ކޮލަމާފުށި ފުށްޓަރު ފަރާތުން ބަޔަކު ދެ ކިލޯ މާވަހަރު ހޮވައިފި

ގއ. ކޮލަމާފުށިން ހޮވި މާވަހަރު: މާވަހަރު ހޮވީ ތިން މީހަކު

ގއ. ކޮލަމާފުށިން ހޮވި މާވަހަރު: މާވަހަރު ހޮވީ ތިން މީހަކު

ގއ. ކޮލަމާފުށިން ތިން މީހަކު ވެގެން ދެ ކިލޯގެ މާވަހަރު މިއަދު ހޮވައިފި އެވެ. ޖުމުލަ ތިން މާވަހަރު އެ ރަށުން ހޮވި ކަމަށް އެ ރަށު ކައުންސިލުން ބުނެ އެވެ.

ކޮލަމާފުށި ކައުންސިލްގެ ރައީސް އިބްރާހިމް ވަހީދު "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ މާވަހަރުތައް ހޮވީ ރަށުގެ ފުށްޓަރު ފަރާތުން ކަމަށެވެ. އެއީ އަސްލު މާވަހަރުތަކެއްތޯ މިހާރު ޔަގީން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ތިން މީހަކު ވެގެން ހޮވީ ރަށުގެ ފުށްޓަރު ފަރާތުން. ފުރަތަމަ އެކަކަށް ފެނިގެން ހޮވީ. ދެން ދެ މީހަކު ވެގެން އައިސް އެތި އެތިކޮޅު އެތަނުން ހޮވީ. އެ އެއްޗެެހި އެމީހުން ގެންގޮސް ސައްހަ އެއްޗެއްތޯ އެބަ ބަލާ،" މުހައްމަދު ވަހީ ވިދާޅުވި އެވެ.

މާވަހަަރަކީ އަތަރު ނުވަތަ ސެންޓު ހަދަން ފެށުމަށް ބޭނުން ކުރާ އެއްޗެވެ. މާވަހަރުގައި މާ ބޮޑު ވަހެއް ނެތް ނަމަވެސް، އަތަރުގައި މާވަހަރު ބޭނުން ކުރާ ސަބަބީ، އަތަރުގައި ހިމެނޭ ވަސްތައް ގިނަ ދުވަހަށް ދެމެހެއްޓުމަށެވެ.

މާވަހަރު ހޮވި މީހުންގެ ބަހެއް އަދި ލިބިފައެއް ނުވެ އެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން މިގޮތަށް މާވަހަރު ފެނިފައިވެ އެވެ. އަދި ވަރަށް ބޮޑެތި އަގުތަކުގައި ވެސް މާވަހަރު ވިއްކާފައި އެބަހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox