ރާއްޖެއަށް އެހީ ލިބޭނީ ގައުމުތަކުގެ އިތުބާރު ސަރުކާރަށް އޮތް މިންވަރަކުން: ޝާހިދު

އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު--- ފޮޓޯ:މިރާޝް ނާޝިމް

އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު--- ފޮޓޯ:މިރާޝް ނާޝިމް

ރާއްޖެއަށް އެހީ ލިބޭނީ ގައުމުތަކުގެ އިތުބާރު ސަރުކާރަށް އޮންނަ މިންވަރަކުން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި މިހާރު އެމްޑީޕީގެ ރައިސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ ގައުމެއްގައި އޮންނަ ސަރުކާރަކަށް އެހެން ގައުމަކުން އެހީއެއް ދޭނީ އެ ބޭނުންކުރާނެ ރަނގަޅު ގޮތަކާއި އުސޫލެއް ވެސް ދައްކައިގެން ކަމަށެވެ.

"ގައުމެއްގެ އެހީ ލިބޭނީ އަނެއް ގައުމެއްގަ އޮންނަ ސަރުކާރަކުން އެ ދޭ އެހީ ރަނގަޅަށް ބޭނުންކުރާނެ ކަމުގެ އިތުބާރު އޮވެގެން. އެ ގައުމެއްގެ ސަރުކާރުން އަމަލުކުރަމުން ގެންދަނީ އުސޫލުގެ ތެރެއިން،" ޝާހިދު ވިދާޅުވިި އެވެ.

އޭގެ އިތުރުން ޝާހިިދު ވިދާޅުވީ، އެހީ ދިނުމުގެ ކުރިން، ސަރުކާރު ވެރިކަމަށް އައުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައު އާ ޖެހިގެންފައި އޮތް މިންވަރާއި ބައިނަލްއަގުވާމީ އުސޫލުތައް ގަބޫލުކުރާ މިންވަރަށް ވެސް ގައުމުތަކުން ރިއާޔަތްކުރާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ހުރިހާ ދިމާލަކުން ވެސް ފައިސާ ހަމަޖެހިފައި ހުރި ކަމަށް ވިދާޅުވި ކަމަށާއި ވެރިކަމަށް އައުމަށްފަހު ފެހި ސިގުނަލުތަކެއް ލިބުނު ވާހަކަ ދައްކަމުން ދާ ކަމަށެވެ.

ނުވަ މަސް ދުވަސް ވީއިރު ވެސް އެހީއެއް ނުލިބުމަކީ މި ސަރުކާރަށް ބައިނަލްއަގުވާމީގެ އިތުބާރު ނުލިބުން ކަަމަށް ވެސް ޝާހިދުގެ ވާހަކައިގައި ފާހަގަކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox