އިވެންޓެއްގެ ތެރެއިން -- ފޮޓޯ: ރޭސިން އެސޯސިއޭޝަން

ސްޕޯޓްސް ކާރެއް ހިމެނޭ އެކްސިޑެންޓެއް ހިނގުމުގެ ސަބަބުން، އެތުލީޓުންގެ ކެރިއަރާއި މުސްތަގުބަލަށް ހުރަސްއެޅިގެން ނުވާނެ ކަމަށް ރޭސިން އެސޯސިއޭޝަނުން ބުނެފި އެވެ.

ރޭސިން އެސޯސިއޭޝަނުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ރޭސިން ކޮމިއުނިޓީގައި ހިމެނޭ ކޮންމެ މީހަކު ގަވާއިދާ ހިލާފަށް ކުރާ ކޮންމެ ކަމަކަށް ޖަވާބުދާރީ ކުރުވައި ޒިންމާދާރުކަމާއެކު ދުއްވުމަށް ބާރުއަޅަން މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

"ރާއްޖޭގައި ރައްކާތެރިކަމާއެކު ގަވާއިދާ އެއްގޮތަށް މޮޓޯ ސްޕޯޓްސް އިސްތިހާރު ކުރަމުން މިދަނީ،" ރޭސިން އެސޯސިއޭޝަނުން ބުންޏެވެ.

އެ އެސޯސިއޭޝަނުން ބުނީ 307 ރޭސިން އެތުލީޓުން ބައިވެރިވަމުން އަންނަނީ ކޮންޓްރޯލް ކުރެވިފައިވާ އިވެންޓުތަކެއްގައި ކަމަށާއި އެ އިވެންޓުތައް ވެސް ކުރިއަށް ގެންދަނީ ވަރަށް ހަރުކަށި ގައިޑްލައިންތަކާއެކު ކަމަށެވެ.

އެ އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކުރީ ރޭސިންއަށާއި ޑްރިފްޓިންއަށް ހުޅުމާލެއިން ދޫކޮށްފައި އޮންނަ ސަރަހައްދު އަތުލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެންނެވެ.

ރައީސް މިގޮތަށް ނިންމެވީ ނުރައްކާތެރިކޮށް އުޅަނދުފަހަރު ދުއްވާ މީހުންނަށް ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިންނެވެ. ސަރުކާރުން މި ފިޔަވަޅުތައް އަޅަން ނިންމީ ހުކުރު ދުވަހު ހިނގި އެކްސިޑެންޓެއްގައި، 23 އަހަރުގެ ޒުވާނަކު މަރުވުމާ ގުޅިގެންނެވެ.

އެގޮތުން ގަވާއިދާ ހިލާފަށް އުޅަނދު ދުއްވާ މީހުންގެ ލައިސެންސުން ޕޮއިންޓު ކަނޑަން ފަށަން ވެސް ވަނީ ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox