މާއުނގޫދޫގައި ނެގި އެމްޑީޕީގެ ބޮޑު ދިދައެއް ކަނޑާލައިފި

އެ ދިދަ ހަރުކޮށް 24 ގަޑިއިރު ނުވަނީސް ކަނޑާވަނީ މޫދަށް އެއްލައިލަފަ--- ފޮޓޯ:ސޯޝަލް މީޑިއާ

އެ ދިދަ ހަރުކޮށް 24 ގަޑިއިރު ނުވަނީސް ކަނޑާވަނީ މޫދަށް އެއްލައިލަފަ--- ފޮޓޯ:ސޯޝަލް މީޑިއާ

މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ށ. މާއުނގޫދޫގައި ނެގި އެ ޕާޓީގެ ބޮޑު ދިދައެއް ކަނޑައިލި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެމްޑީޕީ މެންބަރުން އެ ރަށުގައި ރޭ ނެގި މި ބޮޑު ދިދަ 24 ގަޑިއިރު ނުވަނީސް ގެއްލުންދީ މޫދަށް އެއްލައިލާފަ އެވެ.

މިކަން ކުށްވެރިކޮށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު "އެކްސް" ކުރެއްވި ޕޯސްޓެއްގައި ވަނީ އިދިކޮޅުގައި އޮންނަ ޕާޓީއަށް ފުރުސަތު ލިބެން ޖެހޭނެ ކަމަށާއި އަދި ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ފަރިތަވާން ޖެހޭ ކަމަށެވެ.

"އެމްޑީޕީގެ މެމްބަރުން ނެގި ބޮޑުދިދަ، ނެގިތާ 24 ގަޑިއިރުވެސް ނުވަނީސް ރޭގެ ވަގުތެއްގައި ދިދައަށް ގެއްލުންދީ މޫދަށް އެއްލާލުން ކުށްވެރިކުރަން. ސުލްހަވެރި ސިޔާސީ ހަރަކާތަށް ފަރިތަވާން އެބަޖެހޭ. އިދިކޮޅު ޕާޓީއަށް ގައުމުގެ ސިޔާސީ ވެށީގައި ޖާގަ ލިބެން ޖެހޭނެ." އެ ޕޯސްޓުގައި ޝާހިދު ވިދާޅުވި އެވެ.

މި އަމަލުކުރި ފަރާތްތައް ހޯދާ އެ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ޝާހިދު ސަރުކާރަށް ގޮވާލައިފައިވެ އެވެ.

މި ކަމާއި ގުޅޭގޮތުން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން ސަރުކާރެއް ފެއިލްވެ ގޮތް ހުސްވީމާ މިފަދަ ކަންތައްތައް ހިނގާނެ ކަމަށާއި އަދި އަޑު ކަނޑުވަން ކިތަންމެ މަސައްކަތެއް ކުރިކަމުގައިވި ނަމަވެސް ފަހަތަށް ނުޖެހޭނެ ކަމަށް އެ ޕާޓީގެ ބައިވެރިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox